-

ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 29/2014)

 

1 ވަނަ މާއްދާ - ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ގަވާއިދަށް އަމަލުކުރަން ފެށުން

4. (ހ) މިގަވާއިދަށް އަމަލުކުރަން ފަށާނީ 5 ފެބުރުވަރީ 2014 އިން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށޤފައިވީ ނަމަވެސް، ގަވާއިދުގެ 13 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ 5 އޮކްޓޫބަރު 2014 އިން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ގަވާއިދުގެ 14 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ 5 އޮކްޓޫބަރު 2014 އިން ފެށިގެންނެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށަފައިވީ ނަމަވެސް، ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަށް އަމަލުކުރަން ފަށާނީ 5 އޮކްޓޫބަރު 2014 އިން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަންފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 58/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު