gaanoon_logo
-

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-377) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-67)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ޖުލައި 2025 ގައި)

 

ގަވާއިދު ނަންބަރު 2014-377 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގަވާއިދު) އަށްަ އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާޢްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ށ) ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންވާ ނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ފުރަތަމަ ފަހަރު ރަސްމީ 3 (ތިނެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ގާނޫނީ ވަކީލަކު ނުލިބިގެން ދެވަނަ ފުރުސަތަކަށް އެދިއްޖެ ނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ރަސްމީ 2 (ދޭއް) ދުވަހުގެ އިތުރު މުއްދަތެއް ދޭންވާނެއެވެ. 

 

2 ވަނަ މާޢްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.  

 

މައި ގަވާއިދު

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-377)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު