gaanoon_logo
-

ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުން ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-23)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ފެބުރުއަރީ 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، އެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ނޭށަނަލް އިންޓެގްރިޓީ ކޮމިށަނަށް ހާޒިރުވުމަށް ނުވަތަ މައުލޫމާތެއް ދިނުމަށް ނުވަތަ ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިށަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކާ ހިލާފުވެއްޖެ ނަނަ، އެ ހިލާފުވާ ފަރާތެއް ނުވަތަ ފަރާތްތައް ޖޫރިމަނާކުރުމުގައި ރިއާޔަތްކުރަންޖެހޭ މިންގަނޑުތައް ދެނެގަތުމާއި، ޖޫރިމަނާކުރާނެ ގޮތް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުން ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ކޮމިށަނުން ޖޫރިމަނާކުރާ ހާލަތުގައި، ޖޫރިމަނާކުރާ އަމަލު ދަރަޖަކުރެވޭ ގޮތް ކަނޑައެޅުމާއި، ޖޫރިމަނާކުރާނެ އަދަދުތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމާއި، ޖޫރިމަނާކުރުމުގައި ރިއާޔަތްކުރެވިދާނެ ކަންކަން ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ދަރަޖަކުރުން

މި ގަވާއިދުގެ ދަށުން ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުން ކަނޑައަޅާ ޖޫރިމަނާގެ އަދަދުތައް ބިނާކުރާނީ، ޖޫރިމަނާކުރަން ކަނޑައެޅުނު އަމަލުގެ ކުޑަބޮޑުމިނަށް ބަލައި އެ އަމަލެއް ދަރަޖަކުރެވިގެންވާ ގޮތުގެ މަތީންނެވެ. އެގޮތުން، ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2019-1044 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުން މައްސަލަ ބެލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރެވޭ އަމަލު ދަރަޖަކުރެވިފައިވާ ގޮތް، މި ގަވާއިދުގެ ޖަދުވަލު 1 ގައި އެވަނީއެވެ.

 

4 ވަނަ މާއްދާ - ޖޫރިމަނާ ތާވަލު

މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދަރަޖަތަކަށް ރިއާޔަތްކޮށް، ޖޫރިމަނާކުރުމުގައި ބަލަންވީ ތާވަލު، މި ގަވާއިދުގެ ޖަދުވަލު 2 ގައި އެވަނީއެވެ.

 

5 ވަނަ މާއްދާ - ޖޫރިމަނާކުރެވޭ އަމަލު ގިނަވާ ހާލަތްތަކުގައި ޖޫރިމަނާކުރެވޭ އަދަދު

ޖޫރިމަނާކުރެވޭ އަމަލު 1 (އެކެއް) އަމަލަށް ވުރެ ގިނަވާ ހާލަތްތަކުގައި، އެ ފަރާތެއް ޖޫރިމަނާކުރާނީ، ޖޫރިމަނާކުރެވޭ އަމަލުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައަކަށް ފެތޭ މިންގަނޑަށް ކަނޑައެޅިފައިވާ އަދަދަކުންނެވެ.

 

6 ވަނަ މާއްދާ - ޖޫރިމަނާކުރެވޭ އަމަލު ތަކުރާރުކުރުން

ޖޫރިމަނާކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން 3 (ތިނެއް) ފަހަރަށް ވުރެ ގިނައިން ހިންގައިފި ނަނަ، އެ ފަރާތެއް ޖޫރިމަނާކުރެވޭނީ، ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކުރާ އެންމެ މަތީ އަދަދުންނެވެ.

 

7 ވަނަ މާއްދާ - ޖޫރިމަނާ ކުރެވިފައިވާކަން އެންގުން

(ހ) ޖޫރިމަނާކުރެވޭ އަމަލު ހިންގި ފަރާތަށް ޖޫރިމަނާކުރެވުނުކަމާއި، ޖޫރިމަނާކުރެވުނު ސަބަބާއި ޖޫރިމަނާކުރެވުނު އަދަދު އަންގާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމަނައިފައިވާ "ޖޫރިމަނާ ކުރިކަން އަންގާ ޗިޓު" އިންނެވެ.

(ށ) ޖޫރިމަނާކުރެވުނީ ގާނޫނު ތަންފީޒުކުރާ އިދާރެއް ނަމަ ނުވަތަ ދައުލަތުގެ އިދާރާއެއް ނަނަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން "ޖޫރިމަނާކުރިކަން އަންގާ ޗިޓު" ކޮމިށަނުގެ ސިޓީއަކާއެކު އެއްކަރުދާސްކޮށް، އެ އިދާރާއަކަށް ފޮނުވުމުން ބެލެވޭނީ، އެ އިދާރާއަކަށް އެ ޗިޓު ރައްދުކުރެވުނީކަމަށެވެ.

(ނ) ޖޫރިމަނާކުރެވުނީ ވަކިފަރުދެއް ނަނަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން "ޖޫރިމަނާކުރިކަން އަންގާ ޗިޓު" ޖޫރިމަނާކުރެވުނު މީހާއާ ހަވާލުކުރުމުން، އެ ރައްދުކުރެވުނީއެވެ. އަދި ޗިޓުގެ އަސްލާއި ކޮޕީގައި، ޗިޓު ހަވާލުކުރި ފަރާތުންނާއި، ހަވާލުވި ފަރާތުން ސޮއިކުރަންވާނެއެވެ. އެ ޗިޓުގައި ހަވާލުވި ފަރާތުން ސޮއިނުކޮށްފި ނަމަ ބެލެވޭނީ، އެ ޗިޓާ ހަވާލުނުވީ ކަމުގައެވެ. އަދި މި ފަދައިން ހަވާލުނުވެއްޖެ ނަނަ، ޖޫރިމަނާކުރިކަން އެންގުނީކަމުގައި ބެލެވެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި "ޖޫރިމަނާކުރިކަން އަންގާ ޗިޓު" ވަކި ފަރުދުންނަށް އާންމުގޮތެއްގައި ކޮމިށަނުގެ މުވައްޒަފުން ރައްދުކުރާ ގޮތަށް އޮތްކަމުގައި ވިޔަސ،ް ކޮމިށަނުން ކަނޑައަޅާ ހާލަތުގައި، ރަޖިސްޓަރީ ޕޯސްޓުގެ ޒަރީއާއިން ނުވަތަ ކޮމިށަނުން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ނުވަތަ އީމޭލު މެދުވެރިކޮށް "ޖޫރިމަނާކުރިކަން އަންގާ ޗިޓު" ކޮމިށަނަށް ރައްދުކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ޕޯސްޓުގެ ޒަރީއާއިން "ޖޫރިމަނާކުރިކަން އަންގާ ޗިޓު" ރައްދުކުރާ ހާލަތްތަކުގައި، އެ މީހަކު ދިރިއުޅޭ އެޑްރެހަކަށް ޗިޓު ރައްދުކުރިކަމަށް ސޮއިކުރުވައިފައިވ،ާ ޕޯސްޓު އޮފީހުން ކޮމިށަނަށް ހުށަހަޅާ ސްލިޕް ބެލެވޭނީ، "ޖޫރިމަނާކުރިކަން އަންގާ ޗިޓު" ރައްދުވިކަމުގެ ހެއްކެއްގެ ގޮތުގައެވެ.

 

8 ވަނަ މާއްދާ - ޖޫރިމަނާގެ ފައިސާ ދެއްކުން

(ހ) މި ގަވާއިދުގެ ދަށުން ޖޫރިމަނާކުރެވޭ ފައިސާ ދައްކަންވާނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ. 

ށ( މި ގަވާއިދުގެ ދަށުން ޖޫރިމަނާކުރެވޭ ފައިސާ ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ދައްކަންވާނެއެވެ.

 

9 ވަނަ މާއްދާ - ޖޫރިމަނާ މުރާ ޖާކުރުން

(ހ) ކޮމިށަނުން ކުރާ ޖޫރިމަނާއަކާ ގުޅިގެން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއްގެ މައްޗަށް ބިނާކޮށް ޖޫރިމަނާ މުރާޖާކޮށްދިނުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. ކޮމިށަނުން އަންގައިފައިވާ އެންގުމާ އެއްގޮތަށް އަމަލުކުރުން؛
  2. މާފަށް އެދުމާއެކ،ު އެފަދަ އަމަލެއް ތަކުރާރު ނުކުރާނެކަމަށް ބަޔާންކޮށް ކޮމިށަނަށް ލިޔުމެއް ފޮނުވުން؛
  3. ޖޫރިމަނާކުރަންޖެހުނު އަމަލަކީ ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ހިންގި އަމަލެއް ނަނަ، މި މާއްދާގެ (ހ) ގެ )2( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމާއެކ،ު އެކަން އާންމު ރައްޔިތުންނަށް އެނގޭނެ ވަސީލަތެއް މެދުވެރިކޮށް އާންމުކުރުނ.ް

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ މުރާޖާކޮށްދިނުމަށް އެއްވެސް ފަރާތަކުން އެދިއްޖެ ނަނަ، އެ ޖޫރިމަނާއަކާ ގުޅޭގޮތުން ގޮތެއް ކަނޑައަޅާނީ ކޮމިށަނުގެ މެންބަރުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާ މުރާޖާކުރުމަށް ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމުންނެވެ. 

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފޯމު ކޮމިށަނަށް ލިބުމާއެކ،ު ގިނަވެގެން ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި، މުރާޖާކުރަން ހުށަހެޅި ފަރާތަށް ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.

 

10 ވަނަ މާއްދާ - ޖޫރިމަނާގެ ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތުގައި ދައްކައިފައިނުވުން

މި ގަވާއިދުގެ ދަށުން ޖޫރިމަނާކުރުމަށް ކަނޑައަޅައި، ޖޫރިމަނާގެ ފައިސާ ދެއްކުމަށް އަންގައިފައިވާ ފަރާތަކުން، ފައިސާ ދައްކަން އަންގައިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަނަ، ށަރީއަތަށް ހުށަހަޅައިގެން، އެ ފައިސާ ހޯދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭކަމެއް މެދުވެރިވުން

މި ގަވާއިދުގެ ތަރަހައިގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެ ނަނަ، އެކަމަކާ ގުޅިގެން ގޮތެއް ނިންމާނީ ކޮމިށަނުންނެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

ޖަދުވަލު 1  

ޖޫރިމަނާކުރަން ކަނޑައެޅުނު އަމަލު ދަރަޖަކުރެވިފައިވާ ގޮތުގެ ތާވަލު  

 

ޖަދުވަލު 2

ދަރަޖަތަކަށް ރިއާޔަތްކޮށް ޖޫރިމަނާކުރުމަށް ބަލާނެ ތާވަލު  

 

ޖަދުވަލު 3

ޖޫރިމަނާކުރިކަން އަންގާ ޗިޓު  

 

ޖަދުވަލު 4

ޖޫރިމަނާ މުރާޖާކޮށްދިނުމަށް އެދޭ ފޯމު  

 

މައި ގާނޫނު

ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-27)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު