-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު: 171/2014)

 

އިލެކްށަންސް ކޮމިށަނުގެ ގަވާއިދަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އަންނަނިވިނިގޮތަށް އިސްލާހު ކުރުން.

3. ކޮމިށަންގެ ސެކްރެޓޭރިއެޓާއި މަސައްކަތު ގަޑި

(ށ) 1 ސެޕްޓެންބަރު 2014 ވަނަ ދުވަހުން ފެށިގެން ކޮމިށަނުގެ ސެކްރެޓޭރިއެޓްގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 3:00 އަށެވެ. ނަމަވެސް، ގަނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އޮންނަ ދުވަސްވަރު ( އިންތިހާބު އިއުލާނުކުރާ ދުވަހުން ފެށިގެން އެ އިންތިހާބު ރަސްމީ ނަތީޖާ އިއުލާނުކުރަތާ 30 (ތިރީސް) ދުވަސް ހަމަވާ ތާރީހާ ހަމަޔަށް) ކޮމިށަނުގެ ސެކްރެޓޭރިއެޓުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މީގެ ތެރޭގައި، ބައި-އިލެކްށަން އޮންނަ ދުވަސްވަރެއް ނުހިމެނޭއެވެ.

 

މައި ގަވާއިދު:

އިލެކްށަންސް ކޮމިށަންގެ ގަވާއިދު (ގަވާއިދު ނަންބަރ 6/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު