-

ރިޓަޔަރ ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 130/2015 އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 164/2015)

 

ގަވާއިދު ނަންބަރު 130/2015 (ރިޓަޔަރ ކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 16. ރިޓަޔަރ ކުރުމުން ދެވޭ އިނާޔަތް

(ހ) ރިޓަޔަރ ކުރުވޭ ކޮންމެ މުވައްޒަފަކަށް، އެއްފަހަރަ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި، އެމީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައާއި ހިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ އެމީހަކަށް ލިބިދޭން ވާނެއެވެ. ނަމަވެސް، އެމީހަކު ހިދުމަތް ކުރި އަހަރު 30 (ތިރީސް) އަހަރަށްވުރެ އިތުރުވާނަމަ، އެއްފަހަރާ ގަނޑުކޮށް ފައިސާ ދިނުމުގައި ބަލާނީ 30 (ތިރީސް) އަހަރަށެވެ. އަދި މި ގަވާއިދު ގެޒެޓް ކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރެގައި ރިޓަޔަރ ކުރުމަށް އެދި ހުށަހަޅާފަރާތްތަކަށް އެމީހަކު ހިދުމަތްކުރި އަހަރު 30 (ތިރީސް) އަހަރު ދުވަހަށް ވުރެ އިތުރު ވާނަމަ، އެ މީހަކު ހިދުމަތް ކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ އެމީހަކަށް ލިބިދިނުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލަހުކުރުން.

16. (ށ) މުވައްޒަފެއްގެ ވަޒީފާއިން ރިޓަޔަރކުރާ ކޮންމެ މީހަކަށް މަހުން މަހަށް އޭނާގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އޭނާ އެންމެފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް، ރިޓަޔަރމެންޓް ޕޭ ގެ ގޮތުގައި ދޭންވާނެއެވެ. ހިދުމަތްކުރާތާ 40 (ސާޅީސް) އަހަރުވުމުން އެއިރަކު އެ މުވައްޒަފަކަށް ލިބޭ މުސާރަ، ރިޓަޔަރމެންޓް ޕޭ ގެ ގޮތުގައި ދޭންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތް ދިނުމުގައި މުސާރައިގެ ގޮތުން އެރޭންކަކަށް އެއިރަކު އަންނަ އުނިއިތުރު ހިމަނަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

27. މުއްދަތު ބަލާނެ ގޮތް. 

(ހ) މި ގަވާއިދުގެ ދަށުން، އުމުރާއި މުއްދަތު ކަނޑައަޅަންޖެހޭ ހާލަތްތަކުގައި އަމަލު ކުރަންވަނީ މީލާދީ ތާރީހަށެވެ. އަދި، މީހަކު ހިދުމަތްކޮށްފައިވަ މުއްދަތު އަހަރަކަށްވުރެ ކުރުނަމަވެސް 06 (ހައެއް) މަސް ނުވަތަ އެއަށްވުރެ އިތުރުވާނަމަ، އިނާޔަތްތައް ހިސާބުކުރުމުގައި އެއީ 1 (އެކެއް) އަހަރު ކަމުގައި ބަލަންވާނެއެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

32. (ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުން ރިޓަޔަރކޮށްފައިވަ މުވައްޒަފަކު، ދިވެހި ދައުލަތަށް ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ފަދަ އަމަލެއްގައި ބައިވެރިވިކަމަށް ށަރީއަތަށް ސާބިތުވެއްޖެނަމަ، އެމީހަކަށް ދެވިފައިވާ ރިޓަޔަރމެންޓްގެ ށަރަފު ނިގަޅައިގަނެވޭނެއެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ނ) ރިޓަޔަރކޮށްފައިވާ މުވައްޒަފެއްގެ މައްޗަށް މިމާއްދާގެ (ހ) ގައި ނުހިމެނޭ ކުށެއް ށަރީއަތަށް ސާބިތުވެގެން ހުކުމެއް ކޮށްފިނަމަ، ހުކުމުގެ މުއްދަތުގައި މިގަވާއިދުގެ ދަށުން ލިބެމުންއައި އެންމެހައި އިނާޔަތްތަކުން މަހްރޫމް ކުރެވޭނެއެވެ. އަދި އޭނާގެ މައްޗަށް ސާބިތުވި ޙުކުމް ތަންފީޒުކޮށް ނިމުމުން ރިޓަޔަރމެންޓް ޕޭ ފިޔަވައި އިތުރު އެއްވެސް އިނާޔަތެއް ނުލިބޭނެއެވެ.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން

(ރ) ރިޓަޔަރ ކޮށްފައިވާ މުވައްޒަފެއް ސަރުކާރުގެ ނުވަތަ ސިޔާސީ އެއްވެސް ވަޒީފާއެއް ނުވަތަ މަގާމެއް އަދާކުރާނަމަ، އަދާކުރާމުއްދަތުގައި ރިޓަޔަރމަންޓް ޕޭ ގެ ގޮތުގައި އެ މުވައްޒަފަކަށް ލިބެމުން އައި އިނާޔަތެއް ނުދެވޭނެއެވެ.

 

7 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ (ނ) އެއީ މިމާއްދާގެ (ބ) ކަމުގައި ބެލުން

(ބ) އެއްވެސް މީހަކަށް ލިބިދީފައިވާ ރިޓަޔަރމެންޓްގެ ށަރަފު ނިގުޅައިގަނެވެއްޖެނަމަ އެކަން ލަސްނުކޮށް އިއުލާން ކުރަންވާނެއެވެ.

 

8 ވަނަ މާއްދަ – ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާގެ (ށ) އިބާރާތް އަންނަނިވިގޮތަށް އިސްލާހުކުރުން

33. ބަހުގެ މާނަ

(ށ) މިގަވާއިދުގައި "ކޮމިށަންޑް އޮފިސަރުން" ކަމުގައި ބުނެފައި އެވަނީ، ޗީފް ޕްރިޒަން އޮފިސަރ އިން ފެށިގެން މަތީ ރޭންކްގެ ޕްރިޒަން އޮފިސަރުންނަށެވެ.

 

9 ވަނަ މާއްދާ – މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ އަކުރުތަކާ ގުޅިގެން އެ މާއްދާގެ އަކުރުތައް ތަރުތީބުކުރުން.

 

10 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގަވާއިދު

ރިޓަޔަރ ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 130/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު