-

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-06) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-190)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2016-06 (ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) އަށް 3 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބެއާބޯޓު ރަޖިސްޓަރީ 11.

(ހ) ދިވެހިރާއްޖޭގައި ބެއާބޯޓު ރަޖިސްޓަރީ ކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމުން އެކަމަށް އެދި ހުށަހެޅުމުންނެވެ. މިގޮތުން ހުށަހަޅާއިރު ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގައުމުން އުޅަނދަށް ދޫކޮށްފައިވާ ޓަނޭޖު ސެޓުފިކެޓު؛
  2. އިންޓަނޭށަނަލް އޮއިލް ޕޮލިއުށަން ޕްރިވެންށަން )އައި .އ.ޯޕީ.ޕީ( ސެޓުފިކެޓު؛
  3. އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުން ދޫކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީ؛
  4. އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ މެރިޓައިމް އޮތޯރިޓީން ބެއާބޯޓު ރަޖިސްޓަރީ ކުރުމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
  5. ބެއާބޯޓު ޗާޓަރގެ އެގްރީމެންޓުގެ ކޮޕީ (ނޮޓަރައިޒް ކޮށްފައިވާ)؛
  6. ބެއާބޯޓު ރަޖިސްޓަރީ ކުރުމަށް އުޅަނދުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން؛
  7. އުޅަނދު ރަހުނު ކޮށްފައިވާނަމަ، ބެއާބޯޓު ރަޖިސްޓަރީ ކުރުމަށް ރަހުނު ހިފިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ރަހުނާ ގުޅޭ ލިޔުންތައް؛
  8. ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކުގައި ބޭނުންކުރުމަށް ގެންނަ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސުންރޭޓު ޓެރިފުގައި ރާއްޖެ އެތެރެކުރުމަށް ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ؛
  9. ލަގްޒަރީ އުޅަނދެއްނަމަ، އެ އުޅަނދަކީ އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީސްގެ މެންބަރު، ކްލެސިފިކޭށަން ސޮސައިޓީއަކުން ކުލާސްކޮށް ބަނދެފައިވާ އަދި އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީސްގެ މެންބަރު ކުލާހުގައި ދެމިއޮތް އުޅަނދެއްކަން އަންގައިދިނުމަށް ދޫކޮށްފައިވާ ކުލާސް ސެޓުފިކެޓުގެ ކޮޕީ؛
  10. ޕްލެށަރ ކްރާފްޓުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ 13.7 (ތޭރަ ޕްއިންޓް ހަތެއް) މީޓަރުން ދިގު އުޅަނދުފަހަރު، އެ އުޅަނދުފަހަރަށް އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީސްގެ ކްލެސިފިކޭށަން ސޮސައިޓީއަކުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ކުލާސް ސެޓުފިކެޓުގެ ކޮޕީ، ނުވަތަ ޔޫރަޕިއަން ޔޫނިއަނުން ކަނޑައަޅާ ފަރާތަކުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް އެގްޒެމިނޭށަން (ސ.ީއީ) ގެ ކޮޕީ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދު ބެއާބޯޓުގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. 

(ނ) ތިރީގައި ބަޔާންކޮށްފައިމިވާ ހާލަތްތަކުގައި ބެއާބޯޓު ރަޖިސްޓަރީ ބާތިލުވާނެއެވެ.

  1. ޗާޓަރ އެގްރީމެންޓުގައިވާ ގޮތުގެ މަތީން ދެ ފަރާތް އެއްބަސްވުމާއެކު އެގްރީމެންޓް ބާތިލުކުރުން؛
  2. ޗާޓަރ އެގްރީމެންޓުގައިވާ މުއްދަތު ހަމަވުނަް، ނުވަތަ ޗާޓަރ އެގްރީމެންޓުގައިވާ އެހެން ވެސް ކަމަކާ ގުޅިގެން އެގްރީމެންޓް ބާތިލުވުން؛
  3. އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީސްގެ ކްލެސިފިކޭށަން ސޮސައިޓީއަކުން ދޫކޮށްފައިވާ ސެޓުފިކެޓުގެ މުއްދަތު ހަމަވުން.

 (ރ) ބެއާބޯޓެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، އުޅަނދުގެ ރަޖިސްޓަރީގެ ސައްހަކަން އެ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގައުމުގެ އެޑްމިނިސްޓްރޭށަނުން ބެލުމަށްފަހު، އެ ރަޖިސްޓަރީއަކީ ސައްހަ ރަޖިސްޓަރީއެއްކަމަށް ވާނަމައެވެ. 

(ބ) ބެއާބޯޓެއްގެ ގޮތުގައި އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ މުއްދަތުގެ ތެރޭގައި އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގައުމުގެ ރަޖިސްޓަރީ ބާތިލުކޮށ،ް އެހެން ގައުމެއްގައި ރަޖިސްޓަރީ ކޮށްފިނަމަ، އެންމެ ފަހުން އުޅަނދު ރަޖިސްޓަރީ ކުރި ގައުމުގެ މެރިޓައިމް އޮތޯރިޓީނަް، ބެއާބޯޓު ރަޖިސްޓަރީ ކުރުމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު