-

ނ. ލަންދޫގެ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2024-07)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ޖަވަރީ 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން، އެ މާއްދާގެ (ހ) އަށް ރިއާޔަތްކޮށ،ް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު ބަނދަރު ބެލެހެއްޓުމާ ބެހޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ކައުންސިލުން ބަލަހައްޓާނީ،  ނ. ލަންދޫ ބަނދަރާއި އެ ބަނދަރާ ގުޅިފައިވާ ސަރަހައްދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނ. ލަންދޫ ގެ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ބަނދަރު ބެލެހެއްޓުން

(ހ) ނ. ލަންދޫ ބަނދަރު ބެލެހެއްޓުމަކީ ކައުންސިލުގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތަކުން ބަނދަރު ބޭނުންކުރަންވާނީ މި ގަވާއިދާ އެއްގޮތަށެވެ.

(ށ) ބަނދަރުގައި އުޅަނދުފަހަރު އެޅުމާއި މުދާ ބޭލުމުގެ ސަރަހައްދުތައް ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ބަނދަރު ސަރަހައްދާއި އުޅަނދުފަހަރު އަޅާ ސަރަހަ އްދުތައް

ބަނދަރުގެ ތެރޭގައި އުޅަނދުފަހަރު އެޅުމަށް ހާއްސަކުރާ ސަރަހަ އްދުތައް ވަކިވަކިން އެނގޭގޮތަށް ކައުންސިލުން ކަނޑައަޅައި، އާންމުކޮށް ފެންނާނޭހެން ބޯޑު ބަހައްޓަންވާނެއެވެ.

 

4 ވަނަ މާއްދާ - ބަނދަރަށް މުދާ ބޭލުމާއި، ބަނދަރުން މުދާ ބަރުކުރުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރ،ު މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް ނުވަތަ އެ ނޫންވެސް ބޭނުމަކު، ކައުންސިލުން ކަނޑައަޅައިފައިވާ ވަގުތަށްވުރެ އިތުރަށ،ް ބަނދަރުގެ ތޮށިގަނޑުގެ ދިގަށ،ް ބަނދަރުގެ ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަންވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށ،ް 3 (ތިނެއް) މީޓަރާއި 21 (އެކާވީސް) މީޓަރާ ދެމެދުގެ އުޅަނދ،ު ފީ ނުދައްކައި ބޭއްވޭނީ، ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށ،ް 22 (ބާވީސް) މީޓަރާއި 36 (ތިރީސްހައެއް) މީޓަރާ ދެމެދުގެ އުޅަނދ،ު ފީ ނުދައްކައި ބޭއްވޭނީ، ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށ،ް 37 (ތިރީސް ހަތެއް) މީޓަރަށްވުރެ ދިގު އުޅަނދ،ު ފީ ނުދައްކައި ބޭއްވޭނީ، ގިނަވެގެން 96 (ނުވަދިހަ ހައެއް) ގަޑިއިރަށެވެ.

(ބ) މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައި މިވާ އުސޫލުންނެވެ.

  1. 3 (ތިނެއް) މީޓަރާއި 21 (އެކާވީސް) މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށ،ް ކޮންމެ ގަޑިއެއްގެއިރަށް 3 (ތިނެއް) ރުފިޔާގެ މަގުންނެވެ.
  2. 22 (ބާވީސް) މީޓަރާއި 36 (ތިރީސްހައެއް) މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށ،ް ކޮންމެ ގަޑިއެއްގެއިރަށް 5 (ފަހެއް) ރުފިޔާގެ މަގުންނެވެ. 
  3. 37 (ތިރީސްހަތެއް) މީޓަރަށްވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށ،ް ކޮންމެ ގަޑިއެއްގެއިރަށް 7/50 (ހަތެއް ރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

(ޅ) މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަބާއްވަންވާނީ، ތޮށިގަނޑުގެ ހުރަހަށެވެ.

(ކ) ސިމެންތިއާއި، ހިލަޔާއި، ހިލަވެއްޔާއި، ދޮންވެއްޔާއި، އަކިރިއާއި، ދަގަނޑާއި، ލަކުޑިއާއި، ތެލާއި، ގޭހާއި، ކާޑުގެ ބާވަތްތަކާއި، ގެރިގުއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން އަންނަ އުޅަނދުފަހަރުން އެފަދަ ތެކެތި އަރުވައި ބާލަންވާނީ ކައުންސިލުން ކަނޑައަޅާ ސަރަހައްދުގައެވެ. ތެލާއި ގޭސް ފިޔަވައި އެހެނިހެން ތަކެތި ބާލަންވާނީ، ސަތަރި ނުވަތަ ތަރަފާލު އެ ސަރަހައްދެއްގައި އަޅައިގެންނެވެ.އަދި މަސައްކަތް ނިމިގެން، އެންމެ ލަސްވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދު ސާފުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި އުޅަނދުން ބޭލުމަށްފަހު ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ، އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

(ވ) މި މާއްދާގެ (އ) އާ ހިލާފަށް 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވާގޮތަށް ބަހައްޓާ މުދަލަކީ ދޫކޮށްލައިފައިވާ ތަކެތިކަމަށް ބަލައި، އެފަދަ ތަކެއްޗާމެދު އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - ބަނދަރު ސާފުކުރުން

(ހ) ބަނދަރާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލުގެ މަސްއ ލިއްޔަތެކެވެ.

(ށ) މުދާ އަރުވައި ބޭލުމުގެ ސަބަބުން ނުވަތަ އެނ ންވެސް ސަބަބަކާހެދި އެއްގަމު ސަރަހައްދަށް އެޅޭ ތެލާއި ކުނި ފަދަ ތަކެތ،ި އެ މަސައްކަތް ނިމުމުން، އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި، އެ މަސައްކަތްކުރި ނުވަތަ އެ މަސައްކަތް ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 500 (ފައްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުނ.ް އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރ،ު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - އެއްގަމުތޮށްޓާއި އެއްގަމުތޮށްޓާ ގުޅިފައިވާ ދުވާރުމަތީ ގައި މުދާ ބެހެއްޓުމާއި، އެއްގަމު އުނދުފަހަރު އެރުވުމާއި، ދުއްވުމާއި، ޕާކޮށްފައި ބެހެއްޓުން

(ހ) ސިމެންތިއާއި، ދޮންވެއްޔާއި، ހިލަޔާއި، ހިލަވެއްޔާއި، ކާޑު ފަދަ ތަކެތީގެ ބަސްތާތަކާއި، އެފަދަ އެހެންތަކެއްޗާއި ދަގަނޑު ފަދަ ތަކެތި ބަނދަރުގެ އެއްގަމު ތޮށިމަތީ ގައްޔާއި، އެއްގަމު ތޮށްޓާއި، އެއްގަމު ތޮށިގަނޑާ ގުޅިފައިވާ ދުވާރުމަތީގައި ޖައްސައިފައި ބެހެއްޓުމަކީ މަނާކަމެކެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، މުދާ އަރު ވައި ބޭލުމުގެ ބޭނުމުގައި ނޫންގޮތަކަށް 3 (ތިނެއް) ފުރޮޅުލީ އުޅަނދުފަހަރާއި 3 (ތިނެއް) ފުރޮޅަށްވުރެ އިތުރު ފޮރުޅުލީ އެއްގަމު އުޅަނދުފަހަރު ބަނދަރުގެ އެއްގަމު ތޮށިގަނޑާއި އެ ތޮށިގަނޑާ ގުޅިފައިވާ ދުވާރުމައްޗަށް އެރުވުމާއި، ދުއްވުމާއި، ޕާކުކޮށްފައި ބޭއްވުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މުދާ އަރުވައި ބޭލުމަށް ވެސް، ކްރޭންލޮރީ،  އެކްސްކަވޭޓަރ ނުވަތަ ހެވީ ވެހިކަލް ފަދަ އުޅަނދުފަހަރު އެއްގަމު ތޮށިގަނޑުމައްޗަށާއި ދުވާރުމައްޗަށް އަރުވަންވާނީ ކައުންސިލުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު، ކައުންސިލުން އަންގާ ގޮތެއްގެ މަތީންނެވެ.

 

7 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކުރުން

އެއްވެސް އުޅަނދަކުން މުދާ ބޭލުމުގެ ތެރޭގައި ނުވަތަ އުޅަނދަކަށް މުދާ ބަރުކުރުމުގެ ތެރޭގައި، ނުވަތަ އެ ނޫންވެސް ސަބަބަކާހުރ،ެ ތޮށިގަނޑުގައި ޖެހިގެން ތޮށިގަނޑަށް ގެއްލުން ވެއްޖެނަމަ، އެފަދައިން ލިބޭ ގެއްލުމަކަށް އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން ޒިންމާވާން ޖެހޭނެއެވެ. އަދި ތޮށިގަނޑަށް ލިބުނު ގެއްލުން ކައުންސިލުން ބަލައި، އެ ތަނެއް މަރާމާތުކުރުމަށް އަންގައިފިނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން، ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކޮށް ނުދިނުން

މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ތޮށިގަނޑަށް ލިބުނު ގެއްލުމަށް ޒިންމާވުމަށް ނުވަތަ ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތުން އިންކާރުކޮށްފިނަމަ، މައްސަލަ ނިންމާނީ، ށަރުއީ ކޯޓު މެދުވެރިކޮށެވެ.

 

9 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމަށް ހިނގާ ހަރަދު

މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތަށް ކައުންސިލުގެ ފަރާތުން ކޯޓަށް ދާންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމަށް ހިނގާ ހަރަދު އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން ދޭންވާނެއެވެ.

 

10 ވަނަ މާއްދާ - އެއްގަމަށް ވާއެޅުމާއި ލޮތާރިލުން

(ހ) އުޅަނދުތަކުގެ ވާ އައްސަންވާނީ ކައުންސިލުގެ ފަރާތުން ބަނދަރުގައި ވާއެޅުމަށ،ް ނުވަތަ އެއްސުމަށް ކަނޑައަޅައިފައިވާ އެއްޗެއްގައި، ނުވަތަ ތަނެއްގައެވެ.

(ށ) އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއް ލައިގެން ނުވާނެއެވެ. 

 

11 ވަނަ މާއްދާ - ވަކިފަރާތަކަށް ބަނދަރު ހާއްސަވުން

(ހ) ބަނދަރަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވައިލައިގެން ދޭ ހިދުމަތަކަށް ވުމުން، އެއްވެސް އުޅަނދަކަށް ބަނދަރުގައި މުދާ ބޭލުމަށް ކައުންސިލުގެ ފަރާތުން ކަނޑައަޅައިފައިވާ ސަރަހައްދުގައި ވަކިތަނެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައެއް ނުބޭއްވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކޮންމެ ބަނދަރެއްގައި ވެސް ބަނދަރުގެ ޖާގަ އޮތް މިންވަރަކަށް ރިއާޔަތްކޮށްފައި، ކައުންސިލުގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި، ފައްތިޔާ ބޭއްވުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތުން ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައި ބޭއްވުމަށް ހުއްދަ ދިނުމުގެ ކުރިން، ދަތުރުވެރީން ރަށަށް އަރައި ފޭބުމަށާއި މުދާ އަރުވައި ބޭލުމަށް އެހެން އުޅަނދުތަކަށް އެކަށީގެންވާ ޖާގަ ހުރިކަން ކައުންސިލުން ކަށަވަރުކުރަން ވާނެއެވެ.

(ނ) މުދާ އަރުވައި ބޭލުމަށާއި، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގެ ވަކި ސަރަހައްދެއް ކަނޑައެޅުމުގެ ބާރ،ު ކައުންސިލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގައި ހާއްސަކުރާ ސަރަހައްދުގައި އުޅަނދު ބޭއްވޭނެ ވަގުތު ކަނޑައެޅުމުގެ ބާރ،ު ކައުންސިލަށް ލިބިގެންވެއެވެ.

(ބ) މުދާ އަރުވައި ބޭލުމާއި، މީހުން އަރައި ފޭބުމާއި ފެރީ އުޅަނދުތައް ގާތްކުރުމަށް ކައުންސިލުން ކަނޑައަޅާ ސަރަހައްދުގައި އެ ނ ން އެހެން ބޭނުމަކު އުޅަނދުފަހަރު ބޭއްވުމަކީ މަނާކަމެކެވެ.

 

12 ވަނަ މާއްދާ - ފަޅުތެރޭގައި ވާއެޅުން

ފަޅުތެރޭގައި ވާއެޅުމާއި ލޮތާރި ލުން ފަދަ ކަންތައްތައް ކުރަންވާނީ، ވާއެޅުމާއި ލޮތާރި ލުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

13 ވަނަ މާއްދާ - ރަސްމީ ފާލަން ނުވަތަ ޖެޓީ ސަރަހައްދު

(ހ) ރަސްމީ ޖެޓީ ނުވަތަ ރަސްމީ ފާލަމުގެ ބޭނުން ހިފުމަށް ދަތިވާގޮތަށ،ް ފާލަމުގެ ކައިރީގައި ނުވަތަ ޖެޓީ ކައިރީގައި އެއްވެސް އުޅަނދެއް އަޅައިފައި ބާއްވައިގެން ނުވާނެއެވެ.

(ށ) ކައުންސިލުން ހުއްދަ ދޭ އުޅަނދުތަކުން ފިޔަވައި "ރަސްމީ ފާލަން" ނުވަތަ "ރަސްމީ ޖެޓީ" އިން ފަސިންޖަރުންނާއި ފަސިންޖަރުންގެ ފޮށިތަންމަތި އަރުވައި ބޭލުމަކީ މަނާކަމެކެވެ.

 

14 ވަނަ މާއްދާ - ބަނދަރުތެރޭގައި މަސްކިރުން

(ހ) ބަނދަރުތެރޭގައި އެއް އުޅަނދު އަނެއް އުޅަދަށް މަސްކިރުވަންވާނީ، ބަނދަރުތެރޭގައި މަސްކިރުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން، ކައުންސިލަށް ހުށަހަޅައިގެން ލިއުމުން ހުއްދަ ލިބިފައިވާ މަސްކިރާ ފަރާތްތަކަށެވެ.

(ށ) މަސްކިރުމުގެ ތެރޭގައި ވެސް، ބަނދަރުތެރެއަށް ކުންޏާއި، މަހުގެ ބާވަތްތަކާއި، އެ ފަދަ އެހެން ތަކެތި އެޅުމަކީ މަނާކަމެކެވެ.

 

15 ވަނަ މާއްދާ - ފަތުރުވެރިންގެ އުޅަނދުފަހަރު

(ހ) ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު ނ.ލަންދޫ ބަނދަރަށް ވަދެ ނުކުމެ ހަދަންވާނީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ވަންނަ އުޅަނދު ފަހަރ،ު ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއިރަށް 50 (ފަންސާސް) އެމެރިކާ ޑޮލަރު ނުވަތަ 50 (ފަންސާސް) އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސ،ާ އެ އުޅަނދަކުން ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަނުވާ ވަގުތަށް ވެސް ފައިސާ ނެގޭނީ 24 (ސައުވީސް) ގަޑިއިރަށެވެ.

(ށ) ފަތުރުވެރިންގެ އުޅަނދ،ު ބަނދަރުގެ ނެރުން ވަނުމަށްފަހު، އުޅަނދު ނެރުން ނުކުންނަންދެން،  އޭގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން އާންމުކޮށް ފެންނަގޮތަށް އުޅަނދުގައި ތިބެންޖެހޭނީއާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ހެދުމެއްގައެވެ.

(ނ) ސިއްހީ ކުއްލި ފަރުވާއެއް ހޯދުމަށް ފަތުރުވެރިއަކު ގޮވައިގެން ދަތުރުކުރާ އުޅަނދުފަހަރަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ފަތުރުވެރިން ދަތުރުކުރާ އުޅަނދެއްކަމުގައެއް ނުބެލެވޭނެއެވެ.

 

16 ވަނަ މާއްދާ - ހާއްސަ ހާލަތެއްގައި، އުޅަނދު އަޅައިފައިވާ ސަރަހަ އްދުން ނެގުން

(ހ) ހާއްސަ ހާލަތެއް މެދުވެރިވެގެން، ކައުންސިލުގެ ފަރާތުން، އުޅަނދެއް އޮތްތަނުން ނަގަން ބޭނުންވެއްޖެނަމަ، އެ އުޅަނދެއް ނަގަންޖެހޭ ހާއްސަ ހާލަތް ބަޔާންކޮށ،ް އުޅަނދުގެ ވެރިފަރާތަށް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށް ޓަކައި، އަންނަނިވި ކަންތައްތަކަކީ ހާއްސަ ހާލަތުތަކެއް ކަމުގައި ބެލެވިދާނެއެވެ.

  1. ވަކި ރަސްމިއްޔާތަކާ ގުޅިގެން އެ އުޅަނދު އޮތް ސަރަހައްދު ހުސްކުރަންޖެހުން؛
  2. ބޮޑު އުޅަނދެއް ބަނދަރަށް ވަންނަން ޖެހުން؛
  3. ބަނދަރުތެރެ ސާފުކުރުމަށް ރޭވިފައިވާ ހަރަކާތެއްގެ ދަށުން ކުރެވޭ ކަމަކާ ގުޅިގެން؛
  4. ބަނދަރު މަރާމާތުކުރުމަށް ކުރަންޖެހޭ ކަމަކާ ގުޅިގެން އުޅަނދު ނަގަންޖެހުނ.ް

(ނ) މި ގޮތަށް ހާއްސަ ހާލަތްތަކުގެ ގޮތުގައި ބަޔާންކުރެވުނު ކަންކަމުގައި އިމަރޖެންސީ ހާލަތެއްގައި ނަގަންޖެހޭ ޖެހުން އިސްތިސްނާވާނެއެވެ. މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިމަރޖެންސީ ހާލަތެއް މެދުވެރިވެގެން އުޅަނދު އޮތް ތަނުން ނަގަން ޖެހިއްޖެ ހިނދެއްގައި، ލިޔުމަކުން އެންގުމެއްނެތ،ި ކައުންސިލަށް އެކަން ކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ. ނަމަވެސް އެފަދަ ހާލަތެއްގައި އުޅަނދުގެ ވެރިފަރާތަށް ފޯނުން އަންގަންވާނެއެވެ. އަދި އުޅަނދު ނެގުމަށްފަހު، އުޅަނދު ނެގިކަން ވެރިފަރާތަށް ނުވަތަ އޮޕަރޭޓްކުރާ ފަރާތަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮ ށް ފައިވާ އެންގުން އެ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދާ ހަވާލުވެގެންހުރި ފަރާތަކާ ހަވާލު ކުރުމުން، ނުވަތަ އެއިން މީހަކު ނެތްނަމަ އެ އުޅަނދުގެ ފަޅުވެރިޔަކާ ހަވާލުކުރުމުން، ފަޅުވެރިޔަކުވެސް ނެތްނަމަ ނުވަތ،ަ ފަޅުވެރީން އެ ނޯޓިހާ ހަވާލުވުމަށް އުޒުރުވެރިވާނަމަ، އާ ންމުކޮށް ފެންނަގޮތަށް އެ އުޅަނދުގައި އެ ލިޔުން ހަރުކުރުމުން އެ އުޅަނދު ނެގުމަށް އެންގުނީކަމަށް ބަލަންވާނެއެވެ.

 

17 ވަނަ މާއްދާ - އިންޖީނަށް ގެއްލުން ލިބުންފަދަ، ދަތުރު ނުކުރެވޭ ހާލަތް މެދުވެރިވާ އުޅަނދު

އިންޖީނަށް ގެއްލުން ލިބުންފަދަ ކަންކަމުގައި ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރު ވެސް ތޮށިގަނޑު ކައިރީގައި ތޮށިގަނޑު ދިގަށް ބޭއްވޭނީ، ކައުންސިލުގެ ހުއްދަޔާއެކު، ގިނަވަގެން 5 (ފަހެއް) ދުވަސް ވަންދެންނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވިޔަސް، 5 (ފަހެއް) ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ، 24 (ސައުވީސް) ގަޑިއިރަށް ފީ ނެގޭ މިންވަރަށެވެ. މި މާއްދާގެ ދަށުން ކައުންސިލުން ހުއްދަ ދޭނީ، ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިއުމަކުން ހުށަހެޅުމުންނެވެ. އަދި މި ގޮތަށް ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން އުޅަނދަށް ޖަވާބެއް ދޭންވާނެއެވެ.

 

18 ވަނަ މާއްދާ - ބަނދަރާއި ބަނދަރު ސަރަހަ އްދަށް ކުނި އެޅުން

(ހ) އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަހައްދަށް ކުނި ފަދަ ތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހާއި ހުއިފިލަނޑާ ފަދަ ބާވަތްތަކުން އުކައިލެވޭ ބައިތަކާއި، ކަރުގޮހޮރު ފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަނދަރާއި ބަނދަރު ސަރަހައްދަށް ގަޒާހާޖާތް ކުރުމަކީ ވެސް މަނާކަމެކެވެ.

(ށ) އުޅަނދުގެ އަޑީގައި ހުންނަ ތެޔޮ އެކުލެވޭ ނުވަތަ ތެޔޮފަދަ އެއްޗަކާ އެކުވެގެން ތަޣައްޔަރުވެފައިވާ ފެން ނުވަތަ ދިޔަގަނޑު ބަނދަރުތެރެއަށް ހިއްކުމަކީ މަނާކަމެކެވެ.

 

19 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި މަސްކެނޑުން

(ހ) މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަން ފިޔަވައި ބަނދަރުގެ  އެހެން އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ މަހެއް ކެނޑުމާއި ވިއްކުމަކީ މަނާކަމެކެވެ.

(ށ) މަސް މާރުކޭޓަށް މަސް ގެންދިއުމުގައި ނުވަތަ އުފުލުމުގައި، ބަނދަރުގެ އެއްގަމު ތޮށް ޓާއި ބަނދަރު ސަރަހައްދުގައި އަތުރައި ފައިވާ ގާތައް ހަޑިވާގޮތަށް އެކަން ކުރުމަކީ މަނާކަމެކެވެ. އަދި އެ ފަދަކަމެއް ދިމާވެއްޖެނަމަ، އެ ހަޑިވި ތަނެއް ސާފުކުރުމަކީ އެކަން ކުރި ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

 

20 ވަނަ މާއްދާ - ބަނދަރުތެރޭގައި އެންކޮށްޓާއި ދިރޭމަސް ގެންގުޅުން

(ހ) ބަނދަރު ސަރަހައްދާއި ބަނދަރުތެރޭގައި، އެމާއި ދިރޭމަސް، ކޮށީގައި ބަހައްޓައިގެން ދާއިމީކޮށް ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މ ސުމީ މަސްވެރިކަމަށް މަސްވެރިން ގެންގުޅޭ ދިރޭމަސް ދޯނީގައްޔާއި ދޯނީގައި ހަރުކޮށްފައި ހުންނަ ދާތަކުގައި ވަގުތީގޮތުން ގެންގުޅުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. އަދި މިގޮތަށް މަސް ގެންގުޅެންވާނީ އެހެން ފަރާތްތަކަށް އުނދަގ ނުވާނެ ގޮތަށެވެ.

 

21 ވަނަ މާއްދާ - ބަނދަރު ސަރަހައްދު ގެ ފަޅުތެރެއަށް ފެތޭ އުޅަނދު

(ހ) ބަނދަރު ސަރަހައްދަށް އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އުޅަނދެއް އަޑިއަށް ހިނގައްޖެނަމަ، ގިނަވެގެން 48 )ސާޅީސް އަށެއް( ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއް ނަގަންވާނެއެވެ. އަދި އުޅަނދެއް ބަނދަރު ސަރަހައްދަށް ފެތިފައި ނުވަތަ އަޑިޔަށް ގޮސްފައި އޮވ،ެ 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނެގުމަށ،ް އެ އުޅަނދާ ހަވާލުވެހުރި ފަރާތަކަށް ކައުންސިލުގެ ފަރާތުން އަންގަންވާނެއެވެ. އަދި އުޅަނދާ ހަވާލުވެހުރި ފަރާތް ނުވަތަ އުޅަނދުގެ ވެރިފަރާތް ނޭނގޭނަމަ، އެ ފަރާތެއް ހޯދުމަށް ޓަކައި އާންމުކޮށް އިއުލާނު ކުރަންވާނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އަންގާތާ ނުވަތަ އިއުލާނު ކުރާތާ 10 )ދިހައެއް( ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އުޅަނދާ ހަވާލުވެހުރި ފަރާތުން އެއްވެސް ހަބަރެއް ނުވެއްޖެނަމަ ނުވަތަ އެ ފަރާތް އެނގުމަށްފަހު ވެސް އުޅަނދު އޮތް ސަރަހައްދުން އެ އުޅަނދެއް ނުނަގައިފިނަމަ، އެ އުޅަނދެއް ބަނދަރު ސަރަހައްދުން ނަގައި، ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ ހުއްދަ، ކޯޓު އަމުރެއްގެ ދަށުން ހޯދައި އެ ތަނަކަށް އުޅަނދު ގެންދަންވާނެވެ. އަދި މި ގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން ކޯޓު އަމުރެއްގެ ދަށުން ނެގޭ އުޅަނދުތައް ނެގުމަށާއި، އުޅަނދުގެ ވެރިފަރާތް ހޯދުމަށް އިއުލާނުކުރުމަށާއި، އުޅަނދު އެ ސަރަހައްދުން ނެގުމަށް ދިޔަ ހަރަދާއި، އެ އުޅަނދަށް އިތުރު އެއްވެސް ފީއެއް ދަންކަންޖެހި ނުދައްކައިވާނަމަ، އަދި ޖޫރިމަނާއެއް ކުރެވިފައިވާނަމަ، އެ ފައިސާތައް ދައްކައި ހަލާސްކޮށްފައި އެ އުޅަނދާބެހޭ ރަސްމީ ލިއުންތައް ހުށަހެޅުމުން، އުޅަނދުގެ ވެރިފަރާތާ އެ އުޅަނދެއް ހަވާލުކުރަންވާނެއެވެ.

(ރ) އުޅަނދު ނަގާތާ 15 )ފަނަރަ( ދުވަސްވުމުން، ދެން އުޅަނދު ދ ކުރެވޭނީ، މި މާއްދާގެ (ނ) ގައިވާ ފީއާއި ޖޫރިމަނާގެ ފައިސާއާއި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 75 )ހަތްދިހަފަހެއް( ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މި ގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 6 )ހައެއް( މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނައްތައިލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކައިލުމުގެ އިހްތިޔާރ،ު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތަށް ކަންތައް ކުރާނީ، އާންމުކޮށް އިއުލާނުކުރުމަށްފަހު، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ނައް ތައިލެވޭ އުޅަނދުތަކަށް ޖޫރިމަނާއާއި ފީގެގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދުމަށް އެ އުޅަނދުގެ ވެރިފަރާތާމެދު ދައުވާކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ފަޅުތެރެއިން ނަގާއުޅަނދުތައް ނެގުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ބަނދަރު ސަރަހައްދުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިން، ތިރީގައިވާ ގޮތަށް އަމަލު ކުރަންވާނެއެވެ.

  1. އުޅަނދު އޮތްތަނުން ނެގުމުގެ ކުރިން އެ އުޅަނދާއި އުޅަނދުގެ ފޮޓޯ ނުވަތަ ވީޑިއޯ ނަގަންވާނެއެވެ. 
  2. އުޅަނދު ނެގުމުގެ ކުރިން އުޅަނދު އޮތް ހާލަތު ބަޔާންކުރާ ރިޕޯޓެއް ތައްޔާރުކޮށ،ް ރިޕޯޓު ތައްޔާރުކުރި ފަރާތާއި، އެ އުޅަނދުގެ ހާލަތު ވަޒަންކުރި، ކައުންސިލުގައި ނުހިމެނޭ އިތުރު 2 (ދޭއް) މީހުން، ހެކިންގެ ގޮތުގައި، ރިޕޯޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓު އެކުލަވައިލުމުގައި ފުލުހުންގެ އެހީތެރިކަން ހޯދަންވާނެވެ.

 

23 ވަނަ މާއްދާ - ބަނދަރު ސަރަހައްދަށް މޫދަށް އެރި އުޅުން

(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް ކޮންމެހެން އެރެންޖެހިގެން މެނުވީ އާންމުކޮށް މޫދަށްއެރި އުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، އެކަން ތަކުރާރުކޮށްފިނަމަ، އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500 (ފައްސަތޭކަ) ރުފިޔާއިން ޖުރިމަނާ ކުރުމުގެ އިހްތިޔާރު، މި ގަވާއިދުގެ ދަށުން،  ކައުންސިލަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ފަޅުތެރޭގައި އުޅަނދު ދުއްވަން ޖެހޭ ސްޕީޑް

ބަނދަރު ސަރަހައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވަންވާނީ، ކަނޑު ދަތުރުފަތުރާ ގުޅޭ ކަންކަން ބަލަހައްޓާ ވުޒާރާއިން ކަނޑައަޅައިފައިވާ ގޮތާ ހިލާފުނުވާނެ ގޮތެއްގެ މަތީން، ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެވޭވަރުގެ ރައްކައުތެރި ސްޕީޑެއްގައެވެ.

 

25 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި އޮޑިދޯނިފަހަރު މަރާމާތުކުރުން

ބަނދަރު ސަރަހައްދުގައި އެއްވެސް އުޅަނދެއް މަރާމާތުކުރަންވާނީ، ކައުންސިލުގެ އިދާރާގެ ހުއްދ،ަލިޔުމަކުން ލިބިގެންނެވެ. އަދި މިފަދަ ހުއްދައަކަށް އެދި އެކަށީގެންވާ ސަބަބާއެކު އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، މި ގަވާއިދުގެ ދަށުން އެ މަސައްކަތެއް ކުރުމުގެ ހުއްދަ ލަސްނުކޮށް ދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ސަބަބެއްނެތި ބަނދަރުގައި އަޅައިފައި ބަހައްޓާ އުޅަނދުތައް

(ހ) އެކަށީގެންވާ ސަބަބެއް ނެތި އުޅަނދުފަހަރު ބަނދަރުގައި އަޅައިފައި ބޭނުންނުކޮށް ބެހެއްޓޭނީ،  އެންމެ ގިނަވެގެން 7 )ހަތެއް( ދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި، ކައުންސިލަށް ލިއުމަކުން ހުށަހަޅައިގެން، ކައުންސިލުން ކަނޑައަޅާ އުސ ލެއްގެ މަތީން، އިތުރު މުއްދަތެއް ދެވިދާނެވެ. އަދި މުއްދަތު އިތުރުކުރިކަން އަންގައިފައި ކައުންސިލުން ދޭ ލިޔުން އާންމުކޮށް ފެންނާނޭ ގޮތަށް އުޅަނދުގައި ހުންނަންވާނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތަކުގެ އުޅަނދުފަހަރު ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ނެގޭނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރު ހަމަނުވެ އޮންނަ ވަގުތަށް ވެސް ފީ ނެގޭނީ،24 (ސައުވީސް) ގަޑިއިރަށެވެ.

 

27 ވަނަ މާއްދާ - ކައުންސިލުން ކަނޑައަޅާ ކަންކަން އާންމުކުރުން

މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން، ކައުންސިލުން އާންމުކޮށް އިއުލާނުކުރުމާއެކު، އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

28 ވަނަ މާއްދާ - ޖޫރިމަނާ

(ހ) އެހެން ގާނ ނަކުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައިނުވާ ކަންކަމުގައި، މި ގަވާއިދުގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުން، ނުވަތަ ނުކުރުމަށް މި ގަވާއިދުގައި ހިމެނިފައިވާކަމެއް ކުރުމުން، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ،3,000/ (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން އަދި ހަތަރު ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުވާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރ،ު މި ގަވާއިދުގެ ދަށުން ކައުންސިލަށް ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ހަވާލުކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކުރެވޭނީ، އެ ފަރާތެއް އެ ކުރި ކުށް ކައުންސިލުން ބަލައި، ކުށުގެ ހާދިސާ ދިރާސާކޮށ،ް އެކަން ކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅައި، ކައުންސިލުން އެ ފަރާތެއް ޖޫރިމަނާ ކުރުމަށް ކަނޑައެޅުމުންނެވެ.

(ނ) ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ، ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

29 ވަނަ މާއްދާ - މާނަކުރުން 

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ. އަދި މި ގަވާއިދުގައި ބޭނުން ކޮށް ފައިވާ ލަފުޒުތައް ތަފްސީރު ކުރުމުގައި، މީހުންނާއި ފަރާތްތަކުގެ މާނައިގައި، ކުންފުނ،ި ގުރޫޕް، ޖަމްއިއްޔާ ތަކާއި ޖަމާއަތްތައް ފަދަ ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދުންނަށް ނުވަތަ އެއްޖިންސަކަށް ބޭނުން ކޮށްފައިވާ ލަފުޒުތައް އެ ލަފުޒެއް ބޭނުންކޮށްފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށްފައި ގިނަމީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެ ވިދާނެއެވެ.

  1. "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެއިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލަށެވެ.
  2. "ތަންފީޒީ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި، ކައުންސިލާއި،ބަނދަރު ހިންގައި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ. 
  3. "މޫދަށް އެރި އުޅުން" ކަމަށް ބުނެފައި އެވަނީ، ވަކި ހާއްސަކަމެއްނެތި ހުސްވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި ނުވަތަ މަޖާކޮށްލުމުގެ ބޭނުމުގައި މޫދަށް އެރިއުޅުން ފަދަ ކަންކަމަށެވެ. ކުއްލި ހާދިސާއެއް ދިމާވެގެން ނުވަތަ ކައުސިލުގެ ހުއްދަ ލިބިފައިވާ މަސައްކަތެއް ކުރުމަށް މޫދަށްއެރުން މި މާނައިގެ ތެރެޔަކު ނުހިމެނެއެވެ.
  4. "ވަގުތީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ބަނދަރު ސަރަހައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކއް) މަސްދުވަހަށްވުރެ ދިގުނ ން މުއްދަތަކަށް އެއްވެސް ފަރާތަކަށްކައުންސިލުން ދޭ ހުއްދައަށެވެ.
  5. "ދާއިމީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ބަނދަރު ސަރަހައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ. 
  6. "ރަސްމީ ޖެޓީ" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން ރަސްމީ ޖެޓީކަމުގައި ޖެޓީއެއް ކަނޑައަޅައިފިނަމަ އާންމުކޮށް އިއުލާނުކޮށްފައިވާ ޖެޓީއަށެވެ.
  7. "އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އާންމު އިޖުތިމާއީމިންގަނޑުތަކާ ހިލާފުނުވ،ާ ދިވެހިން އާންމުކޮށް އަޅައިއުޅޭ ބާވަތުގެ ހެދުމަށެވެ.
  8. "ބަނދަރު ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އާންމުކޮށް އިއުލާނުކުރާ ސަރަހައްދަށެވެ.
  9. "ފަތުރުވެރިން ދަތުރުކުރާ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި އުސޫލުން ފަތުރުވެރިން އުފުލައި އަދި ދިރިއުޅ،ޭ ސަފާރީއާއި ޔޮޓު ފަދަ އުޅަނދުފަހަރަށެވެ.
  10. "އުޅަނދާ ހަވާލުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އުޅަނދު ދުއްވާ ފަރާތާއި، އުޅަނދު ދުއްވުމުގެ ކަންކަން އިންތިޒާމުކޮށް ހިންގާ ފަރާތަށެވެ.

 

30 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ކައުންސިލުން މި ގަވާއިދު ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކއް) މަސްދުވަހުގެ ތެރޭގައި، މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލުގެ އިދާރާއިން ބަނދަރުގެ ސަރަހައްދާއި ބަނދަރާ ގުޅޭ ފަޅުގެ ސަރަހައްދު ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު