-

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-43) އަށް 32 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-82)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ސެޕްޓެމްބަރު 2026 ގައި)

 

ގަވާއިދު ނަންބަރު 2011-43 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ނަންބަރު (1-ހ) ގެ ފަހަތަށް، އަންނަނިވި އަކުރު އިތުރުކުރުން.

(1-ށ) މި މާއްދާގެ (ހ) އަދި (އ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ދިވެހިރާއްޖޭގައި ނެތް ފަރާތްތަކުން، ގާނޫނުގެ ދަށުން ޖީއެސްޓީއަށް ރަޖިސްޓަރީކުރުމަށް ނުވަތަ އައު ޓެކްސް ނެގޭ ހަރަކާތެއް ޖީއެސްޓީއަށް ރަޖިސްޓަރީކުރުމަށް ހުށަހަޅާނީ "ޖީއެސްޓީ ރެޖިސްޓްރޭށަން - އޯވަރސީޒް ސަޕްލަޔަރޒް" (MIRA 120) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކުއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ފޯރުވައިދޭ ތަންތަނުގެ ތެރެއިން ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ތަންތަނާއި، އުޅަނދުތައް މީރާގައި ރަޖިސްޓަރީކުރަންވާނީ، އެފަދަ ތަންތަން ނުވަތަ އުޅަނދުތައް ހިންގުމުގެ ހުއްދަ ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ފަރާތްތަކުގެ ނަމުގައެވެ. އެ ފަދަ ހުއްދައެއް ދޫކޮށްފައި ނުވާ ނަމަ، އެ ތަންތަން ހިންގާ ފަރާތްތަކުގެ ނަމުގައެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ނަގައިގެން ހިދުމަތް ފޯރުވައިދޭންޖެހޭ ތަންތަނާއި އުޅަނދުތައް، ގާނޫނުގެ 15 ވަނަ މާއްދާގެ ބޭނުމަށް ބެލެވޭނީ އެ ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ތަންތަނުގެ ނުވަތަ އުޅަނދުތަކުގެ ގޮތުގައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް، (ބ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ބ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ދިވެހިރާއްޖޭގައި ނެތް ފަރާތަކުން، އެ ހަރަކާތުގެ ހިސާބުތައް އެހެން ހަރަކާތްތަކުގެ ހިސާބުތަކާ ވަކިން ބަލަހައްޓާ ނަމަ ނުވަތަ އެ ހަރަކާތް ހިންގަނީ ޖިއޮގްރަފިކަލީ ތަފާތު ތަނެއްގައި ނަމަ ނުވަތަ އެ ހަރަކާތް ހިންގާ ގޮތް ތަފާތު ނަމަ، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ނުވަތަ އެފަދަ ޕްރޮޑަކްޓަކާ ގުޅޭގޮތުން އޭޖެންސީ ނުވަތަ ބުކިންގ ހިދުމަތެއް ފޯރުވައިދިނުމަށް ހިންގާ ޓެކްސް ނެގޭ ހަރަކާތްތައް ވަކިވަކިން ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅިދާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އުނިކުރުން.

ބައެއް ބޭނުންތަކަށް މުދާ އިމްޕޯޓްކުރާ ފަރާތްތައް ރަޖިސްޓަރީކުރަން ނުޖެހުން 8. (އުނިކޮށްފައި

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ރ) ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިދުމަތް ފޯރުވައިދޭ ފަރާތްތަކުން މި މާއްދާގެ (ށ) އާއި (ނ) އަށް އަމަލުކުރުން ލާޒިމެއް ނޫނެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (1-ނ) އާއި (2-ނ) ގެގޮތުގައި، އަންނަނިވި ގޮތަށް 2 (ދޭއް) އަކުރު އިތުރުކުރުން.

(1-ނ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ދިވެހިރާއްޖޭގައި ނެތް ފަރާތަކަށް މި މާއްދާގެ (ނ) ރައްދުވާ ނަމަ، އެ ފަރާތުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓާ ގުޅިގެން ދައްކަންޖެހޭ ޖީއެސްޓީގެ އަދަދަކީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމުން އަންނަ އަދަދެވެ.

A =  އެ ޕްރޮޑަކްޓާ ގުޅިގެން ލިބުނު މުގާބިލުގެ އަދަދު.
B =  ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް، ނުވަތަ ރަޖިސްޓަރީކުރަންޖެހޭ ފަރާތަކަށް، އެ ޕްރޮޑަކްޓާ ގުޅިގެން ދައްކަންޖެހުނު މުގާބިލުގެ އަދަދު.
t = އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުން ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ޖީ.އެސް.ޓީ ނަގަންޖެހޭ މިންވަރު.

 

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ އަދަދު، މީރާއަށް ދައްކައިފައި އޮތް ނަމަވެސް، މުދާ ނުވަތަ ހިދުމަތް ލިބިގަތް ފަރާތަށް އެ އަދަދު އަނބުރައި ރައްދުކޮށްފި ނަމަ، ގާނޫން ނުވަތަ މި ގަވާއިދުގެ ދަށުން ކްރެޑިޓް ނޯޓެއް ތައްޔާރުކުރުމަށް ލާޒިމުވާ ނަމަ، ތައްޔާރުކޮށް، އެ މުއާމަލާތް ޖީއެސްޓީ ބަޔާނުގައި ހިމަނައިގެން އެ އަދަދު މީރާއިން އަނބުރައި ހޯދިދާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22-1 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ އިންވޮއިސް ނުވަތަ ރަސީދު ތައްޔާރުކުރާ ވަގުތު 1-22.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާ އުނިކުރުން.

ޖީ.އެސް.ޓީއާ ގުޅޭގޮތުން ނެރެފައިވާ ޓެކްސް ރޫލިންގއެއް ބާތިލުކުރުން 23. (އުނިކޮށްފައި)

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ ފަހަތަށް 29-1 ގެ ގޮތުގައި އަންނަނިވި މާއްދާއެއް އިތުރުކުރުން.

(ހ) ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްގެ އަގު ހިސާބުކުރާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.

(A - B) x (1/(1+t))

A = އެ ޕްރޮޑަކްޓާ ގުޅިގެން ލިބުނު މުގާބިލުގެ އަދަދު.
B = ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް، ނުވަތަ ރަޖިސްޓަރީކުރަންޖެހޭ ފަރާތަކަށް، އެ ޕްރޮޑަކްޓާ ގުޅިގެން ދައްކަންޖެހުނު މުގާބިލުގެ އަދަދު.
t = އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުން ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ޖީ.އެސް.ޓީ ނަގަންޖެހޭ މިންވަރު.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކާ ގުޅިގެން ލިބޭ މުގާބިލުގެ ތެރޭގައި، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްގެ މާނައިގެ ތެރޭގައި ނުހިމެނޭ މުދަލާއި ހިދުމަތްތައް ދިނުމަށް ނަގާ އަގެއް ނުހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާ ބޭނުންކުރުމުން އަންނަ އަދަދަކީ 0 (ސުމެއް) އަށްވުރެ ދަށް އަދަދެއް ނަމަ، އެ މުއާމަލާތުގެ އަގަކީ 0 (ސުމެއް) އެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އުނިކުރުން.

އިންފުޓް ޓެކްސް އުނި ނުކުރެވޭނެ ހާލަތުތައް 44. (އުނިކޮށްފައި)

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 45 ވަނަ މާއްދާގެ (އ) ގެ ފަހަތަށް (ވ) ގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.

(ވ) އެ ފަރާތުގެ ވިޔަފާރީގެ ދާއިމީ ތަނެއް ދިވެހިރާއްޖޭގައި ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކާ ގުޅިގެން ނުވަތަ އެފަދަ ޕްރޮޑަކްޓަކާ ގުޅިގެން ފޯރުވައިދޭ އޭޖެންސީ ނުވަތަ ހިދުމަތަކަށް ދައްކާ އަދަދަކާ ގުޅިގެން ހިނގާ ހަރަދު

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 64 ވަނަ މާއްދާގެ ފަހަތަށް، 1-64 ވަނަ މާއްދާގެ ގޮތުގައި، އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްގެ މައުލޫމާތު ޓެކްސް އިންވޮއިސްގައި ހިމެނުން 1-64.

ވިޔަފާރީގެ ދާއިމީ ތަނެއް ދިވެހިރާއްޖޭގައި ނެތް ފަރާތްތަކުން ތައްޔާރުކުރާ ޓެކްސް އިންވޮއިސްއެއްގައި ނުވަތަ ރަސީދުގައި ނުވަތަ ކްރެޑިޓް ނޯޓުގައި ނުވަތަ ޑެބިޓް ނޯޓުގައި، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުގެ އަގުން ނަގާ ޖީ.އެސް.ޓީގެ އަދަދުގެ މައުލޫމާތާއި، ޖީ.އެސް.ޓީ ނުހިމެނޭގޮތުން އެ ޕްރޮޑަކްޓުގެ އަގު ހިމެނުން ލާޒިމެއް ނޫނެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 69 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، (ނ) އާއި (ރ) ގެ ގޮތުގައި، އަންނަނިވި ގޮތަށް 2 (ދޭއް) އަކުރު އިތުރުކުރުން.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، މި ގަވާއިދުގެ ދަށުން ތައްޔާރުކުރާ ކްރެޑިޓް ނޯޓުގައި ނުވަތަ ޑެބިޓް ނޯޓުގައި ހުންނަންޖެހޭ މައުލޫމާތު ހުންނަންވާނެއެވެ.

(ރ) ފާއިތުވެފައިވާ ޓެކްސް ނެގޭ މުއްދަތެއްގެ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައިފައިވާ އަދަދެއް، މި ގަވާއިދުގެ 66 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، ނުވަތަ މި ގަވާއިދުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، އިސްލާހުކުރަންޖެހިއްޖެ ނަމަ، އެ ހާލަތު މެދުވެރިވި ޓެކްސް ނެގޭ މުއްދަތަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ހިސާބުކުރުމުގައި އެ އުނިއިތުރުކުރުން ހިމަނަންވާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 74 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އުނިކުރުން.

ޖީ.އެސް.ޓީ ހިސާބުކުރުމުގެ އަސާސް ބަދަލުކުރުން 74. (އުނިކޮށްފައި).

ޖީ.އެސް.ޓީ ހިސާބުކުރުމުގެ އަސާސް ބަދަލުވުމުން ހުށަހަޅަންޖެހޭ މައުލޫމާތު 75. (އުނިކޮށްފައި).

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، (1-ށ) ގެ ގޮތުގައި، އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(1-ނ) މި މާއްދާގެ (ށ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ގެ 15 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިދުމަތާ ގުޅިގެން ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންވާނީ (MIRA 211) ފޯމުންނެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 77 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމަށް މީރާއިން ކަނޑައަޅައިފައިވާ ފޯމު ފުރަންވާނީ ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާއާއި މި ގަވާއިދުގެ 2 ވަނަ ބާބާ އެއްގޮތްވާ ގޮތުގެ މަތީން، އެ ޓެކްސް ނެގޭ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނަންޖެހޭ އަދަދުތައް ހިސާބުކުރުމަށްފަހުގައެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 78 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ބ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިދުމަތް ފޯރުވައިދޭ ފަރާތްތަކުން ހުށަހަޅާ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނަންވާނީ، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން، MIRA 211 ފޯމުގައި ހިމެނޭ އެހެނިހެން މައުލޫމާތެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް 2-78 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) އާއި (ބ) އާއި (ޅ) އާއި (ކ) އާއި (އ) އާއި (ވ) ގެ ގޮތުގައި އަންނަނިވި ގޮތަށް 5 (ފަހެއް) އަކުރު އިތުރުކުރުން.

(ރ) މި މާއްދާގެ (ހ) އާއި (ށ) އަށް އަމަލުކުރާނީ 31 ޑިސެންބަރު 2026 ގެ ނިޔަލަށެވެ.

(ބ) ގާނޫނު ގެ ދަށުން ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށެވެ.

(ޅ) ގާނޫނު ގެ ދަށުން ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީއާއި، ޖީ.އެސް.ޓީއާ ގުޅޭ ޖޫރިމަނާ ދައްކަންވާނީ މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށެވެ. 

(ކ) މި މާއްދާގެ (ބ) އަދި (ޅ) އަށް އަމަލުކުރާނީ، 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ.

(އ) މި މާއްދާގެ (ކ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައިވާ ހިދުމަތް ފޯރުވައިދޭ ފަރާތްތަކުން، މި މާއްދާގެ (ބ) އާއި (ޅ) އަށް އަމަލުކުރަން ފަށާނީ، 1 އޮކްޓޫބަރު 2026 އިން ފެށިގެންނެވެ.

(ވ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގައި ލާޒިމުކޮށްފައިވާ ގޮތަށް، މަގުބޫލު އުޒުރަކާ ނުލައި މީރާކަނެކްޓް މެދުވެރިކޮށް ޖީއެސްޓީ ބަޔާން ހުށަހަޅަން ނުވަތަ މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް އެ ނޫން ގޮތަކަށް ޖީއެސްޓީ ބަޔާން ހުށަހެޅުމުގެ ނުވަތަ ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމުގެ އިހުތިޔާރު، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 86 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ކ) ގައިވާ ގޮތަށް އަދަދެއް އަޅައިކަނޑައިލުމުން، ޓެކުހުގެ ގޮތުގައި އިތުރަށް ފައިސާ ދެއްކިފައިވާ ނަމަ، އެ ފައިސާއާ ގުޅޭގޮތުން އަމަލުކުރަންވާނީ ގަވާއިދު ނަންބަރު 013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 87 ވަނަ މާއްދާ އުނިކުރުން.

އައުޓްޕުޓް ޓެކުހަށް ވުރެ އިންޕުޓް ޓެކްސް އިތުރުވުން 87. (އުނިކޮށްފައި).

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 89 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖީއެސްޓީ ނެގުން ހުއްޓައިލަންޖެހޭ ތާރީހު 89.

(ހ) ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ނުވަތަ (2-ހ) ގެ ދަށުން ރަޖިސްޓަރީ ބާތިލުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުން، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ޓެކްސް ނެގުން ހުއްޓައިލަންވާނީ، މީރާއިން އެ ފަރާތުގެ ރަޖިސްޓަރީ ބާތިލުކޮށްދޭ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެންނެވެ.

(ށ) ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ނުވަތަ އެ މާއްދާގެ (ޅ) ގެ (3-ހ) ގެ ދަށުން ރަޖިސްޓަރީ ބާތިލުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުން، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ޖީ.އެސް.ޓީ ނެގުން ހުއްޓައިލަންވާނީ، އެ ފަރާތުން ހިންގަމުން ގެންދިޔަ، ޓެކްސް ނެގޭ ހަރަކާތް ހިންގުން ހުއްޓައިލާ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެންނެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 92 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް (1-7) ވަނަ ނަންބަރާއި، (2-7) ވަނަ ނަންބަރާއި، (3-7) ވަނަ ނަންބަރާއި، (4-7) ވަނަ ނަންބަރާއި، (5-7) ވަނަ ނަންބަރާއި، (6-7) ވަނަ ނަންބަރާއި، (7-7) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ގޮތަށް 7 (ހަތެއް) ނަންބަރު އިތުރުކުރުން.

ރިކޯޑު ބެލެހެއްޓުން 92.

(7-1) އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް ފޯރުވައިދޭ ފަރާތްތަކާއެކު ހަދައިފައިވާ އެއްބަސްވުންތައް؛

(7-2) އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކާ ގުޅޭ ބުކިންގ ހިދުމަތް ނުވަތަ އޭޖެންސީ ހިދުމަތް ދޭ ފަރާތްތަކާއެކު ހަދައިފައިވާ އެއްބަސްވުންތައް؛

(7-3) މުދާ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން ލިބުނު އަދި ލިބެންޖެހޭ މުގާބިލުގެ އަދަދު ދައްކުވައިދޭ ލިޔެކިޔުންތައް؛

(7-4) އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ނުވަތަ އެއާ ގުޅޭ ބުކިންގ ނުވަތަ އޭޖެންސީ ހިދުމަތެއް ފޯރުވައިދޭ ފަރާތަކަށް ދެއްކި ނުވަތަ ދައްކަންޖެހޭ އަދަދުތައް ދައްކުވައިދޭ ލިޔެކިޔުންތައް؛

(7-5) ބުކިންގ ކޮންފަރމޭށަންތަކާއި، ރިޒަރވޭށަން ރިކޯޑުތަކާއި، ޓްރެވަލް އައިޓިނަރަރީތަކާއި، ޓިކެޓިންގ ރިކޯޑުތައް؛

(7-6) ފޯރުވައިދިން ޓޫރިޒަމް ޕްރޮޑަކްޓަކީ، އެކޮމަޑޭށަން، ކެއުން، ދަތުރުފަތުރު، އިކްސްކަރށަން ނުވަތަ އެނޫންވެސް ޓޫރިޒަމް ހަރަކާތެއްގެ ގޮތުގައި ދެނެގަނެވޭނެ ފަދަ ލިޔެކިޔުންތައް؛

(7-7) އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓާ ގުޅޭ ރީފަންޑްތަކާއި ކެންސަލޭށަންތަކާއި އިސްލާހުކުރުންތަކާއި އުނިއިތުރުކުރުންތަކާ ގުޅޭ ލިޔެކިޔުންތައް.
 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 95 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) އާއި (ޅ) ގެ ގޮތުގައި އަންނަނިވި 2 (ދޭއް) އަކުރު އިތުރުކުރުން.

(ބ) މި މާއްދާގެ (ހ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ، ދިވެހިރާއްޖޭގައި އެ ފަރާތުގެ ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތެއް ނަމަ، އެ ފަރާތުން އިހްތިޔާރުކުރާ ބަހަކުން ޓެކުހާބެހޭ ރިކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން، އިނގިރޭސިބަހާއި، ދިވެހިބަސް ފިޔަވައި އެހެން ބަހަކުން ރިކޯޑުތައް ބަލަހައްޓައިފައިވާ ނަމަ، މީރާއިން އެދިއްޖެ ހާލަތެއްގައި އެ ރިކޯޑުތަކުގެ ދިވެހިބަހުގެ ނުވަތަ އިނގިރޭސިބަހުގެ ރަސްމީ ތަރުޖަމާއެއް އެ ފަރާތުން މީރާއަށް ފޯރުކޮށްދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 97 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރިކޯޑުތައް ބަހައްޓަންޖެހޭ ތަން 97.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ޓެކުހާ ބެހޭ ރިކޯޑުތައް ބަހައްޓަންވާނީ، ދިވެހިރާއްޖޭގައި އެ ފަރާތެއް އާންމުކޮށް ވިޔަފާރި ހިންގުމަށް ބޭނުންކުރާ ތަނެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ، ދިވެހިރާއްޖޭގައި އެ ފަރާތުގެ ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތެއް ނަމަ، އެ ފަރާތެއް އާންމުކޮށް ވިޔަފާރި ހިންގުމަށް ބޭނުންކުރާ އެހެން ތަނެއްގައި، ނުވަތަ އާންމުކޮށް ރިކޯޑު ބަހައްޓާ ތަނެއްގައި، ޓެކުހާބެހޭ ރިކޯޑުތައް ބެހެއްޓިދާނެއެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 98 ވަނަ މާއްދާގެ ފަހަތަށް 98-1 ވަނަ މާއްދާގެ ގޮތުގައި، އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ތާރީހާއި ވަގުތު 1-98.

(ހ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް ތާރީހާއި ވަގުތު ބެލުމަށް ބޭނުންކުރާނީ ދިވެހިރާއްޖޭގެ ގަޑިއެވެ.

(ށ) ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިދުމަތާ ގުޅިގެން ތާރީހާއި ވަގުތު ބެލުމުގެ ބޭނުމަށް އެ ފަރާތުން ހިސާބު ބެލެހެއްޓުމުގައި ތާރީހާއި ވަގުތު ބެލުމަށް ބޭނުންކުރާ ގަޑި ބޭނުންކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތްތަކުން، ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭ ދުވަހާއި، ފައިސާ ދައްކަންޖެހޭ ދުވަސް ބެލުމުގެ ބޭނުމަށް ބޭނުންކުރާނީ ދިވެހިރާއްޖޭގެ ގަޑިއެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 99 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި، އަންނަނިވި ގޮތަށް، އަކުރެއް، އިތުރުކުރުން.

(ބ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި، ބަޔާންކޮށްފައިވާ ހިދުމަތް ދިނުމުގެ މުއާމަލާތަކަށް ޓެކްސް އިންވޮއިސް ނުވަތަ އިންވޮއިސް ނުވަތަ ރަސީދު ތައްޔާރުކުރަނީ ނުވަތަ އެ މުއާމަލާތުގެ އަގު ނުވަތަ އެއިން ބައެއް އަދާކުރަނީ 1 އޮކްޓޫބަރު 2026 ގެ ކުރިން ކަމުގައި ވާ ނަމަ، އެ މުއާމަލާތަކުން ޖީއެސްޓީއެއް ނުނެގޭނެއެވެ.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 104 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 ދިވެހިރާއްޖޭގައި ފޯރުވައިދޭ ހިދުމަތް 104.

(ހ) ގާނޫނުގެ 2-5 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް،ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ނުވާ ފަރާތެއް ކަމުގައި ބުނެފައި އެވަނީ، ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނުވަތަ ރަޖިސްޓަރީކުރަން ލާޒިމުވާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތުގެ ވިޔަފާރީގެ ދާއިމީ ތަނެއް ދިވެހިރާއްޖޭގައި ނެތް ފަރާތްތައް ހިމެނޭ ގޮތުންނެވެ.

(ށ) ދިވެހިރާއްޖޭގައި އެ ފަރާތުގެ ވިޔަފާރީގެ ދާއިމީ ތަނެއް ހުރި ނަމަވެސް، އެ ފަރާތުން އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ނުވަތަ އެފަދަ ޕްރޮޑަކްޓަކާ ގުޅޭ އޭޖެންސީ ހިދުމަތެއް ނުވަތަ ބުކިންގ ހިދުމަތެއް ފޯރުވައިދެނީ އެ ފަރާތުގެ ދިވެހިރާއްޖެއިން ބޭރުގައި ހުރި ހެޑް އޮފީހުން ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހުރި އެހެން އޮފީހަކުން ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހުރި ވިޔަފާރީގެ ދާއިމީ ތަނަކުން ކަމުގައި ވާނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ރަޖިސްޓަރީކޮށްފައިނުވާ ފަރާތަކަށް ފޯރުވައިދޭ އެ ޕްރޮޑަކްޓާއި އެ ހިދުމަތްތަކަކީ ދިވެހިރާއްޖޭގައި ފޯރުވައިދޭ ހިދުމަތްތައް ކަމުގައި ބަލަންވާނެއެވެ.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1-105 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 މެދުކެނޑުމެއްނެތި ނުވަތަ ދާއިމީ ސިފައެއްގައި ހިންގާ ވިޔަފފާރި 1-105.

ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކާ ގުޅޭގޮތުން އޭޖެންސީ ނުވަތަ ބުކިންގ ހިދުމަތް ފޯރުވައިދިނުން، ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް ބެލެވޭނީ މެދުކެނޑުމެއްނެތި ނުވަތަ ދާއިމީ ސިފައެއްގައި ހިންގާ ވިޔަފާރިއެއްގެ ގޮތުގައެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2-105 ވަނަ މާއްދާގެ ފަހަތަށް، 3-105 ވަނަ މާއްދާއާއި 4-105 ވަނަ މާއްދާގެ ގޮތުގައި، އަންނަނިވި 2 (ދޭއް) މާއްދާ އިތުރުކުރުން.

ވިޔަފާރީގެ ދާއިމީ ތަން 3-105.

(ހ) ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، "ވިޔަފާރީގެ ދާއިމީ ތަން" ކަމަށް ބުނެފައި އެވަނީ، އޮގްޒިލިއަރީ ނުވަތަ ޕްރިޕަރެޓަރީ ހަރަކާތް ހިންގުމަށް ހަމައެކަނި ބޭނުންކުރާ ތަނަކަށްނުވާ، އަދި އެ ތަނެއްގައި އެކަށީގެންވާ މިންވަރަކަށް ދާއިމީކަމެއް ހުރި، އެ ތަނަކުން ފޯރުވައިދޭ މުދަލާއި ހިދުމަތް ފޯރުވައިދިނުމަށް ބޭނުންވާނެ މިންވަރަށް، އިންސާނީ ވަސީލަތްތަކާއި ފަންނީ ވަސީލަތްތަކުގެ މައްޗަށް އެކުލެވިގެންވާ އެކަށީގެންވާ ސްޓްރަކްޗަރއެއް އޮތް ތަނަކަށެވެ.

(ށ) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ވިޔަފާރީގެ ދާއިމީ ތަން މެދުވެރިކޮށް، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ނުވަތަ އެ ފަދަ ޕްރޮޑަކްޓަކާ ގުޅޭ އޭޖެންސީ ހިދުމަތެއް ނުވަތަ ބުކިންގ ހިދުމަތެއް ފޯރުވައިނުދޭ ނަމަ، ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށް އެ ފަރާތަކީ ދިވެހިރާއްޖޭގައި އެ ފަރާތުގެ ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތެއް ކަމުގައި ބަލަންވާނެއެވެ.

 

މުގާބިލުގެ އަދަދު 4-105.

ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ލިބޭ މުގާބިލުގެ އަދަދު ހިސާބުކުރުމުގައި، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކާ ގުޅޭ އޭޖެންސީ ހިދުމަތަކަށް ނުވަތަ ބުކިންގ ހިދުމަތަކަށް އެ ފަރާތަކުން ދައްކަންޖެހޭ އަދަދު އުނިއެއްނުކުރެވޭނެއެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 107 ވަނަ މާއްދާ އުނިކުރުން.

ޗާޓަރުގެ އަގު 107. (އުނިކޮށްފައި)
 

33 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 108 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގާނޫނުގައިވާ ތްރެށޯލްޑްތައް ބަލާނެ ގޮތް 108.

(ހ) ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) އާއި، 51 ވަނަ މާއްދާއާއި، 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތްރެށޯލްޑްތައް ބެލުމުގައި ރިއާޔަތްކުރާނީ ރަޖިސްޓަރީކޮށްފައިވާ ފަރާތުން ފޯރުވައިދޭ ޓެކްސް ނެގޭ މުދަލާއި ހިދުމަތުގެ ޖުމުލަ އަގަށެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ޓެކްސް ނެގޭ އެއްވެސް ހަރަކާތެއް ވަކިން ރަޖިސްޓަރީ ކުރިކަމުގައި ވިޔަސް، ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) އާއި، 51 ވަނަ މާއްދާއާއި، 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތްރެށޯލްޑްތައް ބެލުމުގައި އެ ހަރަކާތް ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހިންގާ ހުރިހާ ޓެކްސް ނެގޭ ހަރަކާތްތައް ހިމެނޭނެއެވެ.

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 109 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައި، އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ޅ) ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިދުމަތަށް، މި މާއްދާގެ (ހ) އާއި (ށ) އަށް ރިއާޔަތްކުރުމެއް ނުހިމެނޭނެއެވެ.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 111 ވަނަ މާއްދާ އުނިކުރުން.

ހުއްދަދެވޭ ސޮފްޓްވެއަރ 111. (އުނިކޮށްފައި)

 

36 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-43)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު