ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-17) އަށް 3 ވަނަ އިސްލާހު ގެނައުން
(ގަވާއިދު ނަންބަރު 148/2015)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2017-83 އިން އުވާލެވިފައި)
1 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ގެނައުން
އޮފިށަލް ޕާސްޕޯޓް
5. (ހ) އޮފިށަލް ޕާސްޕޯޓަކީ ސަރުކާރުގެ ރަސްމީ ބޭނުމެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެކެވެ. އޮފިށަލް ޕާސްޕޯޓް ދޫކުރެވޭނީ، ތިރީގައިވާ ފަރާތްތަކަށް އެފަރާތެއް ނިސްބަތްވާ ސަރުކާރުގެ އިދާރާއަކުން އެދުމުންނެވެ.
- ޑެޕިއުޓީ މިނިސްޓަރުންނާއި އެފެންވަރުގެ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސާ ބޭފުޅުން.
- ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން.
- ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް
- މުސްތަގިއްލު ކޮމިށަންތަކުގެ ނާއިބު ރައީސުން
- ސިޓީ ކައުންސިލްތަކުގެ ރައީސުން
- ޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ ޗީފް ޕްރިންސްޕަލް އިމިގްރޭށަން އޮފިސަރ އިން ފެށިގެން މަތީ މަގާމުތަކުގެ މުވައްޒަފުން.
- ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ރަސްމީކަމަކާ ގުޅިގެން ދެ ގައުމެއްގެ ދެމެދުގައި ވާހަކަދެއްކުމަށް ފޮނުވާ ވަފުދެއްގެ މެންބަރުންގެ ތެރޭގައި ހިމެނޭ މި މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދަރަޖަގައި ނުހިމެނޭ އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީ ދަރަޖައިގެ ބޭފުޅުން.
- ރާއްޖޭގެ ކުޅިވަރު އެސޯސިއޭށަންތަކުގެ ރައީސުންނާއި ނައިބު ރައީސުން
- ސީޓީ ކައުންސިލްތަކުގެ ރައީސުން ފިޔަވައި، ކައުންސިލްގައި ހިމެނޭ އެހެނިހެން މެންބަރުންނާއި އަތޮޅު އަދި ރަށުކައުންސިލްގެ މެންބަރުން.
- ށަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންފައިވާ ބޭފުޅުން
- މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެމެބެސެޑަރުން.
(ށ) މި މާއްދާގެ (ހ) ގެ 8،7،6،5،4،3،2 ،1، އަދި 9 ގައި ހުމެނޭ ބޭފުޅުން އޮފިށަލް ޕާސްޕޯޓް ހެއްދުމަށް އެދި ފޯމު ހުށަހަޅާއިރު، ޕާސްޕޯޓަށް ނިސްބަތްވާ ބޭފުޅާ ނޫން އެހެން ބޭފުޅަކު ސޮއިކޮށްފައިވާ، އެ އޮފީހެއްގެ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިސިޓީގައި ޕާސްޕޯޓަށް އެދޭ ބޭފުޅެއްގެ މަގާމު އަދި، މި މާއްދާގެ (ހ) ގެ 7 ގައި ހިމެނޭ ބޭފުޅެއްނަމަ، ކުރަން ގަސްތުކުރާ ދަތުރުގެ ތަފްސީލު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ހިމެނޭ ބޭފުޅުންގެ ޕާސްޕޯޓް ހަވާލުކުރާނީ، ޕާސްޕޯޓްގެ ވެރިފަރާތަށެވެ. އަދި މި މާއްދާގެ (ހ) ގެ 8،7 އަދި 9 ގެ ހިމެނޭ ބޭފުޅުންނަށް ދޫކުރެވިފައިވާ ޕާސްޕޯޓް އޮންނަންވާނީ ޕާސްޕޯޓް ނިސްބަތްވާ ބޭފުޅަކު އެއިރަކު ވަޒީފާ އަދާކުރާ އޮފީހެއްގެ ބެލުމުގެ ދަށުގައެވެ.
(ރ) މި މައްދާގެ (ހ) ގެ 8،7 އަދި 9 ގައި ހިމެނޭ ބޭފުޅަކަށް ދޫކޮށްފައިވާ އޮފިށަލް ޕާސްޕޯތް ބޭނުންކުރެވޭނީ ރަސްމީ ދަތުރުތަކުގައްޔާއި، އެބޭފުޅަކު ނިސްބަތްވާ މުއައްސަސާގެ ފަރާތުން ފޮނުވައިގެން ހިންގޭ ވާރކްށޮޕް ނުވަތަ ޓްރޭނިންގ ކޯސް ފަދަ ކަންތައްތަކުގައި ބައިވެރިވުމަށް ކުރާ ދަތުރުގައި އެކަންޏެވެ.
(ބ) މި މާއްދާގެ (ހ) 8،7،6،5،4،3،2،1، އަދި 9 ގައި ހިމެނޭ ބޭފުޅުންނަށް ދޫކުރެވޭ އޮފިށަލް ޕާސްޕޯޓަކީ އެބޭފުޅުން އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން ދޫކުރެވޭ އެއްޗަކަށް ވާހިނދު، އެ ޕާސްޕޯޓު ބޭނުންކުރުން މަނާކުރުމާއި، އެ ޕާސްޕޯޓު ކެންސަލް ކުރުމަށް އެދި ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ހުށަހެޅުމުގެ އިހުތިޔާރު އެ މުއައްސަސާއެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ހ) 8،7،6،5،4،3،2،1، އަދި 9 ގައި ހިމެނޭ ބޭފުޅުންނަށް ދޫކުރެވޭ އޮފިށަލް ޕާސްޕޯޓަކީ އެބޭފުޅުން އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން ދޫކުރެވޭ އެއްޗަކަށް ވާހިނދު، އެ ޕާސްޕޯތު ބޭނުންކުރުން މަނާކުރުމާއި، އެ ޕާސްޕޯޓް ކެންސަލް ކުރުމަށް އެދި ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ހުށަހެޅުމުގެ އިހުތިޔާރު އެ މުއައްސަސާއެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ހ) 8،7،6،5،4،3،2،1 އަދި 9 ގައި ހިމެނޭ އޮފިށަލް ޕާސްޕޯޓް ދޫކުރެވިފައިވާ ބޭނުން ނުވަތަ ހައިސިއްޔަތު ނެތިދިޔުމުން، ނުވަތަ މަގާމުން ވަކިވުމުން، ނުވަތަ ދޫކުރެވިފައިވާ ބޭނުން ނިމުމުން، އެ ޕާސްޕޯޓެއް ކެންސަލްކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ހ) ގެ 8،7،6،5،4،3،2،1، އަދި 11 ގައި ހިމެނޭ އޮފިށަލް ޕާސްޕޯޓް ދޫކުރެވިފައިވާ ފަރާތްތަކުގެ ޕާސްޕޯޓް، އޮފިށަލް އަދި އަމިއްލަ ދަތުރުފުޅުގައި ބޭނުން ކުރެވިދާނެއެވެ.
2 ވަނަ މާއްދާ - ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ގެނައުން
ޑިޕްލޮމެޓިކް ޕާސްޕޯޓް
6. (ހ) ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކުރެވޭނީ ތިރީގައިވާ ބޭފުޅުންނަށެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ދައުލަތުގެ އެންމެ އިމްތިޔާޒު ލިބިގެންވާ ބޭފުޅުންނަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ދޫކުރާ ރަސްމީ ލިޔުމެކެވެ.
- ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއ އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި، ފިރިފިރިކަލުންނާއި، ބައްޕާފުޅާއި މަންމާފުޅާއި، ބޭފުޅުންނާއި، އެބޭފުޅުންގެ ފިރިފިރިކަލުންނާއި، އަނބިއަނބިކަނބަލުން.
- ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިން (ދައުލަތުގެ މިދަރަޖަ ދެއްވާފައިވާ ބޭފުޅުން) ނާއި، ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އެރުވިފައިވާ އިއްޒަތްތެރިންނާއި، އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން.
- އުއްތަމަ ފަނޑިޔާރާއި، ރައްޔިތުން މަޖިލީހުގެ ރައީސާއި، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސާއި، އެބޭފުޅުންގެ ފިރިފރިކަލުން ނުވަތަ އަނބިއަނބިކަނބަލުން.
- ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ މުށީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން.
- ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ކުރައްވާފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރކަލުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން.
- ސުޕްރީމް ކޯޓާއި، ހައި ކޯޓުގެ ފަނޑިޔާރުންނާއި، އަދި ސުޕްރީމް ކޯޓުގެ "ޖަސްޓިސް ރިޓަޔަރޑް" ލަގަބު ލިބިވަޑައިގެން ރިޓަޔަރ ކުރައްވާފައިވާ ފަނޑިޔާރުންނާއި، އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން.
- ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއާއި އެބޭފުޅާގެ އިނބިއަނބިކަނބަލުން ނުވަތަ ފިރިކަލުން.
- ޗީފް އޮފް ޑިފެންސް ފޯސް، ކޮމިށަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސް، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއާއި އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން.
- މުސްތަގިއްލު ކޮމިށަންތަކުގެ ރައީސުންނާއި، އެބޭފުޅުންގެ އަނބިއަނބިކަނބަލުން
- މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް އާއި ރައީސްގެ އަނބިއަނބިކަނބަލުން ނުވަތަ ފިރިކަލުން.
- ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ މިށަންތަކުގެ ފަސްޓް ސެކެރެޓަރީން ފެށިގެން މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، އެބޭފުޅުންގެ ފިރިކަލުންނާއި، އަނބިއަނބިކަނބަލުންނާއި، 2 ވަނަ އަދި 3 ވަނަ ސެކްރެޓަރީންނާއި އެޓާރޗޭ ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން. (ފިރިކަލުންނާއި، އަނބިއަނބިކަނބަލުންނާށް ދޫކުރާނީ، އެ ބޭފުޅަކު މަސައްކަތް ކުރައްވާ ތަނެއްގައި އެބޭފުޅަކާއެކު ތިއްބަވާގޮތަށް ހަމަޖެހޭ ބޭފުޅުންނަށެވެ.)
- ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ސަރަހައްދީ ޖަމާއަތްތަކުގެ އިސް މަގާމުތަކަށް އައްޔަންކުރައްވާފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރކަލުން.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީން ފެށިގެން މަތީ މަގާމުތަކުގައި ބޭފުޅުންނާއި، އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިފިރިކަލުން އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުންނާއި، އެފެންވަރުގެ ބޭފުޅުންގެ އަނބިއަނބިކނަބަލުންނާއި ފިރިފިރިކަލުން އަދި ޕާމަނަންޓް ސެކްރެޓަރީ އާއި، ޗީފް އޮފް ޕްރޮޓޮކޯލް.
- ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމާއި، އެބޭފުޅާގެ އަނބިއަނބިކަނބަލުން ނުވަތަ ފިރިކަލުން.
3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-17)
ކިޔުންތެރިންގެ ހިޔާލު