-

އައްޑޫ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-105) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-45)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 މޭ 2026 ގައި)

 

ގަވާއިދު ނަންބަރު 2018-105 (އައްޑޫ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިމާޔަތްކޮށްފައިވާ ސަރަހައްދު 6.

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހިމާޔަތްކޮށްފައިވާ ސަރަހައްދު އެކުލެވިގެންވަނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް، އައްޑޫ ސިޓީގެ ހިތަދޫގެ އެންމެ އުތުރުގައިވާ އީދިގަލި ކިޅިއާއި، ކޯއްޓޭ ސަރަހައްދާއި، އެ ސަރަހައްދުގައި ހިމެނޭ ދިއްވާ ފެންގަނޑާއި، ބެދި ސަރަހައްދާއި، އެ ސަރަހައްދުތައް ވަށައިގެންވާ އެއްގަމު ސަރަހައްދާއި، ކޯއްޓޭ ސަރަހައްދުގެ ހުޅަނގު އުތުރާއި އިރުމަތީ ފަރާތުގެ ފަރުތަކާއި ކަނޑާއި އެ ސަރަހައްދުގައިވާ ކޯހެރެއާއި ކައްބޯހެރެއާއި ދީރޮނޑި އާއި މާހެރެއާއި ކުދުމާހެރެ ހިމެނޭގޮތަށް އެއްގަމުގެ ސަރަހައްދާއި، އައްޑޫ ސިޓީގެ ކަނޑިހެރަ މާކަނޑު ކަނޑުއޮޅިއާއި އެ ތަން ވަށައިގެންވާ ކަނޑާއި ފަރާއި ފަޅާއި އެއްގަމުގެ ސަރައްހައްދާއި، އައްޑޫ ސިޓީގެ އެތެރެވަރިއަށް ފެތިފައިވާ "ބްރިޓިށް ލޯޔަލްޓީ" ނައު އޮތް ކަނޑުގެ ސަރަހައްދުގެ މައްޗަށެވެ. އަދި މި ގަވާއިދުގެ ބޭނުމަށް ޓަކައި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތެރޭގައި، އެ ސަރަހައްދުގައިވާ ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި، ހުއިތަކާއި، ދިރިއުޅޭ ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެހެނިހެން ދިރުންތަކާއި، ގުދުރަތީ ވަސީލަތްތަކާއި އާސާރީ ތަންތަނާއި ތަކެތި ހިމެނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޒޯނުކުރުން 7.

(ހ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ޒޯން :1
ކޯ އޭރިއާ އެކުލެވިގެންވަނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް، ކޯ އޭރިއާގެ ގޮތުގައި ފާހަގަކޮށްފައިވާ އަންނަނިވި ސަރައްހައްދުތަކުގެ މައްޗަށެވެ.

  1. އީދިގަލި ކިޅި ސަރަހައްދު؛
  2. ބެދި ސަރަހައްދު؛
  3. ކޯއްޓޭ ސަރަހައްދުގެ ހުޅަނގާއި އުތުރާއި އިރުމަތީ ފަރާތުގެ ފަރުތަކާއި ކަނޑުގެ ސަރަހައްދު؛
  4. އައްޑޫ ސިޓީގެ ކަނޑިހެރަ މާކަނޑު ކަނޑުއޮޅިއާއި، އެ ތަން ވަށައިގެންވާ ކަނޑާއި ފަރާއި ފަޅާއި އެއްގަމުގެ ސަރަހައްދު؛
  5. "ބްރިޓިށް ލޯޔަލްޓީ" ނައު އޮތް ކަނޑުގެ ސަރަހައްދ.

(ށ) ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ޒޯނު :2

ބަފަރ އޭރިއާ އެކުލެވިގެންވަނީ، މި މާއްދާގެ (ހ) ގައި ފާހަގަކޮށްފައިވާ ކޯ އޭރިއާ ވަށައިގެންވާ އެއްގަމާއި ކަނޑުގެ ސަރަހައްދުގެ މައްޗަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި "އެޖެންސީ" މިގޮތަށް ބަޔާންކޮށްފައިވާ ތަންތަން "އޮތޯރިޓީ" އަށް ބަދަލުކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) ގެ (iii) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

މާނަކުރުން 27.

(ހ) (iii) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ 1 ވަނަ ނަންބަރު އިސްލާހުކުރުން.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

ޖަދުވަލު 1

 

މައި ގަވާއިދު

އައްޑޫ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-105)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު