އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-105)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 20 އޮކްޓޫބަރު 2025 ގައި)
ގަވާއިދު ނަންބަރު 2019-1010 (އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ ފަހަތަށް 1-9 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.
ފަންނުވެރިންގެ އާންމު ކެޓަގަރީއެއްގައި ރަޖިސްޓަރީވުމަށް ފުރިހަމަވާންޖެހޭ ށަރުތުތައް ބަލާނެގޮތް 1-9.
މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފަންނުވެރިންގެ އާންމު ކެޓަގަރީއެއްގައި ރަޖިސްޓަރީވުމަށް ފުރިހަމަވާންޖެހޭ ށަރުތުތަކުގެ ތެރޭގައި، "ދާއިރާއިން" ނުވަތަ "ގުޅޭ ދާއިރާއަކުން" ސަނަދެއް ހާސިލުކޮށްފައިވުންކަމަށް އެ ޖަދުވަލުގެ ބޭނުމަށް ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ސަނަދެއް ކަމުގައި ވާނަމައެވެ.
(ހ) ރަޖިސްޓަރީވުމަށް ފުރިހަމަވާންޖެހޭ ށަރުތުތަކުގައި "ދާއިރާއިން" ކަމުގައި ބަޔާންކޮށްފައި އެވަނީ، އެ ކެޓަގަރީއެއްގައި ބަޔާންކޮށްފައިވާ ތައުލީމީ ފެންވަރުގައިވާ، ދާއިރާއިން ސަނަދެއް ހާސިލުކުރުމާއެކު، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުން ށަރުތެއް ފުރިހަމަވާ ސަނަދުތަކަށެވެ.
- އެ ފަރާތެއް ކިޔަވައިފައިވާ ގައުމަކުން އެ ދާއިރާއަށް ހާއްސަ ޕްރޮގްރާމު އެކްރެޑިޓްކުރާ ފަރާތަކުން ނުވަތަ ގަބޫލުކުރާ (ރެކޮގްނައިޒްކުރާ) ފަރާތަކުން ބަލައިގަންނަ ތައުލީމީ ޕްރޮގްރާމަކަށް ވުން، ނުވަތަ
- އެ ފަރާތެއް ކިޔަވައިފައިވާ ގައުމަކުން އެ ދާއިރާއަށް ހާއްސަ ޕްރޮގްރާމު އެކްރެޑިޓްކުރާ ފަރާތެއް ނުވަތަ ގަބޫލުކުރާ (ރެކޮގްނައިޒްކުރާ) ފަރާތެއް ނެތް ހާލަތުގައި، އެ ފަރާތެއް ކިޔަވައިފައިވާ ގައުމަކުން އެ ދަރަޖައިގެ ޕްރޮގްރާމެއްގެ ގޮތުގައި، އެކްރެޑިޓްކޮށްފައިވާ ނުވަތަ ގަބޫލުކޮށްފައިވާ (ރެކޮގްނައިޒްކުރާ) ޕްރޮގްރާމެއް ފުރިހަމަކޮށް، އެ ފަރާތުން ކޯސް ފުރިހަމަކުރި އިރުގައި އެ ކެޓަގަރީއާ ގުޅޭ ދާއިރާގެ ޕްރޮގްރާމެއްގައި ހުންނަންޖެހޭ މާއްދާތަކާއި ބައިތައް ފުރިހަމަކޮށްފައިވުން.
(ށ) ރަޖިސްޓަރީވުމަށް ފުރިހަމަވާންޖެހޭ ށަރުތުތަކުގައި "ގުޅޭ ދާއިރާއަކުން" ކަމުގައި ބަޔާންކޮށްފައި އެވަނީ އެ ކެޓަގަރީއެއްގައި ބަޔާންކޮށްފައިވާ ތައުލީމީ ދާއިރާއާ އެންމެ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން، ތައުލީމީ ސަނަދެއް ހާސިލުކުރުމާއެކު، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުން ށަރުތެއް ފުރިހަމަވާ ސަނަދުތަކެވެ.
- އެ ފަރާތެއް ހާސިލުކޮށްފައިވާ ސަނަދު ނިސްބަތްވާ ގައުމުގައި، އެ ފަރާތެއް ހާސިލުކޮށްފައިވާ ސަނަދުގައިވާ ދާއިރާއަށް ހާއްސަ ޕްރޮގްރާމު އެކްރެޑިޓްކުރާ ފަރާތަކުން ނުވަތަ ގަބޫލުކުރާ (ރެކޮގްނައިޒްކުރާ) ފަރާތަކުން ބަލައިގަންނަ ތައުލީމީ ޕްރޮގްރާމަކަށްވުން؛ ނުވަތަ
- އެ ފަރާތެއް ހާސިލުކޮށްފައިވާ ސަނަދު ނިސްބަތްވާ ގައުމުގައި، އެ ފަރާތެއް ހާސިލުކޮށްފައިވާ ސަނަދުގައިވާ ދާއިރާއަށް ހާއްސަ ޕްރޮގްރާމު އެކްރެޑިޓްކުރާ ފަރާތެއް ނުވަތަ ގަބޫލުކުރާ (ރެކޮގްނައިޒްކުރާ) ފަރާތެއް ނެތް ހާލަތުގައި، އެ ފަރާތެއް ކިޔަވައިފައިވާ ގައުމަކުން އެ ދަރަޖައިގެ ޕްރޮގްރާމެއްގެ ގޮތުގައި، އެކްރެޑިޓްކޮށްފައިވާ ނުވަތަ ގަބޫލުކޮށްފައިވާ (ރެކޮގްނައިޒްކުރާ) ޕްރޮގްރާމެއް ފުރިހަމަކުރުމާއެކު އެ ފަރާތުން ކޯސް ފުރިހަމަކުރި އިރުގައި އެ ކެޓަގަރީއާ ގުޅޭ ދާއިރާގެ ޕްރޮގްރާމެއްގައި ހުންނަންޖެހޭ މާއްދާތަކާއި ބައިތައް ފުރިހަމަކޮށްފައިވުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަޖިސްޓަރީ ކުރެވޭ ކެޓަގަރީތައް 10.
(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ އިމާރާތްކުރުމުގެ ފަންނުވެރިންގެ އާންމު ކެޓަގަރީތައް ތިރީގައި ބަޔާންކޮށް، އެ ކެޓަގަރީތަކުގެ ށަރުތުތަކާއި ގިންތިތަކާއި، އެ ގިންތިތަކުގައި ކުރެވޭ މަސައްކަތްތައް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި އެވަނީއެވެ:
- އާކިޓެކްޓް
- ސިވިލް އިންޖިނިއަރ
- ސަރވިސަސް އިންޖިނިއަރ
- ކުއަންޓިޓީ ސަރވެޔަރ
- އިންޓީރިއަރ ޑިޒައިނަރ
- ލޭންޑް ސަރވެޔަރ
- ހައިޑްރޯގްރަފިކް ސަރވެޔަރ
- ޖިއޯމެޓިކް އިންޖިނިއަރ
- އަރބަން ޕްލޭނަރ
- އަރބަން ޑިޒައިނަރ
- ޓްރާންސްޕޯޓް އިންޖިނިއަރ
- ވޯޓަރ އިންޖިނިއަރ
- ސެނިޓޭށަން އިންޖިނިއަރ
- ކޯސްޓަލް އިންޖިނިއަރ
- އޮފް-ށޯ އިންޖިނިއަރ
- އިލެކްޓްރިކަލް އިންޖިނިއަރ
- ފަޔަރ އިންޖިނިއަރ
- ޕްރޮޖެކްޓް މެނޭޖަރ
- ކޮންސްޓްރަކްށަން މެނޭޖަރ
- ސަސްޓެއިނަބަލް މެނޭޖަރ
- އެހެނިހެން ދާއިރާތައް
3 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް، (ރ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ފަންނުވެރިންގެ ޒިންމާތައް 20.
(ރ) އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ދޫކުރަންޖެހޭ ނުވަތަ ސަޓިފައިކޮށްދޭންޖެހޭ ލިޔުމެއް ދޫކުރާ ނަމަ، އަންނަނިވި މައުލޫމާތު އެ ލިޔުމެއްގައި ފުރިހަމަކުރަންވާނެއެވެ:
- ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ފުރިހަމަ ނަން؛
- ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ރަޖިސްޓްރޭށަން ނަންބަރު؛
- ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ސޮއި؛
- ތައްގަނޑު ދޫކުރާ ރެޖިސްޓްރޭށަން ކެޓަގަރީއެއް ނަމަ އެ ފަރާތުގެ ތައްގަނޑު ހިމަނައިފައިވުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާގެ ފަހަތަށް 1-33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިތުރުކުރުން.
ގަވާއިދުގެ 7 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުން ރަޖިސްޓްރޭށަނަށް އަންނާނެ ބަދަލު 1-33.
(ހ) އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމުން، ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކެޓަގަރީއެއްގައި ރަޖިސްޓަރީވެފައިވާ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ތެރެއިން، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ ދަށުން އައު ގިންތިއަކަށް ބަދަލުވެފައިވާކަމަށް ބަޔާންކޮށްފައިވާ ގިންތިތަކުގައި ހިމެނޭ ފަރާތްތައް، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު އެ ގަވާއިދުގެ ދަށުން ބަދަލުވެފައިވާ އައު ގިންތީގައި ރަޖިސްޓަރީވީއެވެ.
(ށ) އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ ދަށުން އައު ގިންތިއަކަށް ބަދަލުނުވާ ފަރާތްތަކުގެ ރަޖިސްޓަރީ ދަމަހައްޓަން ބޭނުންވާ ނަމަ، ގަވާއިދުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަކޮށްފައި 1 ޖަނަވަރީ 2026 ގެ ކުރިން އަލުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކުރަން ހުށަނާޅާ ފަރާތްތަކުގެ ރަޖިސްޓްރޭށަން 1 ޖަނަވަރީ 2026 އިން ފެށިގެން ބާތިލުވާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފަންނުވެރީންގެ އާންމު ކެޓަގަރީގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުން 35.
މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަންނުވެރީންގެ އާންމު ކެޓަގަރީގައި ހިމޭނޭ ފަރާތެއް މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވުމަށް އެދޭ ނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ތިރީގައިވާ ތަކެއްޗާއެކު، ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ހ) ފުރިހަމަކޮށްފައިވާ "އިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރީން ރަޖިސްޓަރުކުރުމަށް އެދޭ ފޯމު"
(ށ) އެ ފަރާތެއް ރަޖިސްޓަރީވާން އެދޭ ކެޓަގަރީއާ ގުޅޭ އެންމެ މަތީ ތައުލީމީ ފާހުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީއާއި، އެ ކޯހުގެ ކޯސް އައުޓްލައިނުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ
(ނ) 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް
(ރ) ރަޖިސްޓަރީކުރަން އެދޭ ފަރާތަކީ ދިވެހި ރައްޔިތެއް ނަމަ، މި މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ތަކެއްޗާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
(ބ) ރަޖިސްޓަރީކުރަން އެދޭ ފަރާތަކީ ބިދޭސީއެއް ނަމަ، މި މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ތަކެއްޗާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން
- ޕާސްޕޯޓުގެ ކޮޕީ
- ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީ
- ވިސާއާ ގުޅޭ ލިޔެކިޔުން
(ޅ) އެ ފަރާތެއް ރަޖިސްޓަރީވާން އެދޭ ކެޓަގަރީގެ ގިންތިއަށް މަސައްކަތުގެ ތަޖުރިބާ ހުށަހަޅަންޖެހޭ ނަމަ ތިރީގައިވާ ލިޔެކިޔުން:
- ފުރިހަމަކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ފޯމު
- އެ ފަރާތެއް ހާސިލުކޮށްފައިވާ ތިރީގައިވާ ފަދަ ލިޔުމެއް:
2.1 އެ ފަރާތެއް ތަޖުރިބާ ހާސިލުކުރީ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކޮށްގެން ކަމުގައި ވާ ނަމަ، ކުންފުނީގައި އެ ފަރާތެއް ކޮށްފައިވާ މައިގަނޑު މަސައްކަތާއި މަސައްކަތްކޮށްފައިވާ މުއްދަތު (އަހަރު) އެނގޭގޮތަށް އެ ފަރާތެއް މަސައްކަތްކުރި މުއްދަތުގައި އެ ފަރާތެއް ށާމިލުވެފައިވާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތަކުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލާއި، އެ ޕްރޮޖެކްޓްތަކުގައި އެ ފަރާތެއް މަސައްކަތްކުރި މުއްދަތު ނުވަތަ ޕްރޮޖެކްޓުގެ މުއްދަތު (އަހަރު) އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.
2.2 އެ ފަރާތެއް ތަޖުރިބާ ހާސިލުކުރީ އަމިއްލަ މަސައްކަތުގެ ގޮތުގައި ކަމުގައި ވާ ނަމަ، އެ ފަރާތެއް މަސައްކަތް ކޮށްދީފައިވާ ވެރިފަރާތަށް (ނުވަތަ ޕްރެކްޓިށަނަރަށް) މަސައްކަތް ކޮށްދީފައިވާ ޕްރޮޖެކްޓާއި މަސައްކަތުގެ ބާވަތާއި އެ ފަރާތެއް މަސައްކަތްކުރި މުއްދަތު ނުވަތަ ޕްރޮޖެކްޓުގެ މުއްދަތު (އަހަރު) އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.
(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހެޅުމާއެކު، އެ ފަރާތެއް ރަޖިސްޓަރީވުމަށް ށަރުތު ފުރިހަމަވާކަން ކަށަވަރުކުރުމަށް ޓަކައި އިތުރު ލިޔެކިޔުމެއް ބޭނުންވާ ހާލަތުގައި،
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 45 ވަނަ މާއްދާއާއި، 46 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
ސީޕީޑީ ޕްރޮގްރާމެއް ހެދުން 45.
(ހ) މި ބާބުގެ ދަށުން، ރަޖިސްޓަރީކުރާ ފަރާތްތަކުގެ ތެރެއިން ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީގައި ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގައި ރަޖިސްޓަރީކުރާ ފަރާތްތައް 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީން އާންމުކުރާ ސީޕީޑީ ގައިޑްލައިނާ އެއްގޮތަށް 15 (ފަނަރަ) ސީޕީޑީ ގަޑިއިރު ހާސިލުކޮށް ގައިޑްލައިނުގައިވާ ގޮތަށް އަހަރަކު އެއްފަހަރު، މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާސިލުކޮށްފައިވާ ސީޕީޑީ ގެ މައުލޫމާތު، ގައިޑްލައިނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ފަރާތެއްގެ ރަޖިސްޓްރޭށަން މުއްދަތުގެ ކޮންމެ އަހަރެއް ނިމި، ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ސީ.ޕީ.ޑީ މައުލޫމާތަށް ބަލާއިރު، ބޭނުންވާ މިންވަރަށް ސީ.ޕީ.ޑީ ގަޑިއިރު ހާސިލުވެފައިނުވާކަން ފާހަގަކުރެވޭ ނަމަ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ސީޕީޑީ ގަޑިއިރު ހަމަވާނެ މިންވަރަށް ސީ.ޕީ.ޑީ ހެދުމަށްފަހު، އަލުން މިނިސްޓްރީއަށް ހުށަހަޅަން އެ ފަރާތަކަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސީ.ޕީ.ޑީ ގައިޑްލައިން، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި، އާންމު ކުރަންވާނެއެވެ.
ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީ ނުވަތަ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގެ ހުއްދަ އައުކުރުން 46.
(ހ) ރަޖިސްޓަރީކޮށްފައިވާ ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީ ނުވަތަ ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގެ ހުއްދަ އައުކުރާއިރު ތިރީގައިވާ ށަރުތުތައް ފުރިހަމަކުރަންވާނެއެވެ.
- 31 ޑިސެންބަރު 2025 ގެ ނިޔަލަށް ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަކޮށްފައިވުން:
1.1 ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 3 (ތިނެއް) ޕްރޮޖެކްޓް ޑިޒައިންކޮށް ނުވަތަ ޗެކުކޮށް ހުއްދަދޭ އިދާރާއަކުން ފާސްކޮށްފައިވުމާއެކު، (މި 3 (ތިނެއް) ޕްރޮޖެކްޓުގެ ތެރެއިން 1 (އެކެއް) ޕްރޮޖެކްޓް، ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، ޑިޒައިންކޮށްފައިވާ ނުވަތަ ޗެކުކޮށްފައިވާ ޕްރޮޖެކްޓަކަށް ވާންވާނެއެވެ. މި ޕްރޮޖެކްޓަކީ ދައުލަތުގެ އިދާރާއެއްގެ ޕްރޮޖެކްޓެއް ނަމަ، ޕްރޮޖެކްޓް ޑިޒައިންކޮށް ނުވަތަ ޗެކުކޮށް ނިންމުމަށްފަހު، ދައުލަތުގެ އިދާރާއަކަށް އެ ޕްރޮޖެކްޓް ހުށަހަޅައިފައި ވާންވާނެއެވެ. އަދި މުއްދަތު ގުނުމުގައި، ކިޔަވަން ހުރި މުއްދަތު ނުހިމަނައި ބެލިދާނެއެވެ. އަދި އެންމެ ފަހުގެ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން ކިޔަވަން ގޮސްފައިވާ ނަމަ، މުއްދަތު ބެލުމުގައި، އެ ހުއްދައިގެ މުއްދަތުގެ ކުރިން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ވެސް ހިމަނަންވާނެއެވެ.
1.2 މި ގަވާއިދުގެ 45 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހަށް ވާވަރަށް ސީޕީޑީ ގަޑިއިރު ހާސިލުކޮށްފައިވުން. - 1 ޖަނަވަރީ 2026 އިން ފެށިގެން، މި ގަވާއިދުގެ 45 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ސީޕީޑީ ގަޑިއިރު ހާސިލުކޮށްފައިވުން؛
- މި ގަވާއިދުގެ ދަށުން ފިޔަވަޅެއް އެޅުމުގެ ސަބަބުން ހުއްދަ ހިފެހެއްޓިފައިވާ ފަރާތަކަށް ނުވުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ 1.1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާ ފަރާތަކުން، މި މާއްދާގެ (ހ) ގެ ވަނަ ނަންބަރުގެ 1.1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަކުރުމަށް ޓަކައި ވަގުތީ ހުއްދައެއް އެދޭ ނަމަ، މި މާއްދާގެ ދަށުން އެ ފަރާތަށް ވަގުތީ ހުއްދައެއް ދެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ވަގުތީ ހުއްދައެއް ދީފައިވާ ފަރާތެއް މަސައްކަތް ކުރަންވާނީ އެ ފަރާތް ރަޖިސްޓަރީ އައުކުރަން އެދޭ ކެޓަގަރީގެ ހުއްދައެއް އޮތް ފަރާތުގެ ބެލުމުގެ ދަށުންނެވެ.
(ރ) ރެޖިސްޓްރޭށަން މުއްދަތުގެ ވޭތުވެދިޔަ އަހަރަށް މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ 1.1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަކޮށް ހުށަހަޅައިފައިނުވާ ހާލަތުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ 1.2 ގައިވާ ށަރުތުތައް ވެސް ފުރިހަމަކޮށްފައި ނުވާ ނަމަ، އެ ފަރާތެއްގެ ރެޖިސްޓްރޭށަން މުއްދަތުގެ ވޭތުވެދިޔަ އަހަރު ނިމި 30 (ތިރީސް) ދުވަސް ހަމަވާ ތާރީހުން ފެށިގެން އެ ފަރާތެއްގެ ރެޖިސްޓްރޭށަން ވަގުތީގޮތުން ހިފަހައްޓައިފައި ރަޖިސްޓަރީގައި އެގޮތަށް ރިކޯޑުކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ވަގުތީގޮތުން ރެޖިސްޓްރޭށަން ހިފަހައްޓައިފައިވާ ފަރާތެއް އެ ފަރާތެއްގެ ރެޖިސްޓްރޭށަން މުއްދަތުގެ ވޭތުވެދިޔަ އަހަރު ނިމި 3 (ތިނެއް) މަސްދުވަސް ވުމުގެ ކުރިން މި މާއްދާގެ (ހ) ގައިވާ ށަރުތު ފުރިހަމަކުރުމުން، އެ ފަރާތެއްގެ ހިފަހައްޓައިފައިވާ ހުއްދަ އަލުން އިއާދަކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގެ ދަށުން ވަގުތީގޮތުން ރެޖިސްޓްރޭށަން ހިފަހައްޓައިފައިވާ ފަރާތެއް، އެ ފަރާތެއްގެ ރެޖިސްޓްރޭށަން މުއްދަތު ވޭތުވެދިޔަ އަހަރު ނިމި 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައިވާ ހުއްދަ އައުކުރުމުގެ ށަރުތު ފުރިހަމަކޮށްފައި ނުވާ ނަމަ އެ ފަރާތެއްގެ ހުއްދަ ދާއިމީކޮށް ބާތިލުކުރެވޭނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތީން ދާއިމީކޮށް ހުއްދަ ބާތިލުކޮށްފައިވާ ފަރާތެއް ދެން މަސައްކަތް ކުރަންވާނީ މި ގަވާއިދުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަލުން ރަޖިސްޓަރީކޮށްގެންނެވެ.
7 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ 51 ވަނަ މާއްދާގެ ފަހަތަށް 1-51 ވަނަ މާއްދާއާއި 2-51 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް 2 މާއްދާ އިތުރުކުރުން.
އަމިއްލައަށް އެދިގެން ވަގުތީގޮތުން ރަޖިސްޓަރީން ވަކިވުން 1-51.
(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ލައިސަންސްޑް އާކިޓެކްޓެއް ނުވަތަ ލައިސަންސްޑް އިންޖިނިއަރެއް ނުވަތަ ޗެކަރެއް ވަގުތީގޮތުން އަމިއްލައަށް އެދިގެން ވަގުތީގޮތުން ރަޖިސްޓަރީން ވަކިވުން ރަޖިސްޓަރީން ވަކިވުމަށް އެދިއްޖެ ނަމަ، އެ ފަރާތަކަށް އެ ފުރުސަތު ދޭންވާނެއެވެ.
(ށ) މި މާއްދާގައިވާ ގޮތުގެ މަތީން ވަގުތީގޮތުން ރަޖިސްޓަރީން ވަކިވުމަށް އެދޭ ފަރާތުން ތިރީގައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ފުރިހަމަކޮށްފައިވާ ވަގުތީގޮތުން ރަޖިސްޓަރީން ވަކިވުމަށް އެދޭ ފޯމު.
- ވަޒީފާގެ ސަބަބުން ވަގުތީގޮތުން ރަޖިސްޓަރީން ވަކިވާ ފަރާތްތަކުން، ވަޒީފާ ހަމަޖެހުނު ތާރީހާއި، ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި ވަޒީފާ ދިން ފަރާތުގެ ތިރީގައިވާ މައުލޫމާތު ހިމަނައިފައިވާ ލިޔުމެއް.
2.1 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނަކުން އިންތިހާބުކުރާ ނުވަތަ އައްޔަނުކުރާ މަގާމެއްގައި ހުރުމުގެ ސަބަބުން، ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި ގާނޫނާއި ގަވާއިދު އެކުލަވައިލުމާއި ތަންފީޒުކުރުމުގައި ށާމިލުވެއުޅޭ ފަރާތަކަށް ވުމުގެ ސަބަބުން އިމާރާތް ޑިޒައިންކުރުމުގެ ނުވަތަ އިމާރާތުގެ ޑިޒައިން ޗެކުކުރުމުގެ ފުރުސަތު ގެއްލިފައިވާ ފަރާތެއް ނަމަ، ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނަކުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ފަރާތެއްކަން ބަޔާންކޮށްފައިވާ ލިޔުމަކަށް ވުން.
2.2 ވަޒީފާގެ ގޮތުން އިމާރާތްކުރުމުގެ ހުއްދަ ދޭ އިދާރާއަކުން ކުރެހުން ފާސްކުރުމުގެ ފުރުސަތު ނުލިބޭ ނުވަތަ ވަޒީފާގެ އިތުރުން އަމިއްލަ މަސައްކަތްކުރުން މަނާކުރުމުގެ ސަބަބުން އިމާރާތް ޑިޒައިންކުރުން މަނާވާ ފަރާތެއް ނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކަށްވުން. - ތައުލީމު ހާސިލުކުރަން ދިޔުމުގެ ސަބަބުން ވަގުތީގޮތުން ރަޖިސްޓަރީން ވަކިވާ ފަރާތްތަކުން، އަމިއްލައަށް އެދިގެން ރަޖިސްޓަރީން ވަކިވާކަމުގައި ވާ ނަމަ، ތިރީގައިވާ ކަންކަން ހިމެނޭ، ތައުލީމު ހާސިލުކުރާ ތަނުގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
3.1 ތައުލީމު ހާސިލުކުރަން ދިޔަ ފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރު ބަޔާންކޮށްފައިވުން.
3.2 ތައުލީމު ހާސިލުކުރަން ފެށި ތާރީހު ނުވަތަ ތައުލީމު ހާސިލުކުރަން ހުރުމަށްފަހު، ރާއްޖެއަށް އަނބުރާ އައުމަށްފަހު، އަމިއްލައަށް އެދިގެން ރަޖިސްޓަރީން ވަކިވާން އެދޭ ނަމަ، މި މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާ ލިޔުމުގައި، ކިޔަވަން ހުރި މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
އަމިއްލައަށް އެދިގެން ވަގުތީގޮތުން ރަޖިސްޓަރީން ވަކިވެފައިވާ ފަރާތެއް އަލުން ރަޖިސްޓަރީކުރުން 2-15.
(ހ) މި ގަވާއިދުގެ 1-51 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވަގުތީގޮތުން ރަޖިސްޓަރީން ވަކިވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، އަލުން އެ ފަރާތެއް، ވަގުތީގޮތުން ރަޖިސްޓަރީން ވަކިވިއިރު ހުރި ކެޓަގަރީގެ ހުއްދަ މި މާއްދާގައިވާ ގޮތަށް އައުކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ.
- ތިރީގައިވާ ހާލަތްތަކުން ކުރެ ހާލަތަކަށް ފެތޭ ފަރާތެއް ކަމުގައި ވުން:
1.1 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނަކުން އިންތިހާބުކުރާ ނުވަތަ އައްޔަނުކުރާ މަގާމެއްގައި ހުރުމުގެ ސަބަބުން، ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، ގާނޫނާއި ގަވާއިދު އެކުލަވައިލުމާއި، ތަންފީޒުކުރުމުގައި ށާމިލުވެއުޅޭ ފަރާތަކަށް ވުން؛
1.2 ވަޒީފާގެގޮތުން އިމާރާތްކުރުމުގެ ހުއްދަ ދޭ އިދާރާއަކުން ކުރެހުން ފާސްކުރުމުގެ ފުރުސަތު ނުލިބޭ ނުވަތަ ވަޒީފާގެ އިތުރުން އަމިއްލަ މަސައްކަތްކުރުން މަނާކުރުމުގެ ސަބަބުން އިމާރާތް ޑިޒައިންކުރުން މަނާވާ ފަރާތަކަށް ވުން؛ ނުވަތަ
1.3 ތައުލީމު ހާސިލުކުރަމުންދާ ފަރާތަކަށް ވުން. - އަމިއްލައަށް އެދިގެން ވަގުތީގޮތުން ރަޖިސްޓަރީން ވަކިވި ހާލަތު ނިމުމަކަށް އަންނަތާ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ހުއްދައަށް އެދުން.
- އެ ކެޓަގަރީއެއްގައި ރަޖިސްޓަރީވުމަށް ބޭނުންވާ (ތައުލީމީ) ފެންވަރު މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ފުރިހަމަވާ ފަރާތެއް ކަމުގައި ވުން.
- ލައިސަންސްޑް އާކިޓެކްޓެއް ނަމަ ނުވަތަ ލައިސަންސްޑް އިންޖިނިއަރެއް ނަމަ، 2026 ޖަނަވަރީ 1 ވަނަ ދުވަހުގެ ފަހުން، މި ގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސީޕީޑީ ގަޑިއިރު ހާސިލުކޮށްފައިވުން.
(ށ) މި މާއްދާގެ (ހ) ގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެ ފަރާތެއް ވަގުތީގޮތުން ރަޖިސްޓަރީން ވަކިވިއިރު ހުރި ކެޓަގަރީގެ ހުއްދަ އަލުން ހޯދުމަށް އެދި ހުށަހަޅާއިރު ތިރީގައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- އަމިއްލައަށް އެދިގެން ވަގުތީގޮތުން ރަޖިސްޓަރީން ވަކިވެފައިވާ ފަރާތެއް އަލުން ރަޖިސްޓަރީކުރަން އެދޭ ފޯމު.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނަކުން އިންތިހާބުކުރާ ނުވަތަ އައްޔަނުކުރާ މަގާމެއްގައި ހުރުމުގެ ސަބަބުން، ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، ގާނޫނާއި ގަވާއިދު އެކުލަވައިލުމާއި، ތަންފީޒުކުރުމުގައި ށާމިލުވެއުޅޭ ފަރާތަކަށް ވުމުގެ ސަބަބުން އިމާރާތް ޑިޒައިންކުރުމުގެ ނުވަތަ އިމާރާތުގެ ޑިޒައިން ޗެކުކުރުމުގެ ފުރުސަތު ގެއްލިފައިވާ ފަރާތެއް ނަމަ، ވަޒީފާ އަދާކޮށްފައިވާ މުއްދަތާއި ތާރީހާއި ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނަކުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަނުކޮށްފައިވާ ފަރާތެއްކަން ބަޔާންކޮށްފައިވާ ވަޒީފާ ދިން ފަރާތުގެ ލިޔުމެއް.
- ވަޒީފާގެގޮތުން އިމާރާތްކުރުމުގެ ހުއްދަދޭ އިދާރާއަކުން ކުރެހުން ފާސްކުރުމުގެ ފުރުސަތު ނުލިބޭ ނުވަތަ ވަޒީފާގެ އިތުރުން އަމިއްލަ މަސައްކަތްކުރުން މަނާކުރުމުގެ ސަބަބުން އިމާރާތް ޑިޒައިންކުރުން މަނާވާ، ފަރާތެއް ނަމަ، ވަޒީފާ އަދާކޮށްފައިވާ މުއްދަތާއި ތާރީހާއި ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ވަޒީފާގެގޮތުން އިމާރާތްކުރުމުގެ ހުއްދަދޭ އިދާރާއަކުން ކުރެހުން ފާސްކުރުމުގެ ފުރުސަތު ނުލިބޭ އަދި ވަޒީފާގެ އިތުރުން އަމިއްލަ މަސައްކަތްކުރުން މަނާވާ ފަރާތެއްކަން ބަޔާންކޮށްފައިވާ ވަޒީފާ ދިން ފަރާތުގެ ލިޔުމެއް.
- ތައުލީމު ހާސިލުކުރަން ދިޔުމުގެ ސަބަބުން ވަގުތީގޮތުން ރަޖިސްޓަރީން ވަކިވާ ފަރާތްތަކުން، އަމިއްލައަށް އެދިގެން ރަޖިސްޓަރީން ވަކިވާކަމުގައި ވާ ނަމަ، ތައުލީމު ހާސިލުކުރަން ދިޔަ ފަރާތުގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރާއި، ކިޔަވަން ހުރި މުއްދަތާއި ތާރީހު ބަޔާންކޮށްފައިވާ، ތައުލީމު ހާސިލުކުރި ތަނުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ކަންކަން ފުރިހަމަވާ ފަރާތަށް، އެ ފަރާތެއް ވަގުތީގޮތުން ރަޖިސްޓަރީން ވަކިވިއިރު ހުރި ކެޓަގަރީގެ ހުއްދަ، މި ގަވާއިދުގެ 44 ވަނަ މާއްދާގައިވާ މުއްދަތަށް މިނިސްޓްރީން ދޫކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ށަރުތު ފުރިހަމަނުވާ ނަމަ، ލައިސަންސްޑް އާކިޓެކްޓެއް ނުވަތަ ލައިސަންސްޑް އިންޖިނިއަރަކު، މި ގަވާއިދުގެ 46 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކުރުމުން ނުވަތަ ޗެކަރެއް ނަމަ، މި ގަވާއިދުގެ 47 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކުރުމުން، މި ގަވާއިދުގެ 44 ވަނަ މާއްދާގައިވާ މުއްދަތަށް މިނިސްޓްރީން ހުއްދަ ދޫކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ނުވަތަ (3) ވަނަ ނަންބަރުގައިވާ ށަރުތު ފުރިހަމަނުވާ ފަރާތެއް މި ގަވާއިދުގެ ދަށުން އަލުން ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ށަރުތު ފުރިހަމަނުވާ ލައިސަންސްޑް އާކިޓެކްޓް ނުވަތަ ލައިސަންސްޑް އިންޖިނިއަރު، މި ގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސީޕީޑީ ފުރިހަމަކުރުމުން މި ގަވާއިދުގެ 44 ވަނަ މާއްދާގައިވާ މުއްދަތަށް މިނިސްޓްރީން ހުއްދަ ދޫކުރަންވާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 57 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސީޕީޑީ ޕްރޮގުރާމެއް ހެދުން 57.
(ހ) ބިލްޑިންގ އިންސްޕެކްޓަރ ކެޓަގަރީގައި ރަޖިސްޓަރީކުރާ ފަރާތްތައް 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީން އާންމުކުރާ ސީ.ޕީ.ޑީ ގައިޑްލައިނާ އެއްގޮތަށް، 15 (ފަނަރަ) ސީ.ޕީ.ޑީ ގަޑިއިރު ހާސިލުކޮށް ގައިޑްލައިނުގައިވާ ގޮތަށް އަހަރަކު އެއްފަހަރު، އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާސިލުކޮށްފައިވާ ސީޕީޑީ ގެ މައުލޫމާތު، ގައިޑްލައިނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ފަރާތެއްގެ ރަޖިސްޓްރޭށަން މުއްދަތުގެ ކޮންމެ އަހަރެއް ނިމި، ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ސީޕީޑީ އަކުން ބޭނުންވާ މިންވަރަށް ސީ.ޕީ.ޑީ ގަޑިއިރު ހާސިލުކުރެވިފައި ނުވާ ނަމަ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ސީޕީޑީ ގަޑިއިރު ހަމަވާނެ މިންވަރަށް ސީޕީޑީ ހެދުމަށްފަހު އަލުން މިނިސްޓްރީއަށް ހުށަހަޅަން އެ ފަރާތަކަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ސީޕީޑީ ގަޑިއިރު ހަމަކުރުމަށް ދޭ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ސީޕީޑީ ގަޑިއިރު ހަމަކުރުމަށްފަހު ހުށަހަޅައިފައި ނުވާ ނަމަ، އެ ފަރާތެއް ވަގުތީގޮތުން މަސައްކަތް ނުކުރެވޭގޮތަށް މިނިސްޓްރީން ހުއްދަ ހިފަހައްޓައި، ދަފުތަރުގައި އެގޮތަށް ރިކޯޑު ކުރަންވާނެއެވެ.
(ބ) ސީ.ޕީ.ޑީ ބަލައިގަންނާނެ މިންގަނޑުތައް ކަނޑައަޅައިފައިވާ ގައިޑްލައިނެއް މިނިސްޓްރީން އެކުލަވައިލައި، އާންމުކުރަންވާނެއެވެ.
9 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އިސްލާހުކުރުން.
10 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 އިސްލާހުކުރުން.
11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010)
ކިޔުންތެރިންގެ ހިޔާލު