އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1019) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-62)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ޖޫން 20225 ގައި)
ގަވާއިދު ނަންބަރު 2019-1019 (އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާހުކުރުން.
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރުރު، ވަށައިގެންވާ މާހައުލާއި، މަސައްކަތު މީހުންނާއި، އިމާރާތްތަކާއި، ބިނާރުތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދަލާއި، އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށް ޓަކައި، މި ކަންކަން ހިމެނޭގޮތަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިންގާ ކޮންމެ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭގޮތަށް އިންށުއަރަންސް ކަވަރޭޖެއް ހޯދަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް (2) ވަނަ ނަންބަރެއް އިތުރުކުރުން.
ޕްރޮޖެކްޓް ލައިސަންސް 22.
މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންށުއަރަންސް ކުރިކަމުގެ ލިޔުން.
3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކު ގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1019)
ކިޔުންތެރިންގެ ހިޔާލު