-

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-19) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-185)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 ޑިސެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2015-19 (ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ) ގެ 23 ވަނަ ނަންބަރު އުނިކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް (ރ) އާއި (ބ) އިތުރުކުރުން.

ސްކީމްގެ ހިދުމަތްތަކާއި، ހިދުމަތްތަކުގެ މިންވަރު 18.

(ރ) ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ (އިންފަރޓަލިޓީ) އާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭންވާނީ، އެކަމަށް ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުންނެވެ. އަދި މި އުސޫލު އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ސްކީމުގެ ދަށުން ލިބި ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ހިދުމަތްތައް ފިޔަވައި ދެން ހުރި ހިދުމަތްތައް، އެކަމާ ގުޅިގެން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ފޯރުކޮށްދެވިދާނެއެވެ. އަދި މި އުސޫލުތައް އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-19)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2015-19)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު