-

ޕްރިންސިޕަލް އެޑްވައިޒަރުން ގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-67)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 އޮގަސްޓް 2024 ގައި)

(މި ގަވާއިދުގެ 15 ވަނަ މާއްދާއިން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވ،ާ ޕްރިންސިޕަލް އެޑްވައިޒަރުންނާބެހޭ ގައިޑްލައިން - 2012 އުވާލެވިފައި)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކ،ީ ގާނޫނު ނަން ބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 63 ވަނަ މާއްދާގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދުގެ ނަމަކ،ީ "ޕްރިންސިޕަލް އެޑްވައިޒަރުންގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދިު 

މި ގަވާއިދުގެ މަގުސަދައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޕްރިންސިޕަލް އެޑްވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ، އެ މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގާބިލު ފަރާތްތައްކަން ޔަގީންކުރުނ.ް

(ށ) ސެކިއުރިޓީޒް ދޫކުރުމަށް ޓަކައި އޮތޯރިޓީއަށް ހުށަހަޅާ ކޯޕަރޭޓް ޕްރޮޕޯޒަލްތައް (ޕްރޮސްޕެކްޓަސް) ނުވަތަ އޮތޯރިޓީން ހުއްދަ ހޯދަންޖެހޭ އެހެންވެސް އެފަދަ ހުށަހެޅުންތައް، އެ ކަންކަމާ ގުޅޭ ގާނޫނާއި ގަވާއިދާ އެއްގޮތަށް ތައްޔާރުކުރުނ.ް

 

 

ދެވަނަ ބާބު

ޕްރިންސިޕަލް އެޑްވައިޒަރެއްގެ ށަރުތު ހަމަވާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޒިންމާ

 

3 ވަނަ މާއްދާ - ކޯޕަރޭޓް ޕްރޮޕޯޒަލްތައް (ޕްރޮސްޕެކްޓަސް) ތައްޔާރުކުރުން

އެއްވެސް ފަރާތަކުން ކޯޕަރޭޓް ޕްރޮޕޯޒަލް (ޕްރޮސްޕެކްޓަސް) ތައް އޮތޯރިޓީއަށް ހުށަހަޅަންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީނ،ް ޕްރިންސިޕަލް އެޑްވައިޒަރެއް މެދުވެރިކޮށެވެ.

 

4 ވަނަ މާއްދާ - ޕްރިންސިޕަލް އެޑްވައިޒަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ށަރުތު ހަމަވާ ފަރާތްތައް

(ހ) ޕްރިންސިޕަލް އެޑްވައިޒަރުންގެ ގޮތުގައި އޮތޯރިޓީގައި ރަޖިސްޓަރީކުރެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. އިންވެސްޓްމަންޓް އެޑްވައިޒަރުންގެ ގޮތުގައި އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް؛
  2.  ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެކައުންޓިންގ ފަރމްތަކާއި ލޯ ފަރމްތައް؛ 
  3. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އިންވެސްޓްމަންޓް ބޭންކްތައް ؛ 
  4. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޑިވެލޮޕްމަންޓް ބޭންކްތައް؛
  5. އޮތޯރިޓީގެ ލައިސަންސް ލިބިފައިވާ ޑީލަރުން.

 (ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން ޕްރިންސިޕަލް އެޑްވައިޒަރުންގެ ގޮތުގައި ރަޖިސްޓަރީކުރާ ފަރާތްތަކުގެ ތެރޭގައި، އެންމެ މަދުވެގެނ،ް ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތައް ހިމެނެންވާނެއެވެ.

  1. ކޯޕަރޭޓް ފައިނޭންސްގެ ދާއިރާގައި 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއް؛
  2. ކޯޕަރޭޓް ފައިނޭންސްގެ ދާއިރާއިން ލަފާ ދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ އެންގޭޖްމަންޓް ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ފަރާތެއް؛
  3. އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ފެލޯ މެންބަރެއް؛ ނުވަތަ 
  4. ޕްރިންސިޕަލް އެޑްވައިޒަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެކަށީގެންވާކަމަށް އޮތޯރިޓީން ގަބޫލުކުރާ ފެންވަރެއްގެ އެހެން ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތެއ.ް

(ނ) މި މާއްދާގެ (ށ) ގެ ދަށުން އައްޔަނުކުރާ ފަރާތްތަކަކީ އޮތޯރިޓީން ކަނޑައަޅައިފައިވާ "ފިޓް އެންޑް ޕްރޮޕަރ" ށަރުތުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

(ރ) މި ގަވާއިދާ އެތްގޮތްވާ ގޮތުގެ މަތީން ކޯޕަރޭޓް ޕްރޮޕޯޒަލެއް ތައްޔާރުކުރުމުގެ މަސައްކަތާއި ޕްރިންސިޕަލް އެޑްވައިޒަރު ހަވާލުވެ، އެ ކޯޕަރޭޓް ޕްރޮޕޯޒަލް އޮތޯރިޓީން ފާސްކުރުމާ ހަމަޔަށް މި މާއްދާގެ (ށ) އާއި (ނ) ގައިވާ ށަރުތުތައް އެ ފަރާތުގެ ފުރިހަމަވާކަން ޔަގީންކުރުމަކީ އެ ކޯޕަރޭޓް ޕްރޮޕޯޒަލެއް ތައްޔާރުކުރާ ޕްރިންސިޕަލް އެޑްވައިޒަރެއްގެ ޒިންމާއެކެވެ.

 

5 ވަނަ މާއްދާ - ޕްރިންސިޕަލް އެޑްވައިޒަރުންގެ ޒިންމާ

ހުއްދަ ދީފައިވާ ޕްރިންސިޕަލް އެޑްވައިޒަރުނ،ް ތިރީގައިވާ ޒިންމާތައް އަދާކުރަންވާނެއެވެ.

(ހ) ހުރިހާ ވަގުތެއްގައި ވެސް ކްލައެންޓުން ހާމަކޮށްފައިވާ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ދަމަހައްޓަންވާނެއެވެ.

(ށ) އެ ފަރާތުގެ މަސައްކަތާ ހަވާލުވުމުގައި އަދި އެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އެއްވެސްކަހަލަ މަސްލަހަތު ތައާރުޒުވުމެއް ނެތްކަމަށް ޔަގީންކުރަންވާނެއެވެ.

(ނ) ކްލައެންޓެއްގެ މަސައްކަތާ ހަވާލުވުމަށްފަހ،ު ޕްރިންސިޕަލް އެޑްވައިޒަރު އެކަން އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.

(ރ) ކޯޕަރޭޓް ޕްރޮޕޯޒަލްތައް އޮތޯރިޓީން ދިރާސާކުރުމުގައި، ހުއްދަ ދީފައިވާ ޕްރިންސިޕަލް އެޑްވައިޒަރު އޮތޯރިޓީއަށް އެއްބާރުލުން ދޭންވާނެއެވެ.  

(ބ) ސެކިއުރިޓީޒް ދޫކުރުމުގައި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހަރަކާތްތެރިވެފައިވާ ފަރާތެއް، އެ ސެކިއުރިޓީޒަކާ ގުޅޭގޮތުން އިންވެސްޓްކުރުމަށް ލަފާދޭ ފަރާތެއްގެ ގޮތުގައި އައްޔަނުކުރަން ހުށަހަޅައިފި ނަމަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ސެކިއުރިޓީޒް ދޫކުރުމުގައި ހަރަކާތްތެރިވެފައިވާކަން އެ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. މިފަދައިން އަންގާ އެންގުމުގައި ޕްރިންސިޕަލް އެޑްވައިޒަރެއްގެ ގޮތުގައި ހިދުމަތް ދެވިފައިވަނީ ފިކްސްޑް ފީއެއް، ނުވަތަ ކޮންޓިންޖެންޓް ފީއެ އް ނުވަތަ އެހެނިހެން ފީއަކަށް ނަމަ އެކަން ބަޔާންކުރަންވާނެއެވެ.

 

 

ތިންވަނަ ބާބު

ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުން

 

6 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް ހުށަހެޅުން

(ހ) ހުއްދަކޮށްފައިވާ ލިސްޓުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ، މި އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމާއެކު 1,000 (އެއްހާސް) ރުފިޔާގެ އެޕްލިކޭށަން ޕްރޮސެސިންގ ފީއެއް ދައްކަންވާނެއެވެ.

 

7 ވަނަ މާއްދާ - ހުއްދަކޮށްފައިވާ ލިސްޓުގައި ހިމެނުން

(ހ) މި ގަވާއިދާ އެއްގޮތަށް އެޕްލިކޭށަން ހުށަހެޅުމުނ،ް އެ ފަރާތަކީ ށަރުތު ހަމަވާ ފަރާތެއްކަމުގައި މި އޮތޯރިޓީއަށް ގަބޫލުކުރެވޭ ނަމަ، ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުމެއް އޮތޯރިޓީން އެ ފަރާތަށް ދޫކުރުމާއެކު، ހުއްދަކޮށްފައިވާ ލިސްޓުގައި އެ ފަރާތުގެ ނަން ހިމަނަންވާނެއެވެ.

(ށ) ހުއްދަކޮށްފައިވާ ލިސްޓު ބަލަހައްޓާނީ މި އޮތޯރިޓީންނެވެ. އަދި އެ ލިސްޓަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، އޮތޯރިޓީގެ ވެބްސައިޓުގައި އެކަން ހާމަކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ރަޖިސްޓަރީ އައުކުރުން

ޕްރިންސިޕަލް އެޑްވައިޒަރުނ،ް ކޮންމެ 5 (ފަހެއް) އަހަރަކުނ،ް އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން ރަޖިސްޓްރޭށަން އައުކުރުމަށް އެދެންވާނެއެވެ.

 

9 ވަނަ މާއްދާ - އަހަރީ ފީ

ހުއްދަދީފައިވާ ޕްރިންސިޕަލް އެޑްވައިޒަރުނ،ް ކޮންމެ އަހަރަކު އަހަރީ ފީގެ ގޮތުގައި 3,000 (ތިންހާސް) ރުފިޔާ އޮތޯރިޓީއަށް ދައްކަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

އެހެނިހެން ކަންކަން

 

10 ވަނަ މާއްދާ - ޕްރިންސިޕަލް އެޑްވައިޒަރުން ރިވިއުކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް، ހުއްދަ ދީފައިވާ ޕްރިންސިޕަލް އެޑްވައިޒަރުންގެ ކިބައިގައި ފުރިހަމަވާކަމާއި، އެ ފަރާތުގެ ޒިންމާތައް އަދާކުރަމުންދާކަން ކަށަވަރުކުރުމަށް ޓަކައި ރަސްމީގޮތުން އޮތޯރިޓީން އެ ފަރާތްތައް ރިވިއުކުރެވިދާނެއެވެ.

 

11 ވަނަ މާއްދާ - ހުއްދަކޮށްފައިވާ ލިސްޓުން އުނިކުރުން

(ހ) ހުއްދަ ދީފައިވާ ޕްރިންސިޕަލް އެޑްވައިޒަރެއްގެ ހައިސިއްޔަތުން ފުރިހަމަވާންޖެހޭ ށަރުތުތައް ފުރިހަމަނުވާ ނަމަ، ނުވަތަ އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށްއަދާނުކުރެވޭ ނަމަ، އެ ފަރާތް ހުއްދަކޮށްފައިވާ ލިސްޓުން އުނިކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) ޕްރިންސިޕަލް އެޑްވައިޒަރަކީ ހުއްދަކޮށްފައިވާ ލިސްޓުގައި ހިމަނައިފައި އޮތުމަށް އެކަށީގެންނުވާ ފަރާތެއްކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ހުއްދަކޮށްފައިވާ ލިސްޓުން އެ ޕްރިންސިޕަލް އެޑްވައިޒަރަކު އުނިކުރަންވާނީ އޮތޯރިޓީއަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހުގައެވެ.

 

12 ވަނަ މާއްދާ - އިރުށާދު ދިނުމަށް އޮތޯރިޓީއަށް ލިބިދީފައިވާ ބާރު

އޮތޯރިޓީއަށް އެއީ ބޭނުންތެރިކަމެއްގެ ގޮތުގައި ނުވަތަ އާންމުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ނުވަތަ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ރައްކައުތެރިކުރުމަށް ޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފެނިއްޖެ ހިނދެއްގައި ޕްރިންސިޕަލް އެޑްވައިޒަރަށް ލިޔުމުން އެކަން އަންގައި އިރުށާދުދެވިދާނެއެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތީރިގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ "ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" އަށެވެ.

(ށ) "ހުއްދަ ދީފައިވާ ޕްރިންސިޕަލް އެޑްވައިޒަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަދި ހުއްދަކޮށްފައިވާ ލިސްޓުގައި ހިމެނޭ ޕްރިންސިޕަލް އެޑްވައިޒަރުންނަށެވެ.

(ނ) "ހުއްދަކޮށްފައިވާ ލިސްޓު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައިވާ ށަރުތުތައް ހަމަވ،ާ އަދި ޕްރިންސިޕަލް އެޑްވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މި އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތްތަކުގެ ލިސްޓަށެވެ.

(ރ) "ކޯޕަރޭޓް ޕްރޮޕޯޒަލް" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ދޫކުރުމަށް ޓަކައި ނުވަތަ ވިއްކުމަށް ޓަކައި، ނުވަތަ ސެކިއުރިޓީޒް ގަތުމަށް ދައުވަތު ދިނުމަށް ޓަކައި އޮތޯރިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކަށެވެ. މީގެ ތެރޭގައި ޕްރޮސްޕެކްޓަސްއާއި އޮތޯރިޓީއަށް ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ހިމެނޭނެއެވެ.

 

14 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

15 ވަނަ މާއްދާ - އުވައިލެވޭ ގައިޑްލައިން

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 12 މާރިޗު 2012 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވ،ާ ޕްރިންސިޕަލް އެޑްވައިޒަރުންނާބެހޭ ގައިޑްލައިން އުވުނީއެވެ.

 

އުވުނު ގައިޑްލައިން

ޕްރިންސިޕަލް އެޑްވައިޒަރުންނާ ބެހޭ ގައިޑްލައިން - 2012 (ގަވާއިދު ނަންބަރު 2012-00)

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު