ހެލްތު އިންފޮމޭށަން ސިސްޓަމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-96) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-83)
(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 24 ޑިސެމްބަރު 2026 ގައި)
ގަވާއިދު ނަންބަރު 2022-96 (ހެލްތު އިންފޮމޭށަން ސިސްޓަމާބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ ފަހަތަށް 1-15 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ސިއްހީ ހިދުމަތްދޭ ތަންތަން ފިޔަވައި ދައުލަތުގެ ކުންފުނިތައް ނުވަތަ އިދާރާތަކުގައި ރައްކައުކުރާ މައުލޫމާތު 1-15.
(ހ) ގަވާއިދު ނަންބަރު 2022-96 (ހެލްތު އިންފޮމޭށަން ސިސްޓަމާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ސިއްހީ ހިދުމަތް ދޭ ތަންތަނުން ހެލްތު އިންފޮމޭށަން ސިސްޓަމުގައި ރައްކައުކުރާ ސިއްހީ މައުލޫމާތު އެ ތަނެއްގައި ބެހެއްޓުމުގެ އިތުރުން، ދައުލަތުގެ ކުންފުންޏަކުން ނުވަތަ އިދާރާއަކުން ބަލަހައްޓާ ނުވަތަ މެނޭޖުކުރާ ޕޯޓަލެއްގައި އެފަދަ ސިއްހީ މައުލޫމާތު ރައްކައުކުރާ ނަމަ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެލްތު އިންފޮމޭށަން ސިސްޓަމް ގާއިމުކުރެވެންދެން، މިނިސްޓްރީއަށް އެ ކުންފުންޏަކުން ނުވަތަ އިދާރާއަކުން އެ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ. އަދި، ބުނެވިދިޔަ ގޮތުގެ މަތިން އެ ކުންފުނިން ނުވަތަ އިދާރާއިން މައުލޫމާތު ފޯރުކޮށްދިނުމަކީ، ސިއްހީ ހިދުމަތް ދޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް މައުލޫމާތު ފޯރުކޮށްދިނުން ކަމުގައި ބެލެވޭނެއެވެ.
(ށ) ގަވާއިދު ނަންބަރު 2022-96 (ހެލްތު އިންފޮމޭށަން ސިސްޓަމާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް މައުލޫމާތު ފޯރުކޮށްދީ ނިންމަންވާނެއެވެ. އަދި ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) އާއި ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތަށް މި މާއްދާގެ ދަށުން ބަދަލުކުރެވޭޭ، އެންމެހައި މައުޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
(ޅ) "ދައުލަތުގެ ކުންފުނި" ކަމުގައި ބުނެފައި އެވަނީ، މާލީ އިދާރާތަކާއި މަރުކަޒީ ބޭންކް ފިޔަވައި، މިލްކުވެރިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން ނުވަތަ ލޯކަލް ކައުންސިލަކުން އެއްކޮށް ނުވަތަ ބޮޑު ބައި ކޮންޓްރޯލްކުރާ ކުންފުނިތަކަށެވެ.
3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން، ފަށާނީ، މި ގަވާއިދު، ިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ހެލްތު އިންފޮމޭށަން ސިސްޓަމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-96)
ކޮންސޮލިޑޭޓެޑް ގަވާއިދު
ހެލްތު އިންފޮމޭށަން ސިސްޓަމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-96)
ކިޔުންތެރިންގެ ހިޔާލު