ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 3/2015)
1 ވަނަ މާއްދާ – ތައާރުފް
މިއީ ގާނޫނު ނަންބަރު 14/2013) ގެ 144 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދެވެ.
2 ވަަނަ މާއްދާ – ގަވާއިދުގެ ނަން
މި ގަވާއިދަށް ކިޔާނީ "ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަޖެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދު" އެވެ.
3 ވަނަ މާއްދާ – މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ ޖަލުގެ ސެކިއުރިޓީ ނިޒާމު ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި ޖަލަށް ވެއްދުން ހުއްދަ ނުކުރާ ބާވަތްތައް ހޯދާ އެފަދަ ތަކެތި ޖަލަށް ވެއްދުން ހުއްޓުވުމެވެ.
4 ވަނަ މާއްދާ – ގަވާއިދު ހިންގާ ފަރާތް
މިގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ. މިގަވާއިދުގައި މިހެންބަޔާން ކޮށްފައިވީނަމަވެސް ކަސްޓޯޑިއަލް ޖަލުތަކަށް ބަންދުކުރުމަށް ވެއްދޭމީހުންނާއި ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެތި ބަލައި ފާސް ކުރުމުގައި އަމަލުކުރާނީ "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދު" ގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އެއްގޮތްވާގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.
5 ވަނަ މާއްދާ – މިގަވާއިދަށް އަމަލު ކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
6 ވަނަ މާއްދާ – ބަލައި ފާސްކުރުމަށްޓަކައި ޕްރިޒަން އޮފިސަރުންނަށް ލިބިދޭ ބާރު
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަލައި ފާސްކުރުމުގައި ޖަލުގެ އޮފިސަރުންނަށް ލިބިގެންވާ ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ގައިދީންނާއި ބަންދުމީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެތި ބަލައި ފާސްކުރުން،
(ށ) ޖަލުގަައި މީހުން ބަންދުކޮށްފައި ތިބޭ ތަންތަން ބަލައި ފާސްކުރުން،
(ނ) ބަލައި ފާސް ކުރުމަށްފަހު ފެންނަ ތަކެތީގެތެރެއިން ޖަލަށް ވެއްދުން މަނާ ތަކެތި ނެގުން،
(ރ) ޖަލަށް ވެއްދޭ ކޮންމެ އުޅަނދެއް ބަލައި ފާސްކުރުން
7 ވަނަ މާއްދާ – ބަލައި ފާސްކުރުމަށްޓަކައި ބޭނުން ކުރާ އާލާތްތައް
(ހ) ހަށިގަނޑާއި ތަކެތި އަދި އުޅަނދު ފަހަރު ބަލައި ފާސްކުރުމަށްޓަކައި މެޓަލް ޑިރެކްޓަރ، ވޯކްތުރޫ ގޭޓް، އެކްސްރޭ މެށިން ފަދަ ޒަމާނީ އާލާތްތައް ބޭނުން ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް އާލާތެއް ބޭނުން ކުރުމުގެ ސަބަބުން ބަލައި ފާސްކުރެވޭ މީހާއަށް ސިއްހީ ގޮތުން އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް، ކަމާގުޅޭ ޑޮކްޓަރަކު ލަފާދީފައިވާކަމުގެ ލިޔުމެއް ހުށަހަޅާއިފިނަމަ، އެމީހަކު ބަލައި ފާސްކުރުމުގައި އެފަދަ އާލާތެއް ބޭނުންކޮށްގެން ނުވާނެއެވެ.
8 ވަނަ މާއްދާ – ހަށިގަނޑު ބަލައި ފާސްކުރުން
(ހ) ހަށިގަނޑު ބަލައި ފާސްކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.
1. އަންހެނަކުނަމަ، ބަލައި ފާސްކުރާނީ އަންހެން އޮފިސަރެއް އަދި ފިރިހެނަކުނަމަ، ބަލައި ފާސްކުރާނީ ފިރިހެން އޮފިސަރެއް؛
2. ހަށިގަނޑު ބަލައި ފާސްކުރާއިރު، ބަލައި ފާސްކުރާ މީހާގެ އިންސާނީ ކަރާމާތަށާއި އަބުރަށް ރައްކާތެރިވެ، ފުރިހަމަ އިހްތިރާމާއެކު އެކަން ކުރުން.
(ށ) ހަށިގަނޑު ބަލައި ފާސްކުރެވޭނެ ގޮތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ޕެޓްޑައުން ސާރޗް،
- ސްޓްރިޕް ސާރޗް،
- އިންޓާރނަލް ސާރޗް
9 ވަނަ މާއްދާ – ޕެޓްޑައުން ސާރޗް
ޕެޓްޑައުން ސާރޗަކީ ލައިގެން ހުރި ހެދުން މަތިން ތައްކާތާލަިގެން މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމެވެ. މިގޮތުން ޕެޓްޑައުން ސާރޗް ކުރެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނާއި އެނޫންވެސް ފަރާތްތައް ޖަލަށް ވަދެ ނުކުމެ ހަދާއިރު،
(ށ) ގައިދީންނާއި ބަންދުމީހުން އެކިއެކި ބޭނުންތަކަށް ގޮޅިން ނެރެ ވައްދާއިރު،
(ނ) ގައިދީއަކު ނުވަތަ ބަންދުމީހަކު އުޅޭ ގޮޅި ނުވަތަ ޔުނިޓް ބަލައި ފާސްކުރާއިރު،
10 ވަނަ މާއްދާ – ސްޓްރިޕް ސާރޗް
(ހ) ސްޓްރިޕް ސާރޗަކީ ލައިގެން ހުރި އަންނައުނުތައް ބާލައިގެން މީހެއްގެ ހަށިގަނޑު ބަލައި ފާސް ކުރުމެވެ.
(ށ) ސްޓްރިޕް ސާރޗް ކުރަންވާނީ އެހެން މީހުންނަށް ނުފެންނަ ގޮތަށް މަދުވެގެން 2 އޮފިސަރުންގެ ހާޒިރުގައެވެ.
(ނ) ސްޓްރިޕް ސާރޗް ކުރެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ގައިދީއަކު ނުވަަތަ ބަންދުމީހަކު ޖަލަކަށް ވައްދާއިރުއާއި ނެރޭއިރު
- ގައިދީއަކު ނުވަތަ ބަންދުމީހަކު އެކަހެރި ކުރެވޭއިރު،
- ގައިދީއެއްގެ ނުވަތަ ބަންދުމީހެއްގެ އަތުގައި ޖަަލަށް ވެއްދުން މަނާ އެއްޗެއް އޮތްކަމަށް ށައްކު ކުރެވިއްޖެނަމަ،
- އެކަހެރި ބައްދަލުކުރުމަށް ވައްދާއިރު އަދި ބައްދަލުކުރުމަށްފަހު ގޮޅިއަށް ވައްދާއިރު،
- ގައިދީ ނުވަތަ ބަންދުމީހަކު އުޅޭ ގޮޅި ނުވަތަ ޔުނިޓް ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނަކުން ޖަލަށް ވެއްދުން މަނާ އެއްޗެއް ފެނުން،
- ޕެޓްޑައުން ސާރޗް ކުރުމަށްފަހު ނުވަތަ ކުރުމުގެ ތެރޭގައި އެމީހެއްގެ އަތުން ނުވަތަ އެމީހަކު ގެންގުޅުނު އެއްޗަކުން ޖަލަށް ވެއްދުން މަނާ އެއްޗެއް ފެނުން ނުވަތަ އެފަދަ އެއްޗެއް އޮތްކަމަށް ބެލެވެއްޖެނަމަ،
11 ވަނަ މާއްދާ – އިންޓާނަލް ސާރޗް
(ހ) އިންޓާނަލް ސާރޗަކީ ބަންދުމީހުންގެ ހަށިގަނޑުގެ ތެރޭގައި ޖަަލަށް ވެއްދުން މަނާ އެއްޗެއް ފޮރުވާފައިވޭތޯ ބެލުމަށް ކުރާ ސާރޗެކެވެ. މިގޮތުން އެފަދަ އެއްޗެއް ގައިދީއެއްގެ ނުވަތަ ބަންދުމީހެއްގެ ހަށިގަނޑުގެ ތެރޭގައި ފޮރުވާފައިވާކަމަށް، އޭނާ ބަލައި ފާސްކުރާ ޖަލު އޮފިސަރަށް ށައްކު ކުރެވޭނަމަ، އިންޓާރނަލް ސާރޗް ކުރެވިދާނެއެވެ.
(ށ) އިންޓާރނަލް ސާރޗް ކުރަންވާނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، އެކަމާގުޅޭ ތަމްރީން ލިބިފައި ހުރި ޖަލު އޮފިސަރެއް ނުވަތަ ކަމާގުޅޭ ތަމްރީނު ލިބިފައިވާ ފަރާތެއް ނުވަތަ މެޑިކަލް އޮފިސަރެކެވެ.
(ނ) އިންޓާރނަލް ސާރޗް ކުރަންވާނީ ޑައިރެކްޓަރ އޮފް ޕްެރިޒަންގެ ހުއްދަ ލިބިގެންނެވެ.
12 ވަނަ މާއްދާ – ހަށިގަނޑު ބަލައި ފާސްކުރުމަށް ދެކޮޅުހެދުން
(ހ) ގައިދީއެއް ނުވަތަ ބަންދުމީހެއްގެ ހަށިގަނޑު ބަލައި ފާސްކުރަންޖެހޭ ހާލަތެއްގައި، އެމީހަކު ބަލައި ފާސްކުރުމަށް ދެކޮޅުހަދައިފިނަމަ، އެހާލަތާ ގުޅޭ އެންމެ ކުޑަ މިންވަރެއްގެ ބާރުގެ ބޭނުންކޮށްގެން، ޑައިރެކްޓަރ އޮފް ޕްރިޒަންގެ ހުއްދައާއެކު، އެމީހަކު ބަލައި ފާސްކުރަންވާނެއެވެ.
(ށ) ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ފިޔަވައި ޖަލަށް ވަންނަ އެހެން މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމަށް ދެކޮޅުހަދައިފިނަމަ، އެމީހަކު ޖަލަށް ވަނުމުގެ ހުއްދައެއް ނުދެވޭނެއެވެ.
13 ވަނަ މާއްދާ – ތަކެތި ބަލައި ފާސްކުރުން
(ހ) ޖަލު ތެރެއަށް ވައްދާ ކޮންމެ އެއްޗެއްވެސް ބަލައި ފާސްކުރަން ވާނެއެވެ.
(ށ) އެއްޗެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެއެއްޗަކަށް އެއްވެސް ގެއްލުމެއްދީގެން ނުވާނެއެވެ. ނަމަވެސް އެއެއްޗެއް ބަލައި ފާސްކުރުމުގެ ތެރޭގައި، އެއެއްޗެއްގެ ތެރޭގައި ޖަލަށް ވެއްދުން މަނާ އެއްޗެއް އޮތްކަމަށް ށައްކުވެގެން، އެއެއްޗެއް ހަލާކުކޮށްގެން ނޫން ގޮތަކަށް އެކަން ބެލެން ނެތް ހާލަތުގައި އެއެއްޗެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެއެއްޗަކަށް ލިބޭ ގެއްލުމަކަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ޒިންމާވާކަށް ނުޖެހޭނެއެވެ.
14 ވަނަ މާއްދާ – އުޅަނދު ފަހަރު ބަލައި ފާސްކުރުން
(ހ) ޖަލު ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދެއްވެސް ޖަލު ސަރަހައްދަށް ވަނުމުގެ ކުރިން އެއުޅަނދުގައި ޖަލަށް ވެއްދުން މަނާ އެއްވެސް އެއްޗެއް ހުރިތޯ ބަލައި ފާސް ކުރަންވާނެއެވެ. އަދި އެއުޅަނދު ޖަލު ސަރަހައްދުން ނުކުތުމުގެ ކުރިން އެއުޅަނދުގައި މަނާ އެއްޗެއް ނުވަތަ ގައިދީއަކު ނުވަތަ ބަންދުމީހަކު ހުރިތޯ ބަލައި ފާސްކުރަންވާނެއެވެ.
(ށ) އެއްޗެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެއެއްޗަކަށް އެއްވެސް ގެއްލުމެއްދީގެން ނުވާނެއެވެ. ނަމަވެސް އެއެއްޗެއް ބަލައި ފާސްކުރުމުގެ ތެރޭގައި، އެއެއްޗެއްގެ ތެރޭގައި ޖަލަށް ވެއްދުން މަނާ އެއްޗެއް އޮތްކަމަށް ށައްކުވެގެން، އެއެއްޗެއް ހަލާކުކޮށްގެން ނޫން ގޮތަކަށް އެކަން ބެެލެން ނެތް ހާލަތުގަައި އެއެއްޗެއް ބަަލައި ފާސްކުރުމުގެ ތެރޭގައި އެއެއްޗަކަށް ލިބޭ ގެއްލުމަކަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ޒިންމާވާކަށް ނުޖެހޭނެއެވެ.
14 ވަނަ މާއްދާ – އުޅަނދު ފަހަރު ބަލައި ފާސްކުރުން
(ހ) ޖަލު ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދެއްވެސް ޖަލު ސަރަހައްދަށް ވަނުމުގެ ކުރިން އެއުޅަނދުގައި ޖަަލަށް ވެއްދުން މަނާ އެއްވެސް އެއްޗެއް ހުރިތޯ ބަލައި ފާސް ކުރަންވާނެއެވެ. އަދި އެއުޅަނދު ޖަލު ސަރަހައްދުން ނުކުތުމުގެ ކުރިން އެއުޅަނދުގައި މަނާ އެއްޗެއް ނުވަތަ ގައިދީއަކު ނުވަތަ ބަންދުމީހަކު ހުރިތޯ ބަލައި ފާސްކުރަންވާނެއެވެ.
(ށ) ގައިދީއަކު ނުވަތަ ބަންދުމީހަކު އުޅަނދަކަށް އެރުވުމުގެ ކުރިން، އެއުޅަނދެއް ބަލައި ފާސް ކުރަންވާނެއެވެ.
15 ވަނަ މާއްދާ – ގައިދީން އުޅޭ ސަރަހައްދުތައް ބަަލައި ފާސްކުރުން.
(ޙ) ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ އުސޫލެއްގެ މަތިން ޖަލުގައި މީހުން ބަންދުކޮށްފައި ތިބޭ ގޮޅިތަކާއި ޔުނިޓްތަކާއި ޔާރޑާއި އެނޫންވެސް ގައިދީންނާއި ބަންދުމީހުން އުޅޭ ސަރަހައްދުތައް އަބަދުވެސް ބަލައި ފާސްކުރަން ވާނެއެވެ.
(ށ) ގައިދީންނާއި ބަންދުމީހުން ކޮރިޑޯއަށާއި ޔާރޑަށް ނެރުމުގެ ކުރިން އެތަންތަން ބަލައި ފާސްކުރަން ވާނެއެވެ.
(ނ) ހުސް ގޮޅިއަކަށް މީހަކު ވެއްދުމުގެ ކުރިން އަދި ގައިދީން ނުވަތަ ބަންދުމީހުން ތިބި ގޮޅިއެއް ހުސްކުރުމަށްފަހު އެގޮޅިއެއް ބަލައި ފާސްކުރަން ވާނެއެވެ.
(ރ) ގައިދީން ނުވަތަ ބަންދުމީހުން އުޅޭ ގޮޅިއެއްގައި ނުވަތަ ޔުނިޓެއްގައި ޖަލަށް ވެއްދުން މަނާ އެއްޗެއް އޮތްކަމަށް ނުވަތަ ގެންގުޅޭކަމަށް ށައްކު ކުރެވޭނަމަ، އެތަނެއް ކޮންމެ ވަގުތެއްގައިވެސް ބަލައި ފާސްކުރަންވާނެއެވެ.
(ބ) ގައިދީން ނުވަތަ ބަންދުމީހުން އުޅޭ ގޮޅިއެއް ބަލައި ފާސްކުރަންވާނީ އެގޮޅިއެއްގައި އުޅޭ މީހުންގެ ހާޒިރުގައެވެ. ނަމަވެސް ގޮޅިތެރެ ބަލައި ފާސްކުރުމަށް އެގޮޅިއެއްގައި އުޅޭ މީހުން އެއްބާރުލުން ނުދޭނަމަ، ނުވަތަ ހާއްސަ ހާލަތްތަކުގައި އެމީހުންގެ ގައިރު ހާޒިރުގައިވެސް އެގޮޅިއެއް ބަލައި ފާސް ކުރެވިދާނެއެވެ.
16 ވަނަ މާއްދާ – ޖަލަށް ވެއްދުން މަނާ ތަކެތި
ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ ގައިދީންނަށާއި ބަންދުމީހުންނަށް ޖަލަށް ވެއްދުން މަނާ ތަކެއްޗެވެ.
(ހ) ދިވެހިރާއްޖޭގެ ގާނޫނުތަކުން ރާއްޖެ އެތެރެކުރުން މަނާކުރާ ކޮންމެ އެއްޗެއް،
(ށ) މަސްތުވާ ތަކެއްޗާއި މަސްތުވާ ތަކެތި ކަމަށް ށައްކުވާ ޒާތުގެ ތަކެތި،
(ނ) ހަތިޔާރުގެ ގޮތުގައި ނުވަތަ މީހަކަށް ހަމަލާ ދިނުމަށް ބޭނުން ކުރެވިދާނެ ކޮންމެ އާލާތެއް،
(ރ) ޑޮކްޓަރެއްގެ ލިޔުމެއް ނެތި ގެންނަ ބޭހާއި ބޭހުގެ ގޮތުގައި ގެންގުޅޭ ތަކެތި،
(ބ) ގަހަނާއާއި ގަޑި އަދި ބެލްޓާއި އެނޫންވެސް ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލަށް ވެއްދުން މަނާ އަގުބޮޑު ތަކެތި،
(ޅ) އިނާޔަތެއްގެ ގޮތުގައި ޖަލުގައި ގެންގުޅުމަށް ހުއްދަ ދެވޭ އިލެކްޓްރޯނިކް އައިޓަމްތައް ފިޔަވައި އެބާވަތުގެ އެހެން އެއްވެސް އެއްޗެއް،
(ކ) ޖަލުގައި ކެންޓީނުން ގަތުމަށް ހުއްދަކޮށްފައިވާ އަދި ޖަލުން ފޯރުކޮށްދޭ ކާއެއްޗެތީގެ އިތުރުން އެހެން އެއްވެސް ކާއެއްޗެއް،
(އ) ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކޮންމެ އެއްޗެއް،
(ވ) އެއްވެސް ބާވަތެއްގެ ފައިސާ،
(މ) މުވާސަލާތު ކުރުމަށް ބޭނުން ކުރާ ކޮންމެ އެއްޗެއް،
(ފ) މަތީގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރުން ޖަލުގެ ހާލަތަށް އަންނަ ބަދަލަކާއި ގުޅިގެން ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ އެޖަލެއްގެ ޑައިރެކްޓަރ އޮފް ޕްރިޒަން، ޖަލަށް ވެއްދުން މަނާ އެއްޗެއްކަމަށް ކަނޑައަޅާ ކޮންމެ އެއްޗެއް،
17 ވަނަ މާއްދާ – ޖަލަށް ވެއްދުން މަނާ އެއްޗެއް ފެނިއްޖެނަމަ އަމަލު ކުރާނެ ގޮތް
(ހ) ބަލައި ފާސްކުރުމުގެ ތެރޭގައި ޖަލަށް ވެއްދުން މަނާ އެއްޗެއް ފެނިއްޖެނަމަ، އެކަމަކާއި ގުޅޭ ހާދިސާ ރިޕޯޓެއް ތައްޔާރު ކުރަންވާނެއެވެ.
(ށ) ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ޖަލަށް ވެއްދުން މަނާ އެއްޗެއް ދިވެހިރާއްޖޭގެ ގާނޫނަކުން ރާއްޖެއެތެރެކުރުން މަނާކުރާ އެއްޗަކަށްވާނަމަ، ހާދިސާ ރިޕޯޓާއެކު އެތަކެތި، އެމައްސަލަ ތަހުގީގުކުރުމަށްޓަކައި ލަސްވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވަންވާނެއެވެ.
(ނ) ޖަލު ބަލައި ފާސްކޮށްގެން ނެގޭ ނުވަތަ އަތުލެވޭ ތަކެއްޗަކީ ދިވެހިރާއްޖޭެގެ ގާނޫނަކުން އެތެރެކުރުމާއި ގެންގުޅުން ހުއްދަކުރާ ނަމަވެސް ޖަލަށް ވެއްދުން މަނާ ތަކެތިކަމަށްވާނަމަ، " އެއްވެސް ވެރިއަކު ނުވާތަކެތި ވިއްކާލާނެ ނުވަތަ ނައްތާލާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައި، އެތަކެތިވިއްކާލާނަމަ، ވިއްކައިގެންލިބޭ ފައިސާ ބޭނުންކުރާނެ ގޮތް ކަނޑައެޅުމުގެ ގަވާއިދު" ގައިވާގޮތަށް އެތަކެއްޗާމެދު އަމަލު ކުރަންވާނެއެވެ.
(ރ) ގައިދީ ނުވަތަ ބަންދުމީހާ އަލަށް ގެނެވޭއިރު އެ ގައިދީ ނުވަތަ ބަންދުމީހާ ގެ ހަށިގަނޑާއި ތަކެތި ބަލައި ފާސްކޮށްގެން އަތުލެވޭ ތަކެއްޗަކީ ދިވެހިރާއްޖޭގެ ގާނޫނަކުން އެތެރެކުރުމާއި ގެންގުޅުން ހުއްދަކުރާ ނަމަވެސް ޖަލަށް ވެއްދުން މަނާ ތަކެތިކަމަށްވާނަމަ، އަމަލުކުރާނީ "ޖަލަށް ގެނެވޭ މީހުންގެ އަތުން ނެގޭ ތަކެތި ހަވާލުކުރުމާއި، ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި މީހުންގެ އަތުން އަތުލުމާއި، ގިނަ ދުވަހަށް ނުބެހެއްޓޭ ހަލާކުވެ ނެތިދާފަދަ ތަކެތި ނައްތާލުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެމަތިންނެވެ.
ކިޔުންތެރިންގެ ހިޔާލު