-

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-81)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 ސެޕްޓެމްބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2023-158 (މާލިއްޔަތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.20 ވަނަ މާއްދާގެ (ރ) ގެ (6) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

"ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ހިދުމަތް ހޯދުން 10.20.

(6) ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ގައުމީ ސަލާމަތާބެހޭ މަޖިލީހުން، "ވަކި ބަޔަކު ނުވަތަ ވަކި ހާއްސަ ފަރާތެއް ކަނޑައެޅުން؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.49 ވަނަ މާއްދާގެ (ނ) އަށް (4) ވަނަ ނަންބަރު އިތުރުކުރުން. 

އެއްބަސްވުމަށް ބަދަލުގެނައުން 10.49

(4) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ގައުމީ ސަލާމަތާބެހޭ މަޖިލީހުން ހުއްދަ ދީގެން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ އަގަށް ނުވަތަ މުއްދަތަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ ނުވަތަ އެނޫންވެސް ބަދަލެއް އެ އެއްބަސްވުމަށް ގެންނަން ޖެހިއްޖެ ނަމަ ނުވަތަ ެއްބަސްވުން އުވައިލަން ޖެހިއްޖެ ނަމަ، އެކަމަށް ހުއްދަ ދޭނީ އެ މަޖިލީހުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެގޮތުގެ އުސޫލު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ޖަދުވަލު 2

ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެގޮތުގެ އުސޫލު

 

1 ވަނަ ބައި

ފެށުން

 

1 ވަނަ މާއްދާ -  ތައާރުފު

މިއ،ީ މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލްތައް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

 

2 ވަނަ މާއްދާ - ޕްރޮޕޯޒަލުގެ ބާވަތްތައް 

ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލުގެ ގޮތުގައި ސަރުކާރަށް ހުށަހެޅޭނީ ތިރީގައި  ބަޔާންކޮށްފައިވާ ފަދަ ޕްރޮޕޯޒަލްތަކެވެ.

(ހ) ސަރުކާރުން ކަނޑައަޅައިފައިވާ ވަކި މަށްރޫއަކަށް ނުފެތުނު ނަމަވެސް، ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަދަ މަށްރޫއުތަކާ ގުޅޭ ޕްރޮޕޯޒަލް.

(ށ) ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް އީޖާދީގޮތެއްގައި (އިނޮވޭޓިވްގޮތެއްގައި) އަދި ފުދުންތެރިގޮތެއްގައި ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯޒަލް.

(ހ) ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން، އެ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއެއް އިއުލާނުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ރާވައިފައިވުން.

(ށ) ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން، އެ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއެއް ސަރުކާރުގެ ކަމާބެހޭ ފަރާތުން އިއުލާނުކޮށްފައިވުން.

(ނ) ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން، އެ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއެއް ސަރުކާރުގެ ކަމާބެހޭ ފަރާތުން އިއުލާނުކޮށްގެން މަށްރޫއުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމުގެ އެއްވެސް މަރުހަލާއެއް ފަށައިފައިވުން.

 

3 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަނޭޅޭނެ ހާލަތްތައް

ތިރީގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި، މި ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން ޕްރޮޕޯޒަލެއް ހުށައެއް ނޭޅޭނެއެވެ. 

(ހ) ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން، އެ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫޢެއް އިއުލާނުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ރާވައިފައިވުން.

(ށ) ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން، އެ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫޢެއް ސަރުކާރުގެ ކަމާބެހޭ ފަރާތުން އިއުލާނުކޮށްފައިވުން.

(ނ) ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން، އެ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫޢެއް ސަރުކާރުގެ ކަމާބެހޭ ފަރާތުން އިއި=ުލާނުކޮށްގެން މަށްރޫޢުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމުގެ އެއްވެސް މަރުޙަލާއެއް ފަށައިފައިވުން.

 

4 ވަނަ މާއްދާ - ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް

މި އުސޫލުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅަންވާނީ ތިރީގައިވާ ބައިތައް ހިމެނޭ ގޮތަށެވެ.

(ހ) އެޕްލިކޭށަން ފޯމު.

(ށ) ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މަށްރޫއުގެ ޕްރޮޕޯޒަލް.

  1. ޕްރޮފޯޒަލް ހުށަހަޅާ ފަރާތުގެ ނަން؛
  2. މަށްރޫއު ހިންގުމަށް ހުށަހަޅާ ތަން؛
  3. މަށްރޫއު ހިންގުމަށް ބިން ބޭނުންވާ ނަމަ، ބޭނުންވާނެ ބިމާއި، އެ ބިމުގެ ބޮޑުމިން (ހެކްޓަރުން)؛ 
  4. މަށްރޫއުގެ މައިގަނޑު ބައިތަކާއި، ސަރުކާރުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާ ގުޅުންހުރި މިންވަރު؛
  5. މަށްރޫއު ހިންގުމަށް ހުށަހަޅާ ވިޔަފާރި މޮޑެލްއާއި، މައިގަނޑު ކޮމާށަލް ޓަރމްސް.
  6. މަށްރޫއުގެ ޖުމުލަ އިންވެސްޓްމަންޓުގެ މިންވަރާއި، އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތް؛
  7. މަށްރޫއަށް ސަރުކާރުގެ ފަރާތުން ބޭނުންވާ ކޮމިޓްމަންޓެއް އޮތް ނަމަ އެކަމުގެ ތަފުސީލ.ު

(ނ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޖަމުއިއްޔާއެއް ނުވަތަ ޖަމާއަތެއްނަމަ، ކުންފުނި ނުވަތަ ޖަމުއިއްޔާ ނުވަތަ ޖަމާއަތް ރަޖިސްޓަރީކޮށްފައިވާކަމުގެ ސެޓުފިކެޓުގެ ކޮޕީއާއި، އަސާސީ ގަވާއިދުގެ ކޮޕީއާއި، ހިންގާ ގަވާއިދުގެ ކޮޕީ ނުވަތަ އެނޫންވެސް އެފަދަ ގާނޫނީ ލިޔެކިޔުންތަކުގެ ކޮޕީ.

(ރ)

  1. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ދިވެހި އަމިއްލަ ފަރުދެއް ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  2. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ބިދޭސީއެއް ނަމަ، އެ ފަރާތުގެ ޕާސްޕޯޓުގެ ނޯޓަރައިޒްކޮށްފައިވާ ކޮޕީއެއް.

(ބ) މަށްރޫއުގެ ދާއިރާގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފަންނީ ގާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔެކިޔުން.

(ޅ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ ކޮޕީ.

(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހުށަހަޅައިފައިވާ ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއުގެ ކުޑަބޮޑުމިނަށް ބަލައި، 3 (ތިނެއް) އަހަރަށްވުރެ ދިގު މުއްދަތުގެ އޮޑިޓުކޮށްފައިވާ މާލީބަޔާން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅުން

(ހ) މި އުސޫލުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅާނީ، ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއުގެ ދާއިރާއާ ގުޅޭ މިނިސްޓްރީއަކަށެވެ.

(ށ) ޕްރޮޕޯޒަލް ތައްޔާރުކުރުމުގައި އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ނަމަ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ކަމެއް ސާފުކުރުމަށް ހުށަހެޅިދާނެއެވެ.

(ނ) ޕްރޮޕޯޒަލެއް ހުށަހެޅުމަށްފަހ،ު ޕްރޮޕޯޒަލާއި އެ ޕްރޮޕޯޒަލަކާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިގެންދާނެއެވެ. އެހެންނަމަވެސް، ޕްރޮޕޯޒަލުގައި ހިމެނިފައިވާ އެންމެހައި މައުލޫމާތުތަކުގެ ފިކުރީ މިލްކުވެރިކަމުގެ ހަމައެކަނި ހައްގުވެރި ފަރާތަކީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތެވެ.

(ރ) ޕްރޮޕޯޒަލް ހުށަހެޅުމުގައި ހިނގާ ހުރިހާ ހަރަދަކަށް ޒިންމާވާނީ، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުންނެވެ.

(ބ) މިނިސްޓްރީއަށް ޕްރޮޕޯޒަލެއް ލިބުމުން، އެ ޕްރޮޕޯޒަލް ލިބުނުކަމުގެ ލިޔުމެއ،ްޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - އެސެސްމަންޓް އަދި ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުން

މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތައް އެސެސްކޮށް ޕްރޮޕޯޒަލާމެދު ގޮތެއް ނިންމޭނީ ތިރީގައިވާ މަރުހަލާތަކަށް ބަހައިލައިގެންނެވެ.

(ހ) ފުރަތަމަ މަރުހަލ:ާ

  1. ޕްރޮޕޯޒަލް ހުށަހެޅުމުގައި ކަނޑައަޅައިފައިވާ އަސާސީ މިންގަނޑުތަކަށް ޕްރޮޕޯޒަލް ފެތޭތޯ ބެލުމާއި، ޕްރޮޕޯޒަލް ހުށަހެޅި ދާއިރާގައި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ގާބިލުކަން ހުރިތޯ ބެލުން؛ 
  2. ޕްރޮޕޯޒަލާ ގުޅޭ ސްޓްރެޓީޖިކް އެސެސްމަންޓާއި މަށްރޫއުގެ ޑީޓެއިލްޑް އެސެސްމަންޓް ހެދުން؛
  3. ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް ޕްރޮޕޯޒަލް ހުށަހެޅުމާމެދު މިނިސްޓްރީން ގޮތެއް ނިންމުން.

(ށ) ދެވަނަ މަރުހަލ:ާ

  1. ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުމަށް ޓަކައި ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހެޅުން؛
  2. މަށްރޫއުގެ ޓަރމްސް ނެގޯށިއޭޓްކޮށް ފައިނަލައިޒްކުރުން.

(ނ) ތިންވަނަ މަރުހަލ:ާ

  1. ފޮރިން އިންވެސްޓްމަންޓް އަދި/ނުވަތަ ވިޔަފާރި ރަޖިސްޓަރީކުރުން؛ 
  2. އެއްބަސްވުމުގައި ސޮއިކުރުން.

 

2 ވަނަ ބައި

ފުރަތަމަ މަރުހަލާ

 

7 ވަނަ މާއްދާ - އިނީށަލް އެސެސްމަންޓް

(ހ) ޕްރޮޕޯޒަލް ހުށަހެޅުމުން ހެދޭ އިނީށަލް އެސެސްމަންޓުގައި އަންނަނިވި ކަންކަން ފުރިހަމަވާކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

  1. ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް ހިމަނައިފައިވޭތޯ ބެލުން؛ 
  2. ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ދާއިރާގައި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެތަޖުރިބާއާއި، ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަން ހުރިތޯ ބެލުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ ނަމަ، ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ކުރިޔަށް ގެންދިޔުމަށް ނުވަތަ ކުރިޔަށް ނުގެންދިޔުމަށް މިނިސްޓްރީއަށް ނިންމިދާނެއެވެ. އަދި މިގޮތުގެ މަތީން ނިންމާ ނިންމުން، އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށ،ް ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ޕްރޮޕޯޒަލުގެ ސްޓްރެޓީޖިކް އެސެސްމަންޓް

މި އުސޫލުގެ 7 ވަނަ މާއްދާ ގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ޕްރޮޕޯޒަލްތަކާއި، އެ މާއްދާގެ (ށ) ގެ ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވާ ޕްރޮޕޯޒަލްތަކަކީ ސަރުކާރުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުވާ ޕްރޮޖެކްޓެއްތޯ ދެނެގަނ،ެ ޕްރޮޕޯޒަލުން މުޖުތަމައަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި އެ ޕްރޮޕޯޒަލްތަކުގެ ސްޓްރެޓީޖިކް އެސެސްމަންޓެއް މިނިސްޓްރީން ތައްޔާރުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ޑީޓެއިލްޑް އެސެސްމަންޓް

(ހ) މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓްރެޓީޖިކް އެސެސްމަންޓާ އެކުއެކީގައި، ތިރީގައިވާ ކަންކަން ހިމެނޭގޮތަށ،ް ޕްރޮޕޯޒަލުގެ ޑީޓެއިލްޑް އެސެސްމަންޓެއް މިނިސްޓްރީން ތައްޔާރުކުރަންވާނެއެވެ.

  1. މަށްރޫއުން ރައްޔިތުންނަށް ކުރާނެ ފައިދާ؛
    1.1 ޕްރޮޕޯޒަލް ބައްޓަންކުރުމުގައި ސަރުކާރުން ކުރިޔަށް ގެންދިއުމަށް ރާވައިފައިވާ ތަރައްގީގެ މަށްރޫއުތަކާއި، ހާސިލުކުރުމަށް ބޭނުންވާ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާ ގުޅުންހުރި މިންވަރ.ު
    1.2 އެފަދަ މަށްރޫއަކަށް މުޖުތަމައު ބޭނުންވެފައިވާ މިންވަރ.ު
    1.3 ހުށަހަޅައިފައިވާ މަށްރޫއުން މުޅި ގައުމުގެ ކުރިއެރުމަށް ލިބޭނެ ފައިދާއާއި މަންފ.ާ
  2. މަށްރޫއުގެ ފީޒިބިލިޓީ؛
    2.1 މަށްރޫއަކީ ޓެކްނިކަލްގޮތުން ކުރި ޔަށް ގެންދެވިދާނެ މަށްރޫއެއްތޯ ދެނެގަތުން.
    2.2 މަށްރޫއު ފެށުމަށް ބޭނުންވާ ފައިނޭންސް.
    2.3 މުޖުތަމައަށާއި، ތިމާވެށްޓަށާއި، އިގްތިސާދަށް މަށްރޫއުން ކުރާނެ އަސަރ.ު 
  3. ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަންހުރި މިންވަރު؛
    3.1 ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން ހުށަހަޅައިފައިވާ މަށްރޫއާއި އެފަދަ އެހެނިހެން މަށްރޫއުތައް ހިންގުމުގައި މަސައްކަތްކޮށްފައިވާ މިންވަރާއި، އެކަމުގެ ތަޖުރިބ.ާ
    3.2 ހުށަހަޅައިފައިވާ މަށްރޫއު ހިންގުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރ.ު
  4. ފައިސާ ހޯދާގޮތް؛
    މަށްރޫއަށް ފަންޑުކުރުމަށް ރާވައިފައިވާ ގޮތަކީ ސަރުކާރުގެ މާލީ ތަނަވަސްކަން ތަންދޭ ފަދަ ގޮތަކަށްވުން. 
  5. ވިޔަފާރި މޮޑެލް؛
    ހުށަހަޅައިފައިވާ ކޮމާށަލް ޓަރމްސްތައް ސަރުކާރަށް ގަބޫލުކުރެވޭ މިންވަރ.ު
  6. ޑިއު ޑިލިޖަންސް؛
    6.1 އެތިކަލް މިންގަނޑުތައ:ް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ބައިނަލްއަގުވާމީގޮތުން ބަލަހައްޓާ ބްލެކްލިސްޓެއްގައި ނަން ހިމެނިފައިވާ ފަރާތެއްކަމުގައި ނުވުން.
    6.2 އިންސޯލްވަންސ:ީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ދަރަނިވެރިވެފައިވާ ނުވަތަ ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި ނުވުން.
    6.3 ޕްރޮޕޯޒަލް ހުށަހަޅާ ފަރާތް ނިސްބަތްވާ ގައުމުން ލާޒިމުކުރާ ގާނޫނީ ޒިންމާތައް އަދާކޮށްފައިވުން.
    6.4 ކުށުގެ ރިކޯޑ:ު ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ނުވަތަ އެ ފަރާތުގެ ޑައިރެކްޓަރުންނަކީ މަސައްކަތާ ގުޅުންހުރި ކަމަކުން ޖިނާއީ ކުށުގެ ރިކޯޑެއް އޮތް ބަޔަކުކަމުގައި ނުވުން.

(ށ) މި އުސޫލުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓްރެޓީޖިކް އެސެސްމަންޓާއި ޑީޓެއިލްޑް އެސެސްމަންޓް ތައްޔާރުކުރުމުގައި ކަމާގުޅޭ އެންމެހައި ވުޒާރާތައް ބައިވެރިކުރަންވާނެއެވެ. އަދި މިކަމުގައި ފަންނީ ތަޖުރިބާކާރުންގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ދާއިރާއާއި، މާލީ ދާއިރާއާއި، ތިމާވެށީގެ ދާއިރާ ހިމެނޭހެން، ކަމާ ގުޅޭ މުއައްސަސާތަކުގެ އެހީތެރިކަން ވެސް ހޯދިދާނެއެވެ.

(ނ) ޕްރޮޕޯޒަލްގެ އިނީށަލް އެސެސްމަންޓާއި، ސްޓްރެޓީޖިކް އެސެސްމަންޓާއި، ޑީޓެއިލްޑް އެސެސްމަންޓަށް ބިނާކޮށް މިނިސްޓްރީން ތައްޔާރުކުރާ ރިޕޯޓު ވަޒަންކުރުމަށްފަހ،ު އެ ޕްރޮޕޯޒަލަކާމެދު އަންނަނިވިގޮތުންކުރެ ގޮތަކަށް މިނިސްޓަރު ނިންމަންވާނެއެވެ.

  1. އެ ޕްރޮޕޯޒަލަކީ ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަން އެ ވަގުތަށް އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ނޫންކަމަށް މިނިސްޓަރަށް ފެންނަ ނަމަ، އެ ޕްރޮޕޯޒަލް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަން ނުފެންނަކަމަށް ނިންމުން. އަދި އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށ،ް ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އެކަން އެންގުން؛ ނުވަތަ 
  2. އެ ޕްރޮޕޯޒަލަކީ ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަން އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ކަމަށް މިނިސްޓަރަށް ފެނިއްޖެ ނަމަ، އެ ޕްރޮޕޯޒަލާމެދު އަންނަނިވި ގޮތަކުން ކުރެ ގޮތަކަށް އަމަލުކުރުމަށް ޓަކައި، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް މިނިސްޓްރީން ހުށަހެޅުން.
    2.1 ހުށަހަޅައިފައިވާ ގޮތަށް ކުރިޔަށް ގެންދަން ނިންމުމަށް. 
    2.2 ސީދާ މަށްވަރާއަކަށް ދިއުމަށް ނިންމުމަށް. 
    2.3 ވާދަވެރި ބީލަމަކަށް ހުޅުވައިލުމަށް ނިންމުމަށް. 
    2.4 ކުރިޔަށް ގެންދިޔުމަށް ނުފެންނަކަމަށް ނިންމުމަށް.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ 2.1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޕްރޮޕޯޒަލާ ގުޅޭގޮތުން މިނިސްޓްރީން ހުށަހަޅައިފައިވާ ގޮތަށް ކުރިޔަށް ގެންދަން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމައިފި ނަމަ، މި އުސޫލުގެ 11 ވަނަ މާއްދާއާއި 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީން، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން މިނިސްޓްރީން ކުރިޔަށް ގެންދަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ 2.3 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ވާދަވެރި ބީލަމަކަށް ދިއުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމައިފި ނަމަ، ބިޑު ހުށަހެޅުމުގެ ފުރުސަތު، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް ވެސް ދެވޭނެއެވެ. ވާދަވެރި ބީލަމުގެ މަރުހަލާ ކުރިޔަށްގެންދާނީ،ކަމާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ޅ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ 2.4 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޕްރޮޕޯޒަލުގެ ކަންކަން އިތުރަށް ކުރިޔަށް ގެންދިއުމަށް ނުފެންނަކަމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމައިފި ނަމަ، އެގޮތަށް ނިންމި ސަބަބުތައ،ް ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

 

2 ވަނަ ބައި

ދެވަނަ މަރުހަލާ

 

10 ވަނަ މާއްދާ - ޕްރޮޕޯޒަލާ ގުޅޭ މަށްވަރާތައް ކުރިޔަށް ގެންދިޔުމާއި، ކޮމާށަލް ޓަރމްސް ފައިނަލައިޒްކުރުން

(ހ) މަށްރޫއުގެ ސްކޯޕާއި ޓަރމްސްތަކާއި އެހެނިހެން ކަންކަމާ ގުޅޭގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު، މި އުސޫލުގެ 9 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ 2.2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސީދާ މަށްވަރާއަށް ދިޔުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފި ނަމަ، އެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު މިނިސްޓްރީން ސީދާ މަށްވަރާއަށް ގޮސް މަށްރޫއުގެ ޓަރމްސްތައް ފައިނަލައިޒް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު ސީދާ މަށްވަރާއަށް ދިޔުމަށް ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމާ ހާލަތުގައި، މަށްރޫއުގެ ޓަރމްސްތަކާމެދު ސީދާ މަށްވަރާއަށް ދިޔުމުގެ ކުރިން އެކަމަށް މަގުފަހިކުރުމުގެ ގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު ފަހުމުނާމާ (މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ) އެއްގައި ސޮއިކުރުމަށް ދެފަރާތުންކުރެ ފަރާތަކަށް ފެންނަ ނަމަ، އެފަދަ ފަހުމުނާމާއެއްގައި ސޮއިކުރެވިދާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން ކުރެވޭ ސީދާ މަށްވަރާތައް ނިމިގެންދާގޮތަށް ރިއާޔަތްކޮށ،ް ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ މަށްރޫއުގެ މައިގަނޑު ކޮމާށަލް ޓަރމްސްއާމެދު ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ހުއްދަ ހޯދުމަށް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށ،ް މިނިސްޓްރީން ހުށަހަޅަންވާނެއެވެ.

 

2 ވަނަ ބައި

ތިންވަނަ މަރުހަލާ

 

11 ވަނަ މާއްދާ- އެއްބަސްވުމުގައި ސޮއިކުރުން

(ހ) މި މަރުހަލާގައި، ސަރުކާރާއި ޕްރޮޕޯޒަލުގައި ހުށަހަޅައިފައިވާ މަށްރޫއު ހިންގުމަށް ކަނޑައަޅާ ފަރާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ. މި އެއްބަސްވުން ބިނާކުރެވޭނީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ އަދި މި އުސޫލުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ހުއްދަ ދީފައިވާ ކޮމާށަލް ޓަރމްސްގެ މައްޗަށެވެ.

(ށ) މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ، އެ މަށްރޫއެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ.

 

12 ވަނަ މާއްދާ - ފޮރިން އިންވެސްޓްމަން އަދި/ނުވަތަ ވިޔަފާރި ރަޖިސްޓަރީކުރުން

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކ،ީ ދިވެހިރާއްޖޭގައި މަށްރޫއެއް ހިންގުމަށް ޓަކައި ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއް ރަޖިސްޓަރީކުރަންޖެހޭ ފަރާތެއް ކަމުގައި ވާ ނަމަ، މި އުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކަންކަމުގެ ގާނޫނީ އިޖުރާތު ފުރިހަމަކުރަންވާނެއެވެ.

 

3 ވަނަ ބައި

ށާމިލްވާ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

 

13 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާ

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުން.

(ށ) ޕްރޮޕޯޒަލް އެސެސްކުރުމުގައި އިތުރު މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައުލޫމާތު ހުށަހެޅުން.

(ނ) ޕްރޮޕޯޒަލާއެކު ހުށަހަޅާ މައުލޫމަތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުން.

 

14 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

(ހ) ހުށަހެޅޭ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައްޔާއި، އެ ޕްރޮޕޯޒަލްތައް އެނަލައިޒް ކުރުމުގައްޔާއި، މި ކަންކަން ވިލަރެސްކުރުމުގައި އެންމެ އިސް ދައުރު އަދާކުރުން.

(ށ) ޕްރޮޕޯޒަލްތައް ލިބޭ މިންވަރަކުން ގަވާއިދުން އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަމުން ގެންދިއުން.

(ނ) ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ފުރިހަމަތޯ ބެލުން.

(ރ) ޕްރޮޕޯޒަލް އެސެސްކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެހެނިހެން ވުޒާރާތަކާއި އިދާރާތައް ބައިވެރިކުރުމުގެ ކަންކަން ހަމަޖެއްސުން.

(ބ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ކިބައިން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ،އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދުން.

(ޅ) ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް އެ ޕްރޮޕޯޒަލުގެ ކޮމްޕްލައެންސް ނުވަތަ ނޮނ-ްކޮމްޕްލައެންސް އެންގުން.

(ކ) މި އުސޫލުގައި ކަނޑައަޅައިފައިވާ އެސެސްމަންޓް ކްރައިޓީރިއާގެ ދަށުން ޕްރޮޕޯޒަލް އެސެސްކުރުން.

(އ) ޕްރޮޕޯޒަލާ ގުޅޭ ހުށަހެޅުންތަކުގެ އިނީށަލް އެސެސްމަންޓާއި، ސްޓްރެޓީޖިކް އެސެސްމަންޓާއި، ޑީޓެއިލްޑް އެސެސްމަންޓް ހެދުން.

(ވ) ޕްރޮޕޯޒަލާ ގުޅޭގޮތުން މަށްވަރާކުރުމަށް ހާއްސަ ޕެނަލެއް އެކުލަވައިލަންޖެހޭކަމަށް ފެންނަ ނަމަ، އެފަދަ ޕެނަލެއް އެކުލަވައިލުން.

(މ) ޕްރޮޕޯޒަލާ ގުޅޭގޮތުން މަށްވަރާކުރުމަށް ހާއްސަ ޕެނަލެއް އެކުލަވައިލެވިއްޖެ ނަމަ، އެ ޕެނަލުގެ މަސައްކަތްތަކަށް އެހީތެރިވެދިނުން. 

 

15 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ދައުރު 

(ހ) ފުރަތަމަ މަރުހަލާ ކަޑައްތުކޮށްފައިވާ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުން.

(ށ) މަށްރޫއުގެ މައިގަނޑު ކޮމާށަލް ޓަރމްސްއަށް ހުއްދަދިނުން.

(ނ) ކުރިން އެއްބަސްވެފައިވާ ކޮމާށަލް ޓަރމްސްއަކަށް ނުވަތަ ސަރުކާރުގެ ފަންޑިންގއަކަށް ނުވަތަ މަށްރޫއާބެހޭ މުހިންމު އެއްވެސް ކަމަކަށް ބަދަލެއް އަތުވެއްޖެ ހާލަތެއްގައި، އެ ބަދަލަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ދިނުން.

 

4 ވަނަ ބައި

އެހެނިހެން

 

16 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

(ހ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތަކުގެ ތެރެއިން އެއްބަސްވުމަކާ ހަމަޔަށް ގެންދެވޭ ޕްރޮޕޯޒަލްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށާއިއުކުރެވޭ މައުލޫމާތުގެ ތެރޭގައި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ މައުލޫމާތާއި، ހުށަހަޅައިފައިވާ ޕްރޮޕޯޒަލުގެ ސްކޯޕް ހިމަނަންވާނެއެވެ.

(ނ) ވިޔަފާރީގެގޮތުން ހައްސާސް މައުލޫމާތުތައް ރައްކައުތެރިކުރެވޭނެކަން ކަށަވަރުކުރުމަށް ޓަކައި އެއްވެސް މައުލޫމާތެއް ހާމަކުރުމުގެ ކުރިން، އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު މިނިސްޓްރީން މަށްވަރާކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ގާނޫނާއި ގަވާއިދަށް އަމަލުކުރުން

(ހ) ޕްރޮޕޯޒަލް އެސެސްކުރުމުގެ އެންމެހައި މަރުހަލާތަކުގައްޔާއި އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންދަންވާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި އުސޫލުގައި ބަޔާންކޮށްފައިނުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަމާމެދު ގޮތެއް ނިންމާނީ، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީންނެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތީރިގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޕްރޮޕޯޒަލް" ކަމަށް ބަޔާންކޮށްފައި އެވަނީ، ޕްރައިވެޓް ސެކްޓަރ އިނީށިއޭޓެޑް ޕްރޮޕޯޒަލްތަކަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ޕްރޮޕޯޒަލްގައި ހިމެނޭ މަށްރޫއުގެ ދާއިރާއާ ގުޅޭ މަސައްކަތްތައް ކުރުމުގެ ޒިންމާ ހަވާލުވެފައިވާ ވުޒާރާއަށެވެ.

(ނ) "ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށާއި، އިގްތިސާދު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވ،ާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެކުލެވޭ އިކޮނޮމިކް ކައުންސިލަށް ނުވަތަ ކަމާގުޅޭ ކޮމިޓީއަށެވެ.

(ރ) "މިނިސްޓަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއުގެ ދާއިރާއާ ގުޅޭ މަސައްކަތްތައް ކުރުމުގެ ޒިންމާ ހަވާލުވެފައިވާ ވުޒާރާ ހިންގުމާ ހަވާލުވެ ހުންނަ ވަޒީރަށެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-158)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-158)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު