-

ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2014-389) 

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-167 ގެ 70 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ގަވާއިދުގެ 58 ވަނަ މާއްދާގެ (އ) ތިރީގައިވާ ގޮތަށް އިސްލާހުކުރުން.

(އ) ކޮމިށަނުގެ މަސައްކަތް ހުންނަ ގޮތުން މުވައްޒަފުން ނުރަސްމީ ގަޑީގައި ނުނެރެ ފަރުޖެއްސެން ނެތް ހާލަތްތަކުގައި އިތުރުގަޑީގައި މަސައްކަތް ކުރުވާނަމަ، އެ މުވައްޒަފު ހުންނެވި މަގާމުގެ ކެޓެގަރީއަށް، އިތުރުގަޑީގެ ފައިސާ ގުނަންފެށޭ އަދަދުކަމަށް މި ކޮމިށަނުގެ މުސާރައިގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރުވާ ވަގުތަށް އެ މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން ¼ 1 (1.25)، ބަޔަށްވާ ފައިސާ ދޭންވާނެއެވެ. އަދި އެފަދަ މަސައްކަތެއް ކުރުވީ ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ ½ 1 (1.5)، ބަޔަށްވާ ފައިސާ އިތުރުގަޑިގެ ގޮތުގައި ދެވޭނެއެވެ. ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު ގަޑިއަކަށް ޖެހޭ މިންވަރު ބަލާނީ މަސްދުވަހުގެ މުސާރަ 22 ން ގެއްލީމާ ލިބޭ އަދަދު 7 ން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރުކަމަށް ބަލައިގެންނެވެ.

 

2 ވަނަ މާއްދާ - މަތީގައިވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދޭން ފަށާނީ، 1 އޮކްޓޫބަރު 2014 ވަނަ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު - 2011

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު