-

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-62) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-20)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 ފެބުރުއަރީ 2024 ގައި)

 

ގަވާއިދު ނަންބަރު 2022-62 (ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

މެންބަރުކަމުގެ ދައުރު 1-2.

އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުކުރެވޭ މެންބަރުންގެ ދައުރަކީ، އެ މެންބަރަކު އިންތިހާބުވި ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންތިހާބާބެހޭ ކޮމިޓީ އެކުލަވައިލުން .4

(ށ) އިންތިހާބާބެހޭ ކޮމިޓީ އެކުލެވިގެންވަނ،ީ މި މާއްދާގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.

  1. އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް؛

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް، އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

4. (ރ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލެވޭ އިންތިހާބާބެހޭ ކޮމިޓީގެ ދައުރަކީ، އެ ވަގުތަކު އޮންނަ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ނިމުމާ ހަމައަށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް، އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން.

6. (ރ) އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް އ-ީވޯޓިންގ މެދުވެރިކޮށް ބޭއްވުނު އިންތިހާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް އިންތިހާބުގެ އިތުރު ބުރެއްގައި ވޯޓުލުމަށް ޓަކައި އަލުން ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެއެވެ. އަދި އެ ފަރާތްތަކުން ކުރީގެ އިންތިހާބުތަކުގައި ވޯޓުލުމަށް ޓަކައި ކޮށްފައިވާ ރަޖިސްޓްރޭށަނަކީ، އޭގެ ފަހުން ބޭއްވޭ އިންތިހާބުތަކުގައި ވޯޓުލުމުގެ ބޭނުމަށް ސައްހަ ރަޖިސްޓްރޭށަނެއްކަމުގައި ބެލެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުރީގެ އިންތިހާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާނަމ،ަ އެ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ށަކުވާ ހުށަހެޅުން 16.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަކުވާތައް ބެލުމަށް، 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

16. (ރ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލެވޭ ށަކުވާ ބަލާ ކޮމިޓީގެ ދައުރަކީ، އެ ވަގުތަކު އޮންނަ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ނިމުމާ ހަމައަށެވެ.

 

7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-62)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-62)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު