ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ނަންބަރު 2020-20) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-78)
(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 1 ޖަނަވަރީ 2026 ގައި)
ގަވާއިދު ނަންބަރު 2020-20 (ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ޅ) އަށް އަމަލުުރުން ފަސްކުރުން.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުތައް، ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ހުށަނާޅައިފި ނަމަ، ލައިސެންސިންގ ކޮމިޓީގެ ލަފާގެ މަތީން، ކެންޑިޑޭޓު ފުރިހަމަކޮށްފައިވާ އެ ތަމްރީނު ބަލައިގަތުމާމެދު ގޮތެއް ނިންމުމާއެކު، މުއްދަތު ފާއިތުވުމަށްފަހު ދެންވެސް ހުށަނާޅައިފިނަމަ، ސުޕަވައިޒަރު، ގިނަވެގެން 5,000 (ފަސްހާސް) ރުފިޔާއިން ޖުރިމަނާކުރުމާއެކު، ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށް މަނާކުރުމުގެ އިހްތިޔާރު،ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ނެވެ.
މައި ގަވާއިދު
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-20)
ކޮންސޮލިޑޭޓެޑް ގަވާއިދު
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-20)
ކިޔުންތެރިންގެ ހިޔާލު