-

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-19) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-18)

(މި އުސޫލަށް އަމަލުކުރަން ފެށީ 1 އެޕްރީލް 2026 ގައި)

 

ގަވާއިދު ނަންބަރު 2015-19 (ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސްކީމުގެ ދަށުން ހިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ މައިގަނޑު އުސޫލުތައް 10.

(ވ) އެމްބިއުލާންސްގައި ގެންނަ ބަލިމީހުންނަށް ސްކީމުގެ ދަށުން އެމްބިއުލާންސްގެ ހަރަދަށް ބިލުކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. އިމަރޖެންސީގައި ނުވަތަ ކުއްލި ހާލަތްތަކުގައި ގެންނަ ފަރާތްތައް؛
  2. މައްޔިތުން އެންބިއުލާންސްގައި އުފުލުން؛
  3. އެނދުމަތިކުރެވިފައިވާ (ބެޑްރިޑަން) ފަރާތްތައް އައުޓް ޕޭށަންޓް ހިދުމަތް ހޯދުމަށް ގެނައުން؛
  4. ވީލްޗެއަރގައި ގެންގުޅެންޖެހޭ ފަރާތްތައް (ވީލްޗެއަރ ބައުންޑް) އައުޓް ޕޭށަންޓް ހިދުމަތް ހޯދުމަށް ގެންނަ ހާލަތްތަކުގައްޔާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ފިޒިކަލް ޑިސްއެބިލިޓީ، މެންޓަލް ޑިސްއެބިލިޓީ، އޯޓިޒަމް، ޑައުންސިންޑްރޯމް ހުންނަ ފަރާތްތައް ވެސް ހިމެނޭހެން) އައުޓް ޕޭށަންޓް ހިދުމަތް ހޯދުމަށް ގެނައުން؛
  5. ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި އެނދުމަތިކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަކަށް ނުވަތަ ތަހުލީލަކަށް، ސިއްހީ ހިދުމަތްދޭ އެހެން މަރުކަޒަކަށް ގެންދިޔުން؛
  6. އެނދުމަތިކޮށްފައިވާ ބަލިމީހާ، އާސަންދަ ސްކީމް މެދުވެރިކޮށް އިވެކުއޭޓްކުރެވޭ ހާލަތްތަކުގައި ނުވަތަ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފަރކުރެވޭ ހާލަތްތަކުގައި، ބަލިމީހާ ޖެޓީއަށް ނުވަތަ އެއަރޕޯޓަށް ގެންދިޔުން؛
  7. ތެލަސީމިއާ ބަލި ތަހައްމަލްކުރާ ފަރާތްތައް އައުޓް ޕޭށަންޓް ހިދުމަތް ހޯދުމަށް ގެނައުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 އެޕްރީލް 2026 އިން ފެށިގެންނެވެ.

 

މައި ގަވާއިދު

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-19)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2015-19)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު