ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-19) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-47)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ޖޫން 2026 ގައި)
ގަވާއިދު ނަންބަރު 2015-19 (ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރިފަރކުރެވޭނެ ހާލަތްތައް 13.
(ށ) ރާއްޖެއިން ލިބެންނެތް ހިދުމަތަކަށް ރާއްޖެއިން ބޭރަށް ދިއުމަށް.
- ސްކީމުން ހުއްދަކުރާ ރާއްޖެއިން ލިބެން ނެތް ހިދުމަތަކަށް ރިފަރ ކުރުން؛
- ސްކީމުގައި ރަޖިސްޓަރީ ކުރެވިފައިވާ ހިދުމަތްދޭ މަރުކަޒެއްގައި ދެވޭ ހިދުމަތްތަކުގެ ތެރެއިން ސްކީމުގެ ދަށުން ރަޖިސްޓަރީ (އެމްޕެނަލް) ކުރެވިފައިނުވާ ހިދުމަތެއް ހޯދުމަށް؛
- ބަލީ ގެ ބާވަތާއި، ބަލިމީހާގެ ހާލަތާއި، ރާއްޖޭގައި ލިބެންހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި، ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބެންހުރި ފަރުވާއެއް ހޯދުމަށް.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި، އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
ރިފަރކުރެވޭނެ ހާލަތްތައް
(ރ) ދެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށް ކަމާބެހޭ ހާއްސަ ޑޮކްޓަރުން ލަފާ ދިނުމަށްފަހު އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރިފަރކުރުމަށް ހުއްދަދެވޭ ތަންތަން 14.
ރިފަރކުރުމުގެ ހުއްދަދެވޭނީ އެ ބައްޔެއްގެ ހާއްސަ ޑޮކްޓަރުން ތިއްބަވާ އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ދިނުމަށް ރަޖިސްޓަރީ ވެފައިވާ ހިދުމަތްދޭ ތަންތަނަށެވެ. އަދި އެ ބައްޔެއްގެ ހާއްސަ ޑޮކްޓަރެއް އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ނެތް ހާލަތުގައި، ކުންފުނިން ހުއްދަދޭ ޑޮކްޓަރަކަށް ރިފަރކުރުމުގެ ހުއްދަ ދެވިދާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރު އުނިކުރުން.
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-19)
ކޮންސޮލިޑޭޓެޑް ގަވާއިދު
ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2015-19)
ކިޔުންތެރިންގެ ހިޔާލު