-

އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2016-22) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-125)

(މި އުސޫލަށް އަމަލުކުރަން ފަށާނީ/ފެށީ 1 ޖަނަވަރީ 2026 ގައި)

 

ގަވާއިދު ނަންބަރު 2016-22 (އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މީލާދީ މަހެއްގައި އެހީގެ ގޮތުގައި ލިބިދެވޭ އެންމެ މަތީީ އަދަދު 5.

ގާނޫނު ނަންބަރު 2014-02 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ ދަށުން ފޯރުކޮށްދެވޭ އެހީތަކުން، ކޮންމެ މީލާދީ މަހެއްގައި އެހީގެ ގޮތުގައި މީހަކަށް ލިބިދެވޭނީ، އެންމެ ގިނަވެގެން 15,000 (ފަނަރަ ހާސް) ރުފިޔާގެ އެހީއެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

މީލާދީ އަހަރެއްގައި އެހީގެ ގޮތުގައި ލިބިދެވޭ އެންމެ މަތީ އަދަދު 7.

ގާނޫނު ނަންބަރު 2014-02 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ ދަށުން ފޯރުކޮށްދެވޭ އެހީތަކުން، ކޮންމެ މީލާދީ އަހަރެއްގައި އެހީގެ ގޮތުގައި މީހަކަށް ލިބިދެވޭނީ، އެންމެ ގިނަވެގެން 180,000 (އެއްލައްކަ އަށްޑިހަ ހާސް) ރުފިޔާގެ އެހީއެކެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.  

 

މައި ގަވާއިދު

އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2016-22)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު