-

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނާއި ހިލާފަށް އެތެރެވޭ ކުރެވޭ ގަވާއިދު (2023-97) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-95)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 އޮކްޓޫބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2023-97 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު، ގާނޫނު ނަންބަރު 2022-13) އާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ އަރިމަތީ ސުރުހީ، "ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ދިރޭ ޖަނަވާރާމެދު އަމަލުކުރާނެ ގޮތް" މި ގޮތަށް އިސްލާޙުކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ގަވާއިދާ ހިލާފަށް ތަކެތި ގެންނަ ފަރާތުގެ ޒިންމާ 8.

(ހ) ގަވާއިދާ ހިލާފަށް ގެންނަ ދިރޭ ތަކެއްޗާ މެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ނިންމުމަކީ، އެ ދިރޭ އެއްޗެއް ގެނައި ގައުމަކަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ނުވަތަ އެކަށީގެންވާ ފެސިލިޓީއަކަށް ފޮނުވައިލުން ކަމަށް ވާ ނަމަ، ގަވާއިދާ ހިލާފަށް ދިރޭ ތަކެތި އެތެރެކުރާ ފަރާތުން، އެ އިންތިޒާމުތައް (ބޭނުންވާ ލިޔެކިއުމާއި، ހަރަދާއި، އެހެނިހެން އިންތިޒާމުތައް) އެ ދިރޭ އެއްޗެއް ނެގިތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ހަމަޖައްސަންވާނެއެވެ.

(ށ) ގަވާއިދާ ހިލާފަށް ގެންނަ ދިރޭ ތަކެއްޗާމެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ގޮތަކީ، އެ ދިރޭ އެއްޗެއް އިންސާނިއްޔަތުކަމާއެކު މަރައިލުން ކަމަށް ވާ ނަމަ ނުވަތަ ގަވާއިދާ ހިލާފަށް ގެންނަ ދިރޭ އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމަކާ މެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ގޮތަކީ، އެ ތަކެތި ނައްތައިލުން ކަމަށް ވާ ނަމަ، އެ ހަރަދުތަކަށް ޒިންމާވާނީ އެ ތަކެތި އެތެރެކުރި ފަރާތުންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ހަމަޖެއްސުމާއި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެންމެހައި ހަރަދުތަކަށް ޒިންމާވާނ،ީ ގަވާއިދާ ހިލާފަށް އެ ތަކެތި ގެންނަ ފަރާތުން ނުވަތަ އެ ތަކެތި ގެންގުޅޭ ފަރާތުންނެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-13) އާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-97)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-13) އާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-97)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު