-

ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-17) އަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2014-378)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2017-83 އިން އުވާލެވިފައި)

 

ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން:

 

1 ވަނަ މާއްދާ - އިސްވެދެންނެވުނު ގަވާއިދުގެ 11 ވަނަ މާއްދާގެ (ޅ) އަށް އަންނަނިވި ގޮތަށް އިސްލާހު ގެނައުން:

(ޅ) ޕާސްޕޯޓް އަދި ދަތުރުކުރުމުގެ ވަގުތީ ލިޔުމުގެ އަގުތައް ތިރީގައި އެވަނީއެވެ.

  1. އޯޑިނަރީ ޕާސްޕޯޓް (32 ސަފުހާ) - 1000 ރުފިޔާ
  2. އޯޑިނަރީ ޕާސްޕޯޓް (64 ސަފުހާ) - 1500 ރުފިޔާ
  3. އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް (32 ސަފުހާ) - 600 ރުފިޔާ
  4. އޮފިށަލް ޕާސްޕޯޓް - 750 ރުފިޔާ
  5. ޑިޕްލޮމެޓިކް ޕާސްޕޯޓް (32 ސަފުހާ) - 1000 ރުފިޔާ
  6. ޑިޕްލޮމެޓިކް ޕާސްޕޯޓް (64 ސަފުހާ) - 1500 ރުފިޔާ
  7. ސަރޓިފިކެޓް އޮފް އައިޑެންޓިޓީ - 100 ރުފިޔާ
  8. ދަތުރުކުރުމުގެ ވަގުތީ ލިޔުން - 250 ރުފިޔާ

 

2 ވަނަ މާއްދާ - އިސްވެދެންނެވުނު ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) އަށް އަންނަނިވި ގޮތަށް އިސްލާހު ގެނައުން:

(ށ) ޕާސްޕޯޓް ގެއްލިއްޖެނަމަ ޕާސްޕޯޓް ހަދައިދެވޭނީ، ޕާސްޕޯޓް ގެއްލެން މެދުވެރިވި ހާލަތަށް ރިއާޔަތްކޮށް އެފަރާތުގެ އިހުމާލު އޮތްކަމަށް ނުވަތަ ނެތްކަން އަންގައިދޭ ޕޮލިސް ރިޕޯޓެއް ލިބުމުންނެވެ. އަދި އާ ޕާސްޕޯޓެއް ހަދައިދެވޭނީ، ޕާސްޕޯޓް ގެއްލުނީ އިހުމާލުންނަމަ، ތިރީގައި މިދަންނަވާ އަދަދަކުން ޖޫރިމަނާ ކުރުމަށްފަހު، އެ ޖޫރިމަނާގެ ފައިސާ ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން އަށް ދެއްކުމުންނެވެ. އަދި މި މާއްދާގައި ބަޔާން ކޮށްފައިވާ ޖޫރިމަނާ ފައިސާ ދައްކަންވާނީ، ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހަޅާއިރުއެވެ.

  1. އޯޑިނަރަނީ ޕާސްޕޯޓް (32 ސަފުހާ )
    (ހ) ފުރަތަމަ ފަހަރު - 5000 ރުފިޔާ
    (ށ) ދެވަނަ ފަހަރު - 10000 ރުފިޔާ
    (ނ) ތިންވަނަ ފަހަރު - 20000 ރުފިޔާ
  2. އޯޑިނަރީ ޕާސްޕޯޓް (64 ސަފުހާ)
    (ހ) ފުރަތަމަ ފަހަރު - 7000 ރުފިޔާ
    (ށ) ދެވަނަ ފަހަރު - 14000 ރުފިޔާ
    (ނ) ތިންވަނަ ފަހަރު - 25000 ރުފިޔާ
  3. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް (އާދައިގެ ޕާސްޕޯޓް)
    (ހ) ފުރަތަނަ ފަހަރު - 2500 ރުފިޔާ
    (ށ) ދެވަނަ ފަހަރު - 5000 ރުފިޔާ
    (ނ) ތިންވަނަ ފަހަރު - 10000 ރުފިޔާ

 

3 ވަނަ މާއްދާ - އިސްވެދެންނެވުނު ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) އަށް އަންނަނިވި ގޮތަށް އިސްލާހު ގެނައުން:

(ނ) ރެސިޑެންސް ވީޒާ ލިބިގެން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރަތްތަކާއި 6 މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ކޯހެއްގައި ރާއްޖެއިން ބޭރުގައިއުޅޭ ފަރާތްތަކުގެ ޕާސްޕޯޓް ގެއްލިއްޖެނަމަ، އަލުން ޕާސްޕޯޓެއް ހަދައިދެވޭނީ ޕާސްޕޯޓް ގެއްލުނުއިރު އެފަރާތެއް އުޅެމުންދާ ގައުމެއްގެ ޕޮލިސް ރިޕޯޓު (އިގިރޭސި ބަހުގެ ތަރުޖަމާ ހިމެނޭގޮތަށް)، ޕާސްޕޯޓަށް އެދޭ ފޯމާއެކު ހުށަހެޅުމުންނެވެ. މިގޮތުން ހުށަހަޅާ ޕޮލިސް ރިޕޯޓަށް ބެލުމަށްފަހު، ޕާސްޕޯޓް ހަދައިދެވޭނީ މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނުވަތަ 2 ވަނަ ނުވަތަ 3 ވަނަ ނަންބަރުގައި  ބަޔާންކޮށްފައިވާ އަދަދަކުން ޖޫރިމަނާ ކުރުމަށްފަހު، އެ ޖޫރިމަނާގެ ފައިސާ ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން އަށް ދެއްކުމުންނެވެ. އަދި މި މާއްދާގައި ބަޔާން ކޮށްފައިވާ ޖޫރިމަނާ ފައިސާ ދައްކަންވާނީ، ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހަޅާއިރުއެވެ. ރެސިޑެންސް ވީޒާ ފިޔަވައި އެހެން ވީޒާއެއްގައި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތެއްގެ ޕާސްޕޯޓް ގެއްލިއްޖެނަމަ، އެފަރާތެއް ރާއްޖެއައުމަށް ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް ދޫކުރެވޭނެއެވެ.

 

4 ވަނަ މާއްދާ - އިސްވެދެންނެވުނު ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) އަށް އަންނަނިވި ގޮތަށް އިސްލާހު ގެނައުން:

(ނ) ޕާސްޕޯޓް ހަލާކުވީ ޕާސްޕޯޓް ދޫކުރެވިފައިވާ ފަރާތުގެ އިހުމާލުންކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުން ނިންމައިފިނަމަ އަލުން ޕާސްޕޯޓެއް ހަދައިދެވޭނީ ޕާސްޕޯޓް ހަލާކުވާން ދިމާވި ސަބަބާއި ކަމުގެ ބާވަތަށް ބަލައި، ތިރީގައި މިދަންނަވާ އަދަދަކުން ޖޫރިމަނާ ކުރުމަށްފަހު، އެ ޖޫރިމަނާގެ ފައިސާ ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ދެއްކުމުންނެވެ. އަދި މި މާއްދާގައި ބަޔާން ކޮށްފައިވާ ޖޫރިމަނާ ފައިސާ ދައްކަންވާނީ، ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހަޅާއިރުއެވެ. 

  1. އޯޑިނަރީ ޕާސްޕޯޓް (32 ސަފުހާ)
    (ހ) ފުރަތަމަ ފަހަރު - 5000 ރުފިޔާ
    (ށ) ދެވަނަ ފަހަރު - 10000 ރުފިޔާ
    (ނ) ތިންވަނަ ފަހަރު - 20000 ރުފިޔާ
  2. އޯޑިނަރީ ޕާސްޕޯޓް (64 ސަފުހާ)
    (ހ) ފުރަތަމ ފަހަރު - 7000 ރުފިޔާ
    (ށ) ދެވަނަ ފަހަރު - 14000 ރުފިޔާ
    (ނ) ތިންވަނަ ފަހަރު - 25000 ރުފިޔާ
  3. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް (އާދައިގެ ޕާސްޕޯޓް)
    (ހ) ފުރަތަމަ ފަހަރު - 2500 ރުފިޔާ
    (ށ) ދެވަނަ ފަހަރު - 5000 ރުފިޔާ
    (ނ) ތިންވަނަ ފަހަރު - 10000 ރުފިޔާ

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، 1 ނޮވެންބަރު 2014 އިން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-17) 

 

އުވި ގަވާއިދު

ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-83)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު