-

ފެމިލީ ކޯޓުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 138/2015) 

 

1  ވަނަ މާއްދާ – ބެނެވިދިޔަ ގަވާއިދުގެ 38 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

38. ބަދަލުގައި ހާޒިރުވާނެ ފަރާތެއް އައްޔަންކުރުން

(ށ) މި މާއްދާގައިވާގޮތުގެ މަތިން ބަދަލުގައި ށަރީއަތުގެ މަޖިލީހަށް ހާޒިރުވެވޭނީ ހާޒިރުވާންޖެހޭ މީހާގެ ގާތްތިމާގެ މީހަކަށެވެ. ނަމަވެސް ގާތްތިމާގެ މީހަކު ހަމަޖެއްސެން ނެތްނަމަ ބަދަލުގައި އެހެން މީހަކު ގަބޫލުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބެގެންވެއެވެ. ބަދަލުގައި ށަރީއަތަށް ހާޒިރުވާ މީހާއަކީ ށަރީއަތަށް ބޭނުންވާ މައުލޫމާތު އެނގިހުރި މީހަކަށް ވާންވާނެއެވެ. އެ މީހަކީ އެފަދަ މީހަކަށް ނުވާނަމަ ބަދަލު ބާތިލުކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

 

2  ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ފެމިލީ ކޯޓުގެ ގަވާއިދު - 2012

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު