-

ގަވާއިދު ނަންބަރު 2025-118 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ގަވާއިދު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ގަވާއިދު) 

(ގަވާއިދު ނަންބަރު 2025-133)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 31 ޑިސެމްބަރު 2025 ގައި)

 

ގަވާއިދު ނަންބަރު 2025-118 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރާއި (7)ވަނަ ނަންބަރު އިސްލާހުކުރުން.

ބާތިލު ވޯޓާއި، ބާތިލު ކަރުދާހާއ،ި ނުދޭ ވޯޓާއ،ި ސައްހަ ވޯޓު 43.

(6) އެ ކައުންސިލަކަށް ނުވަތަ އެ ކޮމިޓީއަކަށް، އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛

(7) ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި 1 (އެކެއް) ރަނގަޅު ފާހަގައަށް ވުރެ ގިނަ، ރަނގަޅު ފާހަގަ ޖަހައިފައިވާ ނަމަ، އެ ކަރުދާހުގައިވާ ހުރިހާ ވޯޓެއް؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 73 ވަނަ މާއްދާގެ (ޏ) ގެ ފަހަތަށް (ސ) އާއި (ޑ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން. 

މާނަކުރުން 73.

(ސ) މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، "ވޯޓު" ކަމަށް ބުނެފައި އެވަނީ، ވޯޓު ކަރުދާހުގައި އެއް މަގާމަށް ވުރެ އިތުރު މަގާމު ހިމެނި ނަމަވެސް، އެ ކައުންސިލަކަށް ނުވަތަ ކޮމިޓީއަކަށް އިންތިހާބުކުރާ ކޮންމެ މަގާމަކަށް ދޭ ވޯޓަށެވެ.

(ޑ) މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، "ވޯޓު ކަރުދާސް" ކަމަށް ބުނެފައި އެވަނީ، އެ ކައުންސިލަކަށް ނުވަތަ ކޮމިޓީއަކަށް އިންތިހާބުކުރަންޖެހޭ މަގާމުތައް ހިމަނައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ކަރުދާހަށެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

މައި ގަވާއިދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ގަވާއިދު (ގާނޫނު ނަންބަރު 2025-118)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު