-

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-39) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-128)

(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 1 ޖަނަވަރީ 2025 ގައި)

 

ގަވާއިދު ނަންބަރު 2016-39 (އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީީީ އެހީ ދިނުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަހެއްގެ މައްޗަށް ކުއްޖަކަށް ދެވޭނެ މިންވަރި 10.

މި ގަވާއިދުގެ ދަށުން ށަރުތު ހަމަވެގެން އެހީ ހަމަޖެހޭ، އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް މާލީީ އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި ލިބިދެވޭނީ، 4 (ހަތަރެއް) ކުދިންނާ ހަމަޔަށް، ކޮންމެ ކުއްޖަކަށް 3,000 (ތިންހާސް) ރުފިޔާއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މީލާދީ މަހެއްގެ ތެރޭގައި އެހީގެ ގޮތުގައި މީހަކަށް ދެވޭނެ މިންވަރު 11. 

މި ގަވާއިދުގެ ދަށުން، އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 12,000 (ބާރަ ހާސް) ރުފިޔާއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަހަރެއްގައި ދެވޭނެ މިންވަރު 12.

މި ގަވާއިދުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ، 144,000 (އެއްލައްކަ ސާޅީސް ހަތަރު ހާސް) ރުފިޔާއެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-39)

 

މައި ގާނޫނު

އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު