-

ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތަކުގެ އޮޑިޓްތައް އައުޓްސޯސްކޮށްގެން ކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2025-87)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 އޮގަސްޓު 2025 ގައި)

(މި ގަވާޢިދުގެ 13 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2021-152 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތުގެ ކުންފުނިތައް އޮޑިޓްކުރުމަކީ އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނ،ީ ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ 25 ވަނަ މާއްދާއިން ބާރު ލިބިގެންނެވެ.

(ނ) މިއީ ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ 9 ވަނަ މާއްދާގެ (ކ) ގެ ދަށުން، އޮޑިޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރުގެ ދަށުން ދައުލަތުގެ ކުންފުނިތައް އޮޑިޓްކުރުމަށް ޓަކައި އެ އޮޑިޓްތައް އައުޓްސޯސް ކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ހަދައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނ،ީ "ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތަކުގެ އޮޑިޓްތައް އައުޓްސޯސްކޮށްގެން ކުރުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދުތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތަކުގެ އޮޑިޓް އައުޓްސޯސްކުރުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިޔަށްގެންދާނެ ގޮތެއް ގާއިމްކުރުނ.ް

(ށ) ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތަކުގެ އޮޑިޓް އައުޓްސޯސް ކުރުމުގެ މަސައްކަތް ހާމަކަން ބޮޑުގޮތެއްގައި ކުރިޔަށްގެންދިއުނ.ް

(ނ) ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތަކުގެ އޮޑިޓުގެ ފެންވަރު ރަނގަޅުކުރުނ.ް 

(ރ) ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރުމާއި، އޮޑިޓްކުރުމާއި، އެކަމަށް ކަނޑައެޅިފައިވާ ސްޓޭންޑަޑްތަކާ އެއްގޮތްކުރުނ.ް

(ބ) ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އޮޑިޓަރ ޖެނެރަލާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުނ.ް

 

4 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

(ހ) މި ގަވާއިދު ހިނގާނ،ީ ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ 9 ވަނަ މާއްދާގެ (ކ) ގެ ދަށުން އޮޑިޓަރ ޖެނެރަލް އައުޓްސޯސްކުރަން ނިންމާ ދައުލަތުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ މާލީ ބަޔާންތަކުގެ އޮޑިޓްތަކަށެވެ.

(ށ) ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ 9 ވަނަ މާއްދާގެ (ކ) ގެ ދަށުން، ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާނުގެ އޮޑިޓްތަކުގެ ތެރެއިން، ކޮންމެ އަހަރަކު އައުޓްސޯސްކުރާނެ އޮޑިޓްތައް ކަނޑައަޅާނީ އޮޑިޓަރ ޖެނެރަލެވެ.

 

5 ވަނަ މާއްދާ - މާލީ ބަޔާންތައް އޮޑިޓްކުރުމަށް ހުށަހެޅުން

(ހ) ވޭތުވެދިޔަ މާލީ އަހަރުގެ މާލީ ބަޔާންތައް އޮޑިޓްކުރުމަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، ޖެހިގެން އަންނަ އަހަރުގެ ފެބުރު ވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކުންފުނިތަކުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ ކުންފުންޏަކުން ނުވަތަ އެ ކުންފުންޏެއްގެ ސަބްސިޑިއަރީ ކުންފުނީގެ މާލީ ބަޔާންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަނާޅައިފި ނަމ،ަ އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން އެކަން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ލަސްވި ސަބަބާއެކު އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެއްޖެ ނަމ،ަ އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލީ ބަޔާންތައް ހުށަހެޅުމަށް އައު މުއްދަތެއް ކަނޑައަޅައި، އެ ކުންފުންޏަކަށް އަންގަންވާނެއެވެ. 

 

6 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ ކޮންޓްރެކްޓް އޮޑިޓަރުން އައްޔަނުކުރުން

(ހ) ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ ކުންފުނިތަކުގެ "ޕްރިންސިޕަލް" އޮޑިޓަރަކީ އޮޑިޓަރ ޖެނެރަލެވ. 

(ށ) މި ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުންޏެއްގެ މާލީ ބަޔާންތަކުގެ އޮޑިޓްކުރުމަށް އައްޔަނުކުރާ އޮޑިޓް ފަރމަކަށް ކިޔާނ،ީ އޮޑިޓަރ ޖެނެރަލްގެ "ކޮންޓްރެކްޓް އޮޑިޓަރ" އެވެ.

(ނ) މިގޮތަށް އައްޔަނުކުރާ ކޮންޓްރެކްޓް އޮޑިޓަރަކީ، ގަވާއިދު ނަންބަރު 2021-152 - (Regulation on the Audit and Accountability of State-Owned Enterprises) ދަށުން އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގައި ރަޖިސްޓަރީކޮށްފައިވާ ޕަބްލިކް އިންޓެރެސްޓް އެންޓިޓީ އޮޑިޓަރ (ޕައި އޮޑިޓަރ) އެއްގެ ލައިސަންސް ލިބިފައިވ،ާ އޮޑިޓް ފަރމަކަށް ވާންވާނެއެވެ.

 

7 ވަނަ މާއްދާ - ކޮންޓްރެކްޓް އޮޑިޓަރ އައްޔަނުކުރުމުގެ އިޖުރާތު

(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮންޓްރެކްޓް އޮޑިޓަރެއް ހޮވުމަށް "ޕައި އޮޑިޓަރުން" އަށް ދައު ވަތު ދީގެން، ބީލަމަށް ހުޅުވައިލަންވާނެއެވެ. ކޮންޓްރެކްޓް އޮޑިޓަރެއް ހޮވުމުގެ އިޖުރާތު ބިނާވެގެންވާނީ، ބީލަމުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ މައްޗަށެވެ. މި މިންގަނޑުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނިދާނެއެވެ.

  1. ހުށަހަޅައިފައިވާ އޮޑިޓް އެންގޭޖްމަންޓް ޓީމުގެ ގާބިލުކަން؛
  2. ބިޑްކުރެވޭ ކުންފުނީގެ ދާއިރާއާ ގުޅޭ އޮޑިޓްތައް ކުރުމުގައި އެންގޭޖްމަންޓް ޓީމުގެ ތަޖުރިބާ؛
  3. ހުށަހަޅައިފައިވާ އޮޑިޓް ފީ؛
  4. އޮޑިޓުގެ ޓައިމްލައިނާއި އޮޑިޓް ފަރމްގެ ވަސީލަތްތައް ހުރި މިންވަރު.

(ށ) ބީލަންތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރާނ،ީ ދައުލަތުގެ ކުންފުނިތަކުގެ އޮޑިޓް ބީލަންތައް އިވެލުއޭޓްކުރުމަށް ޓަކައި އޮޑިޓަރ ޖެނެރަލް އައްޔަ ނުކުރާ ޓެކްނިކަލް ބިޑް އިވެލުއޭށަން ކޮމިޓީއަކުންނެވ. 

(ނ) ޓެކްނިކަލް ބިޑް އިވެލުއޭށަން ކޮމިޓީގައި ހިމެނޭނ،ީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 4 (ހަތަރެއް) މުވައްޒަފުންނާއި، އޮޑިޓްކުރެވޭ ދައުލަތުގެ ކުންފުނީގެ 1 (އެކެއް) މަންދޫބެކެވެ. ކޮމިޓީން ހުރިހާ ބީލަންތަކެއް އިވެލުއޭޓްކުރާނ،ީ ބީލަމުގައި އެކަން ކުރުމަށް ދީފައިވާ މިންގަނޑުތަކަށް ބަލައިގެންނެވ. 

(ރ) އިވެލުއޭށަނުގެ މަސައްކަތް ނިމުމުން، ކޮމިޓީން އިވެލުއޭށަނުގެ ނަތީޖާތައް ހުލާސާކޮށް، ބީލަން ހުށަހެޅި ފަރާތްތައް ރޭންކުކޮށް، ކޮންޓްރެކްޓް އެވޯޑްކުރެވޭ ފަރާތް ހިމެނޭ ފައިނަލް ރިޕޯޓެއް ތައްޔާރު ކުރަންވާނެއެވެ.

(ބ) ޓެކްނިކަލް ބިޑް އިވެލުއޭށަން ކޮމިޓީން ނިންމާ ނިންމުމަށް ބިނާކޮށް، އޮޑިޓް ބީލަން ކާމިޔާބުކުރި ފަރާތަށާއި އޮޑިޓްކުރެވޭ ދައުލަތުގެ ކުންފުންޏަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކަން އަންގާނެއެވެ.

(ޅ) އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، ކޮންޓްރެކްޓް އޮޑިޓަރާއި، އޮޑިޓްކުރެވޭ ދައުލަތުގެ ކުންފުންޏާ ދެމެދު ޓްރައިޕާޓައިޓް އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

(ކ) މި ޓްރައިޕާޓައިޓް އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސ،ް އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އޮޑިޓްގެ ސްކޯޕާއި މެތޮޑޮލޮޖީ: އޮޑިޓުގެ ސްކޯޕާއި، މަގުސަދުތަކާއި، އަމަލުކުރަންޖެހޭ އޮޑިޓް މިންގަނޑުތައް ސާފުކޮށް ބަޔާންކުރުން؛
  2. އެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ދައުރާއި މަސްއޫލިއްޔަތުތައް؛
  3. އޮޑިޓުގެ މުއްދަތާއި ރިޕޯޓުކުރުނ:ް ކޮންޓްރެކްޓް އޮޑިޓަރު އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ ޑްރާފްޓާއި އޮޑިޓް ރިޕޯޓ،ު އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ މުއްދަތު؛
  4. އޮޑިޓް ފީއާއި ފައިސާ ދެއްކުމުގެ ށަރުތުތައް.

 

8 ވަނަ މާއްދާ - ކޮންޓްރެކްޓް އޮޑިޓަރު ބަދަލުކުރުމާއި "ކޫލިންގ - އޮފް ޕީރިއަޑް"

(ހ) އޮޑިޓް ފަރމެއް ދައުލަތުގެ ކުންފުންޏެއްގެ އޮޑިޓަރ ޖެނެރަލްގެ ކޮންޓްރެކްޓް އޮޑިޓަރެއްގެ ގޮތުގައި އާންމު އުސޫލަކުން އައްޔަނުކުރެވޭނީ ވިދިވިދިގެން 4 )ހަތަރެއް( އަހަރުދުވަހުގެ މުއްދަތަކަށެވެ.
(ށ) ކޮންޓްރެކްޓް އޮޑިޓަރެއްގެ ގޮތުގައި ވިދިވިދިގެން 4 (ހަތަރެއް) އަހަރުދުވަހު ހިދުމަތްކުރުމަށްފަހ،ު ދައުލަތުގެ އެ ކުންފުނީގެ އޮޑިޓަށް އަލުން ބިޑްކުރުމުގެ ކުރިން، މަދުވެގެން ވިދިވިދިގެން 2 (ދޭއް) އަހަރުގެ މުއްދަތަކަށް "ކޫލިންގ - އޮފް ޕީރިއަޑް" އެއް ހޭދަކުރަންވާނެއެވ.

(ނ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކުރާއިރ،ު ކޮންޓްރެކްޓް އޮޑިޓަރ ބަދަލުނުކުރުމުން، ކުންފުންޏަށް ފާހަގަކުރެވޭ މަންފާއެއް ލިބޭނެކަމަށް ފެންނަ ހާ ލަތްތަކުގައި، އޮޑިޓަރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފުނުވާނޭ ގޮތަށް، ވިދިވިދިގެން 4 (ހަތަރެއް) އަހަރަށް ވުރެ ގިނަ ދުވަހަށް 1 (އެކެއް) އޮޑިޓް ފަރމެއް ކޮންޓްރެކްޓް އޮޑިޓަރެއްގެ ގޮތުގައި އައްޔަނުކުރުމުގެ އިހުތިޔާރ،ު އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ކޮންޓްރެކްޓް އޮޑިޓަރުގެ ފަރާތުން "އެހެނިހެން ހިދުމަތްތައް" ހޯދުން

(ހ) އޮޑިޓްކުރެވޭ ދައުލަތުގެ ކުންފުނިން، ކޮންޓްރެކްޓް އޮޑިޓަރު ނުވަތަ ކޮންޓްރެކްޓް އޮޑިޓަރާ ގުޅުންހުރި ތިންވަނަ އެއްވެސް ފަރާތެއްގެ އަތުން، " އެޑްވައިޒަރީ" ނުވަތަ "ނޮނ-ް އޮޑިޓް" ހިދުމަތްތައް؛ އޭގެ ތެރޭގައި އިންޓަރނަލް އޮޑިޓާއި ވެލުއޭށަން ހިމެނޭހެން، މަސްލަހަތު ފުށުއެރުމުގެ ހާލަތަކަށް މަގުފަހިވެދާނެ ފަދަ ހިދުމަތެއް ހޯދައިގެން ނުވާނެއެވެ.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި "އެހެނިހެން ހިދުމަތްތައް" މަނާކޮށްފައި އޮތް ނަމަވެސ،ް އެފަދަ ހިދުމަތެއް ކޮންޓްރެކްޓް އޮޑިޓަރަށް ހަވާލުކުރުމުގެ އިގްތިސާދީ ހުއްޖަތެއް އޮވ،ެ އަދި ކޮންޓްރެކްޓް އޮޑިޓަރުގެ މިނިވަންކަން ރައްކައުތެރިކުރުމަށް ފިޔަވަޅުތަކެއް އެޅިފައިވާ ނަމ،ަ ދައުލަތުގެ ކުންފުންޏަށް، ކޮންޓްރެކްޓް އޮޑިޓަރު މެދުވެރިކޮށް، އިންޓަރިމް މާލީ ބަޔާންތައް މުރާޖާކުރުމާއި، "އެގްރީޑ-ް އަޕޯން ޕްރޮސީޖާރސް" އާއި ޓެކްސް އެޑްވައިޒަރީ ފަދަ އެށުއަރެންސްއާ ގުޅުންހުރި ހިދުމަތްތައް ހޯދިދާނެއެވ. 

(ނ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ހޯދުމުގެ ކުރިން ދައުލަތުގެ ކުންފުނިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހުއްދަ އެކަމަށް ލިއުމަކުން ހޯދަންވާނެއެވެ.

 

10 ވަނަ މާއްދާ - ކޮންޓްރެކްޓް އޮޑިޓަރުގެ ރިޕޯޓު ހުށަހެޅުން

(ހ) ކޮންޓްރެކްޓް އޮޑިޓަރު އޮޑިޓް ނިންމައި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި، ޑްރާފްޓް އޮޑިޓް ރިޕޯޓާއި، މެނޭޖްމަންޓް ލެޓަރ، ޖެހިގެން އަންނަ އަހަރުގެ އެޕްރީލު މަހުގެ 30 ވަނަ ދުވަހުގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ށ) އޮޑިޓަރުންގެ ނަޒަރުގައި ކުންފުނީގެ އޮޑިޓްކުރުމުގައި އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދޭންޖެހޭ ކަންކަން (ކީ އޮޑިޓް މެޓަރސް) ފާހަގަކޮށް، އެ ކަންކަން ކީ އޮޑިޓް މެޓަރއަކަށްވީ ކީއްވެގެންކަމާއި، އޮޑިޓުގައި އެ ކަންކަން ބެލިގޮތ،ް އޮޑިޓް ރިޕޯޓުގައި ހިމަނަންވާނެއެވ. 

(ނ) ކުންފުނީގެ އޮޑިޓް ކުރިޔަށް ގެންދާއިރ،ު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮންޓްރެކްޓް އޮޑިޓަރު އިތުރަށް ބެލުމަށް އަންގާ ހާއްސަ ކަންކަން ކޮންޓްރެކްޓް އޮޑިޓަރު ބެލުމަށްފަހ،ު އެކަން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަންގަންވާނެއެވެ.

(ރ) އޮޑިޓް މަސައްކަތުގެ ކަރުދާސް (ވޯކިންގ ޕޭޕަރސް)، އޮޑިޓް ނިމޭފަހުން 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތަށް، ކޮންޓްރެކްޓް އޮޑިޓަރު ރައްކައުތެރިކޮށް ބަލަހައްޓަންވާނެއެވެ.

(ބ) ކޮންޓްރެކްޓް އޮޑިޓަރު ހުށަ ހަޅާ ރިޕޯޓުތަކާއި ކޮށްފައިވާ މަސައްކަތްތައް ރިވިއުކުރުމުގައި، އޮޑިޓްކުރުމުގެ ސްޓޭންޑަޑްތަކާ ގުޅޭ ނުވަތަ ސުލޫކީ މައްސަލައެއް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާހަގަކުރެވިއްޖެ ނަމ،ަ އިންސްޓްޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްއަށް އެކަން ހުށަހެޅޭނެއެވެ.

 

11 ވަނަ މާއްދާ - އެހެން ގަވާއިދަކާ ފުށުއެރުން

ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ އެއްވެސް މާއްދާއެއް މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ފުށުއަރާ ނަމަ އިސްކަންދެވޭނީ އޮޑިޓް ގާނޫނަށެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

13 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު 

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2021-152 - (Regulation on the Audit and Accountability of State-Owned Enterprises) އުވުނީއެވެ. 

 

މައި ގާނޫނު

އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު 2007-04)

 

އުވުނު ގަވާއިދު

ރެގިއުލޭށަން އޮން ދި އޮޑިޓް އެންޑް އެކައުންޓެބިލިޓީ އޮފް ސްޓޭޓް-އޯންޑް އެންޓަރޕްރައިސަސް (ގަވާއިދު ނަންބަރު 2021-152)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު