އޮޑިހަރުގެ އެޅުމަށް ދ. ކުޑަހުވަދޫން ބިން ދޫކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2024-06)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ޖަނަވަރީ 2024 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148ވަނަ މާއްދާގެ (ޏ) ގެ ދަށުން ބާރު ލިބިގެން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު، ދ. ކުޑަހުވަދޫން އޮޑިހަރުގެ އެޅުމަށް ބޭނުންވާނެ ބިންތައް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އޮޑިހަރުގެ އެޅުމަށް ދ. ކުޑަހުވަދޫން ބިން ދޫކުރުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - އޮޑިހަރުގެ އެޅުމަށް ބިން ކަނޑައެޅުން
އޮޑިހަރުގެ އެޅުމަށް ބިން ކަނޑައަޅާނީ، ކައުންސިލް އިދާރާއިންނެވެ. ކައުންސިލުން ބިން ކަނޑައެޅުމުގައި، ރަށުގެ ލޭންޑް ޔޫޒް ޕްލޭނާއި، ރަށުގެ ބިންތައް އެކަށައަޅައި ޕްލޭންކުރުމާބެހޭ ގަވާއިދުތަކާއި އުސޫލުތަކުގައި ކަނޑައަޅައިފައިވާ އެންމެހައި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ. އަދި އޮޑިހަރުގެ އެޅުމަށް ބިން ދޫކުރެވޭ ސަރަހައްދު، ލޭންޑް ޔޫޒް ޕްލޭނުގައި ހިމަނައި ފާސްކުރަންވާނެއެވެ.
3 ވަނަ މާއްދާ - އޮޑިހަރުގެ އެޅުމަށް ބިން ދޫކުރާނެ ގޮތް
މި ގަވާއިދުގެ ދަށުން އޮޑިހަރުގެ އެޅުމަށް ބިން ދޫކުރާނީ އަންނަނިވި ބޭނުންތަކަށެވެ.
(ހ) އަމިއްލަ ބޭނުމުގައި ބަންނަ އުޅަނދު ބަނުމަށާއި އަމިއްލަ އުޅަނދު މަރާމާތުކުރުމަށ.ް
(ށ) ވިޔަފާރި އުސޫލުން ބަންނަ އުޅަނދު ބަނުމަށާއި، ވިޔަފާރި އުސޫލުން އުޅަނދު މަރާމާތުކުރުމަށ.ް
4 ވަނަ މާއްދާ - އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުންތަކުންކުރެ ބޭނުމަކަށ،ް އޮޑި ހަރުގެ އެޅުމަށް ބިން ދޫކުރެވޭނީ، ބިން ދޫކުރުމަށް ކައުންސިލުން އިއުލާނުކޮށ،ްބީލަމުގެ އުސޫލުން ބިމަށް އެދި ހުށަހަޅާ ފަރާތްތަކަށް ދޫކުރާ ކުލީ ބިމެއްގެ ގޮތުގައެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަމަލުކޮށ،ް އޮޑިހަރުގެ އެޅުމަށް ބިން ދިނުމުގައި އިސްކަންދޭންވާނީ، ހަމަހަމަ އުސޫލަކުން އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުމުން ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުގޮތަކަށެވެ. މިގޮތުން އޮޑިހަރުގެ ހޯދުމަށް ހުށަހަޅާ ފަރާތްތަކާއި އޮޑިހަރުގެ އެޅުމަށް ބިން ދެވިފައިވާ ފަރާތްތަކުގެ ރަޖިސްޓަރީއެއް ކައުންސިލުން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ.
(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށ،ް އޮޑިހަރުގެ އެޅުމަށް ބިން ދޫކުރާނީ، އެ އޮޑިހަރުގެއެއް އެޅުމަށް ނަގާ ބިމުގެ ނިސްބަތުން، ރަށުގެ ބިމުގެ ކުލި ކަނޑައަޅައި، ކައުންސިލުން ފާސްކޮށްފައިވާ ކުއްޔަށް ދޫކުރާ ތަންތަނާއި ބިންބިމުގެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ އުސޫލާ އެއްގޮތަށ،ް ކުލީ ބިމެއްގެ ގޮތުގައެވެ.
)ރ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޭނުމަށ،ް އެއްވެސް ފަރާތަކަށް އޮޑިހަރުގެ އެޅުމަށް ބިން ދޫކުރަންވާނީ، ވިޔަފާރި އުސޫލުން އޮޑިހަރުގެ އެޅުމަށް ބިން ކަނޑައަޅައި ކުއްޔަށް ދިނުމަށް އިއުލާނު ކުރުމުން، ބިން ހޯދުމަށް އެދި ހުށަހަޅާ އެންމެ ރަނގަޅު ހުށަހެޅުމަކަށް އިސްކަންދީގެން، ވިޔަފާރި އުސޫލުންނެވެ.
(ބ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކަށް ބިމެއް ހަވާލުކުރަންވާނީ، ބިން ދޫކުރެވޭ ފަރާތާއި ކައުންސިލާ ދެމެދުގައި ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިފަދައިން އެކުލަވައިލާ ކޮންމެ އެއްބަސްވުމަކަށް ކައުންސިލުން ނަންބަރެއް ދީ، މި އެއްބަސްވުންތަކުގެ ދަފުތަރެއް ލިޔެ ބަލަހައްޓަންވާނެއެވެ. މިގޮތުން އެކުލަވައިލާ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ދޫކުރާ ބިމުގެ ތަފުސީލާއި، ދޫކުރާ ބިމުގައި ކުރާނެ ބޭނުން؛
- ބިން ދޫކުރާ މުއްދަތު؛
- ބިން ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ބިން ބޭނުންކޮށްފިނަމަ އަޅާނެ ފިޔަވަޅު؛
- ދޫކުރާ ބިމަށް ބިމު ކުއްޔެއް ނަގާނަމަ، ކުލީގެ މިންވަރާއި، ކުލި ދައްކަންޖެހޭ ގޮތާއި، ކުލި ނުދައްކައިފިނަމަ ޖޫރިމަނާވާނެ މިންވަރާއި، ޖޫރިމަނާގެ ގޮތުގައި އަޅާނެ ފިޔަވަޅު؛
- ބިން ރަހުނު ކުރުމަށް ހުއްދަ ދޭކަން ނުވަތަ ނޫންކަމާއި، ރަހުނު ކުރުމަށް ހުއްދަދޭނަމަ އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް؛
- އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތަކާއި، އެއްބަސްވުން ބާތިލުކުރެވޭނެ ގޮތްތައް؛
- ބިން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގައި ހަދައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން؛
- ބިމާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ކުރުން ލާޒިމު ކަންކަން އެ ގޮތުގައި ކުރަންޖެހޭނެކަން؛
- ބިން ދޫކުރުމަށް ބޭނުންވާނެ އެހެނިހެން މުހިންމު މައުލޫމާތުތައ.ް
5 ވަނަ މާއްދާ - އޮޑިހަރުގެ އެޅުމަށް ދޫކުރާ މުއްދަތު
(ހ) 6 އަމިއްލަ ބޭނުމުގައި ބަންނަ އުޅަނދު ބަނުމަށާއި އަމިއްލަ އުޅަނދު މަރާމާތުކުރުމަށް ވަގުތީ ހަރުގެވަޅަށް ބިން ދޫކުރެވޭނީ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށް ފައިވާ މުއްދަތަށް މަސައްކަތް ނިންމައި ނުލެވިގެން ބިން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކައުންސިލަށް ހުށަހަޅައިފިނަމަ، މުއްދަތު އިތުރުކޮށްދިނުމަށް އެދުނު ސަބަބަށާއި އަންނަނިވި ކަންކަމަށް ރިއާޔަތްކޮށ،ް މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ދިނުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
- މަސައްކަތް ނިންމައި ނުލެވު ނު ސަބަބާއި، މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ހިސާބު؛
- މަސައްކަތް ނުނިމެނީސް އޮޑިހަރުގެ ރޫޅައި ބިން ވަކިކޮށްފިނަމަ، ބިން ދޫކޮށްފައިވާ ފަރާތަށް ލިބޭނެ ގެއްލުން؛
- ބިމުގެ ކުލި ދައްކަމުން ގޮސްފައިވާ ގޮތް؛
- އެއްބަސްވުމާ ހިލާފުވެފައިވާނަމަ އެ ހިލާފެއްގެ މިންވަރަށާއި، އެއްބަސްވުމާ ހިލާފުވެގެން ކަމެއް އިސްލާހުކުރުމަށް އެންގުމުން އަމަލުކޮށްފައިވާ ގޮތް؛
- އެ ވަގުތު އެފަދަ ބިމެއްގެ ބޭނުން ކައުންސިލަށް ޖެހިފައިވާ މިންވަރ.ު
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މުއްދަތު އިތުރުކުރާނަމަ މުއްދަތު އިތުރުކުރެވޭނީ، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު، މުއްދަތު އިތުރުކޮށްދިނުމަށް އެދުނު މަހެއް ނިމޭއިރު ދައްކަމުންއައި ކުލީގެ ނިސްބަތުން ބިމު ކުލި %50 (ފަންސާސް އިންސައްތަ) އިތުރުކޮށްގެންނެވެ.
(ރ) ވިޔަފާރި އުސޫލުން އޮޑިދޯނިފަހަރު ބަނުމަށް ނުވަތަ ވިޔަފާރި އުސޫލުން އޮޑިދޯނިފަހަރު މަރާމާތުކުރުމަށް ބިން ދޫކުރާ މުއްދަތ،ު އެފަދަ ބިމެއް ބީލަމުގެ އުސޫލުން ދޫކުރުމަށް ކުރާ އިއުލާނުގައި ނުވަތަ ބީލަމުގެ މައުލޫމާތު ކަރުދާހުގައި ކަނޑައަޅައި ބަޔާންކުރަން ވާނެއެވެ. މިގޮތުން ކަނޑައަޅާ މުއްދަތަކީ، އެ ވަގުތަކު ސަރުކާރުގެ ކަމާބެހޭ ފަރާތަކުން އެފަދަ ބޭނުމަކަށް ދޫކުރާ ބިން ދޫކުރެވޭނެ މުއްދަތެއް ކަނޑައަޅައިފައިވާނަމަ، އެ މުއްދަތަކާ ހިލާފު ނުވާނެ މުއްދަތެއް ކަމުގައި ވާންވާނެއެވެ.
(ބ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް ދޫކުރެވިފައިވާ ބިމެއްގެ މުއްދަތު ހަމަވުމުން، މުއްދަތު އިތުރުކޮށްދިނުމަށް އެދިއްޖެ ހިނދެއްގައި، މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ ސަބަބަށާއި، އެ ބިމުގައި ކޮށްފައިވާ ބިނާއަށާއި، ކުރަމުންދާ މަސައްކަތަށާއި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހ،ު އެ ބިމެއް ދޫކޮށްފައިވާ މުއްދަތުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރުނުވާނޭ ގޮތެއްގެ މަތީން މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - އޮޑިހަރުގެ އެޅުމަށް އެކަމަށް އެދިފައިވާ ފަރާތާ ބިން ހަވާލުކުރުން
(ހ) މި ގަވާއިދުގެ ދަށުން އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބިން ސާފުކޮށ،ް ބިމުގެ ކަން ފާހަގަކޮށް މިންޖެހޭނެވަރަށް އެ ބިން ސާފުކޮށް ނިންމައި ކައުންސިލަށް އެކަން ބިން ހަވާލުކުރެވުނު ފަރާތުން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށް ބިން ސާފުކޮށް ނުނިމިއްޖެނަމަ، ބިން ބޭނުންނުވާކަމަށް ބަލައި އަލުން އިއުލާނުކޮށްގެން އެހެން ފަރާތަކަށް ބިން ދޫކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ނަމަވެސް ހުށަހަޅައިފައިވާ ފަރާތުން ސާފުކުރުމުގެ މުއްދަތު އިތުރުކޮށް ބިން އަލުން ބޭނުންވާކަމަށް ލިޔުމުން ހުށަހަޅައިފިނަމަ، 1,000 (އެއްހާސް) ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށްފަހ،ު ފައިސާ ދެއްކުމުން، 15 (ފަނަރަ) ދުވަހުގެ މުއްދަތު އިތުރުކޮށް އަލުން ކުރިޔަށް ގެންދެވިދާނެއެވެ.
(ނ) މި ގަވާއިދާ އެއްގޮތަށް ދޫކޮށ،ް ކައުންސިލާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ހަވާލުކުރެވޭ ބިމުގައި ހުންނަ ނޫފުލޭ މުދަލާއި ތަކެއްޗަށް ބަދަލު ދޭންވާނީ، ބިން ހަވާލުވާ ފަރާތުންނެވެ.
7 ވަނަ މާއްދާ - އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިން ސާފުތާހިރުކޮށް ބެލެހެއްޓުން
އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ބަލިމަޑުކަމެއް ފެތުރިދާނެ ނުވަތަ ފެތުރުމަށް މަގުފަހިވާ ތަކެތި ހުރިނަމަ، އެ ތަކެތި ނައްތައިލައި، އެ ތަން އެކަށީގެންވާ ގޮތަކަށް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ، ބިމާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. އެގޮތުން ހަރުގޭގައި އުފެދޭ ނުރައްކައުތެރި ކުނި (ކެމިކަލާއި ކެމިކަލާއެކުވެފައިވާ ތަކެތި) ދ. ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިއުމުގެ ބަދަލުގައި، އެ ތަކެތި ރައްކައުތެރިގޮތެއްގައި ނައް ތައިލުމަކީ ވެސް އޮޑިހަރުގެ އެޅުމަށް ދޫކުރާ ބިމާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
8 ވަނަ މާއްދާ - ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އޮޑިހަރުގެ އެޅުން
ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމެއްގައި އޮޑިހަރުގެ އެޅުމަކީ މަނާކަމެކެވެ. އަދި ދިރިއުޅުމަށް ދޫކޮށްފައިވާ ބިމެއްގައި އޮޑިހަރުގެއެއް އަޅައިފިނަމަ، މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.
9 ވަނަ މާއްދާ - ހަރުގެ އެޅުމަށް ބިން ދެވިފައިވާ މުއްދަތު ހަމަވުމުން، ހަމަ އެ ފަރާތަށް އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުން
އޮޑިހަރުގެ އެޅުމަށް ވަކި ފަރާތަކަށް ދެވިފައިވާ ބިމެއް ދެވިފައިވާ މުއްދަތު އިތުރު ކޮށްދޭންވާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އަދި އެ ފަރާތަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު ހަމަވ،ެ އެ ބިމުގައި ކުރި ބޭނުން ނިމުމަށްފަހު ދެން އެ ބިން އަލުން ހަމަ އެފަދަ ބޭނުމަކަށް ހޯދުމަށް އެ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެ ފަރާތަށް އެ ބިން ދޭންވާނީ، ރަށުގައި އޮޑިހަރުގެ އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ރިއާޔަތްކޮށ،ް އޮޑިހަރުގެ އެޅުމަށް އެހެން ފަރާތަކުން އެދިފައި ނުވާނަމައެވެ.
10 ވަނަ މާއްދާ - ބިން ވަކިކުރުން
(ހ) އެއްވެސް ފަރާތަކަށް އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމެއ،ް އޮޑިހަރުގެ އެޅުމަށް ބިން ދޫކުރުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވެއްޖެނަމަ ނުވަތަ މި ގަވާއިދާ ހިލާފުވެއްޖެނަމަ، އެއްބަސްވުމާ ނުވަތަ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތައް ސާފުކޮށް ބަޔާންކޮށް އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ލިޔުމުން ދޭންވާނެއެވެ. އަދި އެ މުއްދަތުގައި އެ ކަމެއް އިސްލާހުކޮށްފައި ނުވާނަމަ ނުވަތަ އެއްފަހަރަށްވުރެ ގިނަފަހަރު އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، އެއްބަސްވުމާ ނުވަތަ މި ގަވާއިދާ ހިލާފުވެފައިވާކަމާއި، ހިލާފުވި ގޮތާ އި، ބިން ވަކިކުރާ ސަބަބު ބަޔާންކޮށް ލިޔުމަކުން އެންގުމަށްފަހ،ު އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެ ފަރާތެއްގެ ކިބައިން ބިން ވަކިކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށ،ް ބިން ވަކިކުރުމަށް ކައުންސިލުން ނިންމައިފިނަމަ، އެ ބިމެއް ވަކިކުރުމަށް ނިންމިކަން އަންގާ އެންގުމާއެކު، އެ ބިމުގައި ހުރ،ި ބިން ދޫކޮށްފައިވާ ފަރާތުގެ މުދާ އެ ބިމުން ނެގުމަށް 15 (ފަނަރަ) ދުވަހުގެ މުހުލަތެއް ދޭންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ މުދާ ބިމުން ނަގައި ބިން ސާފުކޮށްފައި ނުވާނަމަ، އެ މުއްދަތަށްފަހު ބިމުގައި ހުރި މުދާ ނަގައި ބިން ސާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ބިމުގައި ހުރި މުދާ ނެގުމުގައި މުދަލަށް ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްފައި މުދާ ނެގުމަށްފަހ،ު އެ މުދަލާ ހަވާލުވާން މުދަލުގެ ވެރިފަރާތުން ބޭނުންވާނަމަ، މުދާ އަނބުރާ އެ ފަރާތާ ހަވާލުކުރެވޭނެ އަދި ރައްކައުތެރިކަމާއެކު މުދާ ބެލެހެއްޓޭނެގޮތަށް އަމަލުކުރުމަށް އިސްކަންދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިމެއް ވަކިކުރެވިއްޖެނަމަ، އެ ބިން ސާފުކުރުމަށް ހިނގާ ހަރަދު، އެ ބިމެއް ނަގައިފައިވާ ފަރާތެއްގެ ކިބައިން އަތުލުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - ކައުންސިލާ ބިން ހަވާލުކުރުން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ބިން ފިޔަވައި އޮޑިހަރުގެ އެޅުމަށް ކުއްޔަށްދެވޭ ތަންތަނުގައި ދާއިމީ ބިނާއެއް ކޮށްގެން ނުވާނެއެވެ. އަދި އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިން، މުއްދަތު ހަމަވެގެން ނުވަތަ އެނޫން ވެސް ސަބަބަކާހުރެ ދޫކޮށްލާނަމަ، އެ ބިން ހަވާލުކުރާންވާނީ ނުވަތަ ދޫކޮށްލަންވާނީ، އެ ބިން ހަވާލުވެފައިވާ ފަރާތުން އެ ބިމުގައި އަޅައިފައިވާ ހަރުގެ ރޫޅަ އިލައި، ބިން ސާފުކުރުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ހަރުގެ ރޫޅައިލައި ބިން ސާފުކުރުމުގެ ބަދަލުގައި، އެ ބިމުގައި އަލަށް ހަރުގެ އަޅަން އެދި ހުށަހަޅައިފައިވާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، އެ ދެ ފަރާތުން އެކަމަށް އިގުރާރުވާ ސިޓީއެއް ކައުންސިލަށް ހުށަހަޅައިފި ހާލަތެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކޮށް ދޫކޮށްލެވިދާނެއެވެ.
(ނ) އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ ބިން، ކަނޑައެޅިފައިވާ މުއްދަތުގައި، މި މާއްދާގެ (ހ) ގައި ބަޔާކޮށްފައިވާ ގޮތަށް ހަވާލުކޮށްފައި ނުވާނަމަ، އެ ކުރިކަމެއް އިސްލާހުކުރުމަށް އެންގުމާއެކު، މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާ ތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - އިތުރަށް ހިނގާ ދުވަސްތަކަށް ޖޫރިމަނާ ކުރުން
ކައުންސިލުން އޮޑިހަރުގެ އެޅުމަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ގޮތަށް ބިން ހަވާލުނުކުރާ ފަރާތްތަކަށް ދެވިފައިވާ މުއްދަތަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް އެ ބިން ދޫކުރެވިފައިވާ ކުލީގެ %1 (އެކެއް އިންސައްތަ) ގެ ނިސްބަތުން ޖޫރިމަނާ ކުރެވޭނެއެވެ. މި ގޮތުން މުއްދަތު ހަމަވުމަށްފަހު އިތުރަށް ހިނގާ މުއްދަތު 3 (ތިނެއް) މަސްދުވަހަށްވުރެ އިތުރުވެއްޖެނަމަ، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތަށް އެ ބިމަކާމެދު އަމަލުކޮށ،ް އެ ބިން ހުސްކުރުމުގެ ބާރާއި އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
13 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރުމުގެ ކުރިން އަޅައިފައި ހުރި ހަރުގެތައް
މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއްވެސް ފަރާތަކުން އެ ފަރާތަކަށް ނުވަތަ އެ ފަރާތް ނޫން އެހެން ފަރާތަކަށް ނަމަވެސ،ް ދިރިއުޅުމާއި ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާގޯތިގެދޮރުގައި އޮޑިހަރުގެ އަޅައި ފައިވާ ފަރާތްތަކުން 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި އެ ތަންތަން ރޫޅައި ސާފުކުރަންވާނެއެވެ. ނުވަތަ އޮޑިހަރުގެ ނޫން ބޭނުންތަކަށް އެ ތަންތަން ބަދަލުކުރަންވާނެއެވެ.
14 ވަނަ މާއްދާ - މި ގަވާއިދުގެ ކުރިން އެގްރިމެންޓް ކުރެވި ދޫކުރެވިފައިވާ އޮޑިހަރުގެތައް
މި 1ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން، އެއްބަސްވުމެއް ހަދައި ދޫކުރެވިފައިވާ ހަރުގެތައ،ް އެ ހަރުގެވަޅެއް ދޫކުރުމަށް ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެއެވެ.
15 ވަނަ މާއްދާ - ފިޔަވަޅު އެޅުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުން، ނުވަތަ މި ގަވާއިދުގައި ނުކުރުމަށް ހިމެނިފައިވާ ކަމެއް ކުރުމުން، ނުވަތަ މި ގަވާއިދުގެ ދަށުން އެކުލަވައިލާ އެއްބަސްވުމުގައި ހިމެނިފައިނުވާ ކަމެއް ކޮށްފިނަމަ، އެ ފަރާތްތަކާމެދު ތިރީގައިވާ ގޮތުގެ މަތީން ނާއި މި ގަވާއިދުގެ ދަށުން، ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ހ) ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ނަމަ، ނަސޭހަތް ދިނުން،
(ށ) ގަވާއިދާ ހިލާފުވި ދެވަނަ ފަހަރު ނަމަ، 500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން،
(ނ) ގަވާއިދާ ހިލާފުވި ތިންވަނަ ފަހަރު ނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން،
(ރ) ގަވާއިދާ ހިލާފުވި ހަތަރުވަނަ ފަހަރުނަމަ، 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން،
(ބ) ގަވާއިދާ ހިލާފަށް ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް އަމަލުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން،
(ޅ) ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފަށް އަމަލުކޮށްފިނަމަ، ހަރުގެ ނެގުމަށް 15 (ފަނަރަ) ދުވަހުގެ މުހުލަތުގެ ނޯޓިހެއް ދެވޭނެއެވެ. އަދި އެ ނޯޓިހާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، ފަހު ފިޔަވަޅެއްގެ ގޮތުން ކައުންސިލުން ހަރުގެ ނަގައި ރޫޅައިލާނެއެވެ.
16 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުމާއި، ގަވާއިދަށް އިސްލާހު ގެނައުން
(ހ) މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނުނު ނަމަވެސ،ް މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެ ކަމެއް ނިންމާނީ، ކައުންސިލުގެ ޖަލްސާއަކަށް ހުށަހަޅައިގެން އެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވާ ގޮތެއްގެ މަތީންނެވެ.
(ށ) މި ގަވާއިދަށް އިސްލާހެއް ގެންނަން ނިންމަންވާނީ، އެ ގެންނަ އި ސްލާހެއް ގެނައުމާ ގުޅޭގޮތުން ކައުންސިލުގެ ޖަލްސާ އަކަށް ހުށަހަޅައިގެން އެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
17 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި މިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލަށެވެ.
(ށ) "އޮޑިހަރުގެ" ކަމަށް ބުނެފައި އެވަނީ، އޮޑިދޯނިފަހަރު ބަނުމަށާއި މަރާމާތުކުރުމަށް ތައްޔާރުކުރާ ކޮންމެ ތަނަކަށެވެ.
18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
19 ވަނަ މާއްދާ - ކުރީގެ ގަވާއިދު އުވައިލުން
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މީގެ ކުރިން ކައުންސިލުން އަމަލުކުރަމުންއައި، ގަވާއިދު ނަންބަރު 2013-118) އޮޑިހަރުގެއާބެހޭ ގަވާއިދު– ދ.ކުޑަހުވަދޫ) ބާތިލުވީއެވެ.
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު