-

މަސްވެރިކަމުގެ ދަފުތަރާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2024-121)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 ޑިސެމްބަރު 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަސްވެރިކަމުގެ ދަފުތަރާ ގުޅޭ ގަވާއިދު" އެވ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ވާއިދުގެ މަގުސަދަކީ، މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިންނާއި އޮޑިދޯނިފަހަރުގެ މައުލޫމާތު ހިމެނޭގޮތުން އެކުލަވައިލައިފައިވާ ދަފުތަރު މެދުވެރިކޮށް، އެ ފަރާތްތަކަށް އިޖުތިމާއީ ރައްކައުތެރިކަން ކަށަވަރުކޮށްދީ، އެ ފަރާތްތަކަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމެވެ.

 

3 ވަނަ މާއްދާ - ދަފުތަރު ގައި ރަޖިސްޓަރީކުރުން

މަސްވެރިކަމުގެ ދަފުތަރުގައި ރަޖިސްޓަރީކުރަން އެދި ހުށަހަޅަންވާނީ "ކެޔޮޅު" އެޕްލިކޭށަން މެދުވެރިކޮށެވެ. މި އެޕްލިކޭށަން މެދުވެރިކޮށް ރަޖިސްޓަރީކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ދަފުތަރު ގައި ރަޖިސްޓަރީވާންޖެހޭ ފަރާތްތައް

(ހ) މަސްވެރިކަމުގެ ދަފުތަރުގައި އުޅަނދުގެ ވެރިފަރާތް އަދި/ނުވަތަ އޮޕަރޭޓަރު ރަޖިސްޓަރީވުމަށްފަހު، އަންނަނިވި ފަރާތްތައް ދަފުތަރުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

  1. ކެޔޮޅު؛ އަދި
  2. ފަޅުވެރިން (ބިދޭސީން ހިމެނޭހެން).

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއި މަސްވެރިކަމުގެ ލައިސަންސް ނަގައިފައިވާ އޮޑިދޯނިފަހަރުގެ މައުލޫމާތު މި ދަފުތަރުގައި ހިމަނަންވާނެއެވެ.

 

5 ވަނަ މާއްދާ - މަސްވެރިކަމުގެ ލައިސަންސް ދޫކުރުން

ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ އިމުގެ ތެރެއަށް ފެތޭ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެންމެހައި ހަރަކާތްތަކާއި އުޅަނދުފަހަރުން ނަގަންޖެހޭ ލައިސަންސް ނެގުމަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަސްވެރިކަމުގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް
ފަހުގައެވ.

 

6 ވަނަ މާއްދާ - މަސްވެރިންނަށް އަމާޒުކޮށް ދޭ ހިދުމަތްތައް

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މިނިސްޓްރީން މަސްވެރިންނަށް އަމާޒުކޮށް ދޭ ހިދުމަތްތައް ދިނުމުގައި، އެ ފަރާތެއް މަސްވެރިކަމުގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަސްވެރިކަމުގެ ދަފުތަރުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކުން، އެ ފަރާތްތަކުން ދަފުތަރުގައި ރަޖިސްޓަރީވާ ހިސާބުން، މިނިސްޓްރީން މަސްވެރިންނަށް އަމާޒުކޮށް ދޭ ހިދުމަތްތައް އެ ފަރާތްތަކަށް ލިބޭނެއެވެ.

 

7 ވަނަ މާއްދާ - މާލީ ހިދުމަތްތަކާއި އިޖުތިމާއީ ހިދުމަތްތައް ފަހިކޮށްދިނުން

މަސްވެރިކަމުގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް މާލީ ހިދުމަތްތަކާއި އިޖުތިމާއީ ހިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ އިންތިޒާމުތައް މިނިސްޓްރީން ފަހިކޮށްދޭންވާނެއެވެ.

 

8 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުމާއި އަދާހަމަކުރުން

(ހ) މަސްވެރިކަމުގެ ދަފުތަރުގައި ހިމަނައިފައިވާ މައުލޫމާތު ބަދަލުކުރަންޖެހޭ ހާލަތުގައި، މައުލޫމާތު ބަދަލުކުރަންޖެހޭ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، "ކެޔޮޅު" އެޕްލިކޭށަން މެދުވެރިކޮށް، އެ މައުލޫމާތު އަދާހަމަކުރުމަކީ މަސްވެރި އުޅަނދުގެ ވެރިފަރާތް އަދި/ނުވަތަ އޮޕަރޭޓަރުގެ ޒިންމާއެކެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިންނާއި، އޮޑިދޯނިފަހަރުގެ މައުލޫމާތު މިނިސްޓްރީން ބަލަހައްޓައި، އަދާހަމަކުރަން ވާނެއެވެ.

 

9 ވަނަ މާއްދާ - މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުން

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ ތެރެއިން ޒާތީ މައުލޫމާތުގެ ސިއްރުކަން މިނިސްޓްރީން ހިފަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒާތީ މައުލޫމާތު، މިނިސްޓްރީން އެއްވެސް ފަރާތަކާ ހިއްސާކުރަންވާނީ، ޒާތީ މައުލޫމާތު ނިސްބަތްވާ ތިންވަނަ ފަރާތުގެ ރުހުމާއެކުގައެވެ.

 

10 ވަނަ މާއްދާ - މައުލޫމާތުގެ ސައްހަކަން ށަވަރުކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަސްވެރިކަމުގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުށަހަޅާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މަސްވެރި އުޅަނދުގެ ވެރިފަރާތް އަދި/ނުވަތަ އޮޕަރޭޓަރުގެ ޒިންމާއެކެވެ. 

 

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއ،ް އެ ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިންނާއި، އޮޑިދޯނިފަހަރުގެ މައުލޫމާތު ހިމެނޭގޮތަށް މިނިސްޓްރީން އެކުލަވައިލައިފައިވާ މަސްވެރިކަމުގެ ދަފުތަރަށެވެ.

(ނ) "މަސްވެރި އުޅަނދު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެ ނޫން ވެސް އުޅަނދަކަށެވެ.

(ރ) "ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ، ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނާ ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައި ވިޔަސް ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމްތައް ގަބޫލުކުރާ ފަރާތާއި، ވެރިފަރާތާއި އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރަށް ނުވަތަ ޑިރެކްޓަ ރަށް ނުވަތަ ސެކްރެޓަރީއަށެވެ.

(ބ) "އޮޕަރޭޓަރު" ކަމުގައި ބުނެފައި އެވަނީ، ވެރިފަރާތ،ް ޗާޓަރަރ، މާސްޓަރު އަދި އެ އުޅަނދު ދުއްވައިގެން ހޯދާ އިގްތިސާދީ ފައިދާ ނުވަތަ މާލީ ފައިދާ ލިބޭ ފަރާތް ހިމެނޭގޮތުން، އެ އުޅަނދާ ހަވާލުވެހުރ،ި އެ އުޅަނދު ހިންގުމަށް ޒިންމާކުރެވިފައިވާ ނުވަތަ އުޅަނދަށް އިރުށާދުތައް ދޭ ނުވަތަ އުޅަނދު ކޮންޓްރޯލްކުރާ ކޮންމެ ފަރާތަކަށެވެ.

(ޅ) "ކެޔޮޅު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަންކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ. 

(ކ) "އަމާޒުކޮށް ދޭ ހިދުމަތްތައް" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން މާލީގޮތުން ފަހިކޮށްދޭ ފެސިލިޓީއެއް ނުވަތަ އިނާޔަތެއް ނުވަތަ މަސްވެރިންނަށް ހާއްސަކޮށް ފޯރުކޮށްދޭ އެހެންވެސް އެފަދަ ހިދުމަތްތަކަށެވެ.

 

12 ވަނަ މާއްދާ - ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު