-

ށަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އަށް 3 ވަނަ އިސްލާހު ގެނައުމުގެ

(ގަވާއިދު ނަންބަރު 16/2014) 

 

1 ވަނަ މާއްދާ - ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 142 ވަނަ މާއްދާއަށް އިސްލާހު ގެނައުން.

ބަލިވެއިނުމާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީ  142. މުވައްޒަފަކު ބަލިވެއިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން، ވަޒީފާއާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތިރީގައިވާ ބަޔާންކޮށްފައިވާ ގޮތަށް ޗުއްޓީއާއި އިނާޔަތް ދޭންވާނެއެވެ.

(ހ) މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، އެ ސެޓްފިކެޓުގައި  ބުނާ ތާރީހުން ފެށުގެން ވިހެއުމާ ގުޅިގެން 60 (ފަސްދޮޅަސް) ދުވަހުގެ ޗއްޓީއެއް ބަންދު ދުވަސްތައް ނުހިމަނައި މަސާރައާއެކު ދޭންވާނެއެވެ.

(ށ) ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއްވުމުގެ ސަބަބުން މާނބަޑުމީހާ ކޯޓަށް ނުވަތަ އިދާރާއަށް ނުކުންނަން އުޒުރުވެރިވާނަމަ، ވިހާނެކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުގެ ތެރެއިން 30 (ތިރީސް) ދުވަސް އެ މުވައްޒަފަކަށް ނެގިދާނެއެވެ.

(ނ) މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތިންނުދޭކަމަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓްފިކެޓެއް ދީފިނަމަ، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ކުރިން ބަންދުދުވަސް ހިމަނައިގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެމުވައްޒަފަކަށް ނެގިދާނެއެވެ.

(ރ) ވިހެއުމާ ގުޅިގެންދެވޭ 60 ( ފަސްދޮޅަސް) ދުވަހުގެ ޗުއްޓީގެ އިތިރުން ވިހެއުމުގެ ސަބަބުން މުވައްޒަފު، ނުވަތަ ވިހޭ ދަރިފުޅު ބަލިކަމަށް ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓްފިކެޓެއް ދީފިނަމަ، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ބަންދުދުވަސް ހިމަނައިގެން، ވިހެއި ދުވަހުން ފެށިގެން 40 (ސާޅިސް) ދުވަހުގެ ތެރޭގައި 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަށް ނެގިދާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު 18/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު