ފުލުހުންގެ ޔުނިފޯމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-10) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-88)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ސެޕްޓެމްބަރު 2025 ގައި)
ގަވާއިދު ނަންބަރު 2022-10 (ފުލުހުންގެ ޔުނިފޯމުގެ ގަވާއިދު) އަށް އަންނަ އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާޢްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އަކުރުތައް ތަރުތީބުކުރުން.
ދިވެހި ފުލުހުންގެ ހިދުމަތުގެ ޔުނިފޯމުތައް 3.
(ވ) ޕެރޭޑް ޔުނިފޯމު.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާޢްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 9.
(ހ) ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް ބޭނުންކުރާނީ، ކޮންސްޓަބަލް ރޭންކުން ފެށިގެން ސާޖަންޓް ރޭންކުގެ ފުލުހުންނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާޢްދާގެ (ހ) ގެ (2) ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެހެނިހެން ޔުނިފޯމުތައް 10 (ހ).
(2) މަސައްކަތު ކިޓް 1 އާއި 2 އާއި 3؛
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާޢްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އަކުރުތައް ތަރުތީބުކުރުން.
(ޅ) މަސައްކަތު ކިޓް 3 ބޭނުންކުރާނީ، ދިމާވާ އެކިއެކި ހާދިސާތަކާ ގުޅިގެން ކުރަންޖެހޭ އެކިއެކި ކަންކަމުގައި އުޅޭ ފުލުހުންނާއި އިވެންޓްތަކުގައި އުޅޭ ފުލުހުންނެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާޢްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ޕެރޭޑް ޔުނިފޯމު 1-10.
ޕެރޭޑް ޔުނިފޯމަކީ، ޕެރޭޑްކުރުމާއި ހެވިކަމުގެ ހުނަރުތައް ދައްކައިލުމުގެ ހަރަކާތްތަކުގައި ބައިވެރިވާ ފުލުހުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޔުނިފޯމެކެވެ.
6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
7 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 10 ގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.
ޖަދުވަލުތަކުގެ ފިހުރިސްތު
| 11. | ޕެރޭޑް ޔުނިފޯމް | ޖަދުވަލު 11 |
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލުގެ 1 ގެ ވާރކިން ޔުނިފޯމު 20 ވަނަ ނަންބަރުގެފަހަތަށް އަންނަނިވިގޮތަށް 21 ވަނަ ނަންބަރު އިތުރުކުރުން.
ވާރކިންގ ޔުނިފޯމު (ނޯޓް: ތަފްސީލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)
9 ވަނަ މާއްދާ -
ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލުގެ 4 ގެ ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1 ގެ 2 ވަނަ ނަންބަރާއި، ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް 2 ގެ 1 ވަނަ ނަންބަރާއި، ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް 3 ގެ 2 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކޮށް، ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް 4 ގެ 14 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން 15 ވަނަ ނަންބަރު އިތުރުކުރުން.
ކޮމިށަންޑް އޮފިސަރުންގެ ސެރެމޯނިއަލް ޑްރެސް 1، 2، 3، 4 (ނޯޓް: ތަފްސީލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)
10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލުގެ 7 ގެ 5 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.
(ނޯޓް: ތަފްސީލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)
11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލުގެ 10 ގެ ފަހަތަށް އަންނަނިވި ފަދައިން ޖަދުވަލެއް އިތުރުކުރުން.
ޕެރޭޑް ޔުނިފޯމް (ނޯޓް: ތަފްސީލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)
ކިޔުންތެރިންގެ ހިޔާލު