-

ނޭށަނަލް ބްލަޑް ކައުންސިލުގެ ހިންގާ ގަވާއިދު 

(ގަވާއިދު ނަންބަރު 2024-98)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮކްޓޫބަރު 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވ،ާ ނޭށަނަލް ބްލަޑް ކައުންސިލާ ގުޅޭގޮތުން، އެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) އާއި (ޅ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 72 ވަނަ މާއްދާގެ

(ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނޭށަނަލް ބްލަޑް ކައުންސިލުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ކައުންސިލް ހިންގުމަށާއި، ކައުންސިލުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، ކައުންސިލަށް މެންބަރުން އައްޔަނުކުރެވޭ ގޮތާއި، މެންބަރުކަމުގެ ދައުރާއި، ކައުންސިލަށް އައްޔަނުކުރާ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައަޅައި ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ކައުންސިލް އެކުލެވިގެންވާ ގޮތް

ނޭށަނަލް ބްލަޑް ކައުންސިލް އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

(ހ) މިނިސްޓްރީން ކަނޑައަޅާ ފަންނީ އިސް ފަރާތެއް.

(ށ) މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގާ ފަންނީ އިސް ފަރާތެއް.

(ނ) ލޭގެ ހިދުމަތުގެ ދާއިރާގެ ފަންނީ ތަޖުރިބާކާރެއް.

(ރ) ލޭގެ ދާއިރާއަށް ހާއްސަ މެޑިކަލް ޑޮކްޓަރެއް ނުވަތަ ޕެތޮލޮޖިސްޓެއް.

(ބ) ލޭގެ ބަލިތަކަށް ހޭލުންތެރިކުރުވައި، ލޭ ރައްކައުތެރިކުރުމުގެ މަސައްކަތްކުރާ އަމިއްލަ ޖަމުއިއްޔާއެއްގެ ފަންނީ މެންބަރެއް.

 

4 ވަނަ މާއްދާ - ކައުންސިލުގެ ރައީސާއި ނާއިބު ރައީސް

(ހ) ކައުންސިލުގެ ރައީސަކީ، މިނިސްޓްރީން ކަނޑައަޅާ ފަންނީ މެންބަރެވެ.

(ށ) ކައުންސިލުގެ ނާއިބު ރައީސަކީ، ކައުންސިލުގެ ރައީސް ފިޔަވައި ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުން އިންތިހާބުކުރާ ފަރާތެކެވެ.

(ނ) ކައުންސިލުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ އެ ކަމަށް އޭނާ އުޒުރުވެރިވެއްޖެ ހާލަތެއްގައި ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ، ކައުންސިލުގެ ނާއިބު ރައީސެވެ.

 

5 ވަނަ މާއްދާ - ކައުންސިލުގެ ނާއިބު ރައީސް އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) ކައުންސިލުގެ ނާއިބު ރައީސް އިންތިހާބުކުރާނީ، އެކަމަށް އެޖެންޑާކޮށްފައިވާ ކައުންސިލުގެ ބައްދަލުވުމެއްގައި، ކައުންސިލުގެ މެންބަރުންގެ ހާޒިރުގައެވެ.

(ށ) ކައުންސިލުގެ ނާއިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބުކުރުމުގައި އަމަލުކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ކައުންސިލުގެ ނާއިބު ރައީސަކީ، ކައުންސިލުގެ ރައީސް ފިޔަވައި، ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުން އިންތިހާބުކުރާ ފަރާތެކެވެ. 
  2. ކައުންސިލުގެ ނާއިބު ރައީސްކަމަށް އިންތިހާބުކުރުމަށް އެޖެންޑާކޮށްފައިވާ ބައްދަލުވުމުގައި އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން، ބޭނުންވާ މެންބަރުން ކުރިމަތިލާންވާނެއެވެ. 
  3. ކައުންސިލުގެ ނާއިބު ރައީސްކަމަށް މެންބަރަކު އިންތިހާބުކުރުމަށް ނަގާ ވޯޓުގައި ކައުންސިލުގެ ހުރިހާ މެންބަރުންނަށް ބައިވެރިވެވޭނެއެވެ.

(ނ) ނާއިބު ރައީސް ހޮވުމަށް އެޖެންޑާކޮށްފައިވާ ބައްދަލުވުމުގައި ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކައުންސިލުން ބާއްވާ އިންތިހާބެއްގައި ކައުންސިލުގެ ނާއިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބުވާނީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތު އެ މެންބަރަކަށް ލިބިގެންނެވެ.

(ބ) މި މައްދާގައި ބަޔާންކޮށްފައިވާ ކައުންސިލުގެ ނާއިބު ރައީސް އިންތިހާބުކުރުމުގައި ނަގާނީ، ސިއްރު ވޯޓެކެވެ.

 

6 ވަނަ މާއްދާ - ކައުންސިލުގެ ނާއިބު ރައީސް މަގާމުން ދުރުކުރުން

(ހ) ކައުންސިލުގެ ނާއިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް އެ ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި، ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ، އެ މީހަކު މަގާމުން ވަކިވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވޯޓުގައި، ނާއިބު ރައީސްގެ މަގާމުގައި ހުރި ފަރާތަށް ބައިވެރިއެއް ނުވެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނާއިބު ރައީސްކަމުގެ މަގާމުން ދުރުކުރެވޭ މެންބަރަކަށް، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިނގަމުންދާ ދައުރުގައި ދެވަނަފަހަރަށް ނާއިބު ރައީސްކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެއެވެ.

 

7 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުކަމުން އިސްތިއުފާދިނުން

(ހ) ކައުންސިލުގެ މެންބަރަކ،ު ކައުންސިލުގެ މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ، ސަބަބު ބަޔާންކޮށް މިނިސްޓަރަށް ފޮނުވާ ސިޓީއަކުން އިސްތިއުފާ ދެވިދާނެއެވެ. އަދި އިސްތިއުފާ ދިންކަމުގެ ސިޓީ މިނިސްޓަރަށް ލިބުމުން، ކައުންސިލުގެމެންބަރުކަމުން އޭނާ ވަކިވީއެވެ.

(ށ) ކައުންސިލުގެ ނާއިބު ރައީސް، އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް، ކައުންސިލުގެ ރައީސަށް ނުވަތަ ރައީސަކު ނެތް ހާލަތުގައި ކައުންސިލަށް ހުށަހަޅައި އެ ސިޓީ ލިބުމުން، އެ މެންބަރަކު ކައުންސިލުގެ ނާއިބު ރައީސްކަމުގެ މަގާމުން ވަކިވީއެވެ. މިގޮތުގެ މަތީން ކައުންސިލުގެ ނާއިބު ރައީސްކަމުގެ މަގާމުން މެންބަރަކު އިސްތިއުފާ ދިންކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

 

8 ވަނަ މާއްދާ - ކައުންސިލުގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ ޒިންމާކަމަށް ބަޔާންކޮށްފައިވަނީ، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދައިން، ލޭގެ ހިދުމަތުގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ލޭގެ ހިދުމަތާ ގުޅޭ ކަންކަމުގައި މިނިސްޓަރަށް ލަފާދިނުމެވެ. އަދި މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގުމަށް ކައުންސިލުގެ ފަރާތުން ދޭން ބޭނުންވާ ލަފަޔާއި އިރުށާދު ދިނުމަށެވެ.

 

9 ވަނަ މާއްދާ - ކައުންސިލުގެ ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް

ކައުންސިލުގެ ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލުގެ މަސައްކަތްތަކާ ގުޅިގެން ޖަވާބުދާރީވާންޖެހޭ އިދާރާތަކަށް ޖަވާބުދާރީވުން.

(ށ) ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ނ) ކައުންސިލުގެ ބައްދަލުވުންތަކަށް އެޖެންޑާކުރާނެ ކަންކަން ކަނޑައަޅައި ތަރުތީބުކުރުން.

(ރ) ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިކޮށްދ،ީ އެ މަސްއޫލިއްޔަތުތައްއަދާކުރެވެމުންދާކަން ކަށަވަރުކުރުން.

 

10 ވަނަ މާއްދާ - ކައުންސިލުގެ ނާއިބުރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް

ކައުންސިލުގެ ނާއިބު ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލުގެ މަސައްކަތާ ބެހޭގޮތުން ކައުންސިލުގެ ރައީސަށް އެހީތެރިވެދިނުން.

(ށ) ކައުންސިލުގެ ރައީސްގެ މަގާމު އަދާކުރުމަށް ކައުންސިލުގެ ރައީސް ނުކުޅެދިއްޖެ ހިނދެއްގައި ނުވަތަ އެކަމަށް އޭނާ އުޒުރުވެރިވެއްޖެ ހިނދެއްގައި ނުވަތަ ކައުންސިލުގެރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.

(ނ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

11 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު

ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލް ބައްދަލުވުންތަކަށް ހާޒިރުވުން.

(ށ) ކައުންސިލުގެ ބޭނުމަށް ކައުންސިލުން ހަވާލުކުރާ މަސައްކަތްތައް ކުރުން.

 

12 ވަނަ މާއްދާ - ކައުންސިލުގެ ސެކްރެޓޭރި އެޓް 

(ހ) ކައުންސިލުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ، މިނިސްޓްރީންނެވެ.

(ށ) ކައުންސިލުގެ ސެކްރެޓޭރިއަޓުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ކައުންސިލުގެ ރައީސްގެ މަށްވަރާގެ މަތީން ކައުންސިލުގެ ބައްދަލުވުންތައް ކަނޑައެޅޭ ތާރީހުތަކުގައި ބޭއްވުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛
  2. ކައުންސިލް ބައްދަލުވުމުގެ އެޖެންޑާއާއި ހާޒިރީއާއި ޔައުމިއްޔާއާއި އެންމެހައި ލިޔެކިޔުންތައް ވަކި ތަރުތީބަކުން ބެލެހެއްޓުން؛
  3. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ކައުންސިލުގެ ރައީސް ކަނޑައަޅާ ގޮތެއްގެ މަތީން މިނިސްޓްރީއާ ހިއްސާކޮށް، ހަވާލުކުރެވޭ މަސައްކަތް އެއްތަނަކުން ބެލޭނެ ނިޒާމެއް ގާއިމްކޮށް ބެލެހެއްޓުން؛
  4. ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސްލު ލިޔެކިޔުން ބަލަހައްޓައި، ނިންމާ ގަވާއިދުތަކާއި އުސޫލުތަކާއި ނިންމުންތައް ތަރުތީބުން ބަލަހައްޓައި ށާއިއުކުރުމުގެ މަސައްކަތްކޮށް، ލިޔެކިޔުން ފުރިހަމަކޮށް ފައިލުކުރުން.

 

13 ވަނަ މާއްދާ - ހާޒިރީ ރިކޯޑު

ކައުންސިލުގެ މެންބަރުން ބައްދަލުވުމަށް ހާޒިރުވުމަށްފަހ،ު އެ ދުވަހެއްގެ ހާޒިރީގައި ސޮއިކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ސަލާމްބުނުން

(ހ) ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލުގެ ބައްދަލުވުމަކަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާ ނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި ކައުންސިލުގެ ރައީސަށް އެކަން އެންގުމާއެކ،ު މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ. މިގޮތުން އެ މެންބަރެއްގެ ރަސްމީ އީމެއިލް އެޑްރެހުން ނުވަތަ މެންބަރުގެ ރަސްމީ މޯބައިލް ފޯނު ނަންބަރުން މެސެޖު ކުރުމުން ބެލެވޭނީ، އެ މައުލޫމާތު ލިޔުމުން ފޮނުވުނީ ކަމުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ބައްދަލުވުމަކަށް ސަލާމް ބުނާ މެންބަރަކ،ު އެ ބައްދަލުވުމެއްގެ ޔައުމިއްޔާއާއި ހާޒިރީގައި ފާހަގަކުރާނީ ސަލާމުގައި ހުރި މެންބަރެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރައީސަށް އަދި/ނުވަތަ ސެކްރެޓޭރިއަޓަށް އެންގުމަކާ ނުލައި މި ގަވާއިދުގައިވާ ގޮތުގެ މަތީން ކައުންސިލުގެ ބައްދަލުވުމަކަށް މެންބަރަކު ހާޒިރުނުވާ ނަމަ، އެ ބައްދަލުވުމެއްގެ ޔައުމިއްޔާއާއި ހާޒިރީގައި އެ މެންބަރަކު ފާހަގަކުރާނީ ހާޒިރުނުވާ މެންބަރެއްގެ ގޮތުގައެވެ.

 

15 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުން

ކައުންސިލުގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ.

(ހ) ކައުންސިލުގެ އާންމު ބައްދަލުވުން.

(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން.

 

16 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުން

(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކައުންސިލުގެ އާންމު ބައްދަލުވުމެއް، ކޮންމެ މީލާދީ މަހަކު 1 )އެކެއް( ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް، އެ އަކުރުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް، އާންމު ބައްދަލުވުން ބޭއްވުމަށް މެންބަރަކު ކައުންސިލަށްހުށަހަޅައިފި ހާލަތެއްގައި، މަހަކު އެއްފަހަރަށް ވުރެ އިތުރަށް އާންމު ބައްދަލުވުމެއް ބޭއްވުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

17 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތާއި އެޖެންޑާ

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ބާއްވާ އާންމު ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސްގެ މަށްވަރާގެ މަތީން، ކައުންސިލުގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ފަރާތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކައުންސިލުގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި ގަޑިއާއި އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 1 (އެކެއް) ދުވަހުގެ ކުރިން، ސެކްރެޓޭރިއެޓުން، ލިޔުމުން ކައުންސިލުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތ،ު ކައުންސިލުގެ މެންބަރުންގެ ރަސްމީ އީމެއިލް އެޑްރެހަށް އީމެއިލްކުރުމުން ނުވަތަ ރަސްމީ މޯބައިލް ފޯނު ނަންބަރުން މެސެޖުކުރުމުން ބެލެވޭނީ، އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ލިޔުމުން އެ މައުލޫމާތު ފޮނުވުނީ ކަމުގައެވެ.

 

18 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ އެކުލަވައިލުން

(ހ) ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ އެކުލަވައިލާނީ، ކައުންސިލުގެ ރައީސްގެ މަށްވަރާގެ މަތީން، ކައުންސިލުގެ ސެކްރެޓޭރިއަޓުންނެވެ. މި އެޖެންޑާ އެކުލަވައިލުމުގައި، ކައުންސިލަށް ހުށަހެޅޭ ހުރިހާ ކަމެއް، އެ ހުށަހެޅޭ ތަރުތީބުން އެޖެންޑާގައި ހިމަނަންވާނެއެވެ. އަދި ކައުންސިލުގެ ވަކި އާންމު ބައްދަލުވުމަކަށް ވަކި މައްސަލައެއް ހުށަހެޅުމަށް ކައުންސިލުން ނިންމައިފި ނަމަ، އެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން އެ މައްސަލައެއް ވެސް އެޖެންޑާގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ ކުޑަބޮޑުމިނަށާއި މުހިންމުކަމަށް ބަލައި، ކައުންސިލުގެ މެންބަރުންގެ ލަފާ ހޯދުމަށްފަހ،ު ކައުންސިލަށް ހުށަހެޅޭ މައްސަލަތައް އިސްފަސްކުރުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

(ނ) ކައުންސިލުގެ ބައްދަލުވުމެއްގެ އެޖެންޑާގައި ވަކި ކަމެއް ހިމަނަން ކައުންސިލުގެ މެންބަރަކު ބޭނުންވެއްޖެ ނަމަ، އެ ކަމެއް ހިމަނަން ބޭނުންވާ ދުވަހުގެ މަދުވެގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ކުރިން، އެ ކަމެއްގެ ތަފުސީލާއެކ،ު ކައުންސިލުގެ ސެކްރެޓޭރިއަޓް މެދުވެރިކޮށް، ކައުންސިލުގެ ރައީސަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ. މިގޮތުގެ މަތީން އެއްވެސް މެންބަރަކު ރައީސަށް ހުށަހެޅުމެއް ހުށަހަޅައިފި ނަމަ، އެ މެންބަރަކު އެދިފައިވާ ގޮތެއްގެ މަތީން ކައުންސިލުގެ އާންމު ބައްދަލުވުމަކަށް އެ ކަމެއް އެޖެންޑާ ކުރަންވާނެއެވެ.

(ރ) ކައުންސިލުގެ ބައްދަލުވުމެއްގެ އެޖެންޑާގައި ވަކި ކަމެއް ހިމަނަން މޯލްޑިވިއަން ބްލަޑް ސަރވިސަސް ނުވަތަ މިނިސްޓްރީން ބޭނުންވެއްޖެ ނަމަ، އެ ކަމެއް ހިމަނަން ބޭނުންވާ ދުވަހުގެ މަދުވެގެން ރަސްމީ 5 (ފަހެއް) ދުވަހުގެ ކުރިން، އެޖެންޑާގައި ހިމަނަން ބޭނުންވާ ކަމެއް، ކައުންސިލުގެ ސެކްރެޓޭރިއަޓް މެދުވެރިކޮށް، ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި މިގޮތުގެ މަތީން މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ނުވަތަ މިނިސްޓްރީން ހުށަހެޅުމެއް ހުށަހަޅައިފި ނަމަ، މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ނުވަތަ މިނިސްޓްރީން އެދިފައިވާ ގޮތެއްގެ މައްޗަށް ރިއާޔަތްކުރުމަށްފަހ،ު ކައުންސިލުގެ ރައީސްގެ މަށްވަރާއާއި ހުއްދަޔާއެކު ކައުންސިލުގެ ސެކްރެޓޭރިއަ ޓުން، ކައުންސިލުގެ އާންމު ބައްދަލުވުމަކަށް އެ ކަމެއް އެޖެންޑާ ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - އާންމު ބައްދަލުވުމުގެ ގާނޫނީ އަދަދު

(ހ) ކައުންސިލުގެ އާންމު ބައްދަލުވުމެއް ބޭއްވޭނީ، މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ހަމަނުވާ ނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ފަސްކުރުމުގެ އިހްތިޔާރ،ު ކައުންސިލުގެ ރިޔާސަތަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން

މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، އަންނަނިވި ހާލަތްތަކުން ހާލަތެއްގައި އެ ހުށަހެޅިފައިވާ ކަމެއް ކުރުމަށް ޓަކައި، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވިދާނެއެވެ.

(ހ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ސަބަބު ބަޔާންކޮށް، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް، ކައުންސިލުގެ ތިންބައިކުޅައެއްބައި މެންބަރުންނަށް ވުރެ މަދުނޫން އަދަދެއްގެ މެންބަރުން، ކައުންސިލުގެ ސެކްރެޓޭރިއަޓް މެދުވެރިކޮށް، ލިޔުމުން އެދުން. ނުވަތަ،

(ށ) މިފަދަ ބައްދަލުވުމެއް ބޭއްވުމަށް، އެކަށީގެންވާ ސަބަބަކާއެކ،ު ކައުންސިލުގެ ރައީސަށް ފެނުން.

 

21 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން

މި ގަވާއިދުގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން އެދުމުގައި، އެ ބައްދަލުވުމެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީހ،ު ކައުންސިލުގެ ސެކްރެޓެރޭޓިއަޓް މެދުވެރިކޮށް ކައުންސިލުގެ ރައީސަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި ވަގުތާއި އެޖެންޑާ

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކައުންސިލުން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކައުންސިލުގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ރައީސް ކަނޑައަޅާ ތަނާއި ގަޑިއާއި އެޖެންޑާ، ބައްދަލުވުން ފެށުމުގެ 2 (ދޭއް) ގަޑިއިރުގެ ކުރިން، ކައުންސިލުގެ ރައީސް، ކައުންސިލުގެ ސެކްރެޓެރޭޓިއަޓް މެދުވެރިކޮށް، ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތ،ު ކައުންސިލުގެ މެންބަރުންގެ ރަސްމީ އީމެއިލް އެޑްރެހަށް އީމެއިލްކޮށް، އެ އީމެއިލް ކުރިކަން މެންބަރުންގެ ރަސްމީ މޯބައިލް ފޯނަށް މެސެޖު ކުރުމުން، އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މައުލޫމާތު ލިޔުމުން ފޮނުވުނީ ކަމުގައި ބެލެވޭނެއެވެ.

 

23 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން

(ހ) ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސެވެ.

(ށ) ކައުންސިލުގެ ރައީސަށް ޖަލްސާއަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ކައުންސިލުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ނާއިބު ރައީސެވެ.

(ނ) ކައުންސިލުގެ ޖަލްސާއަކަށް ކައުންސިލުގެ ރައީސާއި ނާއިބު ރައީސަށް ހާޒިރުވެވެން ނެތް ހާލަތުގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ ފަރާތެއް، އެ ޖަލްސާއަކަށް ހާޒިރުވެތިބި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަނޑައަޅަންވާނެއެވެ.

 

24 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު ކައުންސިލުން އެއްވެސް ކަމެއް ނިންމޭނީ، ކައުންސިލުގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއް ކުރިޔަށްދާކަން އެ މެންބަރަކަށް އެނގޭ ހިނދުން ފެށިގެން،  ރިޔާސަތަށާއި، ކައުންސިލުގެ އެހެން މެންބަރުންނަށް މިކަން އެންގުމާއެކ،ު އެ މައްސަލައަކާ ގުޅޭގޮތުން މަށްވަރާތަކުގައި ބައިވެރިވުމުންނާއި އެކަމަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުން އެއްކިބާވާންވާނެއެވެ.

 

25 ވަނަ މާއްދާ - ވޯޓު ދިނުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު ކައުންސިލުން ކަންކަން ނިންމުމުގައި ވޯޓު ދޭނީ، އަތް އުފުލައިގެންނެވެ.

(ށ) ކައުންސިލުގެ ކޮންމެ މެންބަރަކަށް ދެވޭނީ، ވޯޓުނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ.

 

26 ވަނަ މާއްދާ - ވޯޓު ގުނައިފައި އޭގެ ތަފުސީލު ރިކޯޑުކުރުމާއި، ނަތީޖާ އިއުލާނުކުރުން

ވޯޓު ގުނައި، އޭގެ ތަފުސީލު ރިކޯޑުކުރާނީ، ކައުންސިލުގެ ސެކްރެޓަރިއޭޓުންނެވެ. ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ، ބައްދަލުވުމުގެ ރިޔާސަތުންނެވެ. އަދި ކައުންސިލުން ނިންމާ ނިންމުމެއްގައި، ކައުންސިލުގެ ރައީސް ނުވަތަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތް ސޮއިކޮށްފައި އޮންނަންވާނެއެވެ.

 

27 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން

(ހ) ކައުންސިލުން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނީ، ހުށަހަޅައިފައިވާ މައްސަލައެއްގައި ދީފައިވާ ވޯޓު ހަމަހަމަވާ ހާލަތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނާއިބު ރައީސްކަމުގެ މަގާމަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓު ހަމަހަމަނުވިޔަސް، އެ ވޯޓުގައި ރިޔާސަތަށް ބައިވެރިވެވޭނެއެވެ.

 

28 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ފާސްކުރުން

(ހ) ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔ،ާ ޖެހިގެން އަންނަ ކައުންސިލުގެ ބައްދަލުވުމުގައި، ކުރީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކޮށް ޔައުމިއްޔާގައި ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާއަށް މެންބަރަކު އިސްލާހެއް ހުށަހަޅައިފި ނަމަ ޔައުމިއްޔާ ފާސްކުރަންވާނީ، އިސްލާހާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.

 

29 ވަނަ މާއްދާ - މެންބަރުން މަގާމާ ހަވާލުވުން 

(ހ) ކައުންސިލުގެ މެންބަރަކު މަގާމަށް އައްޔަނުކުރިކަމަށް މިނިސްޓްރީން ލިޔުންދޭ ތާރީހުން ފެށިގެން މަގާމަށް އައްޔަނު ކުރެވުނީއެވެ. އަދި ކައުންސިލުގެ މެންބަރަކަށް އެ މެންބަރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފެށޭނީ، ކައުންސިލުގެ މެންބަރެއްގެ ގޮތުން އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މިނިވަންކަމާއި އަދުލުވެރިކަމާއި އަމާނާތްތެރިކަމާއި އިންސާފުވެރިކަމާއެކ،ު އެއްވެސް ނުފޫޒަކަށް ލެނބުމެއް ނެތި، އިހްލާސްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިގްރާރުވުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިގުރާރު އޮންނަންވީ ގޮތުގެ ނަމޫނާ،  މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާނެއެވެ. މެންބަރުންގެ ދައުރު. 30 (ހ) ކައުންސިލަށް އައްޔަނުކުރާ މެންބަރުންނަށް އެ މަގާމުގައި ދެމިތިބޭނީ، އެ މީހަކު މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލަށް މެންބަރުން އައްޔަނުކުރާ މުއްދަތު ހަމަވުމުން، އިތުރު 5 (ފަހެއް) އަހަރުގެ 1 )އެކެއް) ދައުރަށް، އެ މެންބަރުން ކައުންސިލަށް އައްޔަނުކުރެވިދާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން މެންބަރުކަމަށް އައްޔަނުކުރާ އެއްވެސް މީހަކަށް، ވިދިވިދިގެން ނުވަތަ އެ ނޫން ގޮތަކަށް ވިޔަސް، 5 (ފަހެއް) އަހަރުގެ 2 (ދޭއް) ދައުރަށްވުރެ ގިނަދުވަހު މެންބަރުކަމުގައެއް ނުހުރެވޭނެއެވެ.

(ރ) ކައުންސިލަށް އައްޔަނުކުރާ ކޮންމެ މެންބަރަކު ވެސް، މިނިވަންކަމާއެކު ވަކި ފަރާތަކަށް ލެނބުމެއް ނެތި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، މެންބަރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ދެމިތިބެންވާނެއެވެ. އަދި ގާނޫނުގެ މަގުސަދުތައް ކުރިއެރުވުމަށް ހުރިހައި ވަގުތެއްގައި ވެސް މަސައްކަތް ކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - އެލަވަންސް

(ހ) ކައުންސިލަށް އައްޔަނުކުރާ މެންބަރުންނަށް، އެ ފަރާތްތަކުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް އެލަވަންސެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސް ކަނޑައަޅާނީ، މާލީ ވަޒީރެވެ.

 

32 ވަނަ މާއްދާ - މެންބަރުކަމުގެ މަގާމު ހުސްވުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

(ހ) މެންބަރުކަމުގެ ދައުރު ހަމަވުން.

(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތީން އިސްތިއުފާދިނުން.

(ނ) މި ގަވާއިދުގެ 34 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މެންބަރަކު ވަކިކުރުން.

(ރ) މަރުވުން.

(ބ) މެންބަރުކަމަށް އައްޔަނުކޮށްފައިވާ ހައިސިއްޔަތު އުނިވުން.

 

33 ވަނަ މާއްދާ - ހުސްވާ މަގާމަށް މެންބަރުން އައްޔަނުކުރުން

(ހ) ކައުންސިލުގެ މެންބަރުކަމުގެ މަގާމެއް ހުސްކޮށް ނޯންނާނެ ގޮތެއްގެ މަތީން، ކައުންސިލުގެ މެންބަރުންގެ މެންބަރުކަމުގެ ދައުރު ހަމަވުމުގެ ކުރިން، ކައުންސިލަށް އައު މެންބަރުން އައްޔަނުކޮށް ނިންމަންވާނެއެވެ.

(ށ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ބ) ގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެ ނަމަ، އެ މަގާމެއް ހުސްވާތާ، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ މަގާމަށް މީހަކު އަލުން އައްޔަނު ކުރަންވާނެއެވެ.

(ނ) ކައުންސިލުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެ ނަމަ، އެ މަގާމަށް މެންބަރަކު ހަމަޖައްސާނީ، އެ މަގާމަކަށް އެ މެންބަރަކު ހޮވުމަށް ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

34 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކައުންސިލުގެ މެންބަރަކަށް އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރަކު މަގާމުން ވަކިކުރުމުގެ އިހްތިޔާރ،ު މިނިސްޓަރަށް ލިބިގެންވެއެވެ. އެގޮތުން މަގާމުން ވަކިކުރާއިރ،ު މަގާމުން ވަކިކުރާ ސަބަބު ބަޔާންކުރަންވާނެއެވެ.

(ހ) ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން.

(ށ) ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޒުވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް މެދުވެރިވުން.

(ނ) ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުން.

 

35 ވަނަ މާއްދާ - ބައްދަލުވުންތަކަށް ހާޒިރުނުވުން

މަގުބޫލު ސަބަބެއް ނެތި، ކައުންސިލަށް ނުވަތަ ކައުންސިލުގެ ސެކްރެޓޭރިއެޓަށް އެންގުމަކާ ނުލައި، ވިދިވިދިގެން 3 )ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ، މި ގަވާއިދުގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ހުށަހެޅޭނެއެވެ.

 

36 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، ކައުންސިލުންނެވެ.

 

37 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ "ނޭށަނަލް ބްލަޑް ކައުންސިލް" އަށެވެ.

(ށ) "ރަސްމީ އީމެއިލް އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ މެންބަރުންނަށް އެ މެންބަރުންގެ ރަސްމީ އީމެއިލުގެ ގޮތުގައި މިނިސްޓްރީން ހަމަޖައްސައިދޭ އީ-މެއިލް އެޑްރެހަށެވެ.

(ނ) "މެންބަރުންގެ ރަސްމީ މޯބައިލް ފޯނު" ކަމަށް ބުނެފައި އެވަނީ، ކައުންސިލް މެންބަރުން އެ މެންބަރެއްގެ މޯބައިލް ފޯނު ނަންބަރުކަމުގައި ކައުންސިލަށް ލިޔުމުން ހުށަހަޅައިފައިވާ މޯބައިލް ފޯނު ނަންބަރަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ބ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ޅ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) އަށެވެ.

 

38 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-29)

 

 

 

ޖަދުވަލު 1

 

 

މައި ގާނޫނު

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-29)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު