މޯލްޑިވްސް މީޓިރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 379/2014)
މިއީ، މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސަރވިސްގެ އައު މަގާމުތަކުގެ އިނިގަނޑާއި މުސާރައިގެ އޮނިގަނޑާއި ގުޅިގެން، އެ އިދާރާގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތްތަށް ކަނޑައަޅައި. 16 އޮކްޓޯބަރ 2014 ގައި ސިވިލް ސާރވިސް ކޮމިށަނުގެ ނަންބަރ 1111 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ ގަވާއިދެކެވެ.
1 ވަނަ މާއްދާ – ތައާރަފް
(ހ) މި ގަވާއިދަކީ، 1 ނޮވެންބަރ 2014 ން ފެށިގެން އަމަލުކުރަން ފަށާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުންގެ އައު އޮނިގަނޑާ ގުޅިގެން އެ މުވައްޒަފުންނާ އެ އިދާރާގެ ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރުމަށް ހަދާފައިވާ ހާއްސަ ގަވާއިދެކެވެ. މި ގަވާއިދުގައި އެ އިދާރާގެ ފަންނީ މުވައްޒަފުންގެ މަސައްކަތުދުވަހާއި މަސައްކަތު ގަޑިއާއި ބަންދު ދުވަސްތަށް އަދި ޗުއްޓީތައް ހަމަ ޖައްސާނެ އުސޫލުތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައި ވާނެއެވެ. އަދި އެ އިދާރާގެ މުވައްޒަފުންނާ ގުޅޭގޮތުން މި ގަވާއިދުގައި ނުހިމެނޭ އެންމެހާ ކަންތައްތަކުގައި އަމަލު ކުރާނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ގައިވާ ގޮތުގެ މަތިންނެވެ.
(ށ) މި ގަވާއިދަކީ، މި ތަފާތު ހިދުމަތެއް ދިނުމުގައި ގަވާއިދުގައި ހާއްސަ ކުރަންޖެހޭ ކަންކަން ހާއްސަކޮށް، އެގޮތުން ކޮންމެހެން ގެންނަންޖެހޭ ބަދަލުތަށް ގެނެސް އަކަމަށް ބޭނުންވާ ގަވާއިދުތަށް އެކުލަވައިލުމުގެ ގޮތުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ޅ) އިން ބާރުލިބުގެން، އެކަށައެޅި ސިވިލް ސަރވިސްގެ ގަވާއިދުގެ ބައެކެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
2 ވަނަ މާއްދާ – މާނަކުރުން
(ހ) މި ގަވާއިދުގައި " މޯލްޑިވްސް މީޓިއިރިލޮޖިކަލް ސާރވިސް" ކަމުގައި ބުނެފައި އެވަނީ މޯލްޑިވްސް މީޓިއިރިލޮޖިކަލް ސާރވިސް އަށެވެ.
(ށ) މި ގަވާއިދުގައި "މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންނަށެވެ.
(ނ) މި ގަވާއިދުގައި " މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން' ކަމުގައި ބުނެފައި އެވަނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮނިގަނޑުގެ ސީއެސް 14 އިން ފެށިގެން 18 އާ ދެމެދުގައިވާ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށެވެ.
3 ވަނަ މާއްދާ – ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑި
(ހ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑީއަކީ ދުވާލަކު 8 ގަޑިއިރެވެ. ށިފްޓް ޑިޔުޓީ އުސޫލުން މަސައްކަތް ކުރާ ފަންނީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑީއަކީ އެ މުވައްޒަފަކަށް އެދުވަހަކަށޤ ކަނޑައެޅިފައިވާ ދަންފަޅިއެވެ.
(ށ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މަސައްކަތް އޮންނާނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ އުސޫލުންނެވެ.
(ނ) މަސައްކަތު ހަފުތާ ހަމަޖެހިފައިވާ ހަފުތާއަކު 6 ދުވަހު މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ދަންފަޅި ހަމަޖައްސާނީ، މި ގަވާއިދާއި ވަޒީފާއާ ބެހޭ ގާނޫނުގައިވާ އިސޫލުތަކާއި އެއްގޮތަށެވެ.
(ރ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ހިދުމަތުގެ ރަސްމީ މަސައްކަތުގެ ގަޑީގެ ދިގުމިނަކީ ދުވާލަކު 8 ގަޑިއިރެވެ. ނަމަވެސް ރަމަސާން މަހުގައި މުވައްޒަފުންނަށް ލުއިވާނެހެން ދަންފަޅި ހަމަޖެއްސިދާނެއެވެ.
(ބ) ދަންފަޅި އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުން ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި ރަމަސާންމަސް ފިޔަވައި އެހެން މަސްމަހު، މަސައްކަތުގެ ވަގުތުގެ ތެރެއިން ކެއުމަށާއި ނަމާދުކުރުމަށް 1 ގަޑިއިރުގެ ހުސްވަގުތުކޮޅެއް ދެވޭނެއެވެ. ރަމަސާން މަހުގައި ރަސްމީ މަސައްކަތު ގަޑީގެ ތެރެއިން 15 މިނެޓްގެ ހުސްވަގުތުކޮށެއް ނަމާދުކުރުމަށް ދެވޭނެއެވެ. މި ވަގުތުކޮޅު ހަމަޖައްސާނީ ހިދުމަތަށް ބުރޫ ނާރާނެ ފަދައިން މުވައްޒަފުންގެ މެދުގައި މަސައްކަތް ބަހާލައިގެންނެވެ.
(ޅ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޑިޔުޓީ އުސޫލުން ވަޒީފާއަދާކުރާ ފަންނީ މުވައްޒަފުންނަކީ، 24 ގަޑިއިރު މެދުނުކެނޑި ހިދުމަތްދިނުމަށާއި، ރާއްޖެއަށް ގުދުރަތީގޮތުން އާދަޔާހިލާފު ހާލަތެއް މެދުވެރިވެދާނެކަމަށް ލަފާކުރެވޭނަމަ ނުވަތަ ކުއްލި ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އެ ކަންތައްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަށްޓަކައި ތިބެންޖެހޭ ބައެއްގެ ގޮތުގައި ތިބޭމުވައްޒަފުންނެވެ. މީގެ އިތުރުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހަމަޖައްސާފައިވާ އުސޫލުން ކޮންމެ މަގާމެއްގެ މުވައްޒަފަކީ ވެސް މި އޮފީހުގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖަރ ގައިވާގޮތުގެމަތިންއާދަޔާ ހިލާފު ހާލަތެއް ނުވަތަ ކުއްލި ނުރައްކަލެއް ކުރިމަތިވާ ވަގުތުން ފެށިގެން އެކަމަށް ނިމެންދެން ޑިޔުޓީއަށް ނުކުންނަން ތައްޔާރަށް ތިބެންޖެހޭ ބައެކެވެ. މިފަދަ ކަންކަމަށް ހަޒުރުވުމުގައި ޑިޔުޓީ ނޫން ގަޑިއެއް އިސްތިސްނާއެއް ނުވާނެއެވެ.
(ކ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުން ރަސްމީ މަސައްކަރު ގަޑީގައި ޒަރޫރީ ބޭނުމެއްޖެހިގެން މަސައްކަތާ ދުރުގައި އަމިއްލަ ކަންކަމުގައި އެދުވަހަކަށް މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ %20 އަށް ވުރެ ގިނަވަގުތު ހޭދަ ކޮށަފިނަމަ އެދުވަހަށް ކަނޑައެޅިފައިވާ ސަރވިސް އެލަވަންސް އާއި ސްޕެށަލް ޑިޔުޑީ އެލަވެންސް ކޭނޑޭނެއެވެ.
(އ) މިއޮފީހުގެ އާންމު ހިދުމަތްތަކާ ގުޅޭ މަސައްކަތް އޮންނާނީ ސަރުކާރުގެ ރަސްމީ ގަޑީގައެވެ.
4 ވަނަ މާއްދާ – އިތުރުގަޑިގައި މަސައްކަތް ކުރުވުން
(ހ) ނޮވެންބަރ 2014 ގައި އަމަލުކުރަން ފެށި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުންގެ މުސާރައިގެ އޮނިގަޑުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަށް ހިށަބުކޮށްފައި ވަނީ، ދުވާލަކަށް 8 ގަޑިއިރާއި މަހެއްގެ މައްޗައް 44 ގަޑިއިރުގެ އިތުރުގަޑި ފައިސާ ހިމަނައިގެންނެވެ. ވުމާއެކު، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުންގެ އިތުރުގަޑި ހިސާބުކުރާނީ ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރަންޖެހި، ހުއްދަ ލިބިގެން މަސައްކަތްކުރި ވަގުތަށެވެ.
5 ވަނަ މައްދާ – ގަޑިއަށް ހާޒިރުވުން
(ހ) ދިވެހި ސިވިލް ސާރވިސް ގަވައިދުގައިވާ ފަދައިން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާ ގުޅޭ އެންމެހާ މަސައްކަތަކީ، ގައުމުގެ ސަލާމަތާއި ސިޔާދަތު ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު މަސްއޫލިޔަތުތަކެއް އަދާކުރާ ހިދުމަތެއް ކަމުން، ކޮންމެ މުވައްޒަފެއްވެސް، އެ މުވައްޒަފު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު، މަސައްކަތަށް ބުރޫ ނާރާނެހެން ގަޑިއަށް ފަރުވާ ބަހަށްޓައިގެން ހާޒިރުވާން ވާނެއެވެ. ގަޑިއަށް ހަޒިރު ނުވެވޭ ފަދަ އުޒުރެއް މެދުވެރިވެގެން، ހަޒިރުވާންޖެހޭ ގަޑިއަށްވުރެ 30 މިނެޓަށްވުރެ ލަސްވެއްޖެނަމަ، ލަސްވި ސަބަބު އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަން ވާނެއެވެ. އަދި މިފަދައިން ރިޕޯޓްކުރާ މުވައްޒަފުން ލަސްވި ސަބަބު ރިކޯޑުކުރަން ހަމަޖައްސާފައި އޮންނަ އުސޫލުން އެ ސަބަބެއް ރިކޯޑްކުރަންވާނެއެވެ. މިގޮތަށް މަހެއްގެތެރޭގައި ގައިޖެހިގެން ދެދުވަހަށްވުރެ ގިނަ ދުވަހު އޮފީހަށް ހާޒިރުވެއްޖެ ނަމަ، އެމުވައްޒަފަކާ މެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
(ށ) މުވައްޒަފު މަސައްކަތު ގަޑިޔަށް ހާޒިރުވެފައިވަނީ މަސައްކަތު ގަޑީގެ ބޮޑުބައި ( 4 ގަޑިއިރަށްވުރެ ގިނައިރު) ފައިތުވި ފަހުން ކަމުގައިވަނީނަމަ، އެ ދުވަހަކީ މުވައްޒަފު އޮފީހަށޤ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައިބަލައި، މަސައްކަތް ކުރުމުގެ ހުއްދަ އެ މުވައްޒަފަށް ނުދެވޭނެއެވެ. މިފަދަ މުވައްޒަފުންނާމެދު ގަވާއިދުގައިވާ ގޮތުގެ މަތިން އިސްލާހީ ހިޔަވަޅު އަޅަންވާނެވެ.
6 ވަނަ މައްދާ – ބަންދު ދުވަސްތަކާއި މުވައްޒަފުށް ދެވޭ ޗުއްޓީ
(ހ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުނަށް އަންނަނިވި ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސް ތަކެވެ.
- ގައުމީ ދުވަސް
- މިނިވަން ދުވަސް
- ޖުމްހޫރީ ދުވަސް
- ހިޖުރީ އަހަރުގެ ފުރަތަމަ ދުވަސް
- މީލާދީ އަހަރުގެ ފުރަތަމަ ދުވަސް
- ރަމަސާންމަހުގެ ފުރަތަމަ ދުވަސް
- ފިތުރު އީދު ދުވަސް
- ހައްޖު ދުވަސް
- އަޒުހާއީދު ދުވަސް
- ނަސްރުގެ ދުވަސް
- ކީރިތި ރަސޫލާގެ އީދުމީލާދު ދުވަސް
- ރާއްޖެ އިސްލާމްވި ދުވަސް
- ކޮންމެ ހަފުތާއެއްގެ ހުކުރުދުވަސް
- ސަރުކާރުން އެދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާ ދުވަސް
(ށ) ބަންދު ދުވަސް ކަމަށް ކަނޑައަޅާފައިވާ ދުވަހެއްގައި މުވައްޒަފެއް ވަޒީފާއަށް ނިކުންނަން ޖެހިއްޖެ ނަމަ، ދިވެހި ސިވިލް ސާރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތީން، ބަންދު ދުވަހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރުގަޑިއާއި ބަންދު ދުވަހެއްގައި މަސައްކަތްކުރާތީ ދޭ އިނާޔަތް ދެވޭނެއެވެ.
(ނ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުންގެ ޗުއްޓީތަށް ހަމަޖައްސާނީ ދިވެހި ސިވިސް ސާރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
(ރ) މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުންގެ ޗުއްޓީތަށް ދިނުމުގައި ބަންދު ދުވަސް ހިމަނަންޖެހޭ ޗުއްޓީތަކުގައި ބަންދު ދުވަސް ގޮތުގައި ހިމަނާނީ، މިގަވާއިދުގައި ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކެވެ.
(ބ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ފަންނީ މުވައްޒަފުން ސަލާމް ބުނުމާއި ސަލާމް ހަމަޖެއްސުމާ ގުޅޭ ގޮތުން އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
- ސަލާމް ބުނެވޭނީ ތިމާ ބަލިވެގެން އޮފީހަށް ހަޒިރު ނުވެވޭފަދަ ހާލަތެއް މެދުވެރިވެގެންނެވެ. އަދި ހިދުމަތްކުރާ ކޮންމެ އަހަރަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، ގިނަވެގެން 30 ދުވަހެވެ. ސަލާމުގެ ޗުއްޓީ އާއި އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނަ ދުވަސްތަކށް ސްޕެށަލްޑިއުޓީ އެލަވަންސް އާއި ސާރވިސް އެލަވަންސް ނުލިބޭނެއެވެ.
- ސަލާމުގެ ޗުއްޓީ ނަގާނަމަ، އޮފީހުން ހަމަޖައްސާފައި އޮންނަ އުސޫލެއްގެ މަތިން ޑިޔުޓީއަށް ނުކުންނަންޖެހޭ ވަގުތުގެ 1 ގަޑިއިރު ކުރިން އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަންވޭނެއެވެ. މި ގަވާއިދާ އެއްގޮތަށް ހާޒިރުނުވާ ސަބަބު އަންގާފައި ނުވާނަމަ އަދި އެދުވަހު އޮފީހަށް ނުނުކުމެ ހުރުމަށް އޮފީހުން ހުއްދަ ދީފައި ނުވާނަމަ އެދުވަހެއް ބެލެވޭނީ އައިރު ހާޒިރީއެއް ކަމުގައިއެވެ.
- ސަލާމް ބުނުމުން، އެދުވަހަކީ އެމުވައްޒަފެއް ސަލާމުގައި ހުރި ދުވަހެއްކަން އެނގޭނެހެން ހާޒިރީގައި ރިކޯޑްކޮށްފައި އޮންނަންވާނެއެވެ.
- ފަންނީ މުވައްޒަފުން ސަލާމުގެ ޗުއްޓީ ނެގުމުގައި ވިދިވިދިގެން 2 ދުވަހަށް ވުރެ އިތުރަށް ސަލާމް ބުނާނަމަ، އިތުރަށް ސަލާމުގެ ޗުއްޓީ ނަގާ ދުވަސްތަކަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައި ވާ ފަދައިން ސިއްހީ އެހީތެރިއަކު ދޫކުރާ ސަލާމުގެ ސެޓްފިކެޓް ހުށަހަޅަން ޖެހޭނެއެވެ. ސަލާމުގެ ސެޓްފިކެޓް ހުށަހަޅާފައި ނުވާނަމަ، އެ ދުވަސްތަކަކީ ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކެއް ކަމަށް ބަލައި، އެ މުވައްޒަފާ މެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
7 ވަނަ މާއްދާ – ހިންދުމުގެ އިސް މަގާމުތަކުގެ މުވައްޒަފުން
(ހ) 1 ނޮވެންބަރ 2014 އިން ފެށިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މަގާމުތަކުގެ އޮނިގަނޑުގެ ހިންގުމުގެ އެންމެ އިސް މަގާމުތަކުގެ ފަންތިކަމުގައި ކަނޑައަޅާފައިވާ މަގާމުތަކަކީ، ގާނޫނު ނަންބަރ 2/2008 ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ 4 ވަނަ ބާބުން އިސްތިސްނާކުރެވޭ މުވައްޒަފުންނެވެ. އެއީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮނިގަނޑޫގެ ސީއެސް 14 އިން ސީއެސް 18 އާ ދެމެދުގައިވާ މަގާމުތަކެވެ.
(ށ) ވަޒީފާއާބެހޭ ގާނޫނުގެ 4 ވަނަ ބާބުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުން އިސްތިސްނާ ކުރެވުނު ކަމުގައި ވީ ނަމަވެސް، އެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންތައްތައް ހަމަޖައްސާނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްގައިވާ އުސޫލުތަކުގެ މަތީންނެވެ.
(ނ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަކީ އެމީހުންގެ ލަޔާގާތާއި ގާބިލިއްޔަތާއި، ލިބިފައިވާ ހުނަރާއި ތައުލީމުގެ އެހީގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ފުރިހަމަ ގޮތުގައި ހިންގުމަށް ކެނޑިނޭޅި މަސައްކަތްކުރަންޖެހޭ ބައެކެވެ. އެހެންކަމުން ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަކީ، ގިނަވަގުތު އެމީހުންގެ ވިސްނުމާއި ފިކުރާއި އަދި އަމަލީ ހުނަރުތައް އޮފީހުގެ ބޭނުމަށް ހޭދަކުރަންޖޭހޭ ބައެކެވެ. ވުމާއި އެކު، ހިންގުމުގެ އެންމއ އިސްފަންތީގެ މުވައްޒަފުންނަކީ އިތުރުގަޑިއާއި، ގަޑިޖެހުމުން އިސްތިސްނާވާ މުވައްޒަފުންނެވެ. ނަމަވެސް އެ މުވައްޒަފުންނަކީ އެބަޔަކާނުލައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މަސައްކަތް ފުރިހަމަ ގޮތުގައި ހިންގުމަށް ބުރޫއަރާނެ ބަޔަކަށްވާތީ އާއި، އެހެނިހެން ފަންތިތަކުގެ މުވައްޒަފުންނަށް ނަނޫނާއެއްގެ ގޮތުގައި ހުރިހާ ވަގުތެއްގައިވެސް މަސައްކަތްކުރަންޖެހޭ މުވައްޒަފުންނެވެ. ވުމާއެކު، ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުން ވަޒީފާއަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ހާޒިރުވުމާ، ގިނަ އިސްފަންތީގެ މުވައްޒަފުން ވަޒީފާއަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ހާޒިރުވުމާއި، ގިނަ ވަގުތު އޮފީހުގެ މަސައްކަތުގައި މުވައްޒަފުންނާއެކީ ށާމިލުވާން އިސްކަން ދޭންވާނެއެވެ.
(ރ) އޮފީހުގައި ހޭދަކުރަންޖެހޭ ވަގުތުތަކުގެ އިތުރުން އެހެނިހެން ވަގުތުތަކުގައިވެސް އޮފީހުގެ ގިނަމަސައްކަތްތަކެއް ކުރަންޖެހޭތީ މި ފަންތީގެ މުވައްޒަފުން އޮފީހަށް ނުކުމެ މަސައްކަތް ކުރާނީ ހަފުތާއަކު 5 ދުވަހުއެވެ.
(ބ) ހިންގުމުގެ އެންމެ އިސްފަނތީގެ މުވައްޒަފުން، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ 30 މިނެޓްގެ ތެރޭގައި ހާޒިރުވެ ރިކޯޑުކުރަން އޮންނަ އުސޫލަކުން އެކަން ރިކޯޑްކުރަންވާނެއެވެ،
(ޅ) އެއްވެސް ސަބަބަކާހުރެ، އޮފީހަށް ހާޒިރުވާން ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވެވޭ ގޮތް ދިމާވެއްޖެނަމަ، އެކަން ޒިންމާދާރު ވެރިޔަކަށާއި ހަޒިރީ ބަލަހައްޓާ ފަރާތައް، އެދުވަހުގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ 90 މިނިޓް ތެރޭގައި އަންގައި ރިކޯޑުކުރަން އޮންނަ އިސޫލުން ރިކޯޑް ކުރަން އޮންނަ އުސޫލުން ރިކޯޑުކުރަންވާނެވެ. ހާޒިރު ނުވެވުނީ ޒިންމާދާރު ވެރިޔާއަށް ނަމަ، އެކަން އޮފީހުގެ އިސްވެރިޔާއަށް އެދުވަހުގެ ރަސްމީ މަސައްކަތުގަޑި ފެށޭތާ 90 މިނެޓްގެ ތެރޭގައި އަންގައި ރިކޯޑުކުރަން އޮންނަ އުސޫލުން ރިކޯޑްކުރަންވާނެއެވެ. ވަކިގޮތެއް ނާންގައި މަސައްކަތު ގަޑި ފެށޭތާ 2 ގަޑިއިރަށްވުރެ ގިނައިރު ވެއްޖެނަމަ، އެ ދުވަހަކީ އޮފީހަށް ހަޒިރުނުވާ ދުވަހެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި އެމުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
(ކ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަށް ކޮންމެ މީލާދީ އަހަރެއްގައި 30 ދުވަހުގެ ސަލާމުގެ ޗުއްތީދެވޭނެއެވެ.
(އ) ހިންގުމުގެ އެންމއ އިސްފަންތީގެ މުވައްޒަފުންނަށް ލިބޭ، އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތަށް ހަމަޖައްސާނީ އެހެން މުވައްޒަފުންނާ އެއް އުސޫލަކުންނެވެ.
(ވ) ހިންގުމުގެ އެންމެހައި އިސްފަންތީގެ މުވައްޒަފުންނަކީ ޒިންމާދާރުކާމާއެކު ހަވާލުކުރެވޭ މަސައްކަތްތަށް ނިންމައި ތަންފީޒުކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ހިންގުން ހަރުދަނާ ކުރުމާއިއެކު، ދެމެހެއްޓެނިވި ގޮތެއްގައި ތަން ކުރިއަރުވަން މަސައްކަތް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ބައެކެވެ. އަދި އެ މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތްތަށް ކުރާ މިންވަރު ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާފައިވާ ނިޒާމެއްގެ ދަށުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދެވޭނެއެވެ.
(މ) ކަނޑައަޅާފައިވާ ފެންވަރަށް މަސައްކަތް ނުކުރެވޭ ކަމަށް ތަކުރާތުކޮށް މަސައްކަތު ފެންވަރުބެލުމުން ސާބިތުވެއްޖެ ނަމަ، އެ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމާއި، މަގާމުގެ ފަންތި ދަށްކުރުން ނުވަތަ ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު ސިވިސް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.
މައި ގާނޫނު
(ނެތް)
ކިޔުންތެރިންގެ ހިޔާލު