-

ބިލްޑިންގ ކޯޑު (ގަވާއިދު ނަންބަރު 2019-1020) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-21)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 ފެބުރުއަރީ 2024 ގައި)

 

ގަވާއިދު ނަންބަރު 2019-1020 (ބިލްޑިންގ ކޯޑު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހުކުރުން.

ބާވަތް 1 ގެ ޢިމާރާތްތަކާ ގުޅޭ ކޮމްޕްލަޔަންސް ޑޮކިއުމަންޓް އެކުލަވައިލުން 8.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެން، ތިރީގައި ބަޔާންކޮށްފައިވާ ބާވަތް 1 ގެ އިމާރާތްތަކާ ގުޅޭ ކޮމްޕްލަޔަންސް ޑޮކިއުމަންޓުތައް، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި، މިނިސްޓްރީން ހަދައި އާންމުކުރުމާއެކު، އާންމުކުރި ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 1 ވަނަ ބައިގައި ބަޔާންކޮށްފައިވާ އެ ކޮމްޕްލަޔަންސް ޑޮކިއުމަންޓަކާ ގުޅޭ މާއްދާއަށާއި ކޮމްޕްލަޔަންސް ޑޮކިއުމަންޓަށް ޢަމަލުކުރަން ފަށަންވާނެއެވެ.

(ހ) B1 ސްޓްރަކްޗަރ: 2026 ޑިސެންބަރުގެ ނިޔަލަށް؛

(ށ) B2 ޑިއުރަބިލިޓީ: 2026 ޑިސެންބަރުގެ ނިޔަލަށް؛

(ނ) C1 މީންސް އޮފް އެސްކޭޕް: 2026 ޑިސެންބަރުގެ ނިޔަލަށް؛

(ރ) C2 ސްޕްރެޑް އޮފް ފަޔަރ: 2027 ޑިސެންބަރުގެ ނިޔަލަށް؛

(ބ) C3 ސްޓްރަކްޗަރަލް ސްޓެބިލިޓީ ޑިއުރިންގ ފަޔަރ: 2026 ޑިސެންބަރުގެ ނިޔަލަށް؛

(ޅ) C4 އެކްސެސް އެންޑް ފެސިލިޓީޒް ފޮރ ފަޔަރ ސަރވިސް: 2027 ޑިސެންބަރުގެ ނިޔަލަށް؛

(ކ) D1 އެކްސެސް ރޫޓްސް، 2027 ޑިސެންބަރުގެ ނިޔަލަށް؛

(އ) D2 މެކޭނިކަލް އިންސްޓޮލޭށަން ފޮރ އެކްސެސް، 2027 ޑިސެންބަރުގެ ނިޔަލަށް؛

(ވ) E1 ސަރފަސް ވޯޓަރ: 2029 ޑިސެންބަރުގެ ނިޔަލަށް؛

(މ) E2 އެކްސްޓަރނަލް މޮއިސްޗަރ: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ފ) E3 އިންޓަރނަލް މޮއިސްޗަރ: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ދ) F1 ހެޒަޑަސް އޭޖަންޓްސް އޮން ސައިޓް: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ތ) F2 ހެޒަޑަސް ބިލްޑިންގ މެޓީރިއަލްސް، 2029 ޑިސެންބަރުގެ ނިޔަލަށް؛

(ލ) F3 ހެޒަޑަސް ސަބްސްޓަންސަސް އެންޑް ޕްރޮސެސް، 2029 ޑިސެންބަރުގެ ނިޔަލަށް؛

(ގ) F4 ސޭފްޓީ ފްރޮމް ފޯލިންގ: 2026 ޑިސެންބަރުގެ ނިޔަލަށް؛

(ޏ) F5 ކޮންސްޓްރަކްށަން އެންޑް ޑިމޮލިށަން ހެޒަޑްސް، 2026 ޑިސެންބަރުގެ ނިޔަލަށް؛

(ސ) F6 ލައިޓިންގ ފޮރ އިމަރޖެންސީޒް: 2027 ޑިސެންބަރުގެ ނިޔަލަށް؛

(ޑ) F7 ވޯނިންގ ސިސްޓަމްސް، 2027 ޑިސެންބަރުގެ ނިޔަލަށް؛

(ޒ) F8 ސައިންސް، 2027 ޑިސެންބަރުގެ ނިޔަލަށް؛

(ޓ) G1 ޕަރސަނަލް ހައިޖީން: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ޔ) G2 ލޯންޑަރިންގ: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ޕ) G3 ފުޑް ޕްރިޕަރޭށަން އެންޑް ޕްރިވެންށަން އޮފް ކޮންޓެމިނޭށަން: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ޖ) G4 ވެންޓިލޭށަން: 2027 ޑިސެންބަރުގެ ނިޔަލަށް؛

(ޗ) G5 އިންޓީރިއަރ އެންވަޔަރަންމަންޓް: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ހހ) G6 އެއަރބޯން އެންޑް އިމްޕެކްޓް ސައުންޑް: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ހށ) G7 ނެޗުރަލް ލައިޓް: 2026 ޑިސެންބަރުގެ ނިޔަލަށް؛

(ހނ) G8 އާޓިފިށަލް ލައިޓް: 2026 ޑިސެންބަރުގެ ނިޔަލަށް؛

(ހރ) G9 އިލެކްޓްރިސިޓީ; 2029 ޑިސެންބަރުގެ ނިޔަލަށް؛

(ހބ) G10 ޕައިޕްޑް ސަރވިސަސް، 2029 ޑިސެންބަރުގެ ނިޔަލަށް؛

(ހޅ) G11 ގޭސް އޭޒް އެން އެނަރޖީ ސޯސް، 2029 ޑިސެންބަރުގެ ނިޔަލަށް؛

(ހކ) G12 ވޯޓަރ ސަޕްލައިޒް: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ހއ) G13 ފައުލް ވޯޓަރ: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ހވ) G14 އިންޑަސްޓްރިއަލް ލިކުއިޑް ވޭސްޓް: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ހމ) G15 ސޮލިޑް ވޭސްޓް: 2029 ޑިސެންބަރުގެ ނިޔަލަށް؛

(ހފ) H1 އެނަރޖީ އެފީށިއަންސީ; 2026 ޑިސެންބަރުގެ ނިޔަލަށް.

 

2 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބިލްޑިންގ ކޯޑު (ގަވާއިދު ނަންބަރު 2019-1020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު