ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު 2024
(ގަވާއިދު ނަންބަރު 2024-03)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ޖަނަވަރީ 2024 ގައި)
(މި ގަވާއިދުގެ 66 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2019-03 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ޓަކައި، ގާނޫނު ނަންބަރު 2009-02 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން ހަދައި ހިންގާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، ''ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު 2024'' އެވެ.
2 ވަނަ މާއްދާ - އިންތިހާބު ހިންގައި ބެލެހެއްޓުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރު ބުރުތަކާއި ބައ-ިއިލެކްށަންތަކާބެހޭ އެންމެހައި ކަންކަން ހިންގައި، ބަލަހައްޓައި، ވިލަރެސްކުރާނީ، އިލެކްށަންސް ކޮމިށަނުންނެވެ.
(ށ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަންނަނިވި ކަންކަން ހިންގައި ބެލެހެއްޓުމުގައި އިލެކްށަންސް ކޮމިށަނުން ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމަށް އެދިއްޖެނަމަ، އެކަމެއް ކުރުމަށް ޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެ ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.
- އިންތިހާބީ ދާއިރާތައް ކަނޑައެޅުން؛
- ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ ސައްހަކަން ކަށަވަރުކުރުން؛
- އިންތިހާބަށް ބޭނުންވާ ތަންތަނާއި ވަސީލަތްތައް ހޯދުން؛
- އިންތިހާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުން؛
- ވޯޓު ފޮށި ބަހައްޓާނެ ތަންތަން ހޯދުމާއި އެ ތަންތަން އިންތިޒާމުކުރުން؛
(މިގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ވޯޓު ފޮށި ބަހައްޓާނަމަ، އެއްވެސް އަގަކާ ނުލައި، ވޯޓު ފޮށި ބެހެއްޓުން) - ވޯޓުލާ މަރުކަޒަށް ބޭނުންވާ އޮފިށަލުން ހޯދުމާއި އެ މީހުން ތަމްރީނުކުރުން؛
- އިންތިހާބާބެހޭ ށަކުވާ ބެލޭނެ ނިޒާމު ގާއިމުކުރުން؛
- އިންތިހާބުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުން؛
- އިންތިހާބުގެ ކަންކަން ހިންގުމަށް ފޯކަލް ޕޮއިންޓެއް ހަމަޖެއްސުން؛
- އިންތިހާބުގެ މަސައްކަތަށް ސިވިލް ސަރވިސްގެ މުވައްޒަފުން ބޭނުންވެގެން އިލެކްށަންސް ކޮމިށަނުން އެދިއްޖެ ހާލަތެއްގައި އެ މީހުން ވީއްލުން،
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، އިންތިހާބާ ގުޅޭ އެހެން ކަމެއްގެ އެހީތެރިކަމަށް އިލެކްށަންސް ކޮމިށަނުން އެދިއްޖެނަމަ، އެ އެދުނު ކަމެއް ކުރުމަށް ޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެ ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ދޭންވާނެއެވެ.
(ރ) އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން ހޯދުމުގައި ސިވިލް ސަރވިސް ކޮމިށަނުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އިލެކްށަންސް ކޮމިށަނަށް ދޭންވާނެއެވެ. އަދި މިފަދައިން އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މީހުން ޒިންމާދާރު ކުރުވައި، އެ މީހުންނާމެދު ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި އެ މީހުންނާމެދު ފިޔަވަޅު އެޅުމަކީ، ސިވިލް ސަރވިސް ކޮމިށަނުގެ ޒިންމާއެކެވެ.
3 ވަނަ މާއްދާ - އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީ
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ހޯދުމަށާއި، މަށްވަރާކުރުމަށް "އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީ" އެއް، އިލެކްށަންސް ކޮމިށަނުން އުފައްދަންވާނެއެވެ.
(ށ) އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގައި ހިމެނޭނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތްތަކެވެ.
(ނ) އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކަށް ތަބާވާންވާނެއެވެ.
(ރ) އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ރާވައި ހިންގާނީ،އިލެކްށަންސް ކޮމިށަނުންނެވެ.
4 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުން
އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އިންތިހާބުގެ ކަންތައްތައް ހިންގުމަށްޓަކައި ރަށ/ުއަވަށ/ުއަތޮޅު/ސިޓީއާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށްޓެއް ބަހައްޓާ ކޮންމެ ގައުމެއްގައި ހަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓުން އައްޔަންކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.
5 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުންނާއި، ފޯކަލް ޕޮއިންޓުންގެ އެހީތެރިންގެ މަސްއޫލިއްޔަތާއި ޒިންމާ
(ހ) އިންތިހާބުގެ މަސައްކަތްތައް ކުރުމަށް އައްޔަންކޮށްފައިވާ ފޯކަލް ޕޮއިންޓުންނާއި، ފޯކަލް ޕޮއިންޓުންގެ އެހީތެރީން، އެ މީހުންގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރަންވާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ށ) އިންތިހާބުގެ މަސައްކަތް ކުރުމަށް ޓަކައި އައްޔަންކޮށްފައިވާ ފޯކަލް ޕޮއިންޓުން، އިލެކްށަންސް ކޮމިށަނުން އެ ފަރާތްތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިމުމުން، އިލެކްށަންސް ކޮމިށަނުން ދޭ ފޯމެޓަކާ އެއްގޮތަށް، އެ މަސައްކަތާބެހޭ ރިޕޯޓެއް، އިންތިހާބު ނިމޭތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ކަނޑައެޅިފައިވާ މުއްދަތުގައި ނުފޮނުވައިފިނަމަ، އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.
(ރ) އިންތިހާބުގެ މަސައްކަތް ކުރުމަށް ޓަކައި އައްޔަންކޮށްފައިވާ ފޯކަލް ޕޮއިންޓުންގެ އެންމެ ފަހު މަހުގެ އުޖޫރަ ދޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ކޮމިށަނަށް ހުށަހެޅުމުންނެވެ.
6 ވަނަ މާއްދާ - ރަށ/ުއަވަށ/ުއަތޮޅު/ސިޓީ ގެ އިލެކްށަންސް ފޯކަލް ޕޮއިންޓުންގެ މުއްދަތު
މި ގަވާއިދުގެ ދަށުން އައްޔަންކުރާ ރަށ/ުއަވަށ/ުއަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓުންގެ ތެރެއިން އިލެކްށަންސް ކޮމިށަނުގެ ދާއިމީ މުވައްޒަފުން ފިޔަވައި އެހެން މީހުން މަގާމުގައި ދެމިތިބޭނީ، މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އިލެކްށަންސް ކޮމިށަނުން އެ ފަރާތްތައް ފޯކަލް ޕޮއިންޓުންގެ މަގާމަށް އައްޔަންކުރާ ތާރީހުން ފެށިގެން އެ ފޯކަލް ޕޮއިންޓެއްގެ މަސައްކަތް ނިމުނުކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހަކާ ހަމައަށެވެ.
7 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ނެގުމަށް ޓަކައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ސައްހަ ރަޖިސްޓަރީއެއް، ނޭށަނަލް ރަޖިސްޓްރޭށަނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސްގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތުގެ އަލީގައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ ރަޖިސްޓަރީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހެއްގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް އެ މައުލޫމާތު އާންމު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހު، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާންމުކޮށް ފެންނަގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ހުރިހާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އެ ރަށެއްގެ ރަށު ކައުންސިލުން އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތީން ހަމަޖައްސަންވާނެއެވެ.
8 ވަނަ މާއްދާ - ރަޖިސްޓަރީގެ ކޮޕީ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވުމާއި، ށަކުވާ އުފުލުމަށް ހުޅުވައިލުން
(ހ) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުމުގެ އިތުރުން، އެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކުލަވައިލައިފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތަފުސީލީ މައުލޫމާތު ހިމެނޭ ރަޖިސްޓަރީގެ ކޮޕީއެއް، ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް ފޮނުވާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތެއްގެ ސައްހަކަމާމެދު އެއިން ފަރާތެއްގެ ސުވާލެއް އޮތްނަމަ، އެކަމުގެ ށަކުވާ، އެ ރަޖިސްޓަރީ އެ ފަރާތްތަކަށް ފޮނުވާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް އެ ފަރާތްތަކަށް ފުރުސަތު ހުޅުވައިލަންވާނެއެވެ. މިފަދައިން ހުޅުވައި ލާ ފުރުސަތުގައި، ރަށ/ުއަވަށ/ުއަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓުންނަށް ވެސް ށަކުވާ ހުށަހެޅިދާނެއެވެ.
(ނ) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މައުލޫމާތަކާ ގުޅޭގޮތުން، ނުވަތަ އެ ރަޖިސްޓަރީ ސައްހަކުރުމަށް ޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން، ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ށަކުވާ ހުށަހެޅުމަށް ހުޅުވައިލާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ފޯކަލް ޕޮއިންޓުތަކަށް ނުވަތަ އިލެކްށަންސް ކޮމިށަނަށް ށަކުވާ ހުށަހެޅިދާނެއެވެ. ށަކުވާ ހުށަހަޅާނީ، "ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާބެހޭ ށަކުވާ ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުންނާއި، ކައުންސިލުގެ އިދާރާތަކުންނާއި، އިލެކްށަންސް ގެ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ލިބޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތައް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކޮމިށަނުން ބަލައި، އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ. އަދި ކޮމިށަނުން ށަކުވާތަކާމެދު ކަނޑައެޅި ގޮތެއް، އެ މުއްދަތުގެ ތެރޭގައި އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަން ވެސް ވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ށަކުވާ ހުށަހެޅި ފަރާތަކުން ހިތްހަމަ ނުޖެހޭނަމަ، ކޮމިށަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން އެ ފަރާތަށް އަންގާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ހައިކޯޓަށް ހުށަހެޅޭ މައްސަލައަކާމެދ،ު އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
9 ވަނަ މާއްދާ - ރަޖިސްޓަރީއާބެހޭ މައްސަލަތައް އިލެކްށަންސް ކޮމިށަނަށް ފޮނުވުން
ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާ ބެހޭގޮތުން އިލެކްށަންސްގެ ފޯކަލް ޕޮއިންޓު މެދުވެރިކޮށް އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާތައް ދުވަހުން ދުވަހަށް އިލެކްށަންސް ކޮމިށަނަށް ފޯކަލް ޕޮއިންޓުން ފޮނުވަމުން ގެންދަންވާނެއެވެ.
10 ވަނަ މާއްދާ - ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކު ރާރަޖިސްޓަރީއަށް ބަދަލުގެނައުން
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ސައްހަ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހެޅިފައިވާ ށަކުވާއާއި، ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ހުށަހަޅައިފައިވާ ށަކުވާތަކާ ގުޅިގެން ގެންނަ ބަދަލުތައް ނޫން އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.
- ލިސްޓަށް މީހަކު އިތުރުކުރެވޭނީ، ލިސްޓުގައި ނަން ނެތިގެން ހުށަހަ ޅައިފައިވާ ށަކުވާއާއެކު، އެ މީހަކީ ވޯޓުލާ ދުވަހަށް 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަން ސާބިތުކޮށްދޭނެ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ އެޓެސްޓްކޮށްފައިވާ ކޮޕީ ހުށަހެޅުމުން، އެކަމާ ގުޅޭ މުއައްސަސާއަކުން އެކަން ކަށަވަރުކުރުމަށް ފަހުގައެވެ. މި ލިޔުމުގައި ލިސްޓަށް އިތުރުކުރަން އެދިފައިވާ ފަރާތުގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސ،ް އުފަން ތާރީހު، ޖިންސ،ް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނިފައި އޮންނަން ވާނެއެވެ؛
- ރަޖިސްޓަރީން މީހަކު އުނިކުރެވޭނީ، ރަޖިސްޓަރީގައި ހިމެނިފައިވާ ފަރާތެއް އުނިކުރުމަށް ހުށަހަޅައިފައިވާ ށަކުވާއާއެކު އެ މީހަކީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އުނިކުރަންޖެހޭ މީހެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ހުށަހެޅުމުންނެވެ؛
- ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނެވޭނީ، ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތެއް ބަދަލުކުރުމަށް އެދި ހުށަހަޅައިފައިވާ ށަކުވާއާއެކު ލިސްޓަށް ގެންނަން އެދިފައިވާ ބަދަލަކީ ސައްހަ ބަދަލެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ހުށަހެޅުމުންނެވެ.
(ށ) ނިޔާވެފައިވާ މީހެއްގެ ނަން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އުނިކުރުމުގައި، ސައްހަ ލިޔުމެއްގެ ގޮތުގައި ބަލާނީ، މަރުފޯމ،ު ރަށްވެހިންގެ ރަޖިސްޓަރީ ފަދ،ަ އުނިކުރަން އެދިފައިވާ މީހަކީ މަރުވެފައިވާ މީހެއްކަމަށް ދައުލަތުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުންތަކެވެ.
(ނ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހަޅާ ށަކުވާތަކާބެހޭ މައުލޫމާތު، އެ ށަކުވާގެ ބާވަތާއި، އެ ށަކުވާއަކާމެދު އަމަލުކުރިގޮތް އެނގޭގޮތަށް އިލެކްށަންސް ކޮމިށަނުން ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ.
(ރ) ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ރަޖިސްޓަރީއަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ބަދަލެއް ގެންނަން ޖެހޭނަމަ، އިލެކްށަންސް ކޮމިށަނުން އެ ބަދަލެއް އެ ރަޖިސްޓަރީއަށް ގެނެސ،ް އެކަން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރުމާއެކު، އެ ބަދަލުތައް، ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބަދަލު، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާންމުކޮށް ބެލޭނެގޮތަށް ބަހައްޓައިފައިވާ އެ ރަޖިސްޓަރީގެ ކޮޕީތަކަށް ވެސް ގެންނަންވާނެއެވެ.
(ޅ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލެވޭނީ، އިލެކްށަންސް ކޮމިށަނުން އާންމުކޮށް ށާއިއުކުރ،ާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި ނަން ހިމެނިފައިވާ މީހުންނަށެވެ.
(ކ) މި މާއްދާގެ ދަށުން އާންމު ކުރާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި، އެ ލިސްޓު ސައްހަކަމަށް އެއްބަސްވ،ެ އިލެކްށަންސް ކޮމިށަނާއި، ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ. މިގޮތުން ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމަށް ހުޅުވައިލާ މުއްދަތުގައި ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓުގެ މަންދޫބަކު ސޮއިކުރުމަށް ހާޒިރުނުވާނަމަ ބެލޭނީ، އެ ކެންޑިޑޭޓަކަށް ލިބުނު ފުރުސަތު ދޫކޮށްލީކަމަށެވެ.
11 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމު ކުރުމާއި ބޭނުންކުރުން
(ހ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމާ ހަމަޔަށް އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި އާންމުކޮށް ބެލޭނެގޮތަށް ށާއިއުކޮށްފައި ހުންނަންވާނެއެވެ.
(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް ފޮނުވާ، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތު، އެ ފަރާތްތަކުން ބޭނުންކުރަންވާނީ ޒިންމާދާރު ކަމާއެކުގައި، ހަމައެކަނި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށެވެ. އަދި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ފިޔަވައި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު، އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެއެވެ. އަދި އެ ރަޖިސްޓަރީގައިވާ އެއްވެސް މައުލޫމާތެއް، އިންތިހާބުގެ ބޭނުންތަކަށް މެނުވީ ބޭނުންކުރުމަކީ މަނާކަމެކެވެ. ހާއްސަގޮތެއްގައި އެ މައުލޫމާތު ވިޔަފާރީގެ ބޭނުމަކަށް ޓަކައި ނުވަތަ މާލީ ފައިދާއެއް ހޯދުމަށް ޓަކައި ބޭނުންކުރުމަކީ މަނާކަމެކެވެ.
12 ވަނަ މާއްދާ - އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓުދިނުމަށް ޓަކައި ރީ-ރަޖިސްޓަރީކުރުން
(ހ) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހެއް، ވޯޓުލުން އޮންނަ ދުވަހު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ދާއިމީ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެ މީހަކު ނޫޅޭކަމުގައި ވަނީނަމަ، އަދި ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށެއްގައި ނުވަތަ ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ގައުމެއްގައި ހުރ،ެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ މީހަކު ވޯޓު ދިނުމަށް ބޭނުންނަމަ، ވޯޓު ނަގާ ދުވަހު އެ މީހަކު ހުންނާނެ ތަނެއްގައި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރީ-ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ތިބޭ މީހުން ވޯޓުދިނުމަށް ޓަކައި ރަޖިސްޓަރީވާން ބޭނުންނަމަ، އެކަމަށް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށްގެން އަންގާ ގޮތެއްގެ މަތީން، އެ މީހެއްގެ މައުލޫމާތު ކޮމިށަނަށް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނަކަށް އެކަމަށް ކަނޑައަޅައިފައިވާ މުއްދަތުގައި ކޮމިށަނުން ކަނޑައަޅާ ނިޒާމަކުން ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ވޯޓުލުން އޮންނަ ދުވަހު އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ހުންނާނޭކަމަށް ކަނޑައަޅައި، އެ ތަނަކީ އިލެކްށަންސް ކޮމިށަނުން ވޯޓުފޮށްޓެއް ބަހައްޓަން ކަނޑައަޅައިފައިވާ ތަނެއްނަމަ، އެ ތަނެއްގައި ރަޖިސްޓަރީކުރުމަށް ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކުރުމަށް ހުށަހެޅުމުން، އެ ހުށަހަޅާ ތަނެއްގައި އެ މީހަކަށް ވޯޓު ލެވޭނެ ގޮތަށް އެ މީހެއްގެ ނަން ރަޖިސްޓަރީކުރަން ވާނެއެވެ. އަދި ވޯޓުލުން އޮންނަ ދުވަހު އެ ތަނެއްގައި އެ މީހަކަށް ވޯޓުލެވޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި ވީނަމަވެސ،ް އެ ތަނަކީ ވޯޓުފޮށްޓެއް ބަހައްޓަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ތަނެއްކަމުގައި ވާންޖެހޭނެއެވެ. މިގޮތުން، ވޯޓުފޮށްޓެއް ބަހައްޓަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ތަނެއް ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވާ މީހުން އަމަލުކުރަންވީގޮތް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ވޯޓުލުން އޮންނަ ދުވަހު، އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ހުންނާނެކަމަށް އިލެކްށަންސް ކޮމިށަނަށް އަންގައި ރީ-ރަޖިސްޓަރީ ކުރުމަށްފަހު، އެ ތަން ފިޔަވައި އެހެން ތަނެއްގައި އެ މީހަކަށް ވޯޓެއް ނުލެވޭނެއެވެ.
(ބ) މި މާއްދާގައިވާ ގޮތުގެ މަތީން ރީ-ރަޖިސްޓަރީކުރާ ފަރާތްތަކުގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެހާއި، އެ ފަރާތްތައް އަލުން ރަޖިސްޓަރީކުރާ ތަން އެނގޭނެ ގޮތަށް އިލެކްށަންސް ކޮމިށަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް އެ މައުލޫމާތު ށާއިއު ކުރަންވާނެއެވެ.
(ޅ) މި މާއްދާގެ ބޭނުމަށް ޓަކައި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުން ރީ-ރަޖިސްޓަރީ ކުރުމަކީ އެ ބަޔަކު ބަލަހައްޓާ މުއައްސަސާއެއްގެ ޒިންމާއެކެވެ.
13 ވަނަ މާއްދާ - ރީ-ރަޖިސްޓްރޭށަ ނުގެ ބޭނުމަށް މައުލޫމާތު ހޯދުން
ރީ-ރަޖިސްޓަރީވުމަށް އެދިފައިވާ ފަރާތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް، އެ ފަރާތުގެ މަންމަގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ހޯދުމަށް ނޭށަނަލް ރަޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ދައުލަތުގެ އިދާރާގައި އެދިއްޖެ ހާލަތެއްގައި، އެ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.
14 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދެވަނަ ބުރަށް ރަޖިސްޓަރީވުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކުރަން ޖެހޭނީ، ފުރަތަމަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ފޮށި ނޫން އެހެން ފޮށްޓަކަށް ވޯޓުލާން ބޭނުން ފަރާތްތަކާއި، 18 (އަށާރަ) އަހަރު ފުރިގެން އަލަށް ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ ފަރާތްތަކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ރަޖިސްޓަރީކުރާނީ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރާ ގޮތެއްގެ މަތީންނެވެ.
15 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަމަށް، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނުކުރަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި،ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމަނަންވާނެއެވެ.
16 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުން
(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް އެދި ހުށަހެޅުމަށް، މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިއްޖެކަން އަންގަން ކުރާ އިއުލާނުގައި، މިކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭށަން ފޯމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 10 ވަނަ މާއްދާގައި އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ކަމަށް ބަޔާންކޮށްފައިވާ ތަކެތި ހިމަނަންވާނެއެވެ.
17 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ށަރުތުތައް
(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހި ރައްޔިތަކަށްވުން؛
- ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން؛
- މުސްލިމަކުކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން؛
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން؛
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން،
(ށ) ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހި ރައްޔިތަކަށްވިތާ 5 (ފަހެއް) އަހަރުދުވަސް ވުމަށްފަހުގައެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންވާނެއެވެ.
(ނ) އަންނަނިވި ހާލަތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން؛
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 (ބާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން؛
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 (ބާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތ،ާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 (ތިނެއް) އަހަރުދުވަސް ނުވާ މީހަކު ކަމުގައިވުން؛
- ފަނޑިޔާރަކު ކަމުގައިވުން،
18 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ކެންޑިޑޭޓުންގެ ނަން އިއުލާނުކުރުން
ގާނޫނު ނަންބަރު 2009-02 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު) ގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުން ކުރިމަތިލައިފައިވާ ދާއިރާއާއި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 14 ވަނަ މާއްދާގައި ހިމެނޭ މައުލޫމާތު ހިމެނޭ ގޮތަށް އާންމުކޮށް އިއުލާނުކޮށް، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި އާންމު ކުރަންވާނެއެވެ. އަދި ކޮންމެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނާ ބެހޭގޮތުން ކޮށްފައިވާ އިއުލާން އެ އިންތިހާބީ ދާއިރާއެއްގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސޭހައިން މީހުންނަށް ބެލޭނެގޮތަށް، އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ.
19 ވަނަ މާއްދާ - ނަން އަނބުރާ ގެންދިއުން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެނަމަ، ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުލައި ތަރުތީބުކޮށް އިއުލާނުކުރުމުގެ ކުރިން،އެ ކެންޑިޑޭޓަކަށް ނަން އަނބުރާ ގެންދިއުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
20 ވަނަ މާއްދާ - އިދާރީ ފީ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ 5,000 (ފަސްހާސް) ރުފިޔާ ދައްކާނީ، ދައުލަތަށް ފައިސާ ބަލައިގަތުމަށް ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިންނެވެ. (އިދާރީ ފީއަކީ، އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށްފަހު، އިންތިހާބަށް ކުރިމަތިލާން އެދޭ މީހާއަށް އަނބުރާ ދޭންޖެހޭ ފައިސާއެއް ނޫނެވެ.)
21 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ޓަކައި ގުރުއަތުލުން އޮންނަ ތަނާއި، ތާރީހާއި، ގަޑ،ި ކެންޑިޑޭޓުންނަށް އަންގައި، އިލެކްށަންސް ކޮމިށަނުން އިއުލާނުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގުރުއަތުލުން ބާއްވަންވާނީ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ނުވަތަ އެ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންގެ ހާޒިރުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކެންޑިޑޭޓަކު، މަންދޫބަކު އައްޔަންކުރާނަމަ، އެ މީހަކު މަންދޫބަކަށް އައްޔަންކުރިކަމުގެ ލިޔުމަކާއެކު ގުރުއަތު ނަގާ ތަނަކަށް، އެ މަންދޫބުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއެކު، އެ މީހަކު ފޮނުވަންވާނެއެވެ. އަދި އެ ލިޔުމުގައި މަންދޫބުގެ ފުރިހަމަ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
(ރ) ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ބާއްވާ ގުރުއަތުލުމަށް ކެންޑިޑޭޓަކު ނުވަތަ އޭނާ އައްޔަންކުރާ މަންދޫބަކު ހާޒިރު ނުވެއްޖެނަމަ، އެ ކެންޑިޑޭޓެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެކެވެ.
22 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ މުއްދަތު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރާ ދުވަހުން ފެށިގެން ވޯޓުނަގާ ދުވަހާ ދެމެދު ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާ ނެއެވެ.
23 ވަނަ މާއްދާ - ތާއީދު ހޯދުމަށް މަސައްކަތްކުރުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް، ތާއީދު ހޯދުމަށް، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތީންމަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އިން ކެންޑިޑޭޓުންނަށް ލިބިދީފައިވާ ހައްގުގެ ދަށުން، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ތިރީގައިމިވާ ކަންކަން ކުރެވިދާނެއެވެ.
- ތާއީދު ހޯދުމުގެގޮތުން މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން؛
- ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުން؛
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ހަބަރު ފަތުރާ ވަސީލަތްތަކުގެ ބޭނުންހިފުން؛
- ތާއީދު ހޯދުމުގެގޮތުން މީހުންނަށް ސިޓީ ފޮނުވުމާއި، ފޮޓޯއާއި، ސްޓިކާއާއި،ލިޔުންފަދަ ތަކެތި ބެހުމާއި، އެ ތަކެތި އާންމުކޮށް ފެންނާނެހެން ބެހެއްޓުން؛
- ނިށާނާއި، ނިށާން ޖަހައިފައިވާ ތަކެތި ގެންގުޅުމާއި، އެ ތަކެތި ބޭނުންކުރުން؛
- އިސްތިހާރުކުރުން؛
- ރެލީތަކާއި ވެހިކަލް ބުރުތައް ބޭއްވުން؛
- އިންޓަރނެޓާއި ސޯށަލް މީޑިއާގެ ބޭނުން ހިފުން؛
- ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނު ހިމެނޭގޮތުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ކަމާބެހޭ ގަވާއިދުތަކާ ހިލާފުނުވާގޮތަށް ކަންކަން ކުރުން،
24 ވަނަ މާއްދާ - ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތާއީދު ހޯދުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ތިރީގައި ބަޔާކޮށްފައިވާ ސުލޫކީ މިންގަނޑަށް އަމަލުކުރަންވާނެއެވެ.
- ވަކި ޖިންސެއްގެ މީހަކަށް ވާތީ، ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާކަމަށް ޓަކައި، ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށްޓަކައި، އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއްކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެއެވެ؛
- ކެންޑިޑޭޓުންނަށް ނުވަތަ ޕާޓީއަކަށް ތާއީދު ހޯދުމަށް ބާއްވާ އެއްވެސް ބައްދަލުވުމެއް ނުވަތަ ހަރަކާތެއް ބާއްވަންވާނީ އެކަމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ؛
- ދީނީ އެކިއެކި މުނާސަބަތުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ؛
- ކިޔަވައިދޭ ތަންތަނާއި މަދަރުސާތަކުންނާއި ކޮލެޖުތަކުންނާއި ޔުނިވަރސިޓީތަކުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ؛
- ކިޔަވައިދޭ ތަންތަނާއި އިޖުތިމާއީ ކަންކަން ހިންގާ ތަންތަން ފިޔަވައި ސަރުކާރުގެ އޮފީސްތަކާއި، ކައުންސިލްތަކުގެ އިދާރާތަކާއި، އެ އިދާރާތަކުގެ ގޯތިތެރ،ެ އިންތިހާބަށް ކެންޕޭން ކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ. ކިޔަވައިދޭ ތަންތަނުގެ ގޯއްޗާއި ހޯލު ފަދަ ތަންތަން ބޭނުންކުރަންވާނީ ހުއްދަ ލިބިގެންނެވެ؛
- އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު، އެހެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ؛
- ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރ،ު ނުވަތަ ނިށާން، ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެންވެސް އެއްޗެއް، އެހެން ކެންޑިޑޭޓަކަށް ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ނައްޓައި، ހަލާކުކޮށް، ގެއްލުންދީގެން ނުވާނެއެވެ؛
- ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއަކުން ކެންޕޭން އެއްވުމެއް ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކަށް ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމުކޮށްގެން ނުވާނެއެވެ؛
- އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް، މީހެއްގެ ގެއެއްގައި ނުވަތަ އިމާރާތެއްގައި ނުވަތަ ބިމެއްގައި ބަހައްޓަންވާނީ އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ؛
- އިންތިހާބަށް ތާއީދު ހޯދުމުގެގޮތުން ހުއްދަ ހޯދައިގެން ބަހައްޓާ އިސްތިހާރާއި، ބިލްބޯޑާއި، ބެނަރ ފަދަ ތަކެތި، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަކީ އެ ކެންޑިޑޭޓެއްގެ ނުވަތަ އެ ބެހެއްޓި ފަރާތެއްގެ ޒިންމާއެކެވެ؛
- ތާއީދު ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހިނގަމުންދާ ވަގުތު، އުނދަގޫކޮށް، އެ ތަނެއްގައި އޮތް އިންތިޒާމު ނަގައިލުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރާނަމަ، އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ހައްލުކުރަން މަސައްކަތްކުރަންވާނީ ކަމާބެހޭ ފަރާތެއް މެދުވެރިކޮށްގެންނެވެ؛
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ؛
- ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބަޔާންކޮށް އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރުކުރުވައި އަދި ބިރުދެއްކުމުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ؛
- ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބަޔާންކޮށް ރިށްވަތުގެ ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާ ދީގެން ނުވާނެއެވެ. އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް ކޮށްދިނުމަށް ހުށަހަޅައިގެން ވެސް ނުވާނެއެވެ؛
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ދައްކައި، އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ؛
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދައިން ކެންޑިޑޭޓަކު ނުވަތަ އެހެން ފަރާތްތަކުންވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަނަށް ކުނި އަޅައިގެން ނުވާނެއެވެ؛
- ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުން ބާއްވާ ހިނގައިލުންތަކާއި، ޖަލްސާތަކާއި،އެހެނިހެން ސިޔާސީ ހަރަކާތްތަކުގައި އުފެދޭ ކުނިބުނ،ި އެ ހަރަކާތެއް އިންތިޒާމުކުރި ފަރާތަކުން، އެ ހަރަކާތެއް ނިމުމާއެކު ނަގައި، ސާފުކުރަންވާނެއެވެ؛
- ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ކަރުދާހާއި، ޕްލާސްޓިކުން ހަދައިފައިވާ ޕޯސްޓަރުތަކާއި، ލީފްލެޓް ފަދަ ތަކެތީގެ ބަދަލުގައި އެހެން ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދޭންވާނެއެވެ؛
- ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ށ) ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ ތާއީދު ނުކުރުމުގެގޮތުން، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. ތިރީގައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެކަމުގެ ސަބަބުން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ދިނީކަމަށް ބެލޭނެއެވެ.
- ކެންޑިޑޭޓަކު ތާއީދު ހޯދުމުގެގޮތުން ދައްކާ ވާހަކައެއްގައި ނުވަތަ އެނޫން ގޮތަކުން ވެސް ދައްކާ ވާހަކައެއްގައި، އެހެން ކެންޑިޑޭޓެއްގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުން؛
- ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ހަގީގަތް އޮޅިގެންދާ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭގޮތުން ނުވަތަ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް މަސައްކަތްކޮށްދޭ ފަރާތަކާ ބެހޭގޮތުން ވާހަކަދެއްކުން؛
- މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުން؛
- ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު، ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެގޮތުން ބާއްވާ ށޯތަކާއި، ރެލީތަކާއި، ވެހިކަލް ބުރުތަކަށް އެހެން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ހުރަސްއެޅުން،
25 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަންކުރާ މަންދޫބުން
(ހ) ކޮންމެ ކެންޑިޑޭޓަކަށް ވެސ،ް ވޯޓު ނެގުން އޮންނަ ދުވަހު ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު އައްޔަން ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަންދޫބު އައްޔަންކުރުމުގެ ފުރުސަތު ލިބޭނީ، އިލެކްށަންސް ކޮމިށަނުން އެކަމަށް ޓަކައި އިއުލާނުކުރުމުން ދޭ މުއްދަތުގައި އެކަމަށް އެދޭ ކެންޑިޑޭޓުންނަށެވެ. މިކަމަށް އެދި ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ނ) ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އަ އްޔަންކުރާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން؛
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން؛
- ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަންގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން؛
- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއ/ް ވެރިއެއް ކަމުގައި ނުވުން؛
- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހެއްކަމުގައި ނުވުން؛
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިހުރި މީހަކު ކަމުގައި ނުވުން؛
- ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އިންހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގްރާރުވެފައިވާ މީހެއްކަމުގައިވުން،
26 ވަނަ މާއްދާ - ރާއްޖޭގެ ފަރާތްތަކުން އިންތިހާބު އޮބްޒާވްކުރުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގެ ފަރާތްތަކަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޫކުރެވޭނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން އެކަމަށް އެދި ހުށަހެޅުމަށް އިއުލާނުކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ.
(ށ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް ހުށަހަޅާ ރާއްޖޭގެ ފަރާތްތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން؛
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން؛
- ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން؛
- ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން؛
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގްރާރުވެފައިވާ މީހަކު ކަމުގައިވުން،
(ނ) ސިޔާސީ ޕާޓީތަކަށާއި، ޖަމުއިއްޔާތަކަށް ދޫކުރާ އޮބްޒާވަރު ފާސ،ް އެ ފަރާތްތަކުން ބޭނުންކުރަންވާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ރ) ސިޔާސީ ޕާޓީތަކަށާއި، ޖަމުއިއްޔާތަކަށް އޮބްޒާވްކުރުމަށް ފާސް ދޫކުރާނީ، ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމުއިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށީގެ އަދަދަށް ވުރެ 10 (ދިހައެއް) އިންސައްތަ އިތުރުނުވާ ގޮތަށެވެ.
(ބ) ސިޔާސީ ޕާޓީއެއް ނުވަތަ ޖަމުއިއްޔާއެއް ތަމްސީލުކުރާ އޮބްޒާވަރަކު ވޯޓުލާ ސަރަހައްދުގައި ހުއްޓައި، ހަމަ އެ ސަރަހައްދަށް އެ ސިޔާސީ ޕާޓީ ނުވަތަ އެ ޖަމުއިއްޔާ ތަމްސީލުކުރާ ދެވަނަ އޮބްޒާވަރަކަށް ނުވަދެވޭނެއެވެ.
27 ވަނަ މާއްދާ - ބައިނަލްއަ ގުވާމީ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުން
(ހ) ބައިނަލްއަގުވާމީ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރެވޭނީ، އިލެކްށަންސް ކޮމިށަނުން ދޭ ދައުވަތަކަށް ނުވަތ،ަ އިއުލާނުކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނުން އެކްރެޑިޓްކުރާ ފަރާތްތަކަށެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން؛
- އެ މީހަކު ތަމްސީލުކުރާ ބައިނަލްއަގުވާމީ ފަރާތުން އެކްރެޑިޓްކޮށްފައިވާ މަންދޫބަކަށްވުން؛
- އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހަކަށް ނުވުން،
(ށ) ބައިނަލްއަގުވާމީ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް އެދޭ ހާލަތުގައި، ވޯޓުލާ މަރުކަޒަށް ތަރުޖަމާނަކު ނުވަތަ ލިއޭޒަން އޮފިސަރަކު ވެއްދުމުގެ ހުއްދަ އިލެކްށަންސް ކޮމިށަނަށް ދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަރުޖަމާނަކު ނުވަތަ ލިއޭޒަން އޮފިސަރަކު ހަމަޖެއްސުމާ ގުޅޭ ކަންކަން އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެމަތީން ހަމަޖައްސަންވާނެއެވެ.
28 ވަނަ މާއްދާ - މޮނިޓަރ ކުރުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމާއި ވޯޓު ގުނުމުގެ މަސައްކަތް މޮނިޓަރކުރުމަށް ހަރަކާތްތެރިވާނީ އިލެކްށަންސް ކޮމިށަނުން އިއުލާނުކުރުމުން، އެކަމަށް ދޭ މުއްދަތުގައި މޮނިޓަރކުރުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނުން އެކްރެޑިޓްކުރާ ފަރާތްތަކަށެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން؛
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުން،
(3.1) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭށަނެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައިވުން؛ނުވަތަ
(3.2) ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސ،ް މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއްކަމުގައިވުން،- ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން؛
- ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގްރާރުވެފައިވާ މީހަކު ކަމުގައި ވުން،
(ށ) އިންތިހާބުގެ ކަންކަން މޮނިޓަރކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހަރަކާތްތެރި ވާންވާނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނު ގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނާއި، މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
(ނ) ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާތަކާއި ހަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރުންފާސް ދޫކުރާނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިހާބުގައި ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށެވެ.
29 ވަނަ މާއްދާ - ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުން އަމަލުކުރަންވީ ގޮތް
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންތައްތައް ކުރިޔަށްދާއިރު އިންތިހާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑަށް އަމަލުކުރަންވާނެއެވެ.(ށ) ވޯޓުލުމާއި ވޯޓު ގުނުމުގެ
މަސައްކަތް ހިނގަމުންދާއިރ،ު އެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތީން، އޮބްޒާވަރުންނަށާއި، މޮނިޓަރުންނަށާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް، ހަރަކާތްތެރިވެވިދާނެއެވެ.
(ނ) ވޯޓުލާ މަރުކަޒުގެ އިސްވެރިޔާގެ ފަރާތުން އޮބްޒާވަރުން ނުވަތަ މޮނިޓަރުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން އެދިއްޖެނަމަ، އެ ވަގުތަކާ ހަމައަށް އެ ވޯޓުލާ މަރުކަޒަކަށް ވޯޓުލީ މީހުންގެ އަދަދާއި ބާކީ ހުރި ވޯޓު ކަރުދާހުގެ އަދަދު ހާމަކޮށްދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
(ރ) އޮބްޒާވަރުންނާއި، މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބާބެހޭ ކަންކަމުގައި އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އޮފިށަލުންނަށް ފުރިހަމަ އެއްބާރުލުންދީ އެހީތެރިކަން ދޭންވާނެއެވެ. އަދި އެ މީހުންގެ މައްޗަށް އެއްވެސްވަރެއްގެ ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.
30 ވަނަ މާއްދާ - އޮބްޒާވަރުންނާއި، މޮނިޓަރުންނާއި،ކެންޑިޑޭޓުންގެ މަންދޫބުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން
އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި، މި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ކޮށްފިނަމަ، ނުވަތަ ކުރަން އުޅޭކަން ކަށަވަރުވެއްޖެނަމަ، އެ އޮބްޒާވަރެއްގެ ނުވަތަ މޮނިޓަރެއްގެ ނުވަތަ މަންދޫބެއްގެ ފާސް ހިފަހައްޓައި އޭނާއަށް އެ ސަރަހައްދުން ނުކުތުމަށް އެންގުމުގެ އިހްތިޔާރ،ު އެ ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއަށް ލިބިގެންވެއެވެ. އަދި އެ ގޮތަށް އެންގުމުން އެ ކަމަށް އިޖާބަނުދީފިނަމަ، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން އެ މީހެއްގެ ފާސް އަތުލައި، އެ މީހަކު އެ ސަރަހައްދުން ނެރެންވާނެއެވެ.
31 ވަނަ މާއްދާ - ވޯޓުނެގުމަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ ކަންކަން ކުރުން
(ހ) ވޯޓުނެގުމަށް ބޭނުންވާ ހުރިހާ ތަކެތި، ވޯޓުނަގަން ފަށާ ވަގުތު ޖެހުމުގެ ކުރިން ވޯޓުލާ މަރުކަޒުގެ އޮފިށަލުންގެ ހަވާލުގައި، ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ އިންތިޒާމ،ު އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަމަޖައްސަން ވާނެއެވެ.
(ށ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަންވާނެއެވެ. މި ލިސްޓުގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަން ވާނެއެވެ.
32 ވަނަ މާއްދާ - ވޯޓުފޮށި ބަހައްޓާ ސަރަހައްދު ކަނޑައެޅުން
ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައި ތިބި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ބަލައި، އެ ރަށުގައި ބަހައްޓާނެ ވޯޓުފޮށީގެ އަދަދާއި، ވޯޓުފޮށި ބަހައްޓާނެ ސަރަހައްދު ކަނޑައަޅައި، އަދި އެ ސަރަހައްދަށް ވޯޓުދޭނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ތެރެއިން ކޮން ބައެއްކަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
33 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ ތަކެތި
ވޯޓު ނަގާ ދުވަހު ކުރުން މަނާ ކަންތައްތައްކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޯޓުލުމަށް ޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު، ކަޅު ނުވަތަ ނޫ ކުލައިގެ އާދައިގެ ގަލަމެއް ފިޔަވައި އެހެން އެއްޗެއް ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެއެވެ. އަދި ފޯނާއި، އަތްދަބަހާއި، އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވޭ ފަދަ ތަކެއްޗާއި ފައިލް ފަދ،ަ ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލޭ އެއްވެސް ވަސީލަތެއް ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެކެވެ.
34 ވަނަ މާއްދާ - ވޯޓިންގ ބޫތު
(ހ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް މަދުވެގެން 1 (އެކެއް) ބޫތު ހުންނަންވާނެއެވެ. ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މީހާ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށެވެ.
(ށ) ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ހިސާބުގައެވެ. އަދި ފާހަގަޖަހާ މީހާގެ ހަރަކާތްތައް )ވޯޓު ކަރުދާހުގެ ފޮޓޯނެގުން ފަދަ ގަވާއިދާ ހިލާފު އަމަލުތައް( އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަގޮތަށް ނުވަތަ ފާހަގަކުރެވޭ ގޮތަށެވެ.
35 ވަނަ މާއްދާ - ވޯޓުނެގުމާއި ވޯޓު ގުނުމާބެހޭ ކަންކަން ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު
(ހ) އިލެކްށަންސް ކޮމިށަނުން ފާސްކޮށްފައިވާ، ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ އޮފިށަލުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓުނެގުމާއި، ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު އަދާކުރަންވާނެއެވެ.
(ށ) ވޯޓުނެގުމާއި ވޯޓު ގުނުމާބެހޭ ކަންކަން ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތާ ހަވާލުވުމުގެގޮތުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އިގުރާރުގައި ސޮއިކުރަންވާނެއެވެ.
36 ވަނަ މާއްދާ - ވޯޓު ކަރުދާހާއި ވޯޓުލާ މަރުކަޒަށް ފޮނުވޭ ތަކެތި ބެލެހެއްޓުން
އިލެކްށަންސް ކޮމިށަނުން އެކި ތަންތަނަށް ފޮނުވާ ވޯޓު ކަރުދާހާއި، ވޯޓުލާ މަރުކަޒަށް ފޮނުވަންޖެހޭ ތަކެތި ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ ކުރިން، އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ފޮނުވާ ތަނެއްގައި އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ ފޯކަލް ޕޮއިންޓުގެ ޒިންމާއެކެވެ. އަދި އެ ތަކެތީގެ ސަލާމަތާއި ރައްކައުތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކުރަންވާނެއެވެ.
37 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް އައްޔަންކުރާ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ
ވޯޓުލާ މަރުކަޒަށް އައްޔަންކުރާ ވެރިޔާއާ އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަވާލުކުރާ ޒިންމާތައް ފަރުވާތެރިކަމާއެކު އަދާކުރަންވާނެއެވެ. ތިރީގައި ބަޔާންކޮށްފައިމިވަނީ ވޯޓުނަގާ މަރުކަޒަށް އައްޔަންކުރާ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާއެވެ.
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒެއްގެ ވޯޓުފޮށްޓާއި، ވޯޓުލުމަށް ބޭނުންވާ ސާމާނާއި، މުހިންމު ލިޔެކިޔުންތަކާ ހަވާލުވުމާއި، އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި، އެ ތަކެއްޗަށް ޒިންމާވުން،
(ށ) ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ރާވައި، އެ ކަންތައްތައް ކުރުވުމާއި، އެ ކަމާގުޅޭ އިންތިޒާމު ހަމަޖެއްސުން،
(ނ) ވޯޓުލާ ދުވަހުގެ ކުރިން ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ މީހުންނާ ބައްދަލުކޮށް ވޯޓުލުމުގެ ކަންތައް ކުރިޔަށްގެންދާނެ ގޮތް އޮޅުންފިލުވައިދ،ީ ވަކިވަކި މީހުންގެ މަސްއޫލިއްޔަތާއި ޒިންމާ ހަވާލުކުރުން،
(ރ) ވޯޓު ކަރުދާސް އަޅައިފައި ހުންނަ ސެކިއުރިޓީއުރ،ަ ވޯޓުލުމުގެ 30 (ތިރީސް) މިނެޓުގެ ކުރިން ކަނޑައި، ވޯޓު ކަރުދާސް ގުނައި، ހުރި އަދަދު ކަށަވަރުކުރުން،
(ބ) ވޯޓު ނަގަން ފެށުމުގެ ކުރިން ވޯޓުލާން އެންމެ ފުރަތަމަ އަންނަ 2 (ދޭއް) މީހުންނަށާއި، ވޯޓުލާ މަރުކަޒުގައި ތިބިނަމަ، ކެންޑިޑޭޓުންގެ މަންދޫބުންނަށާއި، ހުއްދަދެވިފައިވާ އޮބްޒާވަރުންނަށާއި، މޮނިޓަރުންނަށް، ވޯޓުފޮށި ހުޅުވައި، ވޯޓުފޮށި ހުރީ ހުސްކޮށްކަން ކަށަވަރުކޮށްދިނުމަށްފަހު، ވޯޓުފޮށީގެ މަތި ރަނގަޅަށް ޖަހައި، 4 (ހަތަރެއް) ފަރާތުގައި ޕުލްޓައިޓް ސީލް އެޅުވުން،
(ޅ) ވޯޓުލާ މަރުކަޒަށް ވަނުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަކުރާ މީހުންނަށް ގާނޫނާއި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުން އެ ފުރުސަތު ތަނަވަސްކޮށްދިނުން،
(ކ) ވޯޓުލާ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން މީހަކު ފޮނުވަންވެއްޖެ ހާލަތެއްގައި ކޮމިށަނުން ފޮނުވާ މީހަކަށް ވޯޓުލާ މަރުކަޒަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުން، (އެފަދަ މީހަކަށް އެ މަރުކަޒަށް ވަނުމުގެ ހުއްދަ ދޭންވާނީ، އެއީ އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހުގައެވެ.)
(އ) ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ މަސައްކަތް ކުރި ޔަށްދަނީ އަމަލުކުރަންޖެހޭ ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން،
(ވ) ވޯޓުލާންދާ މީހުންގެ ތެރެއިން ޖިސްމާނީ ނުކުޅެދުންތެރިކަން ހުރިކަމަށް ބަޔާންކޮށްފައިވާ މީހުންގެ ކިބައިގައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުރިކަން ކަށަވަރުކޮށް، ވޯޓުލުމުގައި އެހީތެރިއަކު ބޭނުންކުރުމުގެ ހުއްދަ އެ މީހަކަށް ދިނުން،
(މ) ވޯޓުނަގާ ދުވަހު، ވޯޓުނަގާ މަރުކަޒުގައި، ވޯޓުލާން އަންނަ މީހުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ފަރާތުން، ވޯޓުލުމާ ގުޅޭގޮތުން ހުށަހަޅާ ށަކުވާ ބަލައިގަނ،ެ ވަގުތުން އެޅެންހުރި ފިޔަވަޅެއް އެޅުން، ވަގުތުން ހައްލުނުކުރެވޭ މައްސަލަތައް ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ރިޕޯޓުކުރުން ނުވަތަ ރަށ/ުއަވަށ/ުއަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ރިޕޯޓުކުރުން،
(ފ) އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ވޯޓުގުނުމުގައި ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅުން،
(ދ) ވޯޓުގެ ވަގުތީ ނަތީޖާ ކަނޑައަޅައި އިއުލާނުކުރުން،
(ތ) ވޯޓުލާ މަރުކަޒުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން،
(ލ) ވޯޓުލުމާއި، ވޯޓުގުނުމުގެ މަސައްކަތް ނިމުމުން، ވޯޓު ކަރުދާސްތަކާއި ވޯޓުލުމުގައި ބޭނުންކުރި އިންތިހާބާބެހޭ ހުރިހާ ލިޔެކިޔުމެއް ބަންދުކޮށް ކޮމިށަނުން ކަނޑައަޅައިފައިވާ ފަރާތަކާ ހަވާލުކުރުން،
(ގ) ވަގުތީ ނަތީޖާ ވޯޓުނެގި މަރުކަޒުގައި އާންމުކޮށް ފެންނާނޭހެން ބެހެއްޓުމަށްފަހު، އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިފައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނަށް އެ ނަތީޖާ ފޮނުވުން،
(ޏ) ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކީ ކުރިޔަ ށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން،
(ސ) ވޯޓުލާ ވަގުތުގައްޔާއި ވޯޓު ގުނުމުގެ ކަންކަން ކުރިޔަށްދާ ވަގުތުގައި، ވޯޓުލާ މަރުކަޒާއި އެ މަރުކަޒު ހިމެނޭ ސަރަހައްދުގައި މަސްލަހަތު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން،
(ޑ) ވޯޓުލާ މަރުކަޒުގެ ސަރަހައްދުގައި ގަވާއިދާ ހިލާފުކަމެއް ހިނގާނަމަ، އެކަން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، ފުލުހުންގެ އެހީތެރިކަން ހޯދުން،
(ޒ) ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި ވޯޓު ނަގަން ފެށުމާއި ވޯޓު ނަގައި ނިމުމާދެމެދު ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓު ލިޔެ އެ ސަރަހައްދަކާ ހަވާލުވެހުރި އެންމެ އިސްމީހާ (ވޯޓުފޮށީގެ ވެރިޔާ) ސޮއިކޮށް، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ލައްވާ ސޮއިކުރުވުމަށްފަހު، މާލެ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް، އެ ރިޕޯޓު ފޮނުވުން،
(ޓ) ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ވޯޓު ނެގުމާއި ވޯޓު
ގުނުމާއި ވަގުތީ ނަތީޖާ އިއުލާނުކުރުމަށް ޓަކައި، މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ކަމެއް ކުރަން ޖެހިއްޖެނަމަ، އެކަމެއް އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެއްގެ ލަފަޔާ އެއްގޮތްވާގޮތުގެ މަތީން ކުރުން،
38 ވަނަ މާއްދާ - ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންނަށް އެހީތެރިވެދިނުން،
(ހ) ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި ވޯޓުފޮށީގެ ވެރިޔާގެ ހުއްދަޔާއެކު އެހެން މީހަކު އޭނާއަށް އެހީވެ ދިނުމަކީ ހުއްދަކަމެކެވެ. މިގޮތުން، އެ މީހަކަށް އެހީތެރިވުމަށް ކަނޑައަޅާ އެހީތެރިޔާއަށް ވޯޓުލުމުގައި އެހީތެރިވެދެވޭނީ 1 (އެކެއް) ފަހަރުއެވެ. މިފަދައިން އެހީތެރިވުމަށް ކަނޑައަޅާ މީހަކީ އެ ވޯޓު ފޮށްޓަށް ރަޖިސްޓަރީވެފައިވާ މީހަކު ކަމުގައި ވާންވާނެއެވެ. އަދި އޭނާއަށް އެހީތެރިވެދިން މީހެއްގެ ނަމާއި،އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ،ު ވޯޓު ލުމުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުން ލިޔަންވާނެއެވެ.
(ށ) ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހުންކަމަށް ބަލައިގެން، ވޯޓުލުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.
- ލޯފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރުނުވާ މީހުން؛
- ދެއަތް ބޭނުންނުކުރެވޭ މީހުން؛
- މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން އެ މީހެއްގެ އަތުން ވޯޓުކަރުދާހުގައި ފާހަގައެއް ޖެހޭވަރުނުވާ މީހުން،
(ނ) ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހެއްކަމަށް ބަލައިގެން، ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހޭވަރުގެ މީހަކަށް، ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި އެހީތެރިއަކު ބޭނުންކުރުމުގެ ފުރުސަތު ވޯޓުލާ މަރުކަޒުގެ ވެރިޔާ ދީގެން ނުވާނެއެވެ.
(ރ) ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޓަކައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު) ގެ 1-45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓުލުމުގެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށް އިލެކްށަންސް ކޮމިށަނުން ބޭނުންވާ އެހީތެރިކަން އިލެކްށަންސް ކޮމިށަނުން އެދޭ ގޮތެއްގެ މަތީން ގުޅުންހުރި އިދާރާތަކުން ފޯރުކޮށްދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި، އެފަދަ މީހުން އިލެކްށަންސް ކޮމިށަނުން އަންގާގޮތެއްގެ މަތީން، ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީ ކުރަން އެދެންވާނެއެވެ.
39 ވަނަ މާއްދާ - ކާކުކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހެޅުން
ވޯޓުލާން އަންނަ މީހާ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ ޕާސްޕޯޓު ކާޑު، ނުވަތަ ފޮޓޯ ޖަހައިފައިވާ ޑްރައިވިންގ ލައިސަންސް) ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކީ، މުއްދަތު ހަމަނުވާ ލިޔުމަކަށް ވާންވާނެއެވެ. ވޯޓުލާން އަންނަ މީހާއަށް ވޯޓުލުމުގެ ފުރުސަތު ދެވޭނީ، އޭނާ ގެންނ،ަ ކާކުކަން އަންގައިދޭ ލިޔުމުގައިވާ ފޮޓޯއާއި އޭނާގެ މޫނުގެ ސިފަޔާ އަޅައި ބެލުމަށްފަހު، އެއީ އެ މީހާކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
40 ވަނަ މާއްދާ - ބާތިލު ވޯޓު
(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެކެވެ.
- އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 36 ވަނަ މައްދާގައިގައިވާ ގޮތުގެ މަތީން އިންތިހާބަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓެއް؛
- އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ޖަހައިފައިނުވާ ވޯޓު؛
- ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު؛
- ވޯޓުދޭ މީހާ ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު؛
- އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު އެއް ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހައިފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަ ހައިފައިވާ ވޯޓު؛
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި 1 (އެކެއް) ރަނގަޅު ފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި އާދައިގެ ކަޅުކުލައިގެ ނުވަތަ ނޫކުލައިގެ ދެލީގެ ގަލަމެއް ފިޔަވައި، އެހެން ކުލައެއްގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަ ޖަހައިފައިވާ ވޯޓ.ު
(ށ) ބާތިލު ވޯޓެއްކަމަށް ކަނޑައެޅުމުގައި ވޯޓުގުނަން ތިބޭ މީހުންގެ މެދުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި، އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ، ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއެވެ.
41 ވަނަ މާއްދާ - ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓު
(ހ) ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި، ވޯޓު ނަގަން ފެށުމާއި، ވޯޓު ނަގައި ނިމުމާ ދެމެދ،ު ކަން ހިނގައިދިޔަގޮތުގެ ރިޕޯޓެއް ލިޔ،ެ އަންނަނިވި ހުރިހާ މައުލޫމާތު ހިމަނައިގެން، އެ ސަރަހައްދަކާ ހަވާލުވެހުރި އެންމެ އިސް މީހާއާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހަކު ސޮއިކުރުމަށްފަހު، މާލެ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.
- ވޯޓުދޭން ފެށި ވަގުތާއި، ވޯޓު ނެގުން ނިންމި ގަޑި؛
- ވޯޓު ނެގުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް އަ އްޔަން ކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، ހައިސިއްޔަތާއި، އެ މީހުންނަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރާއި، އެ މީހުންގެ ސޮއި؛
- ވޯޓު ދިން އަންހެނުންގެ އަދަދާއި ވޯޓު ދިން ފިރިހެނުންގެ އަދަދު ވަކިން އެނގޭ ގޮތަށް، ވޯޓު ދިން މީހުންގެ އަދަދު؛
- އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ދިން މީހުންގެ އަދަދާއި، އެ މީހުންގެ ހާލަތާއި، ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހުންނަށް އެހީތެރިވެދިން މީހުންގެ އަދަދާއި ތަފުސީލު؛
- ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގެ އަދަދާއި، ވޯޓުލުމަށް ބޭނުންނުކޮށް ބާކީހުރި ވޯޓު ކަރުދާހުގެ އަދަދު؛ (އެއްވެސް ސަބަބަކާހުރެ ވޯޓު ކަރުދާސްކޮޅެއް ހަލާކުވިނަމަ، އެ ހަލާކުވި ވޯޓު ކަރުދާހުގެ އަދަދުވެސް އެނގޭގޮތަށް).
- ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލް ހުރި އަދަދު؛
- ވޯޓު ފޮށި ބަހައްޓައިފައިހުރި ތަނުގެ ނަމާއި، ފުރިހަމަ އެޑްރެސް؛
- އާދަޔާ ހިލާފު ހާދިސާއެއް އެ ތަނުގައި ހިނގައިފައިވާނަމަ، އެ ހާދިސާއެއްގެ ތަފުސީލު؛
- އެ ރަށަކުން ނުވަތަ އެ ސަރަހައްދަކުން ނުވަތަ އެ ތަނަކުން ވޯޓުދޭން އެންމެ ފުރަތަމަ ހާޒިރުވި 2 (ދޭއް) މީހެއްގެ ނަމާއި، އެޑްރެހާއި، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރު؛
- އޮބްޒާވަރުން ތިބިނަމަ، އެ މީހުންގެ މައުލޫމާތު؛
- މީގެ އިތުރުން ވެސ،ް އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މި ރިޕޯޓުގައި ހިމެނުން ލާޒިމުކުރާ މައުލޫމާތ.ު
(ށ) މި މާއްދާގެ (ހ) ގައިވާ ރިޕޯޓު ތައްޔާރުކުރާ ވަގުތު، ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި އޮފިށަލުންގެ ގޮތުގައި އެ ތަނުގައި ތިބުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިބުމަށް ފުރުސަތުދ،ީ އެ ފަރާތްތައް ހާޒިރުވެތިބިތ،ޯ ވޯޓު ނަގާ ސަރަހައްދެއްގައި ތިބި އިލެކްށަންސް ކޮމިށަނުގެ އޮފިށަލުން ކަށަވަރުކުރަންވާނެއެވެ. އަދި ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެ ސަރަހައްދާ ހަވާލުވެހުރި އެންމެ އިސް މީހާއާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހާ ސޮއިކުރުމުގެ އިތުރުން، ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ސޮއިކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ކަންހިނގައިދިޔަގޮތުގެ ރިޕޯޓުގައި ސޮއިކުރުމަށް ދޭ ފުރުސަތުގައި، ކެންޑިޑޭޓެއްގެ މަންދޫބުން ސޮއިނުކުރި ނަމަވެސ،ް އެ ފަރާތްތަކަށް އެ ރިޕޯޓުގައި ސޮއިކުރުމަށް ފުރުސަތު ދީފައިވާނަމަ، އެ ރިޕޯޓަކީ، މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ އިޖުރާއަތު ފުރިހަމަކޮށްފައިވާ ރިޕޯޓެއްކަމުގައި ބެލޭނެއެވެ.
42 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުދިން މީހުންގެ ރަޖިސްޓަރީ ދިނުން
ކޯޓު އަމުރަކަށް މެނުވ،ީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ، އެއްވެސް ފަރާތަކަށް ދީގެން ނުވާނެއެވެ.
43 ވަނަ މާއްދާ - ވަގުތީ ނަތީޖާ އިއުލާނުކުރުން
(ހ) ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާނުކުރުމަށްފަހު، އެ ނަތީޖ،ާ މާލެ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވުމުން، އިލެކްށަންސް ކޮމިށަނުން، ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، ވަގުތީ ނަތީޖާ އިއުލާނު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަތީޖާ އިއުލާނުކުރާނީ، ވޯޓުލާ މަރުކަޒުތަކުން ފޮނުވާ ނަތީޖާތަކަކީ އެ މަރުކަޒެއްގައި އިއުލާނުކުރި ނަތީޖާތޯ ކަށަވަރުކުރުމަށް ފަހުގައެވެ.
44 ވަނަ މާއްދާ - ރަސްމީ ނަތީޖާ އިއުލާނުކުރުން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް، ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
45 ވަނަ މާއްދާ - އިންތިހާބުވާ ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކުރުން
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ފަރާތްތަކުގެ މައުލޫމާތު އަ ންމުކޮށް، އިލެކްށަންސް ކޮމިށަނުން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންވާނެއެވެ.
46 ވަނަ މާއްދާ - މާލީ ބަޔާން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާލީ ބަޔާން، އެ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި، އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް މެދުވެރިކޮށް، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން ހުށަހަޅާ ރިޕޯޓުތައް އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރުމާއެކު، އެ ރިޕޯޓުތައް އާންމުކޮށް ބެލޭނޭ ނިޒާމެއް، އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކޮންމެ ކެންޑިޑޭޓަކު ހުށަހަޅާ މާލީ ބަޔާނަކީ، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގެ 53 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާ މާލީ ބަޔާނަކަށް ވާންވާނެއެވެ.
47 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިންތިހާބީ ދާއިރާއެއްގެ އިތުރުބުރެއް ބާއްވަން ޖެހުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެއްވެސް އިންތިހާބީ ދާއިރާއަކުން އެ އިންތިހާބީ ދާއިރާއެއްގައި ވޯޓުދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނީ އެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އެކަކަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ކަމުގައިވާނަމަ، އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރު ބުރެއް ބޭއްވުމުގެ ހުރިހާ ކަމެއް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
(ށ) އިންތިހާބުގެ އިތުރު ބުރުގައި ވޯޓުލެވޭ މީހުން އާންމު ކުރުމުގައި، ވޯޓުލާ ދުވަހާ ހަމަޔަށް 18 (އަށާރަ) އަހަރު ފުރޭ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދޭންވާނެއެވެ.
48 ވަނަ މާއްދާ - ސެކިއުރިޓީއުރަތައް ކެނޑުން
ވޯޓުލީ މީހުންގެ ވޯޓު ކަރުދާސްތައް ލައި ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީއުރަތައް، އަންނަނިވި ހާލަތްތަކުގައި އިލެކްށަންސް ކޮމިށަނުން ކަނޑައި، އެ ވޯޓު ކަރުދާސްތައް އަލުން ގުނިދާނެއެވެ.
(ހ) ވޯޓުލާ މަރުކަޒަކުން ފޮނުވައިފައިވާ އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ ހެދުމުގައި އެއްވެސް މައްސަލައެއް ހުރިކަން އިލެކްށަންސް ކޮމިށަނަށް ފާހަގަވުން،
(ށ) އެއްވެސް ފަރާތަކުން ވޯޓުލާ މަރުކަޒެއްގެ ނަތީޖާއާ ބެހޭގޮތުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން އެ ކަމަކީ ތަހުގީގު ކުރަންޖެހޭވަރުގެ ހެކިހުރި ށަކުވާއެއްކަމުގައި އިލެކްށަންސް ކޮމިށަނަށް ފެނިއްޖެނަމަ، އެ ތަހުގީގެއްގެ ބޭނުމަށ.ް
(ނ) ވޯޓު ކަރުދާސްތައް ލައި ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީއުރަ ކެނޑުމަށް ށަރުއީ ކޯޓަކުން އިލެކްށަންސް ކޮމިށަނުގެ މައްޗަށް އަމުރެއް ނެރުން،
(ރ) ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަމަށް އިލެކްށަންސް ކޮމިށަނަށް ފެންނަ މިނޫން ވެސް އެހެނިހެން ހާލަތެއް މެދުވެރިވުން،
49 ވަނަ މާއްދާ - ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީއުރަތައް ކެނޑުމުގައި އަމަލުކުރާނެ ގޮތް
(ހ) ވޯޓުލީ މީހުންގެ ވޯޓު ކަރުދާސްތައް ލައި ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީއުރަތައް ކަނޑަންވާނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި، އިލެކްށަންސް ކޮމިށަނުން އައްޔަންކުރާ ފަރާތަކުންނެވެ. މި ގޮތުން އައްޔަންކުރާ މީހުން، އެއްވެސް ކެންޑިޑޭޓެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތުގައި، އިންތިހާބާ ބެހޭގޮތުން ލިބޭ އެއްވެސް މައުލޫމާތެއް، އިލެކްށަންސް ކޮމިށަން ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. ނަމަވެސް ށަރުއީ ކޯޓަކަށް ހާމަކުރަން ޖެހިގެން ހާމަކުރާ ހާމަކުރުން މިއިން އިސްތިސްނާވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީއުރަ ކަނޑާނަމަ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް އެ އުރަ ކެނޑުމުގެ 3 (ތިނެއް) ގަޑިއިރުގެ ކުރިން، އ-ީމެއިލަކުން، ނުވަތަ އެސ.ްއެމ.ްއެސ.ް އަކުން، ނުވަތަ ސިޓީއަކުން، ނުވަތަ ފެކްސް މެސެޖަކުން، ސެކިއުރިޓީއުރަ ކެނޑުމަށް ހަމަޖެހިފައިވާ ވަގުތާއި ތަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީއުރަ ކަނޑާނަމަ، އެކަމަށް ހާއްސަކޮށްފައިވާ ތަނަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވަނުމުގެ ހުއްދަ ދޭންވާނެއެވެ.
(ރ) ވޯޓުލީ މީހުންގެ ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީއުރަތައް ކަނޑައި ވޯޓު ކަރުދާސް އަލުން ގުނުމުގެ މަސައްކަތްތައް ހިނގައިދިޔަގޮތުގެ ރިޕޯޓެއް ލިޔެ، އަންނަނިވި ހުރިހާ މައުލޫމާތެއް ހިމެނޭގޮތަށް، އެ މަސައްކަތާ ހަވާލުވެހުރި އެންމެ އިސް މީހަކާއި، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ސޮއިކުރުމަށްފަހު، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
- ވޯޓުލާ މަރުކަޒުގެ ނަންބަރު؛
- ސެކިއުރިޓީއުރަ ކެނޑި ތާރީހާއި ވަގުތު؛
- ސެކިއުރިޓީއުރައިގައި ހުރި ވޯޓު ކަރުދާސްތައް ގުނަން ފެށި ގަޑިއާއި، ގުނައި ނިންމި ގަޑި؛
- ސެކިއުރިޓީއުރަ އަލުން ބަންދުކުރި ގަޑި؛
- ސެކިއުރިޓީއުރަ ކަނޑައި އަލުން ގުނަން ޖެހުނު ސަބަބު؛
- ސެކިއުރިޓީއުރަ ކެނޑުމުގެ މަސައްކަތްކުރުމަށް އައްޔަންކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، އެ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
- ސެކިއުރިޓީއުރަ ކެނޑުމުގެ މަސައްކަތް ބެލުމަށް އެއްވެސް ކެންޑިޑޭޓެކުނުވަތަ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބަކު ހާޒިރުވިނަމަ، އެ މީހެއްގެ ނަމާއި، އެޑްރެހާއި، އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
- ސެކިއުރިޓީއުރައިގައި ހުރި ސައްހަ ވޯޓު ކަރުދާހުގެ އަދަދު؛
- ސެކިއުރިޓީއުރައިގައި ހުރި ބާތިލު ވޯޓު ކަރުދާހުގެ އަދަދު؛
- ކޮންމެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުގެ އަދަދ.ު
(ބ) މި މާއްދާގެ (ރ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓު ހޯދުމަށް، އިންތިހާބުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކު، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ނެރޭ ސިޔާސީ ޕާޓީއަކުން އެދިއްޖެނަމަ، އެ ރިޕޯޓުގެ ކޮޕީއެއް، އިލެކްށަންސް ކޮމިށަނުން، އެ ފަރާތަކަށް ދޫކުރަންވާނެއެވެ.
(ޅ) ސެކިއުރިޓީއުރަ ކަނޑައި، އަލުން ގުނުމުގެ މަސައްކަތްކުރާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާކަހަލަ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި މި މަސައްކަތުގައި ބޭނުންކުރާ އެއްވެސް ލިޔުމެއްގައި ނުވަތަ އެއްޗެއްގައި އެ މަސައްކަތާ ހަވާލުވެގެން ތިބި މީހުން ފިޔަވައި އެހެން ފަރާތަކުން އަތްލައިގެން ނުވާނެއެވެ.
50 ވަނަ މާއްދާ - ސެކިއުރިޓީއުރަ އަލުން ބަންދުކުރުން
ވޯޓުލީ މީހުންގެ ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީއުރަ ކެނޑުމުގެ ބޭނުން ފުރިހަމަކުރުމަށްފަހު، ވޯޓު ކަރުދާސް ބަންދުކުރުމަށް ހާއްސަކޮށްފައިވާ ސެކިއުރިޓީއުރައިގައި އަލުން ބަންދުކުރަންވާނެއެވެ.
51 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު
އިލެކްށަންސް ކޮމިށަނުގެ އިދާރާގެ ވަގުތީ މުވައްޒަފުންނާއި، ދާއިމީ މުވައްޒަފުންނާއި،ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އައްޔަންކޮށްފައިވާ ކޮމިޓީތަކާއި ބިއުރޯތަކުގެ މެންބަރުންނާއި، ފޯކަލް ޕޮއިންޓުންނާއި، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ކޮމިށަނުން ކަނޑައަޅާ އޮފިށަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ މަސައްކަތް ހަވާލުކުރާ އެހެނިހެން ފަރާތްތައް، އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިރީގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވާން ވާނެއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާއި، އިންތިހާބު ހިންގުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މީހަކާ ހަވާލުކުރާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުން،
(ށ) ވޯޓުދޭ މީހުންނާއި، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި،އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ސިޔާސީ ޕާޓީތަކަށް، ގާނޫނުގެ ދަށުން ލިބިފައިވާ ހައްގަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުން،
(ނ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މަސައްކަތް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ކުރުން،
(ރ) އިންތިހާބުގެ މަސައްކަތުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ތަބާނުވުން،
(ބ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތުގައި ވަކި ކެންޑިޑޭޓަކަށް، ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ފަރާތަކަށް، ނުވަތަ ތާއީދުނުކުރާ ފަރާތަކަށް ބުރަނުވުން،
(ޅ) މަސައްކަތް ހަވާލުވާ ވަގުތުން ފެށިގެން އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ވަކިފަރާތަކަށް ނުޖެހި ތިބޭ ބައެއްކަމުގައި ވުން،
(ކ) އިންތިހާބަކީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް މަސައްކަތްކޮށް، އެކަމަށް ބާރުއެޅުން،
52 ވަނަ މާއްދާ - ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް، އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުމާއެކު، މަދުވެގެން 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދަންވާނެއެވެ. ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމާ އެކުގައި، ބިއުރޯ ގާއިމުވެފައިވާ ތަނާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ހުޅުވައިފައި ހުންނާނެ ގަޑިތައް އާންމުކޮށް އިއުލާނުކުރަން ވާނެއެވެ.
53 ވަނަ މާއްދާ - ރަށު/އަވަށު/އަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓުން ށަކުވާ ބަލައިގަތުން
(ހ) ރަށ/ުއަވަށ/ުއަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓަށް އިންތިހާބާބެހޭ މައްސަލައެއް ހުށަހެޅިއްޖެނަމަ، ދުވަހުން ދުވަހަށް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް އެ ށަކުވާއެއް ފޮނުވަމުން ގެންދަންވާނެއެވެ.
(ށ) މާލެ ސިޓީގައިނަމަ، އިންތިހާބާބެހޭ މައްސަލަ ހުށަހަޅާނީ ސީދާ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން ހުށަހަޅާ ށަކުވާ ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނުގެ އިދާރާއަށެވެ.
54 ވަނަ މާއްދާ - ކޮމްޕްލެއިންޓްސް ބިއުރޯގެ މުއްދަތު
(ހ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ދެމިއޮންނާނީ، އެ ބިއުރޯ އުފައްދާ ދުވަހުން ފެށިގެން، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާތާ 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަން ޖެހިއްޖެނަމަ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ދެމިއޮންނާނީ، އިތުރު ބުރު ނިމ،ި ރަސްމީ ނަތީޖާ އިއުލާނުކުރާތާ 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ.
(ށ) އިންތިހާބު ބޭއްވުމަށްފަހު ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ނުނިމި އޮތްނަމަ، އެ ނުނިމި އޮތް މަސައްކަތެއް ނިންމުމަށް ޓަކައި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މުއްދަތު، އިލެކްށަންސް ކޮމިށަނަށް އިތުރުކުރެވިދާނެއެވެ.
55 ވަނަ މާއްދާ - ވޯޓުފޮށީގެ ވެރިޔާއާއި، ކޮމްޕްލެއިންޓްސް އޮފިސަރު
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުނަގާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ބަލާ ކޮމްޕްލެއިންޓްސް އޮފިސަރުގެ ޒިންމާ އަދާކުރާނީ ވޯޓުނަގާ ކޮންމެ މަރުކަޒެއްގައި ހުންނަ ވޯޓުފޮށީގެ ވެރިޔާއެވެ.
(ށ) ވޯޓުނަގާ މަރުކަޒަށް ހުށަހެޅޭ މައްސަލަތައް ބަލައި، ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރާނީ ކޮމްޕްލެއިންޓްސް އޮފިސަރެވެ. އޭނާއަށް ނުނިންމޭ ނުވަތަ ހައްލުނުކުރެވޭ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ހޯދާނީ ރަށު ފޯކަލް ޕޮއިންޓުން ނުވަތަ އިލެކްށަންސް ކޮމިށަނުގެ އިދާރާއިންނެވެ.
(ނ) ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ވޯޓު ފޮށީގެ ވެރިޔާ ނުވަތަ ކޮމްޕްލެއިންޓްސް އޮފިސަރު ނިންމާ ނިންމުންތަކާ ހިތްހަމަނުޖެހޭނަމަ، ރަށު/އަވަށު/އަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ނުވަތަ ސީދާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ ހުށަހެޅިދާނެއެވެ.
56 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ށަކުވާ ހުށަހަޅާނީ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. މިގޮތުން އާންމުގޮތެއްގައި ރަށ/ުއަވަށ/ުއަތޮޅު/ސިޓީތަކުން ހުށަހަޅާ ށަކުވާތައް ހުށަހަޅާއިރު އެ ރަށެއްގައި ގާއިމުކޮށްފައިވާ ރަށ/ުއަވަށ/ުއަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ ހުށަހެޅިދާނެއެވެ. ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ށަކުވާ ހުށަހަޅާނީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. ށަކުވާ ހުށަހެޅުމުގައި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން އެ ރަށެއްގެ އެންމެ ކައިރި ފޯކަލް ޕޮއިންޓް މެދުވެރިކޮށް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ ހުށަހެޅިދާނެއެވެ. މާލެއިންނާއި ޖަލުތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައް ޓައިފައި ހުންނަ ގައުމުތަކުން ށަކުވާ ހުށަހަޅާނީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.
(ށ) ރަށ/ުއަވަށ/ުއަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓުންނާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތައް ހުށަހަޅާނީ އިލެކްށަންސް ކޮމިށަނަށެވެ. މި ގޮތުން ހުށަހަޅާ ށަކުވާ ހުށަހަޅާނީ،ށަކުވާ ހުށަހަޅާ ނިޒާމުގެ ތެރެއިން ނުވަތަ ށަކުވާ ހުށަހަޅާ ފޯމުންނެވެ.
(ނ) އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި،މި ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން އެކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާނަމަ، އެ ށަކުވާއެއްގެ ތަފުސީލު، ހެއްކާއި ގަރީނާއާއެކު، އިންތިހާބު ބޭއްވި ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. ރަށ/ުއަވަށ/ުއަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓުންނަށާއި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ މައްސަލަތައް ވެސް ބެލޭނީ، އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާގެ ގޮތުގައެވެ. ށަކުވާ ހުށަހަޅާއިރ،ު ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމަނަންވާނެއެވެ. ށަކުވާ ހުށަހަޅާނީ ށަކުވާ ހުށަހަޅާ ނިޒާމުގެ ތެރެއިން ނުވަތަ "ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭ ށަކުވާ ހުށަހަޅާ ފޯމު" އިންނެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ މުއައްސަސާއަކުން ށަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ހުށަހަޅާނަމަ، އެ ފަރާތެއްގެ ތައްގަނޑާއި މަސްއޫލުވެރި ފަރާތެއްގެ ސޮއި، ފޯމުގައި އޮންނަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ މައްސަލައަކާމެދު އަމަލުކުރިގޮތް، މައްސަލަ ހުށަހެޅި ފަރާތަށް، ހުށަހެޅި ތާރީހުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ލިބޭނެގޮތް ހަމަޖައްސަންވާނެއެވެ.
57 ވަނަ މާއްދާ - ށަކުވާތަކާއި މައްސަލަތައް ބެލުން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ރަށު/އަވަށު/އަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓަށާއި، ވޯޓުނަގާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުން/ ވޯޓުފޮށީގެ ވެރިންނަށާއި، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތައް ބަލައި، ވަގުތުން ފިޔަވަޅު އަޅަންޖެހޭ ށަކުވާތަކަށް، ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ.
58 ވަނަ މާއްދާ - ށަކުވާތަކުގެ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން
(ހ) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ރަށު/އަވަށު/އަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓަށާއި، ވޯޓުނަގާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުންނަށާއި،ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން ށަކުވާތައް ދަފުތަރުކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ށަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
- ށަކުވާ ރައްދުވާ ފަރާތުގެ މައުލޫމާތު (ނަމާއި، އެޑްރެހާއި، އެނގޭނަމަ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު)؛ - ހުށަހެޅި ށަކުވާގެ ބާވަތް (ށަކުވާގެ ކުރު ހުލާސާއަކާއެކު)؛
- ހުށަހެޅުނު ށަކުވާއާ ގުޅިގެން އަމަލުކުރި ގޮތް ނުވަތަ ނިންމިގޮތް.
(ށ) ރަށ/ުއަވަށ/ުއަތޮޅު/ސިޓީގެ ފޯކަލް ޕޮއިންޓަށާއި، ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ މައްސަލަތައް ބަލައި، އެޅެންހުރި ފިޔަވަޅެއް އަޅައި، ކޮންމެ ދުވަހަކު ވެސ،ް އެ ދުވަހެއްގެ ކޮމްޕްލެއިންޓްސް ރިޕޯޓު، އަންގައިފައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނަށް ފޮނުވަމުން ގެންދަންވާނެއެވެ.
(ނ) ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް ރިޕޯޓެއް ތައްޔާރުކޮށް، ރަސްމީ ނަތީޖާ އިއުލާނުކުރާތާ 12 (ބާރަ) ދުވަހުގެ ތެރޭގައި، އެ ރިޕޯޓު، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
59 ވަނަ މާއްދާ - ވޯޓު ކަރުދާސް ނައްތައިލުން
އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާހާއި ވޯޓު ލުމަށް ބޭނުންކުރާ ތަކެތި ނައްތައިލަންވާނީ، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަސް ފުރިހަމަވާއިރ،ު އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގައި ވާގޮތުގެ މަތީން އިންތިހާބާބެހޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައި ނެތްކަން ކަށަވަރު ކުރުމަށްފަހު، ވޯޓު ކަރުދާހާއި ވޯޓުލުމަށް ބޭނުންކުރި ތަކެތި ނައްތައިލުމާމެދު އިލެކްށަންސް ކޮމިށަނުން ގޮތެއް ނިންމަންވާނެއެވެ.
60 ވަނަ މާއްދާ - ކުށާއި އަދަބު
އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި، މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކޮށްފިނަމަ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާމެދު އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އަޅަންވާނެއެވެ.
61 ވަނަ މާއްދާ - އިންތިހާބާބެހޭ ރިޕޯޓު ތައްޔާރުކުރުން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭ ރިޕޯޓެއް، އިންތިހާބު ބާއްވާތާ 90 (ނުވަދިަހަ) ދުވަހުގެ ތެރޭގައި، އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް އާންމުކުރަންވާނެއެވެ.
62 ވަނަ މާއްދާ - ފޯމު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން
މި ގަވާއިދުގައި ހަވާލާދީފައިވާ ފޯމުތައް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރުމާއެކު، މި ފޯމުތައް، ދިވެހި ސަރުކާރުގެ ގެޒެޓާއި، ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ. މީގެ އިތުރުން، އިލެކްށަންސް ކޮމިށަނުންނާއި، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތަންތަނުން މި ފޯމު ލިބޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
63 ވަނަ މާއްދާ - ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވުން
އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.
64 ވަނަ މާއްދާ - މާނަކުރުން
(ހ) "އިންތިހާބު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-02 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ ދަށުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށެވެ.
(ށ) "އިންތިހާބާބެހޭ އާންމު ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށެވެ.
(ނ) "ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-02 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު) އަށެވެ.
(ރ) "އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ދިނުމަށާއި މަށްވަރާކުރުމަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން އުފައްދާ ކޮމިޓީއަށެވެ.
(ބ) "ރީ-ރަޖިސްޓަރީ" ކަމުގައި ބުނެފައި އެވަނީ، ވޯޓުލުން އޮންނަ ދުވަހު، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ދާއިމީ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި އެ މީހާ ވޯޓުލުމަށް ރަޖިސްޓަރީވުމަށެވެ. "ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލުމަށް ވޯޓުފޮށި ބަހައްޓައިފައިވާ ކޮންމެ ތަނަކަށެވެ. ވޯޓުނަގައި ވޯޓުގުނުމުގެ ކަންތައްތައް ހިންގާނީ ވެސް މި މަޒުކަޒުގައެވެ.
(ޅ) "ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓާފައިވާ ކޮންމެ ތަނަކަށެވެ. ވޯޓުލުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިންގާނީވެސް މި މަރުކަޒުގައެވެ.
(ކ) "ވޯޓިންގ ބޫތު" ކަމުގައި ބުނެފައި އެވަނީ، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ހުންނަން ކަނޑައަޅައިފައިވާ ކޮށިގަނޑަށެވެ.
(އ) "އޮބްޒާވަރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އިލެކްށަންސް ކޮމިށަނުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.
(ވ) "މޮނިޓަރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުނަގާ ދުވަހު ވޯޓުލާ ސަރަހައްދުތަކުގައްޔާއި، ވޯޓުގުނާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައްތައް ކަވަރުކުރުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަދީފައިވާ މީޑިއާގެ ފަރާތްތަކަށެވެ.
(މ) "ޕާޓީ" ނުވަތަ "ސިޔާސީ ޕާޓީ" ކަމުގައި ބުނެފައި އެވަނީ، ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.
(ފ) "ވޯޓުނެގުމާބެހޭ ކަންކަން ބަލަހައްޓަން ތިބޭ މީހުން" ކަމުގައި ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުމާއި، ވޯޓު ގުނުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ތިބޭ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ނުވަތަ އެކަމަށް ކޮމިށަނުން އައްޔަންކޮށްފައި ތިބޭ މީހުންނަށެވެ.
(ދ) "އާއިލީ މެންބަރު" ކަމުގައި ބުނެފައި އެވަނީ، މަންމައެއް، ނުވަތަ ބައްޕައެއް، ނުވަތަ ދަރިއެއް، ނުވަތަ އަނތްބެއް، ނުވަތަ ފިރިއެއް، ނުވަތަ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހަކަށެވެ.
(ތ) "ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ޕާސްޕޯޓް ކާޑާއި، ދިވެހި ޕާސްޕޯޓާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ، އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ ފޮޓޯޖެހި ލިޔުންތަކަށެވެ.
(ލ) "ޒާތީ މައުލޫމާތު" ކަމުގައި ބުނެފައި އެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އުފަން ތާރީހާއި، ފޯނު ނަންބަރާއި، ފޮޓޯ އަށެވެ.
(ގ) "ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ވޯޓު ފޮށީގެ ވެރިޔާއަށެވެ.
(ޏ) "ފޯކަލް ޕޮއިންޓު" ކަމުގައި ބުނެފައި އެވަނީ، އިންތިހާބާ ގުޅޭ އިދާރީ ކަންކަމާއި، އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މިނޫން ވެސް މަސައްކަތްތައް އެ ރަށެއްގައި ކުރުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަށެވެ.
(ސ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިންތިހާބާބެހޭ ކަންކަމުގައި ދުވަސް ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ޑ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތައް ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.
65 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
66 ވަނަ މާއްދާ - ކުރީގެ ގަވާއިދު އުވައިލުން
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2019-03 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު) އުވުނީއެވެ.
އުވި ގަވާއިދު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-03)
މައި ގާނޫނު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2009-02)
ކިޔުންތެރިންގެ ހިޔާލު