-

ދާއިމީ ސަބް ކޮމިޓީތަކުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2020-41) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-80)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮގަސްޓް 2025 ގައި)

 

ގަވާއިދު ނަންބަރު 2020-41 (ދާއިމީ ސަބް ކޮމިޓީތަކުގެ ހިންގާ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ވަގުތީގޮތުން މެންބަރުން އައްޔަނުކުރުން 1-2.

މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން  އިސްތިއުނާފު ކޮމިޓީން ބަލަމުންދާ މައްސަލައަކުން އެ ކޮމިޓީގެ މެންބަރަކު ތަނާޒުލުވެއްޖެ ނަމަ، އެ މެންބަރުގެ ބަދަލުގައި، ބާ ކައުންސިލުގެ އާންމު މެންބަރުންގެ ތެރެއިނ،ް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މެންބަރަކު، ލަސްނުކޮށް އައްޔަނުކުރަންވާނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ގެ ގޮތުގައި ހަމަޖެއްސުމާއެކ،ު އެ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

މެންބަރުންގެ ދައުރު 5.

(ށ)  މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި ގަވާއިދުގެ 1-2 ވަނަ މާއްދާގައިވާ ގޮތުގެ މަ ތީން އިސްތިއުނާފު ކޮމިޓީއަށް ވަގުތީގޮތުން
އައްޔަނުކުރާ މެންބަރެއްގެ ދައުރު ދެމިއޮންނާނީ އެ މައްސަލައެއް ބެލުމަށް ވަގުތީގޮތުން އެ މެންބަރު އައްޔަނުކުރެވުނު މައްސަލަ ބަލައި ނިންމުމާ ހަމަޔަށެވެ. 

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.  

 

މައި ގަވާއިދު

ދާއިމީ ސަބް ކޮމިޓީތަކުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2020-41)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދާއިމީ ސަބް ކޮމިޓީތަކުގެ ހިންގާ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-41)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު