ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-66)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 5 އޮގަސްޓު 2026 ގައި)
(މި ގަވާއިދުގެ 26 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 41-2024 އުވާލެވިފައި)
މި ފައިލް އަދި އަޕްޑޭޓްކޮށް ނުނިމޭ
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންބިމުގެ ބޮޑުމިނާއި، ސިފަޔާއި ބާވަތާއި، ފަންތިއާއި، ބިން އޮތް ތަނާއި ބިން ދޫކޮށްފައިވާ ބޭނުމާއި، ބިމުގެ މިލްކުވެރިކަން ހަވާލުކުރި ފަރާތާއި، ބިމުގެ މިލްކުވެރިކަން ލިބޭ ފަރާތާއި މިލްކުވެރިކަމުގެ ބާވަތާއި، މިލްކުވެރިކަމުގެ މުއްދަތު އެނގޭނޭގޮތަށް ރަޖިސްޓަރީ ތައްޔާރުކުރުމާއި ރަޖިސްޓަރީ ދޫކުރުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމާއި، ބިން ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާތުތައް ކަނޑައެޅުމާއި، ދޫކޮށްފައިވާ ބިމެއް ވަކިކުރުމާއި އެއްބަސްވުން އެކުލަވައިލުމާއި، ބިމާ ގުޅޭ އެންމެހައި މައުލޫމާތުތައް ދަފުތަރުކޮށް އަދާހަމަކޮށް ބެލެހެއްޓުންފަދަ އެންމެހައި ކަންކަން ކަނޑައެޅުމަށްޓަކައި، ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (އ) އާއި، އެ ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓަރީކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާތުތައް ކަނޑައެޅުމެވެ.
(ށ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތަކަށް ބިމުގެ ރަޖިސްޓަރީ ތައްޔާރުކޮށް ރަޖިސްޓަރީ ދޫކުރުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތަކާއި އިޖުރާތުތައް ބަޔާންކުރުން.
(ނ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭ ފަރާތަށް ލިބިދޭ ބިމާ ގުޅިފައިވާ ހައްގުތައް ބަޔާންކުރުން.
(ރ) ބިމުގެ މިލްކުވެރިކަން ރަޖިސްޓަރީކުރުމާއި، މިލްކުވެރިކަން ރަޖިސްޓަރީކޮށްދީ ބަލަހައްޓާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުން.
(ބ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތަކަށް ހަދާ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަން ބަޔާންކުރުން.
3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ
(ހ) މި ގަވާއިދު ހިނގާނީ، ދިރިއުޅުމުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ކައުންސިލްތަކުންނާއި މިނިސްޓްރީންނާއި ދައުލަތުގެ އެނޫންވެސް އިދާރާއަކުން ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތަކުގެ މައްޗަށެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތް ފިޔަވައި، ދައުލަތުގެ އެ ނޫން އިދާރާއަކާއި ބިން ދޫކުރެވޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުންތައް އެ ގޮތުގައ ދެމިއޮންނާނެއެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ތަރަހައިގެ ތެރެއިން އެކުލަވައިލާ ބިމުގެ ދަފުތަރު އަދާހަމަކުރުމުގެ ބޭނުމަށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުންތަކާބެހޭ މައުލޫމާތު، އެ އެއްބަސްވުމެއް ވެފައިވާ ދައުލަތުގެ އިދާރާއަކުން، މިނިސްޓްރީއާއި އެ ބިމެއްގެ އިހްތިސާސް ލިބިފައިވާ ކައުންސިލަކާ ހިއްސާކުރަންވާނެއެވެ.
4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގައި ތަންފީޒުކުރާނީ މިނިސްޓްރީންނެވެ. އަދި މި ގަވާއިދުގެ ދަށުން ލޯކަލް ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަންކަން ފުރިހަމަކޮށް ތަންފީޒުކުރާނީ އެ ކައުންސިލަކުންނެވެ.
ދެވަނަ ބާބު
ބިން ދޫކުރުން
5 ބަނަ މާއްދާ - ބިން ދޫކުރެވޭ ނުވަތަ ހަވާލުކުރެވޭ ގޮތްތައް
(ހ) މި ގަވާއިދުގެ ބޭނުމަށް ޓަކައި، ބިން ދޫކުރުމުގެ ތެރޭގައި، އަންނަނިވި ގޮތްތަކަށް ބިން ދޫކުރުން ނުވަތަ ބިން ހަވާލުކުރުން ހިމެނެއެވެ.
- ކުއްޔަށް ދިނުން؛
- ވިއްކުން؛
- ވަގުތީގޮތުން ބެލެހެއްޓުމަށް ދޫކުރުން ނުވަތަ ހަވާލުކުރުން؛
- ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް، ދޫކުރުން؛
- ކުއްޔަކާ ނުލައި ދިނުން؛
- ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ދޫކުރުން.
(ށ) މި ގަވާއިދުގެ ދަށުން، ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރާނީ، ނުވަތަ ހަވާލުކުރާނީ، ބިމާބެހޭ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އަދި އެ ކައުންސިލުގެ މިލްކުވެރިކަމުގައިވާ ބިމެއް ނަމަ، އެ ކައުންސިލަކުންނެވެ. އެ ނޫން ބިން ދޫކުރާނީ ނުވަތަ ހަވާލުކުރާނީ މިނިސްޓްރީންނެވެ.
(ނ) މި ގަވާއިދުގެ ދަށުން ބިން ދޫކުރަންވާނީ، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބިން ހަވާލުކުރާ ފަރާތާއި ބިން ލިބޭ ފަރާތާ ދެމެދު ލިޔުމަކުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އިގްތިސާދީ ބޭނުންތަކަށް ދޫކުރާ ބިމަކަށް، ބިން ލިބޭ ފަރާތުން ރަޖިސްޓަރީއެއް ހަދަން ބޭނުންވެއްޖެ ހިނދެއްގައި، އެ ބިމުގެ މައްޗަށް ލިބިފައިވާ ހައްގާ އެއްގޮތަށް ރަޖިސްޓަރީ ހެދުމުގެ އިހްތިޔާރާއި ބާރު، ބިމާބެހޭ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ބިމުގެ އިހްތިސާސް ލިބިފައިވާ ކައުންސިލަށް ނުވަތަ މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އިގްތިސާދީ ބޭނުމަށް ދޫކުރާ ބިމަކަށް، ބިން ލިބޭ ފަރާތުން ރަޖިސްޓަރީއެއް ހަދަން ބޭނުންވެއްޖެ ހިނދެއްގައި ރަޖިސްޓަރީ ހެދުމަށް އެދި ހުށަހަޅާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެ ބިމުގެ އިހްތިސާސް ލިބިފައިވާ ކައުންސިލަށް ނުވަތަ މިނިސްޓްރީއަށެވެ.
(ޅ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ދޫކުރާ ބިންތަކަށް ކުލި ކަނޑައެޅުމާއި ކުލި ނުކަނޑައެޅުމުގެ އިހްތިޔާރު، އެ ބިމެއް ދޫކުރާ އިދާރާއަކަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރުން
މި ގަވާއިދުގައި، އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތީން، އަދި ބިމާބެހޭ އިދާރާގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަޔާއެކު، ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވިދާނެއެވެ.
7 ވަނަ މާއްދާ - ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިން ދޫކުރުން
(ހ) ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިން، މި ގަވާއިދުގެ ދަށުން ދޫކުރާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
- ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުން ނުވަތަ ބިން ވިއްކުން؛
- ބީލަމުގެ އުސޫލަށް ނުފެތޭގޮތަށް، އިއުލާނުކޮށްގެން ބިން ދޫކުރުން؛
- އިއުލާނު ނުކޮށް ބިން ދޫކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ބިން ކުއްޔަށް ދޫކުރާނީ ނުވަތަ ވިއްކާނީ، އާންމުކޮށް ހުޅުވައިލައިގެން ބީލަމުގެ އުސޫލުންނެވެ.
(ނ) ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް ނުވަތަ ވިއްކުމަށް ކުރާ އިއުލާނުގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ:
- ދޫކުރަން ނުވަތަ ވިއްކަން ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު (ބިން އޮތް ތަނާއި، ބިމުގެ ބޮޑުމިނާއި، ބިމުގެ ސިފަޔާއި، ބިމުގެ ބާވަތާއި، ބިމުގެ ޒާތާއި، ބިމުގައި ކުރެވޭނެ ބޭނުން)؛
- ކުއްޔަށް ދޫކުރާ ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު؛
- ބިން ލިބޭ ފަރާތް ކަނޑައެޅުމަށް، ޕޮއިންޓު ދިނުމުގައި، އަމަލުކުރާނެ ގޮތް؛
- ފޯމު ހުށަހަޅަންޖެހޭ މުއްދަތު؛
- ހުށަހެޅޭނެ އެންމެ ކުޑަ ކުލި ނުވަތަ ބިން ވިއްކުމަށް ހުށަހަޅާ އެންމެ ކުޑަ އަގު؛
- ބިން ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހާއްސަ ށަރުތުތަކެއް ފުރިހަމަވާންޖެހޭ ނަމަ، އެ ށަރުތުތައް.
- މި މާއްދާގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ބިން ދޫކުރާ ފަރާތުން ކުރާ އިއުލާނުގައި ބަޔާންކުރަން ބޭނުންވާ އިތުރު ކަންކަން، މި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތީން ހިމެނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) މި މާއްދާގެ (ޅ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ބީލަމުގެ އުސޫލަށް ނުފެތޭގޮތަށް، އެހެންނަމަވެސް އާންމުކޮށް އިއުލާނުކޮށްގެން، ތިރީގައިވާ ބޭނުންތަކަށް ބިން ދޫކުރެވިދާނެއެވެ.
- މަސް ކައްކައި ހިއްކުމާއި ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަން ފަދަ މަސައްކަތްތަކަށް 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަށް ދޫކުރާ ބިން؛
- ދަނޑުވެރިކަމުގެ މަސައްކަތަށް 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން؛
- ޖަނަވާރު ގެންގުޅުމަށް 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން؛
- ގާޑިޔަލުގެ ވިޔަފާރި ހިންގުމަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން؛
- ސާފުކޮށް ބެލެހެއްޓުމަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ދޫކުރާ ބިމަށް ކުލި ނެގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ޅ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ކައުންސިލްތަކުން އާންމުކުރާ އިއުލާނުގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- ދޫކުރަން ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު (ބިން އޮތް ތަނާއި، ބިމުގެ ބޮޑުމިނާއި، ބިމުގެ ސިފައާއި، ބިމުގެ ބާވަތާއި، ބިމުގެ ފަންތިއާއި، ބިމުގައި ކުރެވޭނެ ބޭނުން)؛
- ބިން ދޫކުރާ މުއްދަތު؛
- ޕޮއިންޓު ދިނުމުގައި އަމަލުކުރާނެ ގޮތް.
- ފޯމު ހުށަހަޅަންޖެހޭ މުއްދަތު؛
- ފޯމު ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް؛
- ކުލި ނަގާ ނަމަ، ހުށަހެޅޭނެ އެންމެ ކުޑަ އަގު؛
- ބިން ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި، ހާއްސަ ށަރުތުތަކެއް ފުރިހަމަވާންޖެހޭ ނަމަ، އެ ށަރުތުތައް؛
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އާންމުކޮށް އިއުލާނުނުކޮށް، ތިރީގައިވާ ބޭނުންތަކަށް ބިން ދޫކުރެވިދާނެއެވެ:
- އެކި ބޭނުންތަކަށް ދައުލަތުގެ އިދާރާތަކަށް ދޫކުރާ ބިން؛
- އިޖުތިމާއީ، އާންމު، ބޭނުމަށް ދޫކުރާ ބިން؛
- އާންމު ހިދުމަތްތަކަށް ދޫކުރާ ބިން؛
- ދައުލަތުގެ އިދާރާއަކާ ގުޅިގެން ބޭރު ގައުމެއްގެ އެމްބަސީ ނުވަތަ ބައިނަލްއަގުވާމީ ޖަމުއިއްޔާއެއްގެ އިދާރާއެއްގެ ބޭނުމަށް ދޫކުރާ ބިން؛
- އޮޑިވަޅު ބިން.
(ރ) މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގެ ދަށުން ދޫކުރާ ބިމަށް ކުލި ކަނޑައެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
8 ވަނަ މާއްދާ - ބިމުގެ އަގާއި ކުލި ކަނޑައެޅުން
(ހ) މި ގަވާއިދުގެ ދަށުން ބިން ކުއްޔަށް ދޫކުރާ އެންމެ ކުޑަ ކުއްޔާއި ބިން ވިއްކާ އެންމެ ކުޑަ އަގާއި، އާންމު ހިދުމަތްތަކަށް ދޫކުރާ ބިންތަކުގެ އެންމެ ބޮޑު ކުއްޔާއި، ދައުލަތުގެ ބޭނުމަށް އެކަށައަޅައިފައިވާ ބިންތަކުގެ އަގު ކަނޑައަޅާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ލޭންޑް ވެލުއޭށަން ކޮމިޓީންނެވެ.
(ށ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ބިންތައް ދޫކުރެވޭނެ އެންމެ ކުޑަ ކުއްޔާއި، ވިއްކައިލެވޭނެ އެންމެ ކުޑަ އަގު ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- އެ ސިޓީއެއްގެ ނުވަތަ އެ ރަށެއްގެ ބިމުގެ ތަނަވަސްކަން؛
- އެ ސިޓީއެއްގެ ނުވަތަ އެ ރަށެއްގެ އާންމު އިގްތިސާދީ ފުދުންތެރިކަން؛
- އެ ސިޓީއެއްގެ ނުވަތަ އެ ރަށެއްގެ ބިމުގެ ޑިމާންޑް؛
- ބިމުގެ އަގު ނުވަތަ ކުލި ކަނޑައެޅުމުގައި އާންމުކޮށް ބަލާ އެހެނިހެން ކަންކަން.
(ށ) މި މާއްދާގެ (ހ) ގައިވާ ކަންކަމަށް ރިއާޔަތްކޮށް، ސިޓީއެއްގެ ނުވަތަ ރަށެއްގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި ބޭނުމަކަށް ނުވަތަ ބިން ދޫކުރާ މުއްދަތަށް ބަލައި، އެކި ބިންތަކަށް އަގު ނުވަތަ ކުލި ތަފާތުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ ދަށުން ކަނޑައަޅާ ކުޑަކުލި ނުވަތަ ކުޑައަގު، ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
9 ވަނަ މާއްދާ - ލޭންޑް ވެލުއޭށަން ކޮމިޓީ
(ހ) ލޭންޑް ވެލުއޭށަން ކޮމިޓީ އެކުލަވައިލާނީ، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތައް ތަމްސީލުކުރާ ފަންނީ 9 (ނުވައެއް) މެންބަރުން ހިމެނޭ ގޮތަށެވެ.
(ށ) ލޭންޑް ވެލުއޭށަން ކޮމިޓީ އެކުލަވައިލުމުގައި، ސަރުކާރުގެ ކަމާ ގުޅޭ އަންނަނިވި އިދާރާތަކުގެ މެންބަރުން ހިމަނަންވާނެއެވެ.
- މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ 2 (ދޭއް) މެންބަރު؛
- އިގްތިސާދާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- މަސްވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ފަތުރުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- އިމާރާތްކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ދަނޑުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެންބަރެއް.
(ނ) ލޭންޑް ވެލުއޭށަން ކޮމިޓީ ޗެއަރކުރާނީ، ކޮމިޓީގެ 9 (ނުވައެއް) މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރެކެވެ.
(ރ) ކޮމިޓީގެ ބައްދަލުވުންތަކުގެ ކޯރަމަކީ 5 (ފަހެއް) މެންބަރުންނެވެ.
(ބ) ކޮމިޓީގެ ބައްދަލުވުމެއްގައި ނިންމާ ނިންމުންތައް ފާސްވާނީ، ބައްދަލުވުމުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
(ޅ) ލޭންޑް ވެލުއޭށަން ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ މިނިސްޓްރީންނެވެ.
10 ވަނަ މާއްދާ - ބިން ދޫކުރާ މުއްދަތު
(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތަކުގެ މުއްދަތު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ބިމާބެހޭ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާ ހިލާފުނުވާނޭ ގޮތެއްގެ މަތީން ކަނޑައެޅުމުގެ އިހުތިޔާރު، ބިން ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މި މާއްދާގެ ދަށުން ބިން ދޫކުރާ މުއްދަތު ކަނޑައެޅުމުގައި، އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ:
- ބިން ދޫކުރާ ބޭނުމުގެ އަލީގައި ބިމުން ލިބޭނެކަމަށް ލަފާކުރެވޭ ފައިދާ؛
- ބިން ދޫކުރުމުން އިގްތިސާދީގޮތުންނާއި އުމްރާނީގޮތުން އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށާއި ރައްޔިތުންނަށް ލިބޭނެ މަންފާތައް؛
- ދޫކުރާ ބިމުގެ ފަންތި؛
- ބިން ދޫކުރާ ބޭނުން؛
- ދޫކުރާ ބިމަށް ކަނޑައަޅާ ކުލި؛
- ބިމުގެ މުއްދަތު ކަނޑައެޅުމުގައި ސަރުކާރާއި ދައުލަތުގެ އިދާރާތަކުން އާންމުކޮށް ބަލާ މިނޫންވެސް މިފަދަ އެހެނިހެން ކަންތައްތައް.
(ނ) މި މާއްދާގެ (ށ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބިން ދޫކުރެވިފައިވާ ފަރާތުން ހުށަހަޅައިފި ނަމަ، އެ ފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިއާޔަތްކޮށްގެން އެސެސްމަންޓް ހެދުމަށްފަހު،
26 ވަނަ މާއްދާ - ކުރީގެ ގަވާއިދު އުވައިލުން
ކިޔުންތެރިންގެ ހިޔާލު