gaanoon_logo
-

ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-78) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-65)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 ޖޫން 2025 ގައި)

ގަވާއިދު ނަންބަރު 2023-78 (ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިނގަމުންދާ ފެސިލިޓީތައް ރަޖިސްޓަރީކުރުމާއި ލައިސަންސް ނެގުން 6.

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ކަމާ ގުޅޭ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ދީފައިވާ ލައިސަންސް ނުވަތަ ހުއްދަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީކޮށް ލައިސަންސް ނަގަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާންމު ބޭނުންތަކުގެ ހިދުމަތެއް ގެ ގޮތުގައި ހަކަތައިގެ ހިދުމަތް ދިނުމަށް ޓަކައި ލައިސަންސް ދޫކުރެވޭ ފަރާތްތައް 10.

(ނ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދޭ ފަރާތްތަކުގެ ތެރެއިން ފަތުރުވެރިކަމާއި ސިނާއީ މަސައްކަތް ހިންގާ ފަރާތްތައް ފިޔަވައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތެއް ނަމަ، އެ ފަރާތަކީ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ދެވޭ ފަދަ މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ލިބިފައިވާ ފަރާތެއްކަން ސާބިތުކޮށްދޭންވާނެއެވެ. އަދި ފަތުރުވެރިކަމާއި ސިނާއީ މަސައްކަތް ހިންގާ ފަރާތްތަކަކީ، އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ދެވޭ ފަދަ ފަންނީ ގާބިލުކަން ލިބިފައިވާ ފަރާތެއްކަން ސާބިތުކޮށްދޭންވާ ނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ މަށްރޫއަކީ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ހުށަހަޅާ މަށްރޫއަކީ ފަންނީގޮތުންނާއި މާލީގޮތުން ފީޒިބަލް މަށްރޫއެއްކަނ،ް އެ ކަންކަން ފުރިހަމަކުރަންޖެހޭ ފަރާތްތަކުން ސާބިތުކޮށްދޭންވާނެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ އަރިމަތީ ސުރުހީ "ލައިސަންސް ދިނުން" މި ގޮތަށް އިސްލާހުކޮށް، 15 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (އ) އާއި (މ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ފ) ގެ ފަހަތަށް (ދ) އާއި (ތ) ގެ ގޮތުގައި ދެ އަކުރު އިތުރުކުރުން. 

ލައިސަންސް ދިނުން 15.

ލައިސަންސަށް އެދި ހުށަހަޅާ އެޕްލިކޭށަނެއް ބަލައި ލައިސަންސް ދިނުމަށް ނިންމުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(އ) ފަތުރުވެރިކަމާއި ސިނާއީ މަސައްކަތް ހިންގާ ފަރާތްތައް ފިޔަވައި، އިންސާނީ ވަސީލަތްތައް މެނޭޖުކުރާނެ ގޮތާއި، ހިދުމަތާއި އިދާރީ ހަރަދާއި އެ ފައިސާ ހޯދުމަށް ރާވައިފައިވާ ގޮތް؛ (މީގައި ޓެރިފެއް އެކުލެވ ނަމަ، އެ ޓެރިފް ނެގުމަށް ހުށަހަޅާ ގޮތުގެ ތަފުސީލު ހިމަނަންވާނެއެވެ).

(މ) ފަތުރުވެރިކަމާއި ސިނާއީ މަސައްކަތްކުރާ ރަށްތައް ފިޔަވައި، ހިދުމަތް ތަރައްގީކުރުމަށް ކުރިޔަށް އޮތް 5 (ފަހެއް) އަހަރަށް އެކުލަވައިލެވޭ ޕްލޭން.

(ދ) ލައިސަންސަށް އެދި ހުށަހަޅާއިރު، ހަކަތައިގެ ހިދުމަތްދޭ ފެސިލިޓީގައި، އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދު ނުވަތަ ފެސިލިޓީތަކުގައި ބޭނުންކުރާ މެށިންތަކުގެ މެނުފެކްޗަރަރ ޓްރެއިނިންގ ނުވަތަ ކޮންޓްރެކްޓަރުގެ ފަރާތުން ފޯރުކޮށްދޭ ޓްރެއިނިންގ ސެޓުފިކެޓު ހޯދައިފައިވާ 2 (ދޭއް) ޓެކްނީށަނުން ތިބުން؛

(ތ) މި މާއްދާގެ (ދ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހަކަތައި ހިދުމަތް ދިނުމުގެ ލައިސަންސް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ ލެވެލް 3 ގެ ސަނަދު ހާސިލުކޮށްފައިވާ 2 (ދޭއް) ޓެކްނީށަނުން ތިބެންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ލައިސަންސާއި ހުއްދައިގެ މުއްދަތު އިތުރުކުރުން 34.

(ނ) ލައިސަންސް ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އޮތޯރިޓީއަށް ހުށަހަޅާ އެޕްލިކޭށަނަށް ރިއާޔަތްކޮށް، ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވުނު ފަރާތުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ދިއުމާއި، ލައިސަންސުން ހިނގައިފައިވާ މުއްދަތުގައި މި ގަވާއިދާ ހިލާފުވެފައި ނުވާ ނަމަ، އަދި މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ދަމަހައްޓަންޖެހ ފަރާތްތަކުން އެކަންކަން ދަމަހައް ޓައިފައިވާ ނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދައިގެ މުއްދަތު އޮތޯރިޓީން އިތުރުކޮށްދޭންވާނެއެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި "ވަގުތީ ލައިސަންސް" ކަމަށް ބުނެފައިވާ ލަފުޒުތައް "ކޮންޑިށަނަލް ލައިސަންސް" މި ގޮތަށް ބަދަލުކުރުން.

 

6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-78)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-78)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު