-

އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2016-22) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-127)

(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 1 ޖަނަވަރީ 2026 ގައި)

 

ގަވާއިދު ނަންބަރު 2016-22 (އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދ،ާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

މީލާދީ މަހެއްގައި އެހީީގެ ގޮތުގައި ލިބިދެވޭ އެންމެ މަތީީީ އަދަދު 5.

ގާނޫނު ނަންބަރު 2014-02 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ ދަށުން ފޯރުކޮށްދެވޭ އެހީ ތަކުން، ކޮންމެ މީލާދީ މަހެއްގައި އެހީީގެ ގޮތުގައި މީހަކަށް ލިބިދެވޭނީ، އެންމެ ގިނަވެގެން 12,000 (ބާރަ ހާސް) ރުފިޔާގެ އެހީ އެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދ،ާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މީލާދީ އަހަރެއްގައި އެހީީގެ ގޮތުގައި ލިބިދެވޭ އެންމެ މަތީ އަދަދު 7. 

ގާނޫނު ނަންބަރު 2014-02 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ ދަށުން ފޯރުކޮށްދެވޭ އެހީ ތަކުން، ކޮންމެ މީލާދީ އަހަރެއްގައި އެހީގެ ގޮތުގައި މީހަކަށް ލިބިދެވޭނީ، އެންމެ ގިނަވެގެން 144,000 (އެއްލައްކަ ސާޅީސް ހަތަރު ހާސް) ރުފިޔާގެ އެހީ އެކެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.

 

މައި ގަވާއިދު

އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2016-22)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު