ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-41) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-31)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 މާރިޗު 2025 ގައި)
ގަވާއިދު ނަންބަރު 2024-41 (ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގަނައުން.
1 ވަނަ މާއްދާ - ބުނެވިދިޔްަގަވާއިދުގެ 8 ވަންަމާއްދާގެ (ށ) އަނަނަނިވްިގޮތަށް އިސްލާޙުކުރުން.
(ށ) ލޭންޑް ވެލުއޭޝަން ކޮމިޓްީއެކުލަވައިލުމުގައި ސަރުކާރުގެ ކަމާގުޅޭ އަންނަނިވްިއިދާރާތަކުގްެމެން ބަރުން ހިމަނަން ވާނެއެވެ:
- މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ތަރައްގީގެ ރޭވުންތެރިކަމާއި، ބިން ބޭނުންކުރުމާ ގުޅޭ މަސައްކަތް ކުރިޔަށްގެންދިުމުގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- އިގުތިސާދީ ތަރައްގީއާޢި ވިޔަފާރީގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ފަތުރުވެރިކަމާއި ތިމާވެށީގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާކުރުމުގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ދަނޑުވެރިކަމާއި ދިރޭތަކެތީގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކުގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެންބަރެއް.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު