އެވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-211) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-73)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 ޖުލައި 2025 ގައި)
ގަވާއިދު ނަންބަރު 2014-211 (އެވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑި 3.
(ހ) އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ ރަސްމީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑިއަކީ، ދުވާލަކު 6 (ހައެއް) ގަޑިއިރެވެ.
(ރ) އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ހިދުމަތުގެ ރަސްމީ މަސައްކަތު ގަޑީގެ ދިގުމިނަކީ، ދަންފަޅީގެ އުސޫލުން، ދުވާލަކު 6 (ހައެއް) ގަޑިއިރެވެ. ނަމަވެސް ރަމަޟާންމަހުގައި މުވައްޒަފުންނަށް ލުއިވާނޭހެން ދަންފަޅި ހަމަޖެއްސިދާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިތުރުގަޑީގައި މަސައްކަތް ކުރުވުން 4.
އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ އިތުރުގަޑި ކުރުވުން ހިސާބުކުރާނީ ދުވާލަކު 6 (ހައެއް) ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރަންޖެހި، ހުއްދަ ލިބިގެން މަސައްކަތްކުރި ވަގުތަށެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގަޑިއަށް ހާޒިރުވުން 5.
(ށ) މުވައްޒަފުން މަސައްކަތު ގަޑިއަށް ހާޒިރުވެފައިވަނީ މަސައްކަތު ގަޑީގެ ބޮޑުބައި (3 ގަޑިއިރަށް ވުރެ ގިނައިރު) ފާއިތުވި ފަހުންކަމުގައި ވާ ނަމަ، އެ ދުވަހަކީ މުވައްޒަފު އޮފީހަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައި ބަލައި، މަސައްކަތްކުރުމުގެ ހުއްދަ އެ މުވައްޒަފަކަށް ނުދެވޭނެއެވެ. މިފަދަ މުވައްޒަފުންނާމެދު ގަވާއިދުގައިވާ ގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު