-

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-62) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-191)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2022-62 (ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކޮށް، (ރ) ގެ ފަހަތަށް (ބ) އާއި (ޅ) ގެ ގޮތުގައި 2 (ދޭއް) އަކުރު އިތުރުކުރުން.

އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު 2.

(ހ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން، ބަންޑާރަ ނައިބު ފިޔަވައި، ބާ ކައުންސިލުގެ ރައީސާއި، ނައިބު ރައީސާއި، ކޮމިޓީގެ 6 (ހައެއް) މެންބަރުން އިންތިހާބު ކުރާނީ، ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވުމުގެ މަދުވެގެން 30 (ތިރީސް) ދުވަހުގެ ކުރިން ބާއްވާ އިންތިހާބެއްގައި، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

(ރ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމެއް ހުސްވެއްޖެނަމަ، އެ ހުސްވާ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ޓަކައި އެ މަގާމެއް ހުސްވާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ޅ) މި މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ އިންތިހާބު ބޭއްވުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާއެއް ނުވަތަ އާންމު ޖަލްސާއެއް ބޭއްވުމަށް ކަނޑައެޅިފައިވާނަމަ، އެފަދަ ޖަލްސާއެއްގެ ތެރޭގައި އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށް އިންތިހާބު ބޭއްވުމަށް އެގްޒެކެޓިވް ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވޯޓު ނަގާނެ ގޮތް 3.

(ހ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު ބާއްވާނީ، ބާ ކައުންސިލުން ކަނޑައަޅާ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުން 6.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލުން ވޯޓުލުމަށް ރަޖިސްޓަރީވުމަށް ޓަކައި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) ގެ ދަށުން ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު އިސްލާހުކޮށް، ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކުރާ ތާރީހުން ފެށިގެން މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުން 7.

(ހ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބީ ދައުރު ހަމަވުމާ ގުޅިގެން، އިންތިހާބެއް ބޭއްވުމަށް ކަނޑައަޅައިފައިވާނަމަ، އިންތިހާބީ ދައުރު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ގާނޫނީ ވަކީލުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، ބާ ކައުންސިލުން އާންމުކޮށް، އަންގައި އިއުލާނު ކުރަންވާނެއެވެ.

(ށ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމެއް ހުސްވުމާ ގުޅިގެން، އިންތިހާބެއް ބޭއްވުމަށް ކަނޑައަޅައިފައިވާނަމަ، އިންތިހާބު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހުގެ 10 (ދިހައެއް) ދުވަހުގެ ކުރިން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ގާނޫނީ ވަކީލުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، ބާ ކައުންސިލުން އާންމުކޮށް، އަންގައި އިއުލާނު ކުރަންވާނެއެވެ.

(ނ) އިންތިހާބަށް ކުރިމަތިލުމަށް އެދޭ ގާނޫނީ ވަކީލުންނަށް އެކަމަށް އެދި ހުށަހެޅުމަށް،މަދުވެގެން 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަސްމީ ނަތީޖާ އިއުލާނު ކުރުން 13.

އިންތިހާބަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރަންވާނެއެވެ. އަދި ލަސްނުކޮށް ރަސްމީ ނަތީޖާ އާންމުކޮށް އިއުލާނުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ނަތީޖާ ށާއިއު ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ށަކުވާ ހުށަހެޅުން 16.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބާ ކައުންސިލަށް ހުށަހެޅޭ ށަކުވާއަކާ ގުޅިގެން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮމިޓީން ނިންމި ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، ނުވަތަ އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭނަމަ، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ ނިންމުން އިސްތިއުނާފު ކޮށްދިނުމަށް، ބާ ކައުންސިލުގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުއްދަތު ގުނުން 17.

މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އުނިކުރުން.

 

9 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-62)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-62)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު