-

"އެއްގަމު އުޅަނދުގެ ރޯޑްވަރދިނަސް ޓެސްޓް ހެދުމުގެ ގަވާއިދު" އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 45/2014) 

 

1 ވަނަ މާއްދާ - ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަދި (ށ) ތިރީގައިވާ ގޮތަށް އިސްލާހުކޮށް، 7 ވަނަ މާއްދާގެ (ނ) އަދި (ރ) އުވާލުން.

7. ރޯޑްވާދިނަސް ޓެސްޓް ހަދަމުންގެންދަންޖެހޭ މުއްދަތު

(ހ) އަލަށް ރަޖިސްޓްރީކުރާ، ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީކޮންމެ އުޅަނދެއް، އެ އުޅަނދަކަށް ކަނޑައަޅާ މުއްދަތުތަކެއްގެ ތެރޭގައި ރޯޑްވާދިނަސް ހަދަންވާނެއެވެ. ރޯޑްވަރިދިނަސް ނުހަދާ އެއްގަމު އުޅަނދު އާންމު ދަތުރުފަތުރުގެ ނިޒާމުތެރޭގައި ބޭނުންކުރުމާއި، ކޮންސްޓްރަކްށަން ސައިޓްތަކުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.

(ށ) އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ޓެސްޓް ހަދަމުން ގެންދަންވީ މުއްދަތުތައް:

މުޅިން އައު އުޅަނދެއް ރަޖިސްޓަރީ ކުރާނަމަ ރަޖިސްޓަރީ ކުރުމުގެ ކުރިން ރޯޑްވަރދިނަސް ޓެސްޓް ހެދުމަށްފަހު، އުޅަނދަށް ގެއްލުންވާފަދަ ހާލަތެއް ނުވަތަ އެކްސިޑެންޓެއް ނުވާނަމަ ރޯޑްވަރދިނަސް ޓެސްޓްގެ މުއްދަތަކީ ރަޖިސްޓަރީ ކުރާ ތާރީހުން ފެށިގެން 2 އަހަރު ދުވަހެވެ. 2 އަހަރު ހަމަވުމުން އަހަރަކު 1 ފަހަރު ރޯޑްވާދިނަސް އާކުރަންޖެހޭނެއެވެ.

ބޭނުންކޮށްފައިވާ އުޅަނދެއް ރަޖިސްޓްރީ ކުރާނަމަ ރަޖިސްޓަރީ ކުރުމުގެ ކުރިން ރޯޑްވަރދިނަސް ޓެސްޓް ހެދުމަށްފަހު، އުޅަނދަށް ގެއްލުންވާފަދަ ހާލަތެއް ނުވަތަ އެކްސިޑެންޓެއް ނުވާނަމަ ރޯދްވަރދިނަސްގެ މުއްދަތަކީ ރަޖިސްޓްރީ ކުރާ ތާރީހުން ފެށިގެން 1 އަހަރު ދުވަހެވެ. 1 އަހަރު ހަމަވުމުން އަހަރަކު 1 ފަހަރު ރޯޑްވަރދިނަސް އާކުރަންޖެހޭނެއެވެ.

ރޯޑްވަރދިނަސްގެ މުއްދަތު ހަމަނުވަނީސް އުޅަނދަށް ގެއްލުންވާފަދަ އެކްސިޑެންޓެއް ނުވަތަ ރޯޑްވަރދިނަސް މިންގަނޑަށް ނުފެތޭ ހާލަތެއް ދިމާވެއްޖެނަމަ، އެއުޅަނދެއް ރޯޑްވަރދިނަސް ހުންނަންވާ މިންގަނޑަށް ނުފައްތާ ބޭނުންކޮށް ނުވަތަ ދުއްވުމަކީ މަނާކަމެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ޖަދުވަލު 1 ގެ 4.2 ތިރީގައިވާ ގޮތަށް އިސްލާހުކުރުން.

4.2 އުޅަނދުގެ އެގްޒޯސްޓް އެމިށަން ހުރީ އެންވަޔަރަންމެންޓަލް ޕްރޮޓެކްށަން އެޖެންސީ (އީ.ޕީ.އޭ) އިން ކަނޑައަޅާފައިވާ ތިރީގައިވާ މޮޓޯ "ވެހިކަލް އެމިށަން ސްޓޭންޑަޑް" މިންގަނޑަށްތޯ ބެލުން. ވިސިބަލް ސްކޯމް އިންސްޕެކްޓް ކުރުމަށްފަހު ދޫކުރާ އެއްވެސް އުޅަނދެއްގައި ވިސިބަލް ސްކޯމް ހުރެގެން ނުވާނެއެވެ. އަދި ތިރީގައިވާ ޓޭބަލުގައިވާ މިންގަނޑަށްވުރެ އެމިށަންގެ މިންވަރު މަތިވެގެން ނުވާނެއެވެ.

 

(މޮޓޯ 'ވެހިކަލް އެމިށަން ސްޓޭންޑަޑް' ގެ މިންގަނޑުތައް ދައްކުވައިދޭ ޓޭބަލް މި ގަވާއިދުގެ ގެޒެޓުކުރެވުނު ފައިލްގައި ހިމެނިފައިވާނެއެވެ. އަދި މި ޓޭބަލްގެ ވަރޑް ޑޮކިއުމަންޓް ނިމުމުން އަޕްލޯޑްކުރެވިގެންދާނެއެވެ)

 

3 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. ނަމަވެސް، ގަވާއިދުގެ ޖަދުވަލު 1 ގެ 4.2 ގައިވާ އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 180 ދުވަސް ފަހުންނެވެ.

 

މައި ގަވާއިދު

އެއްގަމުއުޅަނދު ރޯޑްވާރދިނަންސް ހެދުމުގެ ގަވާއިދު - 2009

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު