-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 190/2015)

 

އިލެންށަންސް ކޮމިށަނުގެ ގަވާއިދަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހު ކުރުން.

3. ކޮމިށަނުގެ ސެކްރެޓޭރިއެޓްއާއި މަސައްކަތު ގަޑި

(ށ) 01 އޮކްޓޫބަރު 2015 ވަނަ ދުވަހުން ފެށިގެން ކޮމިށަނުގެ ސެކްރެޓޭރިއެޓްގެ ރަސްމީ ގަޑިއަކީ ސަރުކާރުގެ ރަސްމީ ގަޑިއެވެ. އަދި ކޮމިށަނުގެ މުވައްޒަފުންގެ އިތުރުގަޑި ހިސާބުކުރުމުގައި އަމަލުކުރާނީ ސަރުކާރު މުވައްޒަފުންގެ އިތުރުގަޑި ހިސާބުކުރުމުގައި އަމަލުކުރާ އުސޫލުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ޒ) އަންނަނިވިގޮތަށް އިސްލާހު ކުރުން.

7. މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުސޫލުތައް.

(ޒ) މޮކިށަނުގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށްވެސް މެންދުރު ކެއުމަށް 30 (ތިރީސް) މިނަޓުގެ ވަގުތު މެންދުރު 12:00 ން 01:00 އާ ދެމެދު ދޭންވާނެއެވެ.

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަންގެ ގަވާއިދު (ގަވާއިދު ނަންބަރު 6/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު