ޑީލިންގ ކުންފުނިތައް އަދި ޑީލިންގ ކުންފުނިތައް ތަމްސީލުކުރާ ފަރާތްތަކަށް ލައިސަންސްދިނުމުގެ ގަވާއިދު (ނަންބަރު 50/2011) އަށް 1 ވަނަ އިސްލާހު ގެނައުން
(ގަވާއިދު ނަންބަރު 5/2014)
1 ވަނަ މާއްދާ - ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކޮށް، 14 ވަނަ މާއްދާގެ (ހ) އެއީ 14 ވަނަ މާއްދާކަމުގައި ހަމަޖެއްސުން.
14. ކޮންމެ ޑީލަރަކީވެސް، ޑީލަރެއްގެ ހައިސިއްޔަތުން ހުރިހާ ވަގުތެއްގައިވެސް، އޭނާގެ ވިޔަފާރީގައި ލިކުއިޑިޓީ މާޖިންގެ ގޮތުގައި 50000 (ފަންސާސް ހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް، އޮތޯރިޓީއިން އަންގާ ގޮތެއްގެ މަތިން، ދަމަހައްޓަންވާނެއެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، އަދި (ބ) އުނިކުރުން.
3 ވަނަ މާއްދާ - ޑީލިންގ ކުންފުނިތައް އަދި ޑީލިންގ ކުންފުނިތައް ތަމްސީލްކުރާ ފަރާތްތަކަށް ލައިސަންސްދިނުމުގެ ގަވާއިދަށް މި ގެނެވުން އިސްލާހަށް އަމަލުކުރުމަށް ފަށާނީ މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު