-

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-41) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-48)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 މޭ 2024 ގައި)

 

ގަވާއިދު ނަންބަރު 2024-41 (ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގަނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިމުގެ ރަޖިސްޓަރީއަށް ބަދަލު ގެނައުން 16.

(ށ) މި ގަވާއިދުގެ ބޭނުމަށް ރަޖިސްޓަރީގައި ހިމެނޭ ބިމެއްގެ ބައެއް އެހެން ފަރާތަކަށް ވިއްކާނަމަ، ކުރިން ހަދައިދީފައިވާ ރަޖިސްޓަރީން، ވިއްކާލި ބިމުގެ ބައި އުނިކޮށް ރަޖިސްޓަރީ އިސްލާހު ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-41)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-41)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު