-

މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެކްރެޑިޓޭށަން ދީފައިވާ ޕުރޮގުރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު 

(ގަވާއިދު ނަންބަރު 2025-89)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ސެޕްޓެމްބަރު 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނީ) ގެ 17 ވަނަ މާއްދާ (އެކްރެޑިޓޭށަން) ގެ ދަށުން، ބާރު ލިބިގެން، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ.) އިން އެކްރެޑިޓްކޮށް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ ދީފައިވާ ޕުރޮގުރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާ ގުޅޭ ހަމަތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާދަށް ކިޔާނީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެކްރެޑިޓޭށަން ދީފައިވާ ޕުރޮގުރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މައިގަނޑު މަގުސަދުތައް، ތިރީގައި މިވަނީ އެވެ.

(ހ) އެމް.ކިއު.އޭ.އިން އެކްރެޑިޓްކޮށް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ ދީފައިވާ ޕުރޮގުރާމުތައް ރާއްޖެއިން ބޭރުގައި ހިންގުމުގެ ހުއްދަ ދިނުން.

(ށ) އެމް.ކިއު.އޭ.އިން އެކްރެޑިޓްކޮށް ދިވެހިރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ކޯސްތަކުގެ ފެންވަރު ދެމެހެއްޓުމަށާއި އެމް.ކިއު.އޭ.ގެ ގަވައިދުތަކާއި އުސޫލުތަކާއި ތައުލީމީ މިންގަނޑުތަކާ އެއްގޮތަށް ޕުރޮގުރާމުތައް ރާއްޖެއިން ބޭރުގައި ވެސް ހިންގުމަށް ބާރުއެޅުން.

(ނ) ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ އިތުބާރާއި ނަޒާހަތްތެރިކަން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިފެހެއްޓުން.

 

3 ވަނަ މާއްދާ - ދިވެހި ރާއްޖެއިން ބޭރުގައި ޕުރޮގުރާމުތައް ހިންގުން

މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކް (އެމ.ްއެން.ކިއު.އެފް.) ގެ ދަށުން އެކްރެޑިޓޭށަން ދީފައިވާ ޕުރޮގުރާމުތައް އެމް.ކިއު.އޭ.އިން ގަބޫލުކުރާ ސަނަދެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބޭރުގައި ހިންގަންވާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ދިވެހިރާއްޖެއިން ބޭރުގައި ޕުރޮގުރާމު ހިންގަން ފެށުމުގެ ކުރިނ،ް މި ގަވާއިދުގެ 7 ވަނަ މާއްދާ (ހުއްދައަށް ހުށަހެޅުމާއި ހުއްދަ ދިނުން) ގައިވާ ގޮތުގެ މަތީން އެމް.ކިއު.އޭ.އިން ހުއްދަ ނަގަންވާނެއެވެ.

(ށ) އެކްރެޑިޓޭށަން ދީފައިވާ ޕުރޮގުރާމެއް ދިވެހިރާއްޖެއިން ބޭރުގައި ވެސް ހިންގަންވާނީ، އެމް.ކިއު.އޭ.އިން އެކްރެޑިޓޭށަން ދީފައިވާ ގޮތަށެވެ.

(ނ) ދިވެހިރާއްޖެއިން ބޭރުގެ ގައުމެއްގައި ހިންގާ ޕުރޮގުރާމެއްގެ ސަނަދު ގަބޫލުކުރެވޭނީ، އެ ޕުރޮގުރާމަކ އެމް.ކިއު.އޭ.އިން އެކްރެޑިޓްކޮށްފައިވާ ޕުރޮގުރާމަކަށް ވާނަމައެވެ.

(ރ) އެމް.ކިއު.އޭ.އިން އެކްރެޑިޓްނުކުރާ ޕުރޮގުރާމެއް އަދި އެމް.ކިއު.އޭ.އިން އެކްރެޑިޓްނުކުރާ ޕުރޮގުރާމެއްގެ ސަނަދު އެމް.ކިއު.އޭ.ގެ ނަމުގައި އަދި އެމް.ކިއު.އޭ.ގެ ލޯގޯ ބޭނުންކޮށްގެން އިށްތިހާރުކޮށްގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - ދިވެހި ރާއްޖެއިން ބޭރުގެ މަރުކަޒެއްގައި ޕުރޮގުރާމު ހިންގުމުގެ ށަރުތު

އެމ.ްއެން.ކިއ.ުއެފ.ްގެ ދަށުން އެކްރެޑިޓޭށަން ދީފައިވާ ޕުރޮގުރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމަށް އެމް.ކިއު.އޭ.އިން ހުއްދަ ދެވޭނ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) ޕުރޮގުރާމު ހިންގާ މަރުކަޒާއި ސަނަދު ދޫކުރާ މަރުކަޒަކ އެ ގައުމެއްގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ގަބޫލުކުރާ މަރުކަޒަކަށް ވުން.

(ށ) ޕުރޮގުރާމު ހިންގާ މަތީ ތައުލީމުގެ މަރުކަޒަކ އެ ގައުމެއްގެ ރަސްމީ އެކްރެޑިޓިންގ އިދާރާއަކުން ނުވަތަ އެ ގައުމެއްގެ ސަރުކާރުގެ ކަމާ ގުޅޭ އިދާރާއަކުން ކަނޑައަޅާ ވަކި ފެންވަރުތަކެއް ނުވަތަ ކޮލިޓީ އެށުއަރެންސް ސްޓޭންޑަޑްތަކެއް ފުރިހަމަވެފައިވާ މަރުކަޒަކަށް ވުން. މީގެ ތެރޭގައި ގަވާއިދުން ޕުރޮގުރާމުތައް އިވެލުއޭޓްކުރުމާއި، އޮޑިޓްކުރުމާއި، ގާއިމުކުރެވިފައިވާ ތައުލީމީ މިންގަނޑުތަކަށް ތަބާވުން ހިމެނޭނެއެވެ.

 

5 ވަނަ މާއްދާ - ދަރިވަރުން އެންރޯލްކުރުމާއި ޕުރޮގުރާމު އޮޑިޓް

ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ޕުރޮގުރާމުތަކަށް ދަރިވަރުން އެންރޯލްކުރަންވާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ޕުރޮގުރާމުތަކަށް ދަރިވަރުން އެންރޯލްކުރަންވާނީ، ދިވެހިރާއްޖޭގެ ގައުމ ސަނަދުގެ އޮނިގަނޑަށް ފެތޭ ގޮތަށެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ޕުރޮގުރާމުތައް އޮޑިޓްކުރެވޭނީ، މި އޮތޯރިޓީން އާންމުކޮށްފައިވާ ގަވާއިދު ނަންބަރު 2022-78 (ޕްރޮގްރާމް އޮޑިޓް ގަވާއިދު) އާއި، އުސޫލު ނަންބަރު 2023-39 (ގައިޑްލައިންސް ފޮރ ޕްރޮގްރާމް އޮޑިޓް) ގެ ދަށުންނެވެ. (ނޯޓް: 2023-39 އަށް ހަވާލާދީފައިވަނީ އޮޅުމަކުން ކަމަށް ބެލެވޭ. އަސް ނަންބަރަކީ 2023-30 ކަމަށް ބެލެވޭ)

 

6 ވަނަ މާއްދާ - ދިވެހި ރާއްޖޭގެ މަރުކަޒާއި ބޭރުގެ މަރުކަޒާ ދެމެދު ވެފައިވާ އެއްބަސްވުން އެކުލަ ވައިލުން

އެމް.ކިއު.އޭ.އިން އެކްރެޑިޓްކޮށްފައިވާ ޕުރޮގުރާމެއް ރާއްޖެއިން ބޭރުގައި ހިންގުމަށް އެދޭ ބޭރުގެ މަރުކަޒާއި ދިވެހިރާއްޖޭގެ މަރުކަޒާ ދެމެދުގައި ވެފައިވާ ގާނޫނީ އެއްބަސްވުމެއް އޮންނަންވާނެއެވެ. މި އެއްބަސްވުމުގައި، ތިރީގައިވާ ނުކުތާތައް ހިމަނައިފައި އޮންނަންވާނެއެވެ.

(ހ) އެމް.ކިއު.އޭ.އިން އެކްރެޑިޓޭށަން ދީފައިވާ ޕުރޮގުރާމު އެމް.ކިއު.އޭ.ގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގާނެ ގޮތް. މީގެ ތެރޭގައި އަންނަނިވި ކަންތައް ހިމެނެންވާނެއެވެ.

  1. ކިޔަވައިދިނުމާއި ވަޒަންކުރުމުގެ (އެސެސްކުރުމުގެ) ކަންތައްތައް ހިނގާނެ ގޮތް؛
  2. އުނގެނުމަށް ފަހިކޮށްދީފައި ހުންނާނެ ވަސީލަތްތައް؛
  3. ކިޔަވައިދޭ މީހުންނާއި ކޯސް ކޯޑިނޭޓަރުގެ ފެންވަރާއި ތަޖުރިބާ؛
  4. ޕުރޮގުރާމުގައި ޕެރެކްޓިކަލް އެއްވެސް ބައިތަކެއް ހިމެނޭ ނަމަ، އެ ބައިތައް ކުރިޔަށްގެންދާނޭ ގޮތުގެ ތަފުސީީލު؛
  5. ޕުރޮގުރާމުގެ ފެންވަރު ގަވާއިދުން ބެލުމަށް ހަމަޖައްސައިފައިވާ ގޮތްތައް.

(ށ) ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާއި ސަނަދު ދިނުމުގެ ޒިންމާ އުފުލާ ފަރާތަކ ކޮބައިކަން ސާފުކޮށް އެނގެން އޮތުން. 

(ނ) ހިނގަމުންދާ ޕުރޮގުރާމެއް އެއްވެސް ސަބަބަކާހުރެ ހުއްޓައިލަން ޖެހިއްޖެ ނަމަ، ދަރިވަރުންނާއި ކިޔަވައިދޭ ފަރާތްތަކުގެ ކަންކަން ހަމަޖައްސާނެ ގޮތަކާއި، މިކަމުގައި ޒިންމާ އުފުލާނެ ފަރާތްތައް ސާފުކޮށް އެނގެން އޮތުން.

(ރ) ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ޕުރޮގުރާމުތަކަށް ރާއްޖޭގެ މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒުތަކުން ހުއްދައަށް އެދި ތިރީގައިވާ މައުލޫމާތާއެކު އެމް.ކިއު.އޭ.އަށް ފޯމަކުން ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ހުއްދައަށް ހުށަހެޅުމާއި ހުއްދަ ދިނުން

(ހ) ދިވެހިރާއްޖޭގެ މަރުކަޒާއި ބޭރުގެ މަރުކަޒާ ދެމެދު ވެފައިވާ އެއްބަސްވުން.

(ށ) ދިވެހިރާއްޖެއިން ބޭރުގައި ޕުރޮގުރާމު ހިންގުމަށް، އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ރާއްޖޭގެ މަރުކަޒާއި ރާއްޖެއިން ބޭރުގެ މަރުކަޒަށް ޕުރޮގުރާމު ހިންގުމަށް ދީފައިވާ ހުއްދަ.

(ނ) ދިވެހިރާއްޖެއިން ބޭރުގައި ޕުރޮގުރާމު ހިންގުމަށް، އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ދީފައިވާ ހުއްދަ ބާތިލުކުރާތާ ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެމް.ކިއު.އޭ.އަށް ސިޓީ އަކުން އަންގަންވާނެއެވެ. އަދި ހުއްދަ ބާތިލުކުރިކަން އަންގާ ރަސްމީ ލިޔުމުގެ ކޮޕީ އެއް އެމް.ކިއު.އޭ.އަށް ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - މުއްދަތު

ޕުރޮގުރާމެއް ހިންގޭނީ، ގަވާއިދު ނަންބަރު 2022-78 (ޕްރޮގްރާމް އޮޑިޓް ގަވާއިދު) އާއި، އުސޫލު ނަންބަރު 2023-39 (ގައިޑްލައިންސް ފޮރ ޕްރޮގްރާމް އޮޑިޓް) ގެ ދަށުން އެ ޕުރޮގުރާމަކަށް އެކްރެޑިޓޭށަން ދީފައިވާ މުއްދަތަށެވެ. (ނޯޓް: 2023-39 އަށް ހަވާލާދީފައިވަނީ އޮޅުމަކުން ކަމަށް ބެލެވޭ. އަސް ނަންބަރަކީ 2023-30 ކަމަށް ބެލެވޭ)

 

9 ވަނަ މާއްދާ - ފެންވަރު ކަށަވަރުކުރުމާއި މޮނިޓަރކުރުން

މަތީ ތައުލީމީ މަރުކަޒުތަކުން ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ތައުލީމީ ޕުރޮގުރާމުތަކުގެ ފެންވަރު ކަށަވަރުކުރުމަށް ޓަކައި، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) މުދައްރިސުންގެ ގާބިލުކަމާއި، ކިޔަވައިދިނުމުގެ މިންގަނޑުތަކާއި، އުނގެނުމުގެ ވަސީލަތްތައް އެކްރެޑިޓޭށަން މިންގަނޑުތަކާ އެއްގޮތްވާކަން ކަށަވަރުކުރުން.

(ށ) ޕުރޮގުރާމުތަކުގެ ފެންވަރު ގަވާއިދުން ބެލުމަށް، ދަރިވަރުންގެ ހިޔާލު ހޯދުން ހިމެނޭގޮތަށް، މުރާޖާކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން.

(ނ) ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ޕުރޮގުރާމުތަކުގެ ފެންވަރާބެހޭ އަހަރީ ރިޕޯޓެއް، ތިރީގައިވާ ބައިތައް ހިމެނޭގޮތަށް، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ.) އަށް އަހަރަކު އެއްފަހަރު ހުށަހެޅުން.

  1. އަހަރެއްގެ މައްޗަށް ހިންގޭ ޕުރޮގުރާމުތަކާއި އެ ޕުރޮގުރާމުތައް ހިންގަމުން އަންނަ ގައުމުގެ ނަންތައް.
  2. އެ ޕުރޮގުރާމުތަކުގެ ބައިވެރީންގެ މައުލޫމާތާއި އިންޓޭކްތަކުގެ މައުލޫމާތ.ު

 

10 ވަނަ މާއްދާ - ދަރިވަރުން ރައްކައުތެރިކުރުމާއި ތައުލީމީ ނަޒާހަތްތެރިކަން

(ހ) ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ޕުރޮގުރާމުތަކުގައި ބައިވެރިވާ ދަރިވަރުންނަށް، ތަފުސީ ލުކޮށް އަދި ސާފުކޮށް މައުލޫމާތު ފޯރުކޮށްދިނުމަކ އެ މަރުކަޒެއްގެ ޒިންމާއެކެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުގައި ތައުލީމީ ޕުރޮގުރާމުތައް ހިންގާ މަރުކަޒުތަކުގައި، ދަރިވަރުންނަށް އެކަށ ގެންވާ އެހ ތެރިކަމުގެ ހިދުމަތްތައް ލިބެން ހުންނަންވާނެއެވެ. މިގޮތުނ،ް ށަކުވާ ހުށަހެޅުމުގެ ހަރުދަނާ ނިޒާމުތަކެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ނ) ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ޕުރޮގުރާމުތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، އޮޅުވައިލުމުގެ އެންމެހައި އަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އުސޫލުތައް ގާއިމުކޮށްފައި ހުންނަންވާނެއެވެ.

 

11 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުން

(ހ) އެމް.ކިއު.އޭ.ގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ޕުރޮގުރާމެއް ހިންގާކަމަށް އެމް.ކިއު.އޭ.ގެ އޮޑިޓަކުން ފާހަގަކުރެވިއްޖެ ނަމަ، ދީފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ.

(ށ) ރާއްޖެއިން ބޭރުގައި ޕުރޮގުރާމު ހިންގުމަށް، އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ދީފައިވާ ހުއްދަ ބާތިލިކޮށްފި ނަމަ، އެމް.ކިއު.އޭ.އިން ދީފައިވާ ހުއްދަ ވެސް ހަމަ އެ ތާރީހުން ފެށިގެން ބާތިލުވާނެއެވެ.

(ނ) މަރުކަޒަކަށް ދީފައިވާ ހުއްދަ ބާތިލުކޮށްފި ނަމަ، ޕުރޮގުރާމުގައި ކިޔެވި ނުވަތަ ކިޔަވަމުން އަންނަ ދަރިވަރުންނަށް ދޭންޖެހޭ އެއްވެސް ބަދަލެއް އޮތް ނަމަ، އެ ބަދަލެއް ދައްކަންޖެހޭނީ އެ ޕުރޮގުރާމެއް ހިންގި މަރުކަޒަކުންނެވެ.

(ރ) ބޭރު ގައުމެއްގައި ޕުރޮގުރާމު ހިންގުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ވިދިވިދިގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އެ ޕުރޮގުރާމެއްގެ އެއްވެސް ބެޗެއް ކުރިޔަށް ނުގެންގޮސް އޮތް ނަމަ، އެ ޕުރޮގުރާމަކަށް ދީފައިވާ ހުއްދަ ބާތިލުވާނެއެވެ.

 

12 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަމެއް ނުކޮށްފި ނަމަ ނުވަތަ މި ގަވާއިދުގެ ދަށުން ކުރުން މަނާކަމެއް ކޮށްފި ނަމަ، އެ މަރުކަޒަކާމެދު ތިރީގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު އެމް.ކިއު.އޭ.އަށް ލިބިގެންވެއެވެ.

  1. ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ނަމަ، އެކަން އާ ންމު އިއުލާނަކުން އަންގައި އެ މަރުކަޒަކަށް ނަސޭހަތް ދިނުން؛
  2. ގަވާއިދާ ހިލާފުވުން ދެވަނަފަހަރަށް ތަކުރާރުކޮށްފި ނަމަ، 8,000 (އަށް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
  3. ގަވާއިދާ ހިލާފުވުން ތިންވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ، 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

(ށ) މި ގަވާއިދުގެ ދަށުން އެއްވެސް މަރުކަޒެއް ޖޫރިމަނާކުރެވޭނީ، އެ މަރުކަޒެއްގެ ފަރާތުން މި ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންކަނ،ް އެމް.ކިއު.އޭ.އިން ބަލައި، އެ ކަމެއް ދިރާސާ ކުރުމަށް ފަހުގައެވެ. އަދި މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތައް ދައްކަންޖެހޭނީ އެމް.ކިއު.އޭ.އިން އަންގާ ގޮތެއްގެ މަތީންނެވެ.

(ނ) ގަވާއިދާ ހިލާފުވުން ތަކުރާރުވާ ނަމަ، އެ ކަމެއް އެމް.ކިއު.އޭ.ގެ ބޯޑަށް ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތީން އެ މަރުކަޒަކާމެދު އަމަލުކުރެވޭނެއެވެ.

 

13 ވަނަ މާއްދާމާނަކުރުން

މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރަންވާނީ، އެ ލަފުޒުތައް ނުވަތަ އިބާރާތްތައް ތިރީގައި މާނަކޮށްފައިވާ ގޮތަށެވެ.

(ހ) "އޮތޯރިޓީ" ނުވަތަ "އެމް.ކިއު.އޭ." ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ" އަށެވެ.

(ށ) "ޕުރޮގުރާމުތައް" ކަމަށް ބުނެފައި އެވަނީ، އެމް.ކިއު.އޭ.އިން ހިންގުމުގެ ހުއްދަ ދީފައިވާ ޕުރޮގުރާމުތަކަށެވެ.

(ނ) "ކަމާބެހޭ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، އެ ގައުމެއްގެ އިދާރާތަކަށެވެ.

(ރ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުދޭ މަރުކަޒުތަކަށެވެ.

(ބ) "ދިވެހިރާއްޖޭގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކަށެވެ.

(ޅ) "ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރު ގައުމުތަކުގެ މަތީ ތައުލީމުދޭ މަރުކަޒުތަކަށެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު