-

ށަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 41/2014)  

 

1 ވަނަ މާއްދާ – ށަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 12 ވަނަ މާއްދާއާއި 54 ވަނަ މާއްދާއަށް އިސްލާހުގެނައުން.

12. ށަރުއީދާއިރާގެ މުވައްޒަފުންގެ އިގްރާރު

ށަރުއީދާއިރާގެ ހުރިހާ މުވައްޒަފުން މި ގަވާއިދުގެ ޖަދުވަލު 1 (އެކެއް) ގައިވާ އިގުރާރުގައި ސޮއިކުރަންވާނެއެވެ.

 

54. ޖުޑީށަލް އެލަވަންސް

ށަރުއީދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ޖުޑީށަލް އެލަވަންސެއް ދޭންވާނެއެވެ.

(ހ) ށަރުއީދާއިރާގެ ކޮންމެ ކޯޓަކަށާއި އިދާރާއަކަށް ޖުޑީށަލް އެލަވަންސް ދޫކުރާނެ މިންވަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ކަނޑައަޅާފައި އޮންނަންވާނެއެވެ.

(ށ) ށަރުއީދާއިރާގެ މަގާމުތަކުގެ އޮނިގަނޑުގައި ޖުޑީށަލް އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާގޮތް ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ – މި އިސްލަހަށް އަމަލުކުރަން ފަށާނީ، 25 މާރޗު 2014 އިން ފެށިގެންނެވެ.

 

---------------  

 

ޖަދުވަލު 1

( ށަރުއީދާއިރާގެ އިދާރީ މުވައްޒަފުންގެ އިގުރާރު މި ގަވާއިދުގެ ގެޒެޓު ކުރެވުނު ކޮޕީގައި ހިމެނިފައިވާނެއެވެ. އަދި މި އިގުރާރުގެ ވަރޑް ޑޮކިއުމަންޓް ނިމުމުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

 

މައި ގަވާއިދު

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު 18/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު